މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,623 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9623 ޚަބަރުގެ ތެރެއިން
ނަރުދޫން ގޯތި ދޫކުރުމަށް ހުޅުވާލައިފި

ނަރުދޫން ގޯތި ދޫކުރުމަށް ހުޅުވާލައިފި

ށ. ނަރުދޫން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ނިންމައި، އެކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު އެ ރަށު ކައުންސިލުން މިއަދު ހުޅުވާލައިފިއެވެ. ނަރުދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މިފަހަރު ދޫކުރުމަށް ހަމަޖެހިފައިވަނީ 2500 އަކަފޫޓުގެ 25 ގޯއްޗެވެ. މި ގޯތިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ އެ ރަށުގެ ލޭންޑް ޔޫސް ޕްލޭންގައި ގޯތި ދޫކުރުމަށް ޚާއްޞަކޮށްފައިވާ ސަރަޙައްދުތަކުންނެވެ. ގޯއްޗަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުން ކުރިއަށްދާނީ 2026 ޖަނަވަރީ 11 އިން ފެށިގެން 2026 ޖަނަވަރީ 29 […]

ޔުމްނާ ޢަލީ
ދިއްދޫގައި ބްލޫސްޕޭން ކެއަރ ތެރަޕީ ސެންޓަރުގެ ޚިދުމަތް މާދަމާ ފަށަނީ 📍 ހއ. ދިއްދޫ

ދިއްދޫގައި ބްލޫސްޕޭން ކެއަރ ތެރަޕީ ސެންޓަރުގެ ޚިދުމަތް މާދަމާ ފަށަނީ

ހއ. ދިއްދޫގައި ބްލޫސްޕޭން ކެއަރ ތެރަޕީ ސެންޓަރުގެ ޚިދުމަތްތައް މާދަމާ ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެ ސެންޓަރުން ބުނެފިއެވެ. ބްލޫސްޕޭން ކެއަރ އަކީ ބްލޫ ސްޕޭން ޕްރައިވެޓް ލިމިޓެޑުން ހިންގާ، ރާއްޖޭގައި ތެރަޕިއުޓިކް އަދި ރިހެބިލިޓޭޝަން ޚިދުމަތްތަކަށް ޚާއްސަ މަރުކަޒެކެވެ. ދިއްދޫ ގޮފިން ލިބޭނެ ޚިދުމަތްތަކާއި އަގުތައް ދިއްދޫގައި އަލަށް ފަށާ މި ޚިދުމަތްތަކުގެ ތެރޭގައި ހިމެނެނީ ސްޕީޗް ތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ، ބިހޭވިއަރަލް ތެރަޕީ އަދި ކައުންސިލިން އެވެ. މީގެ ކޮންމެ ޚިދުމަތެއްގެ 45 […]

ޔުމްނާ ޢަލީ
ދިއްދޫ ސާފުކުރުމުގެ ހަރަކާތެއް މާދަމާ ފަށަނީ 📍 ހއ. ދިއްދޫ

ދިއްދޫ ސާފުކުރުމުގެ ހަރަކާތެއް މާދަމާ ފަށަނީ

ހއ. ދިއްދޫ ރަށުތެރެ ސާފުކުރުމުގެ ހަރަކާތެއް މާދަމާ ފަށާނެކަމަށް ދިއްދޫ ކައުންސިލުން ބުނެފިއެވެ. ދިއްދޫ ކައުންސިލުން ބުނިގޮތުގައި މިއީ، ދިއްދޫ ކައުންސިލާއި، ރަށުގެ ހުރިހާ މުއައްސަސާތަކަކާއި އަދި ރަށުގެ ރައްޔިތުން ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތެއްކަމަށެވެ. މިހަރަކާތް ފަށަން ނިންމާފައި ވަނީ މާދަމާ ހެނދުނު 6:00 ގައެވެ. މި ހަރަކާތް ފަށަން ނިންމާފައިވަނީ ދިއްދޫ ކައުންސިލް ކުރިމަތީގައި ބާއްވާ ރަސްމިއްޔާތަކާއެކުގައެވެ. އެހެންވެ، ދިއްދޫ ކައުންސިލުން ވަނީ މި ހަރަކާތުގައި ދިއްދޫގެ ރައްޔިތު...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ "ޑަބްލިޔުޑީސީ އެކްސްޕޯ"ގެ ތެރެއިން ޝައުގުވެރި އުފެއްދުންތައް ފެނިގެންދާނެ: މޭޔަރު އާތިފް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ "ޑަބްލިޔުޑީސީ އެކްސްޕޯ"ގެ ތެރެއިން ޝައުގުވެރި އުފެއްދުންތައް ފެނިގެންދާނެ: މޭޔަރު އާތިފް

ކުޅުދުއްފުށީ ސިޓީގައި ބާއްވާ “ޑަބްލިޔުޑީސީ އެކްސްޕޯ 2026″ގެ ތެރެއިން ޝައުގުވެރި އުފެއްދުންތަކަކާއި ވިޔަފާރިތަކެއް ފެނިގެންދާނެކަން ޔަގީންކުރަށްވާކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް މިއަދު ވިދާޅުވެއްޖެއެވެ. މި އެކްސްޕޯއަކީ ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ކުޅުދުއްފުށީ ސިޓީ ކައުންސިލް ގުޅިގެން ބާއްވާ އެކްސްޕޯއެކެވެ. މި އެކްސްޕޯއާއި ގުޅިގެން މޭޔަރު އާތިފް ދެއްވި މެސެޖެއްގައި ވިދާޅުވީ، މި އެކްސްޕޯ ގެ މަގުސަދަކީ ކުޅުދުއްފުށީ ވިޔަފާރިތަކާއި އަދި އަމ...

ޔުމްނާ ޢަލީ
ހިރިމަރަދޫ މީހުންނާއެކު ހަނިމާދޫގެ ވޯޓު ދިނުމުގެ ހައްގު ލިބޭ މީހުންގެ އަދަދު 2164 އަށް 📍 ހދ. ހިރިމަރަދޫ

ހިރިމަރަދޫ މީހުންނާއެކު ހަނިމާދޫގެ ވޯޓު ދިނުމުގެ ހައްގު ލިބޭ މީހުންގެ އަދަދު 2164 އަށް

ހދ. ހިރިމަރަދޫ ރައްޔިތުންގެ އިންތިޚާބީ ދާއިރާއަކީ އެ އަތޮޅު ހަނިމާދޫ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ގަރާރަކުން ކަނޑައަޅުއްވާފައިވުމާއެކު، ހަނިމާދޫގެ ވޯޓު ދިނުމުގެ ހައްގު ލިބޭ މީހުންގެ އަދަދު 2164 އަށް އަރައިފިއެވެ. ހދ. ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައި، އެކަމާ ގުޅޭ ޤަރާރު އިޞްލާޙުކުރަށްވައި ނެރުއްވީ 30 ޑިސެމްބަރު 2025 ގައެވެ. ރައީސް އޮފީހުން ބުނިގޮތުގައި، މި ބަދަލު ގެންނެވުމުގެ މައިގަނޑު އެއް ބޭނުމަކީ 2026 ވަނަ އަހަރު […]

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ސިޓީގެ ހަނި މަގުތައް ހުރި ސަރަހައްދުތަކުގައި ހުރި އިތުރު ބައެއް ގެތައް ބަދަލުކުރާނެ ބިން ކަނޑައަޅައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީގެ ހަނި މަގުތައް ހުރި ސަރަހައްދުތަކުގައި ހުރި އިތުރު ބައެއް ގެތައް ބަދަލުކުރާނެ ބިން ކަނޑައަޅައިފި

ކުޅުދުއްފުށީ ސިޓީގެ ހަނި މަގުތައް ހުރި ސަރަހައްދުތަކުގައި ހުރި ބައެއް ގެތައް އެހެން ސަރަހައްދަކަށް ބަދަލުކުރަން ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އިތުރު ބައެއް ގެތައް ބަދަލުކުރާނެ ބިން ސިޓީ ކައުންސިލުން އިއްޔެ ކަނޑައަޅައިފިއެވެ. މި ބިންތަން ކަނޑައަޅާފައި ވަނީ ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 239 ވަނަ ޢާންމު ބައްދަލުވުމުގައެވެ. މިގޮތުން ކުޅުދުއްފުށީ ސިޓީގެ ހަނި މަގުތައް ހުރި ސަރަހައްދުތަކުގައި ހުރި ބައެއް ގެތަކުގެ ތެރެއިން، ތަރިޖެހިގެ، ނަޖުމު، ސްޓަރ އަދި […...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި ބާއްވާ "ޑަބްލިޔުޑީސީ އެކްސްޕޯ 2026" ހޮނިހިރު ދުވަހު

ކުޅުދުއްފުށީގައި ބާއްވާ "ޑަބްލިޔުޑީސީ އެކްސްޕޯ 2026" ހޮނިހިރު ދުވަހު

ކުޅުދުއްފުށީ ސިޓީގައި ބާއްވާ “ޑަބްލިޔުޑީސީ އެކްސްޕޯ 2026” އަންނަ ހޮނިހިރު (10 ޖަނަވަރީ 2026) ދުވަހު އޮންނާނެކަމަށް ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ބުނެފިއެވެ.   މި އެކްސްޕޯއަކީ ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ކުޅުދުއްފުށީ ސިޓީ ކައުންސިލް ގުޅިގެން ބާއްވާ އެކްސްޕޯއެކެވެ. މި އެކްސްޕޯ ބާއްވަން ނިންމާފައި ވަނީ ހޮނިހިރު ދުވަހު ހެނދުނު 08:30 އިން ރޭގަނޑު 22:00 އަށް ކުޅުދުއްފުށީ ބީޗް ހޭންޑްބޯލް އެރީނާ ސަރަހައްދުގައެވެ. މި އެކްސްޕޯ...

ޔުމްނާ ޢަލީ
''ދިއްދޫ އުތުރުގެ މުހިންމު މަރުކަޒަކަށް، އާ ފުރުސަތުތައް ހުޅުވި ރައްޔިތުންގެ އާމްދަނީ މަތިވާނެ'' 📍 ހއ. ދިއްދޫ

''ދިއްދޫ އުތުރުގެ މުހިންމު މަރުކަޒަކަށް، އާ ފުރުސަތުތައް ހުޅުވި ރައްޔިތުންގެ އާމްދަނީ މަތިވާނެ''

ހއ. ދިއްދޫގެ އެއާޕޯޓް ތަރައްގީކޮށް ބިން އިތުރުކުރުމުން އެ ރަށަކީ އުތުރުގެ މުހިންމު މަރުކަޒަކަށް ވެގެންދާނެ ކަމަށާއި، އޭގެ ސަބަބުން ރައްޔިތުންގެ އާމްދަނީއާއި ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެ ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު އިއްޔެ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދިއްދޫ އެއާޕޯޓާއި، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އިތުރުން އަސާސީ އެހެނިހެން ހިދުމަތްތަކަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފައްޓަވައިދެއްވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި...

ޔުމްނާ ޢަލީ
ދިއްދޫ އެއާޕޯޓަށާއި ބޯހިޔާވަހިކަމަށް ބޭނުންވާ ބިން ހިއްކަން ފަށައިފި 📍 ހއ. ދިއްދޫ

ދިއްދޫ އެއާޕޯޓަށާއި ބޯހިޔާވަހިކަމަށް ބޭނުންވާ ބިން ހިއްކަން ފަށައިފި

ހއ. ދިއްދޫގައި އެއާޕޯޓު ތަރައްގީކުރުމަށް ބޭނުންވާ ބިމާއި، އެރަށުގެ ބޯހިޔާވަހިކަމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫޢު މިއަދު ފަށައިފިއެވެ. މިއަދު ހަވީރު ދިއްދޫގައި އޮތް ރަސްމިއްޔާތުގައި މި މަޝްރޫޢު ފައްޓަވައިދެއްވީ މާލީ ވަޒީރު މޫސާ ޒަމީރެވެ. މި ރަސްމިއްޔާތުގައި ދިއްދޫ ދާއިރާގެ މެމްބަރު ޢަބުދުއްލަތީފް މުހައްމަދު (ލަތީބެ) އާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.   މި މަޝްރޫޢުގައި ބިން ހިއްކުމަށް ބޭނުން ކު...

ޔުމްނާ ޢަލީ
ހަނިމާދޫ ސިއްހީ މަރުކަޒަށް ކުޑަކުދިންގެ ބަލިތަކުގެ ޚާޢްޞަ ޑޮކްޓަރެއް 📍 ހދ. ހަނިމާދޫ

ހަނިމާދޫ ސިއްހީ މަރުކަޒަށް ކުޑަކުދިންގެ ބަލިތަކުގެ ޚާޢްޞަ ޑޮކްޓަރެއް

ހަނިމާދޫ ސިއްހީ މަރުކަޒުގެ ޚިދުމަތާއި ކުޑަކުދިންގެ ބަލިތަކުގެ ޚާޢްޞަ ޑޮކްޓަރެއް ގުޅިއްޖެއެވެ. ކުޑަކުދިންގެ ބަލިތަކުގެ ޚާޢްޞަ ޑޮކްޓަރ. ޑރ. އަލީނާ ޢަލީ އެ މަރުކަޒުގެ ޚިދުމަތާއި ގުޅުންކަން ހާމަކޮށް ހަނިމާދޫ ސިއްހީ މަރުކަޒުން އިއްޔެ ވަނީ މަރުޙަބާ ކިޔާފައެވެ. ހުސްވި ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ހަނިމާދޫ ސިއްހީ މަރުކަޒުގެ ޚިދުމަތާއި ވަނީ ފިޒިޝަނެއް ވެސް ގުޅިފައެވެ. ކުރިން ދެ މެޑިކަލް އޮފިސަރުން ޚިދުމަތްކުރަމުން އައި ހަނިމާދޫ ސިއްހީ މަރުކަޒަށް މި ސަރުކާރުން ވަނީ އަންހެނުންގެ […]

ޔުމްނާ ޢަލީ
މިދިޔަ އަހަރު ނޭކުރެންދޫ، ހިރިމަރަދޫ، މަކުނުދޫ، ކުރިނބީ އަދި ނައިވާދޫގައި ކައިވެންޏަށްވުރެ ވަރި އިތުރު 📍 ހދ. ހިރިމަރަދޫ

މިދިޔަ އަހަރު ނޭކުރެންދޫ، ހިރިމަރަދޫ، މަކުނުދޫ، ކުރިނބީ އަދި ނައިވާދޫގައި ކައިވެންޏަށްވުރެ ވަރި އިތުރު

2025 ވަނަ އަހަރު ހދ.އަތޮޅުގައި ޖުމްލަ 393 ވަރިކައިވެނިކޮށްދީފައިވާކަން ”ހދ. ޖުޑީޝަލް ދާއިރާގެ ތަފާސްހިސާބު – 2025” އިން ދައްކައިފިއެވެ. މި ތަފާސްހިސާބުން ފެންނަ ގޮތުގައި މިދިޔަ އަހަރު ހދ.އަތޮޅުގެ ކުޅުދުއްފުށީ ސިޓީ ހިމެނޭހެން އަނެއް 12 ރަށުގައި ޖުމްލަ 225 ކައިވެނި އަދި 168 ވަރި ސާބިތުކޮށްފައިވެއެވެ. މި ހިސާބުން ފެންނަގޮތުގައި ހަތަރު ރަށެއްގައި ކައިވެންޏަށްވުރެ ވަރި އިތުރެވެ. އެއީ ނޭކުރެންދޫ، ހިރިމަރަދޫ، މަކުނުދޫ އަދި ކުރިނބީއެވެ. ނޭކުރެންދޫގައި މިދިޔަ އަހަރު 7 ކައިވެނިކޮށްދީފައިވާއިރު 8 […]

ޔުމްނާ ޢަލީ
ހަނިމާދޫ ވައިގެބަނދަރު ހިންގަން ބޭރުގެ ބަޔަކަށް ދޭން އުޅޭ ވާހަކަ ދޮގުކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ވައިގެބަނދަރު ހިންގަން ބޭރުގެ ބަޔަކަށް ދޭން އުޅޭ ވާހަކަ ދޮގުކޮށްފި

ހދ. ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ހިންގަން ބޭރުގެ ބަޔަކަށް ދޭން އުޅޭކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް ދިވެހި ސަރުކާރުން ރަސްމީކޮށް ދޮގުކޮށްފިއެވެ. މިކަމާ ގުޅިގެން ސަރުކާރުގެ ސިޔާސަތު ހާމަކުރައްވާފައިވަނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީންއެވެ. އިންޑިއާގެ ނޫހެއް ކަމަށްވާ ‘ދަ ހިންދޫ’ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަނިމާދޫ އެއާޕޯޓު މެނޭޖު ކުރުމުގައި އިންޑިއާގެ އެހީތެރިކަމަށް ރާއްޖެއިން ވަނީ އެދިފައެވެ. އަދި އެކަމާ ގުޅިގެން ދިރާސާތައް ކުރުމަށް އިންޑިއާގެ އ...

ޔުމްނާ ޢަލީ
ހޯރަފުށީ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖްގެ ތަށި މޮޅަދޫއަށް 📍 ހއ. ހޯރަފުށި

ހޯރަފުށީ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖްގެ ތަށި މޮޅަދޫއަށް

ހއ. ހޯރަފުށީ ހަހެތި ޖަމިއްޔާއިން އިންތިޒާމްކޮށްގެން ބޭއްވި 21 އަހަރުން ދަށުގެ (ޔޫ-21) “ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2025” ގެ ފޯރިގަދަ ފައިނަލް މެޗު ކާމިޔާބުކޮށް، މުބާރާތުގެ ޗެމްޕިއަންކަން ހއ. މޮޅަދޫ ޔަންގް ބްލަޑް ޓީމުން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗުގައި ޔަންގް ބްލަޑް ބައްދަލުކުރީ ހޯރަފުށި 22 ސްޕޯޓްސްއާއެވެ. ވާދަވެރި ކުޅުމަކަށްފަހު ޔަންގް ބްލަޑުން މެޗު ކާމިޔާބުކުރީ 6-3 ގެ ނަތީޖާއަކުންނެވެ. މި ކާމިޔާބީއާއެކު ޔަންގް ބްލަޑް ވަނީ މުބާރާތުގައި ކުޅުނު ހުރިހާ […]

ޔުމްނާ ޢަލީ
ފުނަދޫ އެއަރޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމަށް ޓެސްޓް ފްލައިޓް ޖައްސައިފި 📍 ށ. ފުނަދޫ

ފުނަދޫ އެއަރޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމަށް ޓެސްޓް ފްލައިޓް ޖައްސައިފި

ށ. ފުނަދޫ އެއަރޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމަށް ޓެސްޓް ފްލައިޓް މިރޭ ޖައްސައިފިއެވެ. ފުނަދޫ އަށް ރޭގަނޑު ދަތުރުތައް ފެށޭނެ ގޮތް ހައްދަވައިދެއްވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. މިގޮތުން ފުނަދޫ އެއާޕޯޓްގައި އެ އިންތިޒާމް ހަމަޖެއްސުމަށްފަހު، މިރޭ އިރާކޮޅު މޯލްޑިވިއަންގެ ފްލައިޓެއް ވަނީ ޓެސްޓް ފްލައިޓެއްގެ ގޮތުގައި ޖައްސާފައެވެ. މި ފްލައިޓް ޖައްސަން ފުރަތަމަ ތާވަލުކުރީ ރޭގައެވެ. ނަމަވެސް ރޭ ރާއްޖޭގެ އުތުރުގެ ވިޒިބިލިޓީ ދަށްވުމުގެ ސަބަބުން މިރެއަށް މި ފްލައިޓް ލަސްކުރީއެވެ. މި...

ޔުމްނާ ޢަލީ
"ޕްރޮޖެކްޓް އައިލާ" ގެ ނަމުގައި ސްޕެޝަލް އިކޮނޮމިކް ޒޯނެއް

"ޕްރޮޖެކްޓް އައިލާ" ގެ ނަމުގައި ސްޕެޝަލް އިކޮނޮމިކް ޒޯނެއް

“ޕްރޮޖެކްޓް އައިލާ” ގެ ނަމުގައި “ސަސްޓެއިނަބަލް ޓައުންޝިޕް” އެއްގެ ގޮތުގައި ސްޕެޝަލް އިކޮނޮމިކް ޒޯނެއް (އެސްއީޒެޑް) ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ. މި ޒޯނަކީ ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށާއި ދެމެހެއްޓެނިވި ތަރައްޤީއަށް އަމާޒުކޮށްގެން އުފެއްދި ސަރަހައްދެކެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި ކްރިސްޓަލް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑާއި ބޯޑް އޮފް އިންވެސްޓްމަންޓްސްއާ ދެމެދު މިއަދު ވަނީ އިންވެސްޓްމަންޓް އެގްރީމަންޓެއްގައި ސޮއިކޮށްފައެވެ. މި އެސް.އީ.ޒެޑްގައި އިންވ...

ޔުމްނާ ޢަލީ