މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,623 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9623 ޚަބަރުގެ ތެރެއިން
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އަންނަ އަހަރުގެ ބަޖެޓަކަށް 114 މިލިއަން ރުފިޔާ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އަންނަ އަހަރުގެ ބަޖެޓަކަށް 114 މިލިއަން ރުފިޔާ

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ 2026 ވަނަ އަހަރުގެ ބަޖެޓް އަންގާރަ ދުވަހު ބޭއްވި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ޢާންމު ބައްދަލުމުން ފާސްކޮށްފިއެވެ. މި ޖެޓް ފާސްކޮށްފައި ވަނީ އަންގާރަ ދުވަހު ބޭއްވި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 238 ވަނަ ޢާންމު ބައްދަލުވުގައެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެފައިވާގޮތުގައި އެ ބައްދަލުވުމުގައި ވަނީ އެ ކައުންސިލްގެ 2026 ވަނަ އަހަރުގެ ބަޖެޓްގެ ގޮތުގައި 114،590،288.76 ރުފިޔާ ފާސްކޮށްފައެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އަންނަ އަހަރުގެ ބަޖެޓް...

ޝިއުނާ އާދަމް
ފައްތާހުގެ ކަށުނަމާދު ފަތިސްނަމާދަށްފަހު ދިއްދޫ ހުކުރު މިސްކިތުގައި 📍 ހއ. ދިއްދޫ

ފައްތާހުގެ ކަށުނަމާދު ފަތިސްނަމާދަށްފަހު ދިއްދޫ ހުކުރު މިސްކިތުގައި

ދިވެހި ފިލްމީ ދާއިރާގައި މަޝްހޫރު ކުރީގެ ފިލްމް ޑައިރެކްޓަރު އަބްދުލް ފައްތާހުގެ މައްޗަށްކުރެވޭ ކަށުނަމާދު ފަތިސްނަމާދަށްފަހު ދިއްދޫ ހުކުރު މިސްކިތުގައި ބާއްވަން ނިންމައިފިއެވެ. ދިއްދޫ ކައުންސިލުން މިރޭ ބުނީ ފައްތާހުގެ މައްޗަށް ކުރެވޭ ކަށުނަމާދު  މިރޭ ފަތިސްނަމާދަށްފަހު އެރަށު މަސްޖިދުއް ޣުފްރާން (ހުކުރު މިސްކިތް)ގައި އޮންނާނެ ކަމަށެވެ. އެއަށްފަހު ޖަނާޒާ ބާއްވަން ނިންމާފައި ވަނީ އެރަށު ދެކުނު ސަހަރާގައެވެ. އުމުރުން 54 އަހަރުގައި ފައްތާހު ނިޔާވީ ހާޓް އެޓޭކެއް ޖެހިގެން ދިއްދޫގައި ހުންނަ ހއ.އަތޮޅު...

ޔުމްނާ ޢަލީ
ފައްތާހު ކުއްލި ގޮތަކަށް ނިޔާވެއްޖެ 📍 ހއ. ކެލާ

ފައްތާހު ކުއްލި ގޮތަކަށް ނިޔާވެއްޖެ

ދިވެހި ފިލްމީ ދާއިރާގައި މަޝްހޫރުކަން ހޯދި ފިލްމް ޑައިރެކްޓަރު އަބްދުލް ފައްތާހު ކުއްލި ގޮތަކަށް މިރޭ ނިޔާވެއްޖެ އެވެ. އޭނާ ނިޔާވީ ކެލާގައި ހުއްޓައި ކުއްލި ސިއްހާލަތެއް ދިމާވެ ފަރުވާދިނުމަށް ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަފަހުންކަމަށް މައުލޫމާތުލިބެއެވެ. އެނގިފައިވާގޮތުގައި ފައްތާހަށް ވަނީ ހާޓް އެޓޭކެއް ޖެހިފައެވެ. ނިޔާވިއިރު އޭނާގެ އުމުރަކީ 54 އަހަރެވެ.  ފައްތާހަކީ ދިވެހި ފިލްމީ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ އެއް ޑައިރެކްޓަރެވެ. އޭނާ ވަނީ 2004 ވަނަ އަހަރު އާންމު ހިދުމަތުގެ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގެ ހަނި މަގުތައް ހުރި ސަރަހައްދުތަކުގައި ހުރި ބައެއް ގެތައް އެހެން ސަރަހައްދަކަށް ބަދަލުކުރަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގެ ހަނި މަގުތައް ހުރި ސަރަހައްދުތަކުގައި ހުރި ބައެއް ގެތައް އެހެން ސަރަހައްދަކަށް ބަދަލުކުރަނީ

ކުޅުދުއްފުށީ ސިޓީގެ ހަނި މަގުތައް ހުރި ސަރަހައްދުތަކުގައި ހުރި ބައެއް ގެތައް އެހެން ސަރަހައްދަކަށް ބަދަލުކުރަން ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ. މި ނިންމުން ނިންމާފައި ވަނީ މިއަދު ބޭއްވި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 238 ވަނަ ޢާންމު ބައްދަލުވުމުގައެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިިލުން ބުނިގޮތުގައި މި ބައްދަލުވުމުގައި ވަނީ އެ ސިޓީގެ ހަނި މަގުތައް ހުރި ސަރަހައްދުތަކުގައި ހުރި ބައެއް ގެތައް، އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް ނިންމާފައެވެ. މިގޮތުން ކުޅުދުއްފުށީގެ “މަބު...

ޔުމްނާ ޢަލީ
ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރެއްވުމަށް ރައީސްގެ ގަރާރެއް 📍 ހދ. ހިރިމަރަދޫ

ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރެއްވުމަށް ރައީސްގެ ގަރާރެއް

ހދ. ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައި، އެކަމާ ގުޅޭ ޤަރާރު އިޞްލާޙު ކުރައްވައިފިއެވެ. މި ނިންމެވުމަކީ އެ ރަށުގެ ރައްޔިތުންގެ ދިރިއުޅުން އެހެން ރަށަކަށް ބަދަލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ނިންމެވި ނިންމެވުމެކެވެ. ރައީސް އޮފީހުން ބުނިގޮތުގައި، މި ބަދަލު ގެންނެވުމުގެ މައިގަނޑު އެއް ބޭނުމަކީ 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި، ހިރިމަރަދޫ ރައްޔިތުންގެ އިންތިޚާބީ ދާއިރާއަ...

ޔުމްނާ ޢަލީ
އަމިއްލަ އިސްނެގުމުގައި ހާމަކުރަން ލާޒިމުކުރާ ހުރިހާ މައުލޫމާތެއް ށ.ފޭދޫ ކައުންސިލުން ޝާއިއުކޮށްފި 📍 ށ. ފޭދޫ

އަމިއްލަ އިސްނެގުމުގައި ހާމަކުރަން ލާޒިމުކުރާ ހުރިހާ މައުލޫމާތެއް ށ.ފޭދޫ ކައުންސިލުން ޝާއިއުކޮށްފި

އަމިއްލަ އިސްނެގުމުގައި ހާމަކުރަން ލާޒިމުކުރާ ހުރިހާ މައުލޫމާތެއް ށ.ފޭދޫ ކައުންސިލުގެ ވެބްސައިޓުގައި ޝާއިއުކޮށްފިއެވެ. އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހުން ބުނީ އަމިއްލަ އިސްނެގުމުގައި ހާމަކުރަން ލާޒިމުކުރާ ހުރިހާ މައުލޫމާތެއް ށ.ފޭދޫ ކައުންސިލުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާކަމަށެވެ. އެހެންވެ، އެ އޮފީހުން ވަނީ ފޭދޫ ކައުންސިލަށް މަރުޙަބާ ކިޔާފައެވެ. އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހުން ފާހަަގަކޮށްފައިވާގޮތުގައި ށ. ފޭދޫ ކައުންސިލަކީ އަމިއްލަ އިސްނެގުމުގައި ހާމަކުރަންޖެހޭ މަޢުލޫމާތު ފުރިހަމައަށް ޝާއިއ...

ޔުމްނާ ޢަލީ
އުލިގަމު މަސްފިހުމުގެ ބޮޑު ހަރަކާތް ކުރިއަށް ގެންގޮސްފި

އުލިގަމު މަސްފިހުމުގެ ބޮޑު ހަރަކާތް ކުރިއަށް ގެންގޮސްފި

ހއ. އުލިގަމުގައި ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ މަސްފިހުމުގެ އިޖްތިމާއީ ބޮޑު ހަރަކާތް ހޮނިހިރު ދުވަހުގެ ރޭ ކުރިއަށް ގެންގޮސްފިއެވެ. މީގެ އެތައް އަހަރެއްގެ ކުރިން އުލިގަމުގައި ފެށުނު މިހަރަކާތަކީ މިހާރު އެ ރަށުގެ ބްރޭންޑަކަށް ވަނީ ވެފައެވެ. ވުމާއިއެކު ކުރިއާއި ހިލާފަށް މި ހަރަކާތް މިހާރު ކުރިއަށް ގެންދަނީ އެ ރަށުގެ ކައުންސިލުގެ ހަރަކާތް ކަލަންޑަރުގައި ހިމަނައިގެން ކައުންސިލުން ހަރަދު ކޮށްގެން ރަށު އެންމެން ބައިވެރިވުމާއި އެކުގައެވެ. އުލިގަމު ކައުންސިލުން ކުރިން ވިދާޅުވެފައިވާ ގޮތުގައި […]

ޔުމްނާ ޢަލީ
ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އިދާރާގެ އައު ރިސެޕްޝަން އޭރިއާ ހުޅުވާލައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އިދާރާގެ އައު ރިސެޕްޝަން އޭރިއާ ހުޅުވާލައިފި

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އިދާރާގެ އައު ރިސެޕްޝަން އޭރިއާ ތަރައްގީކޮށް ނިންމުމަށްފަހު ހުޅުވާލައިފިއެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން މިއަދު ބުނީ އެ ކައުންސިލް އިދާރާގެ އައު ރިސެޕްޝަން އޭރިއާ މިހާރު ވަނީ ތަރައްޤީކުރެވި، ރައްޔިތުންނަށް ބޭނުންކުރުމަށް ހުޅުވާލާފައިކަމަށެވެ. ‘’އަޅުގަނޑުމެންގެ އަމާޒަކީ، މި އިދާރާއިން ފޯރުކޮށްދޭ ހިދުމަތްތަކަށް ފަސޭހައިން އެދިލައްވާ، ރައްޔިތުންނަށް އަވަސް އަދި ފުރިހަމަ ހިދުމަތްތަކެއް ފޯރުކޮށްދިނުން.’’ ސިޓީ ކައުންސިލުން ބުނެފަވެއެވެ. މީގެ އިތުރުން ކުރިއަށް އޮތް ތަ...

ޔުމްނާ ޢަލީ
ނަރުދޫގައި 'އަސާސީ ދަނޑު' މިހާރު އޮތް ފަރާތްތަކަށް އިތުރު ފުރުސަތެއް 📍 ށ. ނަރުދޫ

ނަރުދޫގައި 'އަސާސީ ދަނޑު' މިހާރު އޮތް ފަރާތްތަކަށް އިތުރު ފުރުސަތެއް

ށ. ނަރުދޫ ކައުންސިލުން އެ ރަށުގައި ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ “އަސާސީ ދަނޑު” ތަކުގެ ތެރެއިން، މިހާރު ދަނޑު އޮވެ ފޯމު ހުށަނޭޅި ތިބި ފަރާތްތަކަށް އެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ. މިއީ 2024 ވަނަ އަހަރު ހުޅުވާލި ފުރުސަތުގައި އެކި ސަބަބުތަކާ ހުރެ ފޯމު ހުށަނޭޅި ތިބި ފަރާތްތަކަށް ދިން ފުރުސަތެކެވެ. ނަރުދޫ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، 5 ނޮވެންބަރު 2024 ގައި އާންމުކޮށްފައިވާ “ދަނޑުވެރިކަމަށް ބިން ދޫކުރުމުގެ އުސޫލު” ގެ 5 […]

ޔުމްނާ ޢަލީ
އެމްޑީޕީ ޕްރައިމަރީ އޮންނަ ރަށްތަކުގެ ލިސްޓަށް ހަނިމާދޫ އިތުރުކޮށްފި 📍 ހދ. ހަނިމާދޫ

އެމްޑީޕީ ޕްރައިމަރީ އޮންނަ ރަށްތަކުގެ ލިސްޓަށް ހަނިމާދޫ އިތުރުކޮށްފި

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026ގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ބާއްވާ ލިސްޓަށް ހދ. ހަނިމާދޫ އިތުރުކޮށްފިއެވެ. އެމްޑީޕީން އިއްޔެ ވަނީ އެ ޕާޓީގެ ޓިކެޓްގައި ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ކުރިމަތިލި ކެންޑިޑޭޓުންގެ ދާއިމީ ލިސްޓު ނެރެ...

ޔުމްނާ ޢަލީ
ބޯޒިޔާރަތް ފަދަ މަޝްރޫޢު ތަކުން ކުޅުދުއްފުއްޓަށް އިޖުތިމާއީ، އިގްތިސޯދީ ފައިދާލިބޭނެ: މޭޔަރު އާތިފް 📍 ހދ. ކުޅުދުއްފުށި

ބޯޒިޔާރަތް ފަދަ މަޝްރޫޢު ތަކުން ކުޅުދުއްފުއްޓަށް އިޖުތިމާއީ، އިގްތިސޯދީ ފައިދާލިބޭނެ: މޭޔަރު އާތިފް

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ތަރައްޤީ ކޮށްފައިވާ ބޯޒިޔާރަތް ބީޗު ފަދަ މަޝްރޫޢުގެ ސަބަބުން އެ ސިޓީއަށް އިޖުތިމާއީ ގޮތުންނާއި އިގްތިސާދީގޮތުން ފައިދާތައް ލިބިގެންދާނެކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ރޭ ވިދާޅުވެއްޖެއެވެ. ކުޅުދުއްފުށި ސިޓީގައި ތަރައްގީކުރި ބޯޒިޔާރަތް ސަރަހައްދު ރަސްމީކޮށް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާތިފް ވިދާޅުވީ، އެ ސިޓީގައި ހުރި އެފަދަ ތަންތަނަކީ ސިޓީއަށް ލިބިފައިވާ މައުނަވީ ތަރިކައެއްކަމަށެވެ. ސިޓީ ކައުންސިލްގެ މި ދައުރުގައި ރައ...

ޔުމްނާ ޢަލީ
ހޯރަފުށީ މޯލްޑިވިއަން އޮފީސް ފަޅާލައި ވައްކަންކޮށްފި

ހޯރަފުށީ މޯލްޑިވިއަން އޮފީސް ފަޅާލައި ވައްކަންކޮށްފި

ހއ. ހޯރަފުށީގައި ހުންނަ މޯލްޑިވިއަން އޮފީސް ދޮރު ހަލާކުކޮށްލައިގެން ވަދެ ވައްކަންކޮށްފިއެވެ. ފުލުހުން މިއަދު ބުނީ، ހޯރަފުށީގައި ހުންނަ މޯލްޑިވިއަން އޮފީހުގެ ދޮރު ހަލާކުކޮށްލައިގެން ވަދެ އެ އޮފީހުން ވައްކަން ކޮށްފައިވާ މައްސަލައެއްގެ 28 ޑިސެންބަރު 2025 ވަނަ ދުވަހުގެ 03:58 އެހާކަންހާއިރު އެ އިދާރާ އަށް ހުށަހަޅާފައިވާ ކަމަށެވެ. ‘’މިހާތަނަށް ބެލިބެލުމުން އެ އޮފީހުން ވަގަށް ނަގާފައިވަނީ ކާގޯ ދެ ފޮށިގަނޑުކަން އެނގިފައިވޭ.’’ ފުލުހުން މިއަދު ބުންޏެވެ. މިމައްސަލައާ ގުޅިގެން މީހަކު އަދު ހައްޔަރުކޮށްފައެއް...

ޔުމްނާ ޢަލީ
ކުޅުދުއްފުށި ބޯޒިޔާރަތް ބީޗު ހުޅުވައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ބޯޒިޔާރަތް ބީޗު ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ތަރައްޤީ ކޮށްފައިވާ ބޯޒިޔާރަތް ބީޗު މިރޭ ހުޅުވައިފިއެވެ. މިތަން ހުޅުވައިދެއްވީ އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފެވެ. ބޯޒިޔާރަތަކީ ކުޅުދުއްފުށީ ހުޅަނގު ދެކުނު ދެކޮޅު ގައި ޒަމާނުއްސުރެ މޫދަށް އެރެން ހާއްސަކޮށްފައިވާ ސަރަހައްދެކެވެ. ކުޅުދުއްފުށީގެ އާންމު ރައްޔިތުންނާއި ދައުލަތުގެ ފަރާތުން މި ސަރަހައްދު އެކި ދުވަސްވަރުގައި ތަރައްގީ ކުރަމުން ދިޔަ ނަމަވެސް  އެންމެ އެދެވޭގޮތެއްގައި ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތަކާއެކު...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ބޯޒިޔާރަތް ހުޅުވުން މިރޭ، ލައިވް މިޔުޒިކާއެކު ހަވާ އަރުވާނެ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ބޯޒިޔާރަތް ހުޅުވުން މިރޭ، ލައިވް މިޔުޒިކާއެކު ހަވާ އަރުވާނެ

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ތަރައްޤީ ކޮށްފައިވާ ބޯޒިޔާރަތް ބީޗު މިރޭ ހުޅުވަން ނިންމާފައިވާއިރު، މިކަމަށްބާއްވާ ރަސްމިއްޔާތުގައި ލައިވް މިޔުޒިކާއެކު ހަވާ އެރުވުން އޮންނާނެކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެފިއެވެ. ސިޓީ ކައުންސިލުން ބުނެފައިވާގޮތުގައި މިކަމަށް ބާއްވާ ރަސްމިއްޔާތު ފަށަން ނިންމާފައި ވަނީ މިރޭ (27 ޑިސެމްބަރ 2025) 20:30 ގައެވެ. މި ރަސްމިއްޔާތު ރާއްޖޭގެ ޕްރައިވެޓް ޓީވީ ޗެނަލެއްކަމަށްވާ ”އެސް.އެސް.ޓީ.ވީ” މެދުވެރިކޮށް ލައިވް ކުރާނެކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. ކުޅުދުއްފުށީ...

ޔުމްނާ ޢަލީ
ހަނިމާދޫ ވައިގެބަނދަރުގެ 35ގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ކޮމާޝަލް ޖެޓެއް 📍 ހދ. ހަނިމާދޫ

ހަނިމާދޫ ވައިގެބަނދަރުގެ 35ގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ކޮމާޝަލް ޖެޓެއް

ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރަށް ފުރަތަމަ ފަހަރަށް ކޮމާޝަލް ޖެޓެއް މިއަދު ޖައްސައިފިއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މިއީ  28 އޮކްޓޯބަރު 1990 ގައި އެ ވައިގެބަނދަރު ހުޅުވިފަހުން ޖެއްސި ފުރަތަމަ ކޮމާޝަލް ޖެޓެވެ. މީގެ ކުރިން ފިއުލް ކުރުމަށް ވައިގެބަނދަރަށް ވަނީ ޖެޓެއް ޖައްސާފައެވެ. މިއަދު ހެނދުނު 9:40 ހާއިރު ހަނިމާދޫ އަށް ޖެއްސި މެޖެޓަކީ ހއ. އަތޮޅު ދޮނަކުޅީގައި ތަރައްގީކޮށްފައިވާ ހައިޑަވޭ ބީޗް ރިސޯޓް އެންޑް ސްޕާ އަށް ޗުއްޓީ ހޭދަކުރުމަށް އައި ފަތުރުވެރިންތަކެއްގެ ޖެޓެކެވެ. އެ […]

ޔުމްނާ ޢަލީ