މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,624 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9624 ޚަބަރުގެ ތެރެއިން
ތިލައުތުރު ފުޓްސަލް: އިހަވަންދޫ އާއި އުތީމު މެޗު އެއްވަރުވެ, ދިއްދޫ އިން މުރައިދޫ ބަލިކޮށްފި 📍 ހއ. ދިއްދޫ

ތިލައުތުރު ފުޓްސަލް: އިހަވަންދޫ އާއި އުތީމު މެޗު އެއްވަރުވެ, ދިއްދޫ އިން މުރައިދޫ ބަލިކޮށްފި

ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025” އިހަވަންދޫ އާއި އުތީމު ބައްދަލުކުރި މެޗުން ދެ ޓީމު އެއްވަރުވެ، ދިއްދޫ އަދި މުރައިދޫ ބައްދަލުކުރި މެޗުން މުރައިދޫ ބަލިވެއްޖެއެވެ. މިއަހަރު ހއ. އުތީމުގައި ކުރިއަށްގެންދާ މި މުބާރާތް މިއަދު ހަވީރު ފަށާފައިވާއިރު، މިއަދު ހަވީރު ބޭއްވި މި މުބާރާތުގެ ފުރަތަމަ މެޗުން އިހަވަންދޫ އާއި އުތީމު ވަނީ އެއްވަރުވެފައެވެ. މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ހާސިލްކޮށްފައިވަނީ […]

އައިޝަތު އައިނީ އާމިރު
ދިވެހިރާއްޖޭގެ މިނިވަންކަމުގައި ތިލަދުންމައްޗަކީ މުހިންމު ދައުރެއް އަދާކުރި އަތޮޅެއް: މޭޔަރު ޢާތިފް 📍 ހދ. ކުޅުދުއްފުށި

ދިވެހިރާއްޖޭގެ މިނިވަންކަމުގައި ތިލަދުންމައްޗަކީ މުހިންމު ދައުރެއް އަދާކުރި އަތޮޅެއް: މޭޔަރު ޢާތިފް

ކުޅުދުއްފުށި ސިޓީ އަކީ ގައުމީ ރަށެއްކަމަށާއި، ދިވެހި ގައުމުގެ މިނިވަންކަން ދެމެހެއްޓުމުގައި ތިލަދުންމަތިން އަދާކޮށްފައިވަނީ މުހިންމު ދައުރެއް ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް ވިދާޅުވެއްޖެއެވެ. މޭޔަރ ޢާޠިފް މިފަދައިން ވިދާޅުވީ، ޝަހީދު ކޯޕްރަލް ހުސައިން އާދަމްގެ ހަނދާނުގައި ކުޅުދުއްފުށި ސިޓީގައި ތަރައްޤީކުރި ބިނާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މޭޔަރ އާޠިފް ވިދާޅުވީ މިނިވަންކަމަކީ ހިލޭ ލިބޭ އެއްޗެއް ނޫ...

އައިޝަތު އައިނީ އާމިރު
ތިލައުތުރު ފުޓްސަލް މުބާރާތުގެ ޗެރިޓީ ޝީލްޑް އިހަވަންދޫ އިން ކާމިޔާބުކޮށްފި 📍 ހއ. އިހަވަންދޫ

ތިލައުތުރު ފުޓްސަލް މުބާރާތުގެ ޗެރިޓީ ޝީލްޑް އިހަވަންދޫ އިން ކާމިޔާބުކޮށްފި

ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025″ގެ ޗެރިޓީ ޝީލްޑް އިހަވަންދޫ އިން ރޭ ކާމިޔާބުކޮށްފިއެވެ. މި މުބާރާތް ފެށުމުގެ ކުރިން ކުޅުނު ޗެރިޓީ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އިހަވަންދޫ އާއި ވާދަކުރީ މުބާރާތް ހޯސްޓްކުރާ ރަށް ކަމަށްވާ އުތީމެވެ. ރޭ 20:30 ގައި ފެށި މި މެޗުގެ ފުރިހަމަ ކުޅުން ހަމަވިއިރު ދެ ޓީމު އޮތީ 1-1ގެ ނަތީޖާއަކުން އެއްވަރު ވެފައެވެ. މެޗުގައި ފުރަތަމަ ލަނޑު […]

ޔުމްނާ ޢަލީ
އިހަވަންދޫގެ ފުރަތަމަ ހާފިޒާ ރައްޔާ އަށް ކައުންސިލުން 50000ރ. ގެ ހިތްވަރުދިނުމުގެ އިނާމެއް 📍 ހއ. އިހަވަންދޫ

އިހަވަންދޫގެ ފުރަތަމަ ހާފިޒާ ރައްޔާ އަށް ކައުންސިލުން 50000ރ. ގެ ހިތްވަރުދިނުމުގެ އިނާމެއް

މަރްޔަމް ރައްޔާ އަޙްމަދު، (20 އަހަރު) ނޫތަރި / ހއ. އިހަވަންދޫ ކީރިތި ޤުރުއާން ހިތުދަަސްކޮށް ހާފިޡުކަމުގެ ސަނަދު ހާސިލުކޮށްފިއެވެ. އިސްލާމިކް މިނިސްޓްރީން ވަނީ ރައްޔާ ކީރިތި ޤުރުއާން ހިތުދަަސްކޮށް ހާފިޡުކަމުގެ ސަނަދު ހާސިލުކޮށްފައިވާކަން ހާމަކޮށްފައެވެ. އަދި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވަނީ ރައްޔާ އާއި ރައްޔާގެ ޢާއިލާ އާއި ބައްދަލުކުރަށްވާ މަރުޙަބާ ވިދާޅުވެ ހިތްވަރު ދެއްވާފައެވެ. ރައްޔާ އަކީ އިހަވަންދޫގެ ތާރީޚުގައި، ފުރަތަމަ ފަހަރަށް ކީރިތި ޤުރުއާން ހިތުދަަސްކޮށް ހާފިޡ...

ޔުމްނާ ޢަލީ
ޝަހީދު ޙުސައިން އާދަމްގެ ހަނދާނުގައި ކުޅުދުއްފުށީގައި ތަރައްޤީ ކުރި ބިނާ ހުޅުވައިފި

ޝަހީދު ޙުސައިން އާދަމްގެ ހަނދާނުގައި ކުޅުދުއްފުށީގައި ތަރައްޤީ ކުރި ބިނާ ހުޅުވައިފި

ނޮވެމްބަރު 3، 1988 ގެ ހިތްދަތި ހަމަލާގައި ދިވެހި ޤައުމު ދިފާއުކުރުމަށްޓަކައި ޝަހީދުވި ބަޠަލު، ހދ. ކުޅުދުއްފުށީ މާވާގޭ، ޝަހީދު ޙުސައިން އާދަމްގެ ހަނދާނުގައި އެ ސިޓީގައި ތަރައްޤީކުރި ޚާއްޞަ ބިނާ މިއަދު ހަވީރު ރަސްމީކޮށް ހުޅުވާފައެވެ. މި ބިނާ އަކީ ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފްގެ އިސްނެގުމުގެ ދަށުން ސިޓީ ކައުންސިލުގެ ޑިޒައިން ކޮންސެޕްޓާއެކު، ކައުންސިލުގެ ބަޖެޓުން، ކޯޕްރަލް ޙުސައިން ޢާދަމްގެ ޤައުމަށް ވެވަޑައިގެން މަތިވެރި ޤުރުބާނީގެ ހަނދާން ދިރުވައި، އަންނަން އޮތް ޖީލުތަކަށް […]

އައިޝަތު އައިނީ އާމިރު
ތިލައުތުރު ފުޓްސަލް: ފަހުގެ ޗެމްޕިއަން އިހަވަންދޫ އާއި އުތީމުގެ ޗެރިޓީ މެޗެއް މިރޭ، މުބާރާތް ފެށުން މާދަމާ 📍 ހއ. އުތީމު

ތިލައުތުރު ފުޓްސަލް: ފަހުގެ ޗެމްޕިއަން އިހަވަންދޫ އާއި އުތީމުގެ ޗެރިޓީ މެޗެއް މިރޭ، މުބާރާތް ފެށުން މާދަމާ

ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025” ފެށުމުގެ ކުރިން ޗެރިޓީ މެޗެއް ކުޅެން ނިންމައިފިއެވެ. މިއަހަރުގެ ތިލައުތުރު ފުޓްސަލް މުބާރާތް ކުރިއަށް ދާނީ އުތީމުގައެވެ. މި މުބާރާތް ކުރިއަށް ދާނީ އުތީމު ރަސްމީ ބޯޅަދަނޑުގައި މި މުބާރާތަށް ތައްޔާރުކޮށްފައިވާ ފުޓްސަލް ދަނޑުގައެވެ. މި މުބާރާތް ފެށުމުގެ ކުރިން މިރޭކުޅޭ ޗެރިޓީ މެޗު ކުޅޭގައި ކުޅޭނީ މުބާރާތް ބާއްވާ ރަށް ކަމަށްވާ އުތީމާއި، އެންމެ ފަހުގެ ޗެމްޕިއަން އިހަވަންދޫ […]

ޔުމްނާ ޢަލީ
ނަސްރުގެ ދުވަހުގެ ބަތަލު ހުސެން އާދަމްގެ ރަށުގައި ދުވަހުގެ ހާއްސަ ޖަލްސާ ބާއްވައިފި 📍 ހދ. ކުޅުދުއްފުށި

ނަސްރުގެ ދުވަހުގެ ބަތަލު ހުސެން އާދަމްގެ ރަށުގައި ދުވަހުގެ ހާއްސަ ޖަލްސާ ބާއްވައިފި

ނަސްރުގެ ދުވަހުގެ ބަތަލު، ޝަހީދު ހުސައިން އާދަމް އުފަންވި ރަށް، ހދ. ކުޅުދުއްފުށީ ސިޓީގައި ރޭ ވަނީ ނަސްރުގެ ދުވަހުގެ ޚާއްސަ ޖަލްސާ އެއް ބާއްވައިފައެވެ. މި ޖަލްސާ ބާއްވާފައިވަނީ މި މުނާސަބަތު ފާހަގަކޮށް، ޤައުމީ ރޫޙު އާލާކުރުމުގެ މަޤްސަދުގައި ކުޅުދުއްފުށި ސިޓީ ކައުންސިލާއި އެ ސިޓީގެ ޖަލާލުއްދީން ސްކޫލު ގުޅިގެންނެނެވެ. ރޭ އެ ސިޓީގައި ބޭއްވި މި ޚާއްސަ ޖަލްސާ ޝަރަފްވެރިކޮށްދެއްވީ ސަލާހުއްދީން ސްކޫލުގެ ޕްރިންސިޕަލް، ނާޞިހާ އިދުރީސްއެވެ. އަދި މި ޖަލްސާގައި ކުޅުދުއްފުށި ސިޓީގެ […]

އައިޝަތު އައިނީ އާމިރު
އެޓޯލް ޗެމްޕިއަންޝިޕް: ހަނިމާދޫ އިން ނޮޅިވަރަމް ބަލިކޮށްފި 📍 ހދ. ނޮޅިވަރަމް

އެޓޯލް ޗެމްޕިއަންޝިޕް: ހަނިމާދޫ އިން ނޮޅިވަރަމް ބަލިކޮށްފި

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަލަށްފެށި އެޓޯލް ޗެމްޕިއަންޝިޕް 2025/2026 ގައި އުތުރު ރީޖަންގެ ޒޯންގެ ހދ.އަތޮޅުގެ މިއަދުގެ މެޗުގައި ހަނިމާދޫ އިން ނޮޅިވަރަމްގެ މައްޗަށް ކުރި ހޯދައިފިއެވެ. ކުޅުދުއްފުށީ ސިޓީގެ ޒޯން ސްޓޭޑިއަމްގައި ކުޅުނު މިޗުގައި ހަނިމާދޫ ނޮޅިވަރަމް ބަލިކުރީ 3-0 ލަނޑުންނެވެ. މިއަދުގެ މެޗުގައި ހަނިމާދޫއަށް ލަނޑުތައް ޖަހައިދީފައި ވަނީ ނޫރުﷲ ތޯހާ އާއި މުހައްމަދު ޚާލިދެވެ. މީގެ ތެރެއިން މުޙައްމަދު ޚާލިދު ވަނީ ދެ ލަނޑު ޖަހައިދީފައެވެ. މި މުބާރާތަށް […]

ޔުމްނާ ޢަލީ
ކަނޑިތީމު ކައުންސިލުގެ ރައީސް އަހްސަންގެ ހިފެހެއްޓުމެއްނެތް ޝުކުރު ރަށުގެ ރައްޔިތުންނަށް 📍 ށ. ކަނޑިތީމު

ކަނޑިތީމު ކައުންސިލުގެ ރައީސް އަހްސަންގެ ހިފެހެއްޓުމެއްނެތް ޝުކުރު ރަށުގެ ރައްޔިތުންނަށް

ށ. ކަނޑިތީމުގައި ކާމިޔާބުކަމާއެކު މިދިޔަ އޮކްޓޯބަރ މަހު ބޭއްވި ‘މިލައުތުރު ފުޓްސަލް ޗެލެންޖް 2025’ ނިމިގެންދިޔައިރު، ކަނޑިތީމު ކައުންސިލްގެ ރައީސް އަހުމަދު އަހްސަން، މި މުބާރާތް ކާމިޔާބު ކުރުމުގައި އެއްބާރުލުން ދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރުގެ ފޮނި ބަސްތައް ބަންޑުން ކޮށްލައިފިއެވެ. މި މުނާސަބަތުގައި، ރައީސް އަހްސަން ވަނީ ރަށުގެ ރައްޔިތުންގެ މެހެމާންދާރީއާއި، ތަރައްގީގެ މަގުގައި ކުރާ މަސައްކަތް ފާހަގަކުރައްވައި، ކަނޑިތީމަކީ ނަމޫނާ ރަށެއްކަން ހާމަކުރައްވާފައެވެ. މިލައުތުރު ފުޓްސަލް މުބާރާތުގަ...

އައިޝަތު އައިނީ އާމިރު
އެޓޯލް ޗެމްޕިއަންޝިޕް: ނެއްލައިދޫ ބަލިކޮށް ކުޅުދުއްފުށިން ފެށުން ރަނގަޅުކޮށްފި 📍 ހދ. ކުޅުދުއްފުށި

އެޓޯލް ޗެމްޕިއަންޝިޕް: ނެއްލައިދޫ ބަލިކޮށް ކުޅުދުއްފުށިން ފެށުން ރަނގަޅުކޮށްފި

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަލަށް ފަށައިގެން ކުރިއަށްގެންދާ މުބާރާތެއްކަމަށްވާ، ”ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕް 2025/2026” ގެ އުތުރު ރީޖަން ޒޯނުގެ މެޗުން، މިއަދު ނެއްލައިދޫ ބަލިކޮށް ޓީމު ކުޅުދުއްފުށިން ފެށުން ރަނގަޅުކޮށްފިއެވެ. ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް ގައި ކުރިއަށްގެންދާ މި މުބާރާތުގައި، ޓީމް ކުޅުދުއްފުށިން މިއަދުގެ މެޗު ކާމިޔާބުކޮށްފައިވަނީ 4-2 ގެ ނަތީޖާއަކުން ނެއްލައިދޫ ޓީމު ބަލިކޮށްގެންނެވެ. މިގޮތުން މި މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ 12 ވ...

އައިޝަތު އައިނީ އާމިރު
މޮޅަދޫގައި އެއްގަމު ލައިސަންސް ޕްރޮގްރާމެއް 📍 ހއ. މޮޅަދޫ

މޮޅަދޫގައި އެއްގަމު ލައިސަންސް ޕްރޮގްރާމެއް

ހއ. މޮޅަދޫގައި އެއްގަމު އުޅަނދުގެ ލައިސަންސް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމަކީ މޮޅަދޫ ކައުންސިލާއި ހއ އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މިގޮތުން މި ޕްރޮގްރާމުގެ މައިގަނޑު މަޤުސަދަކީ، މޮޅަދޫ މަގުތަކަކީ ހިނގާބިނގާވެ އުޅޭފަރާތްތަކަށާއި ދުއްވާއެއްޗެހި ދުއްވާ ފަރާތްތަކަށް އަމާންތަނަކަށް ހެދުމަށާއި، އުޅަނދުތައް ދުއްވާ ފަރާތްތަކަކީ ޤާނޫނުތަކާއި ޤަވާއިދުތަކާއި އެއްގޮތަށް ދުއްވާފަރާތްތަކަކަށް ހެދުމަށް މަސައްކަތް ކުރުމެވެ. C3 އަދި C4 ލައިސަންސް ކެޓަަރީގެ ދަށު...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުއްޓާއި ނެއްލައިދޫ މެޗުން އަތޮޅު ޗެމްޕިއަންޝިޕް މިއަދު ފަށަނީ 📍 ހދ. ނެއްލައިދޫ

ކުޅުދުއްފުއްޓާއި ނެއްލައިދޫ މެޗުން އަތޮޅު ޗެމްޕިއަންޝިޕް މިއަދު ފަށަނީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަލަށް ފަށާ މުބާރާތެއްކަމަށްވާ، ”ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕް 2025/2026” ގެ އުތުރު ރީޖަން ޒޯނުގެ މެޗު، މިއަދު ކުޅުދުއްފުށި ސިޓީގައި ފެށުމަށް ހަމަޖެހިއްޖެއެވެ. މުޅި ޖުމްލަ 47 ޓީމާއެކު ފަށާ މި މުބާރާތުގައި، އުތުރު ރީޖަން އިން އެންްމެ ފުރަތަމަ ވާދަކުރުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުއްޓާއި ނެއްލައިދޫ ޓީމު ބައްދަލުކުރާ މެޗުން މިއަދު ހަވީރު 15:50 ގައެވެ. މިގޮތުން މި މުބާރާތުގެ ޝެޑިއުލް ނެރެފައިވާއިރު، މާދަމާ ހަނިމާދޫ އާއި ނޮޅިވަރަމް […]

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީގައި "ކްލައިމެޓް ޗޭންގް އެންޑް ހިއުމަން މޮބިލިޓީ ޕްރޮޖެކްޓް" ގެ ދަށުން ވޯކްޝޮޕެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި "ކްލައިމެޓް ޗޭންގް އެންޑް ހިއުމަން މޮބިލިޓީ ޕްރޮޖެކްޓް" ގެ ދަށުން ވޯކްޝޮޕެއް

ކުޅުދުއްފުށި ސިޓީގައި “ކްލައިމެޓް ޗޭންޖް އެންޑް ހިޔުމަން މޮބިލިޓީ ޕްރޮޖެކްޓް” ގެ ދަށުން ވޯކްޝޮޕެއް އިއްޔެ ކުރިއަށް ގެންގޮސްފިއެވެ. އެގޮތުން މި ވޯކްޝޮޕަކީ، އިންޓަރނޭޝަނަލް އޯރގަނައިޒޭޝަން ފޯރ މައިގްރޭޝަން (އައި.އޯ.އެމް) އިން މޯލްޑިވްސްގެ ފަރާތުން ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ގުޅިގެން ކުރިއަށް ގެންދިޔަ 1 ދުވަހުގެ ވޯރކްޝޮޕެކެވެ. ސިޓީ ކައުންސިލުން ބުނެފައިވަނީ މި ވޯރކްޝޮޕްގެ މަޤްޞަދަކީ، އެ ޖަމިއްޔާއިން ތައްޔާރުކޮށްފައިވާ ބޭސްލައިން ދިރާސާގެ ހޯދުންތައް ހިއްސާކުރުމާއި، ދުނިޔޭގެ މޫސުމަށް އަންނަމުންދާ...

އައިޝަތު އައިނީ އާމިރު
ބިދޭސީ މުވައްޒަފުންތަކެއްގެ ކަންބޮޑުވުން ހިފައިގެން މޭޔަރު އާތިފުގެ ގާތަށް 📍 ހދ. ކުޅުދުއްފުށި

ބިދޭސީ މުވައްޒަފުންތަކެއްގެ ކަންބޮޑުވުން ހިފައިގެން މޭޔަރު އާތިފުގެ ގާތަށް

ބިދޭސީ މުވައްޒަފުންނަށް ބޭރަށް ފައިސާ ފޮނުވޭ އަދަދު، ފާއިތުވި ހަތަރު މަސް ދުވަހުގެ ތެރޭގައި ތިން ފަހަރަށް ތިރިކޮށް، 500 ޑޮލަރުން 150 ޑޮލަރަށް ކުޑަވުމާ ގުޅިގެން ކުޅުދުއްފުށީ ސިޓީގެ ސްކޫލްތަކާއި ހޮސްޕިޓަލުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުން ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް އާއި ބައްދަލުކޮށް ކަންބޮޑުވުން ފާޅުކޮށްފިއެވެ.  ބިދޭސީ މުވައްޒަފުންގެ ވާހަކަ އަޑުއެއްސެވުމަށްފަހު ބޭރު ފައިސާ ފޮނުވޭ ވަރު ދަށްކުރިކުރުމާމެދު ކަންބޮޑުވުން ފާޅުކޮށް މޭޔަރ ޢާޠިފް މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި...

އައިޝަތު އައިނީ އާމިރު
ވައިކަރަދޫގައި ސްކޭޓް ޕާކެއް، މުރައިދޫ، ކުމުންދޫ އަދި ފީވަކު ބޯޅަދަނޑު ތަރައްގީކުރަން ހަވާލުކޮށްފި 📍 ހއ. މުރައިދޫ

ވައިކަރަދޫގައި ސްކޭޓް ޕާކެއް، މުރައިދޫ، ކުމުންދޫ އަދި ފީވަކު ބޯޅަދަނޑު ތަރައްގީކުރަން ހަވާލުކޮށްފި

ހދ. ވައިކަރަދޫގައި ސްކޭޓް ޕާކެއް ތަރައްގީ ކުރުމަށާއި، އެއަތޮޅު މުރައިދޫ އާއި ހއ. ކުމުންދޫ އަދި ފީވަކު ބޯޅަދަނޑު ތަރައްގީކުން ހިމެނޭހެން 8 ރަށެއްގެ 8 މަޝްރޫޢުއެއްގެ މަސައްކަތް ހަވާލުކޮށްފިއެވެ. ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން މި މަޝްރޫޢުތައް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މި މަޝްރޫޢޫގެ ދަށުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ހއ. މުރައިދޫ، ހދ. ކުމުންދޫ އަދި ށ. ފީވަކުގައއި ފުޓްބޯޅަދަނޑެއް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދ...

އައިޝަތު އައިނީ އާމިރު