މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,624 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9624 ޚަބަރުގެ ތެރެއިން
ކުޅުދުއްފުށި މޮޅެއް ހޯދިއިރު، ހަނިމާދޫ އަށް ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުވެއްޖެ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި މޮޅެއް ހޯދިއިރު، ހަނިމާދޫ އަށް ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުވެއްޖެ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަލަށް ފަށައިގެން ކުރިއަށްގެންދާ އެޓޯލް ޗެމްޕިއަންޝިޕް 2025/2026 ގައި އުތުރު ރީޖަންގެ ޒޯންގެ ހދ.އަތޮޅުގެ މިއަދުގެ މެޗުގައި ކުޅުދުއްފުށި އަތުން ބަލިވިނަމަވެސް ހަނިމާދޫ އަށް ފައިނަލުގެ ޖާގައެއް ކަށަވަރުވެއްޖެއެވެ. މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ މެޗުގައި ޓީމް ކުޅުދުއްފުއްޓާއި ޓީމު ހަނިމާދޫ ބައްދަލުކޮށްފައިވާއިރު، މެޗު ނިމުނީ 3-2 ގެ ނަތީޖާ އަކުން ޓީމު ކުޅުދުއްފުށި ލީޑުގައި އޮވެއެވެ. އެހެންނަމަވެސް، މި މުބާރާތުގ...

އައިޝަތު އައިނީ އާމިރު
ހޯރަފުށި އަތުން މޮޅެއް ހޯދައި އުތީމުން އުންމީދު އައުކޮށްފި 📍 ހއ. ހޯރަފުށި

ހޯރަފުށި އަތުން މޮޅެއް ހޯދައި އުތީމުން އުންމީދު އައުކޮށްފި

ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025” މިއަދު ހަވީރުގެ މެޗުގައި އުތީމާއި ހޯރަފުށި ބައްދަލުކުރި މެޗު 4-3 އިން އުތީމު ކާމިޔާބުކޮށްފިއެވެ. އުތީމުގައި ކުރިއަށްދާ މި މުބާރާތުގައި މިއަދުގެ މެޗުގައި ފުރަތަމަ ލީޑު ނަގާފައި ވަނީ އުތީމުންނެވެ. މިގޮތުން އުތީމަށް ފުރަތަމަ ލަނޑު ޖަހައިދިނީ މެޗުގެ 16 ވަނަ މިނިޓްގައި އުތީމުގެ ޖާޒީ ނަމްބަރު 7 އަހްމަދު މަޒީން ހޯރަފުށީ ގޯލަށް ފޮނުވާލި ބޯޅަ، ކީޕަރު […]

ޙުސައިން ޝަހުދީ
މަކުނުދޫ "ސުއްކަތުރާ" ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުން ވެލި ނެގުން މަނާ 📍 ހދ. މަކުނުދޫ

މަކުނުދޫ "ސުއްކަތުރާ" ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުން ވެލި ނެގުން މަނާ

ހދ. މަކުނުދޫ “ސުއްކަތުރާ” ސަރަހައްދު ފިޔަވައި އެހެން ހުރިިހާ ސަރަހައްދަކުން ވެލި ނެގުމަކީ މަނާކަމެއްކަން މަކުނުދޫ ކައުންސިލުން ހަނދާންކޮށްދީފިއެވެ. މިކަމާ ގުޅިގެން މަކުނުދޫ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މަކުނުދޫ ކައުންސިލްގެ 5 އަހަރު ތަރައްޤީ ޕްލޭނުގައި ވެލިނެގުމަށް ކަނޑައެޅިފައިވާ ސަރަހައްދަކީ ހަމައެކަނި “ސުއްކަތުރާ” ކަމަށެވެ. އެހެންނަމަވެސް ބައެއް ފަރާތްތަކުން ވެލި ނެގުމަށް ޚާއްސަކޮށްފައިވާ މި ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުން ވެލިނަގަމުން ދާކަމަށް އެ ކައުނ...

އައިޝަތު އައިނީ އާމިރު
އިހަވަންދޫ އާއި ވަށަފަރަ މެޗު އެއްވަރުވެ, ބާރަށް ކައިރިން ދިއްދޫ މޮޅުވެއްޖެ 📍 ހއ. ބާރަށް

އިހަވަންދޫ އާއި ވަށަފަރަ މެޗު އެއްވަރުވެ, ބާރަށް ކައިރިން ދިއްދޫ މޮޅުވެއްޖެ

ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025” މިރޭގެ މެޗުގައި އިހަވަންދޫ އާއި ވަށަފަރު މެޗު އެއްވަރުވެ، ބާރަށާއި ދިއްދޫ މެޗުން ދިއްދޫ މޮޅުވެއްޖެއެވެ. ހއ. އުތީމުގައި މިހާރު ކުރިއަށްދާ މި މުބާރާތުގެ 11 ވަނަ މެޗު މިރޭ ވާދަކޮށްފައިވަނީ އިހަވަންދޫ އާއި ވަށަފަރު ޓީމެވެ. މިރޭ މި ދެ ޓީމު ބައްދަލުކުރި މެޗުގައި ދެ ޓީމު އެއްވަރުވެފައިވަނީ 1-1 ގެ ނަތީޖާއަކުންނެވެ. މިގޮތުން މެޗުގެ ފުރަތަމަ ހާފުގައި […]

އައިޝަތު އައިނީ އާމިރު
މެޑިކަލް އޮކްސިޖަން ލިބުމުގައި ހުރި ދަތިތަކަށް ލުއި ހޯދައިދިނުމުގެ މަސައްކަތް ވަނީ ފެށިފައި: ފަރުހަތު 📍 ހދ. ކުޅުދުއްފުށި

މެޑިކަލް އޮކްސިޖަން ލިބުމުގައި ހުރި ދަތިތަކަށް ލުއި ހޯދައިދިނުމުގެ މަސައްކަތް ވަނީ ފެށިފައި: ފަރުހަތު

އުތުރުގެ ރަށްރަށުގެ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން އަދި ރާއްޖޭގެ އުތުރުން ޞިއްޙީ ޚިދުމަތް ހޯދާ މިންވަރު އިތުރުވެފައިވުމާ ގުޅިގެން މެޑިކަލް އޮކްސިޖަން ލިބުމުގައި ހުރި ދަތިތަކަށް ލުޔެއް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ފަރުހަތު މުޙައްމަދު (ފަރޭ) ވިދާޅުވެއްޖެއެވެ. މެންބަރު ފަރުހަތު މިކަން ހާމަކުރައްވާފައިވަނީ އެކަމާއި ގުޅިގެން ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. މ...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީގައި އަޅާ ވަޤުފު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި އަޅާ ވަޤުފު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި

ކުޅުދުއްފުށި ސިޓީގައި ވަޤުފް އިމާރާތެއް ބިނާކުރުމުގެ މަޝްރޫޢުގެ މަސައްކަތް ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑް އާއި މިއަދު ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ރައްޔިތުންނާ ގުޅުންހުރި ތަރައްޤީގެ ބައެއް މަޝްރޫއުތައް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށް ގެންދިއުމަށް ޕްރައިވެޓް ކޮންޓްރެކްޓަރުންނާއެކު ސޮއިކުރުމަށް މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގެ ތެރެއިންނެވެ. މިގޮތުން މި ރަސްމިއްޔާތުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އިސްލާމީކަންތައްތަކާ ބެހ...

އައިޝަތު އައިނީ އާމިރު
ހޯރަފުށީ ކައިރިން ފިއްލަދޫ އަށް ބޮޑު މޮޅެއް, ކެލާ އަތުން މުރައިދޫ މޮޅުވެއްޖެ 📍 ހއ. ފިއްލަދޫ

ހޯރަފުށީ ކައިރިން ފިއްލަދޫ އަށް ބޮޑު މޮޅެއް, ކެލާ އަތުން މުރައިދޫ މޮޅުވެއްޖެ

ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025” ފިއްލަދޫ އާއި ހޯރަފުށި ބައްދަލުކުރި މެޗުން ފިއްލަދޫ ކުރިހޯދާފައިވާއިރު، ކެލާ އަދި މުރައިިދޫ ބައްދަލުކުރި މެޗު މުރައިދޫ ކާމިޔާބުކޮށްފިއެވެ. ހއ. އުތީމުގައި މިހާރު ކުރިއަށްގެންދާ މި މުބާރާތުގެ 9 ވަނަ މެޗުގައި މިއަދު ހަވީރު ވާދަކުރީ ހޯރަފުއްޓާއި ފިއްލަދޫ އެވެ. ފިއްލަދޫ ޓީމުން މި މެޗު ކާމިޔާބުކޮށްފައިވަނީ 6-1 ގެ ނަތީޖާ އަކުން ހޯރަފުށި ކައިރިން ކުރިހޯދައިގެންނެވެ. މިގޮތުނ...

އައިޝަތު އައިނީ އާމިރު
ވައިކަރަދޫ އާއި ބިލެތްފަހީގައި އައު މިސްކިތް އިމާރާތްކުރުމަށް ހަވާލުކޮށްފި 📍 ހދ. ވައިކަރަދޫ

ވައިކަރަދޫ އާއި ބިލެތްފަހީގައި އައު މިސްކިތް އިމާރާތްކުރުމަށް ހަވާލުކޮށްފި

ހދ. ވައިކަރަދޫ އަދި ށ. ބިލެތްފަހީގައި މިސްކިތެއް އިމާރާތްކުރުމަށް އަމިއްލަ ދެ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ މަސައްކަތުގެ ދަށުން ހދ. ވައިކަރަދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތަކާއެކު ޤުރުއާން ސެންޓަރެއް އެޅުމަށް ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައެވެ. އަދި ށ. ބިލެތްފަހި، ބ. ކަމަދޫ ބ. ފެހެންދޫ އަދި ބ. ފުޅަދޫގައި 300 މީހުންގެ ޖާގައިގެ މިސްކިތް އިމާރާތް ކުރުމަށް އެސް.އޭ.އެސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ވަނީ ހަވާލުކޮށްފައެވެ. ބިލްތެފަހީގައި އިމާރާތްކުރާ މި...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުއްޓާއި އުތީމުގައި އިސްލާމީ މަރުކަޒު އަޅަން ހަވާލުކޮށްފި 📍 ހއ. އުތީމު

ކުޅުދުއްފުއްޓާއި އުތީމުގައި އިސްލާމީ މަރުކަޒު އަޅަން ހަވާލުކޮށްފި

ކުޅުދުއްފުށި ސިޓީ އާއި ނ. ހޮޅުދޫ އަދި ހއ. އުތީމުގައި އިސްލާމީ މަރުކަޒު ބިނާ ކުރުމަށް އަމިއްލަ ދެ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ. މިގޮތުން ކުޅުދުއްފުށި އިސްލާމީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑާއެވެ. އަދި ނ. ހޮޅުދޫއާއި ހއ. އުތީމު އިސްލާމީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ގޮތުން ރައްޔިތުންނާ ގުޅުންހުރި ތަރައްޤީގެ ބައެއް މަޝްރޫއުތައް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން...

އައިޝަތު އައިނީ އާމިރު
ކަނޑިތީމުގެ ފުޓްސަލް ކާމިޔާބީގެ ދިގު ދަތުރު: އަހަރުތަކަކުން ފެންނަ ގަދަފަދަ ކުޅުމެއް 📍 ށ. ކަނޑިތީމު

ކަނޑިތީމުގެ ފުޓްސަލް ކާމިޔާބީގެ ދިގު ދަތުރު: އަހަރުތަކަކުން ފެންނަ ގަދަފަދަ ކުޅުމެއް

ފުޓްސަލް އަދި ފުޓްބޯޅަ މައިދާނުގައި ފާއިތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި ށ. ކަނޑިތީމުން ހޯދާފައިވާ ކާމިޔާބީތަކަކީ އެހެން ރަށްތަކަށް ނަމޫނާއެކެވެ. 2015 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރާ ހަމައަށް، އެ ރަށުގެ ފުޓްސަލް ޓީމުތަކުން ވަނީ ގިނަ މުބާރާތްތަކެއް ކާމިޔާބުކޮށް، އެތައް ތަށިތަކެއް އެރަށަށް ގެނެސްފައެވެ. މި ކާމިޔާބީތަކަކީ އެ ރަށުގެ ކުޅުންތެރިންގެ ހިތްވަރާއި، ކޯޗުންގެ ހުނަރާއި، ސަޕޯޓަރުންގެ އެއްބާރުލުމުގެ ނަތީޖާކަން ޔަގީނެވެ. ކަނޑިތީމުގެ ފުޓްސަލްގެ ރަން ޒަމާނުގެ ފެށުމަކަށް ވެގެންދިޔައީ...

އައިޝަތު އައިނީ އާމިރު
ނެއްލައިދޫ ބަލިކޮށް ހަނިމާދޫއިން ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ބަލިކޮށް ހަނިމާދޫއިން ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަލަށް ފަށައިގެން ކުރިއަށްގެންދާ މުބާރާތެއްކަމަށްވާ، ”ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕް 2025/2026” ގެ އުތުރު ރީޖަން ޒޯނުގެ ހދ. އަތޮޅުގެ މިއަދުގެ މެޗުގައި ހަނިމާދޫ ޓީމުން ނެއްލައިދޫ ބަލިކޮށްފިއެވެ. ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް ގައި ކުރިއަށްގެންދާ މި މުބާރާތުގައި، ހަނިމާދޫ ޓީމުން ނެއްލައިދޫ ބަލިކޮށްފައިވަނީ 3-2 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. އެގޮތުން މިއަދުގެ މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ 10:57 ވަނަ މިނެޓުގ...

އައިޝަތު އައިނީ އާމިރު
މުރައިދޫ އާއި ބާރަށު މެޗުން މުރައިދޫ މޮޅުވިއިރު, ވަށަފަރާއި އުތީމު މެޗު އެއްވަރު 📍 ހއ. ބާރަށް

މުރައިދޫ އާއި ބާރަށު މެޗުން މުރައިދޫ މޮޅުވިއިރު, ވަށަފަރާއި އުތީމު މެޗު އެއްވަރު

ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025” މުރައިދޫ އާއި ބާރަށް ބައްދަލުކުރި މެޗުން މުރައިދޫ މޮޅުވެ، ވަށަފަރާއި އުތީމު ބައްދަލުކުރި މެޗުން ދެ ޓީމު އެއްވަރު ވެއްޖެއެވެ. ހއ. އުތީމުގައި މިހާރު ކުރިއަށްދާ މި މުބާރާތުގެ 5 ވަނަ މެޗުގައި މިއަދު ހަވީރު ވާދަކުރީ މުރައިދޫ އާއި ބާރަށު ޓީމެވެ. މުރައިދޫ ޓީމުން ވަނީ 2-3 ގެ ނަތީޖާ އަކުން ކުރިހޯދައި، ބާރަށު ޓީމު ބަލިކޮށްފައެވެ. […]

އައިޝަތު އައިނީ އާމިރު
އަހްމަދިއްޔާ އާއި ގުޅިގެން ބާރަށު ދާއިރާގެ ދަރިވަރުން އޯލެވެލްއަށް ތައްޔާރު ކުރަނީ

އަހްމަދިއްޔާ އާއި ގުޅިގެން ބާރަށު ދާއިރާގެ ދަރިވަރުން އޯލެވެލްއަށް ތައްޔާރު ކުރަނީ

އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި ބާރަށު ދާއިރާގެ ސްކޫލްތައް ގުޅިގެން، ބާރަށު ދާއިރާގެ ސްކޫލްތަކުގެ ދަރިވަރުން އޯލެވެލްއަށް ތައްޔާރުކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމް ފެށުމުގައި އިސް ދައުރެއް އަދާކުރެއްވި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު، މި ޕްރޮގްރާމް ފެށުމާއި ގުޅޭގޮތުން ވިދާޅުވެފައި ވަނީ، އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަކީ ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ރަންވަނަތައް ހޯދަމުންގެންދާ ކާމިޔާބު ސްކޫލެއް ކަމަށެވެ. އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޓީޗަރުންގެ ޓީޗިންގ ތ...

ޔުމްނާ ޢަލީ
ތިލައުތުރު ފުޓްސަލް: ކެލާގެ މައްޗަށް ބާރަށުން ކުރިހޯދިއިރު، ވަށަފަރާއި ފިއްލަދޫ މެޗު އެއްވަރު 📍 ހއ. ބާރަށް

ތިލައުތުރު ފުޓްސަލް: ކެލާގެ މައްޗަށް ބާރަށުން ކުރިހޯދިއިރު، ވަށަފަރާއި ފިއްލަދޫ މެޗު އެއްވަރު

ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025” ވަށަފަރާއި ފިއްލަދޫ ބައްދަލުކުރި މެޗުން ދެ ޓީމު އެއްވަރުވެ، ކެލާ އާއި ބާރަށް ބައްދަލުކުރި މެޗުން ކެލާ ބަލިވެއްޖެއެވެ.  މިއަހަރު ހއ. އުތީމުގައި ކުރިއަށްގެންދާ މި މުބާރާތް މިއަދު ހަވީރު ފަށާފައިވާއިރު، މިރޭގެ ފުރަތަމަ މެޗުގައި ވާދަކުރި ވަށަފަރު ޓީމާއި ފިއްލަދޫ ޓީމު އެއްވަރުވެފައިވަނީ 2-2 ގެ ނަތީޖާއަކުންނެވެ. ވާދަވެރިކުޅުމެއް ދެ ޓީމުންވެސް ދައްކައި، އެ މެޗުގެ ފުރަތަމަ...

އައިޝަތު އައިނީ އާމިރު
އެޓޯލް ޗެމްޕިއަންޝިޕް: ޝާފިއު ޖެހި ލަނޑާއެކު ނޮޅިވަރަމަށް މޮޅެއް 📍 ހދ. ކުޅުދުއްފުށި

އެޓޯލް ޗެމްޕިއަންޝިޕް: ޝާފިއު ޖެހި ލަނޑާއެކު ނޮޅިވަރަމަށް މޮޅެއް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަލަށްފެށި އެޓޯލް ޗެމްޕިއަންޝިޕް 2025/2026 ގައި އުތުރު ރީޖަންގެ ޒޯންގެ ހދ.އަތޮޅުގެ މިއަދުގެ މެޗުގައި ނޮޅިވަރަމު ޓީމުން ކުޅުދުއްފުށި ޓީމު ބަލިކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީގެ ޒޯން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ނޮޅިވަރަމުން ކުޅުދުއްފުށީ ބަލިކުރީ 1-0 އިންނެވެ. އެގޮތުން މިއަދުގެ މެޗުުގައި މި ލަނޑު ހާސިލްކޮށްފައިވަނީ މެޗުގެ 43:43 މިނެޓުގައި ނޮޅިވަރަމު ޓީމުގެ ކުޅުންތެރިޔާ ކަމަށްވާ ޖަރޒީ ނަންބަރު 28، ޝާފިއު މުޙައްމަދު އެވެ. މި މުބާރާތުގައި […]

އައިޝަތު އައިނީ އާމިރު