މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,621 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9621 ޚަބަރުގެ ތެރެއިން
ޖޭއެސްސީއަށް ދަށު ކޯޓު ފަނޑިޔާރަކު ހޮވަން ތިލަދުންމަތީ ޖުޑީޝަލް ދާއިރާތަކުން ވޯޓުލައިފި

ޖޭއެސްސީއަށް ދަށު ކޯޓު ފަނޑިޔާރަކު ހޮވަން ތިލަދުންމަތީ ޖުޑީޝަލް ދާއިރާތަކުން ވޯޓުލައިފި

ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްއީ އަށް އައްޔަންކުރާ ފަނޑީޔާރަކު ހޮވުމަށް މިއަދު ކުރިޔަށްދިޔަ އިންތިހާބުގައި ހއ އަދި ހދގެ ޖުޑީޝަލް ދާއިރާއިން ޖުމްލަ 16 ފަނޑިޔާރުން ވޯޓުލައިފިއެވެ. އިލެކްޝަން ކޮމިޝަން އިން ހާމަކުރާގޮތުގައި މިއަދު ރާއްޖޭގެ ކަންކޮޅުތަކުގައި ޖުމްލަ އެކާވިސް ޖުޑީޝަލް ދާއިރާއެއްގައި 178 ފަނޑިޔާރުން ވޯޓުލާނެއެވެ. ހއ ޖުޑީޝަލް ދާއިރާއިން ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވަނީ 8 މީހުނެވެ. އެ އަށް ފަނޑިޔާރުންވެސް ވޯޓުލުމަށް ނިކުމެފައިވެއެވެ. އަދި ހދ ޖުޑީޝަލް ދާއިރާއިން ވެސް ވޯޓުލުމ...

އަބްދުﷲ ޝަފީޢު
ސަބް ރީޖަންގެ ރޭހަށް އިހަވަންދޫ އާއި ދިއްދޫ ހޫނުވަނީ! 📍 ހއ. އިހަވަންދޫ

ސަބް ރީޖަންގެ ރޭހަށް އިހަވަންދޫ އާއި ދިއްދޫ ހޫނުވަނީ!

ފާއިތުވި ފަންސާހަކަށް އަހަރު ރާއްޖެ ތަރައްގީ ކުރެވެމުންދިޔަ ގޮތަށް ނަޒަރު ހިންގާލައިފިނަމަ ފެނިގެންދާނެ އެއް މަންޒަރަކީ، ތަރައްގީގެ މާނައަކަށް ވެފައިއޮތީ މާލޭގެ ކޮންކްރީޓް ޖަންގަލި އިތުރަށް ބައިބޯކުރުމުގެ މައްޗަށް ކަމެވެ. މިކަން ބަދަލުވޭތޯ ދިވެހިން ލާމަރުކަޒީ ގޮތުން ވެރިކަން ހިންގުމުގެ ނިޒާމެއް ގާއިމްކުރުމަށް ވެސް މަސައްކަތް ކުރިއެވެ. އެހެނަސް އެކަން އޮތީ މިއަދަށް ވެސް ފައްކާ ނުވެ އެވެ. ދެހާސް އަށާރަ ވަނަ އަަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ރައީސްކަމާ، އިބްރާހިމް މުހައްމަދު ސޯލިހު […]

Thiladhun
ހދ. އިން މާލެއަށް ފަރުވާއަށް ވެލާ ކުރި ދަތުރު، އެންމެންގެ ސަމާލުކަމަށް! 📍 ހދ. ހަނިމާދޫ

ހދ. އިން މާލެއަށް ފަރުވާއަށް ވެލާ ކުރި ދަތުރު، އެންމެންގެ ސަމާލުކަމަށް!

ބޮޑު ތިލަދުންމަތީގެ ހދ. އަތޮޅުން މާލެއަށް މިފަހަރު މިކުރީ އަދައިގެ ދަތުރެއް ނޫނެވެ. މޯލްޑިވިއަން ފްލައިޓެއްގައި ދަތުރުކުރީ ވެލާއެކެވެ. ޒަހަމްވެފައިވާ އޮތް ވެލައެއް ފަރުވާއަށް ކުރި ދަތުރެވެ. މި ދަތުރަށް މުޅި ސޯޝަލް މީޑިއާގައި ވަނީ ސަމާލުކަން ދަމައިގެންފަ އެވެ. މިއީ ހެޔޮ ނިޔަތުގައި އެތައް ބަޔެއްގެ ބުރަ މަސައްކަތެކެވެ. މުޅި ރާއްޖެއަށް ކީއްކުރަން މުޅި ދުނިޔެއަށް ވެސް ދިން ވަރުގަދަ މެސެޖެކެވެ. ހދ. ގެ އެއާޕޯޓް އޮންނަ، ގުދުރަތީ ގޮތުން ރީތި އަދި ބޮޑު ބީޗެއް […]

ނ. ހަސަން
ޖަލާލުއްދީން ސްކޫލް ފުޑްފެއަރ އަދި ޖަމްބަލް ސޭލް އޮގަސްޓް 30 ގައި 📍 ހދ. ކުޅުދުއްފުށި

ޖަލާލުއްދީން ސްކޫލް ފުޑްފެއަރ އަދި ޖަމްބަލް ސޭލް އޮގަސްޓް 30 ގައި

ހދ. ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލްގެ ޕީޓީއޭއިން އިސްނަގައިގެން ފަންޑް ރައިސް ކުރުމަށް ބާއްވާ ފުޑްފެއަރ އަދި ޖަމްބަލް ސޭލްއެއް އޮގަސްޓް 30 ގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ. އެ ސްކޫލްގައި ކުރިއަށް ގެންދާ މި ސޭލްގައި ރީޔޫސް ކުރެވޭނެ ތަކެތީގެ އިތުރުން ކާބޯތަކެތި ލިބެން ހުންނާނެ ކަމަށް އެ ސްކޫލުން މައުލޫމާތު ދެއެވެ. މި ސޭލް ކުރިއަށްދާނީ 30 އޮގަސްޓް ވާ ހުކުރު ދުވަހު މެންދުރު ފަހު 2:30 އިން ހަވީރު 4:30 ގައެވެ. މިހަރަކާތުގައި ވީހާވެސް […]

އިބްރާހިމް އަސްވާޤް
📍 ހދ. ކުޅުދުއްފުށި

އުތުރުގެ ރީޖަނަލް ސެންޓަރުގެ ގޮތުގައި ކުޅުދުއްފުށި ކަނޑައަޅަނީ

މިހާރު އެކުލަވާލަމުން އަންނަ ގައުމީ ތަރައްގީގެ ޕްލޭންގައި، ރާއްޖެ ތަރައްގީ ކުރަން ރާވާފައި އޮތީ މައިގަނޑު ފަސް ސަރަހައްދަކަށް ބަހާލައިގެން ކަމަށާއި އެގޮތުން އުތުރުގެ ރީޖަނަލް ސެންޓަރުގެ ގޮތުގައި ކުޅުދުއްފުށި ކަނޑައަޅަން މަޝްވަރާ ކުރެވެމުން ދާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ ހުޅުމާލޭ ހުރަވީ ސްކޫލްގައި އެމްޑީޕީން ކުރިއަށް ގެންދާ ކައުންސިލަރުންގެ ކޮންފަރެންސްގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މިހާރު އެކުލަވާލަމުން އަންނަ ގައުމީ ތަރައްގީގެ ޕ...

އަބްދުﷲ ޝަފީޢު
ކޮމަންޑޫގައި ބޭސިކް ހޭންޑްބޯލް ކޯޗިންގ ކޯހެއް ފަށައިފި 📍 ށ. ކޮމަންޑޫ

ކޮމަންޑޫގައި ބޭސިކް ހޭންޑްބޯލް ކޯޗިންގ ކޯހެއް ފަށައިފި

ށ. ކޮމަންޑޫގައި ކޮމަންޑޫގައި ބޭސިކް ހޭންޑްބޯލް ކޯޗިންގ ކޯހެއް މި މަހުގެ ވިހި ވަނަ ދުވަހު ފަށައިފިއެވެ. މި ކޯހުގައި 40 ފަރާތަކުން ބައިވެރިވެފައިވާއިރު މިއީ ހޭންޑްބޯލް އެސޯސިއޭޝަނާއި ގުޅިގެން މި މަހުގެ 20 އިން ފެށިގެން 26 އާ ހަމަޔަށް ކުރިޔަށްގެންދާ ކޯހެކެވެ. މި ކޯހުގައި އިރުޝާދު ދެއްވަނީ ހޭންޑްބޯލް އެސޯސިއޭޝަންގެ ކޯޗު އެމްޑީ އަމްޒަދު ހުސައިންއެވެ. މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ދަށުން ހިންގަމުން އަންނަ މޯލްޑިވްސް ނެޝަނަލް އިންސްޓިޓުއުޓް […]

އިބްރާހިމް އަސްވާޤް
ބައިސްކޯފްގެ ހާއްސަ ހަވީރެއް މާދަމާ ކުޅުދުއްފުށީގައި! 📍 ހދ. ކުޅުދުއްފުށި

ބައިސްކޯފްގެ ހާއްސަ ހަވީރެއް މާދަމާ ކުޅުދުއްފުށީގައި!

އޮންލައިން ސްޓްރީިމިންގ އެޕް “ބައިސްކޯފް” އަދި ދިރާގު ގުޅިގެން ބައިސްކޯފްގެ ހާއްސަ ހަވީރެއް މާދަމާ ކުޅުދުއްފުށީގައި ބާއްވާގޮތަށް ހަމަޖެހިއްޖެ އެވެ. މިހާއްސަ ހަވީރު އޮންނާނީ ކުރިއަށްދާނީ މާދަމާ ހަވީރު 4 އިން 6 އަށް ކުޅުދުއްފުށީ ކޮރަލް ދަނޑު ސަރަހައްދުގަ އެވެ. މި ހަވީރުގައި މަޝްހޫރު ލަވަކިޔުންތެރިޔާ މޭނާ ހައްސާންގެ ހުށަހެޅުންތަކެއްވެސް ފެނިގެންދާނެ ކަމަށް ކުޅުދުއްފުށީ އޮންލައިންއިން ރިޕޯޓު ކުރެއެވެ. އަދި މީގެ އިތުރުން، ބައިސްކޯފްގެ އެންމެ މަޝްހޫރު އޮރިޖިނަލް ދިވެހި ވެބް ސީރިޒް ކަމަށްވާ “ހުވާ”ގެ […...

އިބްރާހިމް އަސްވާޤް
ކައުންސިލްއާއި މުވައްޒަފުންގެ ފަރާތުން ކުމުންދޫ ރައްޔިތުންނަށް ބާބަކިއު ފޮއިންޓެއް 📍 ހދ. ކުމުންދޫ

ކައުންސިލްއާއި މުވައްޒަފުންގެ ފަރާތުން ކުމުންދޫ ރައްޔިތުންނަށް ބާބަކިއު ފޮއިންޓެއް

ހދ. ކުމުންދޫ ކައުންސިލްގެ މެމްބަރުންނާއި އެ ކައުންސިލްގެ މުވައްޒަފުން ގުޅިގެން ތަރައްޤީ ކުރި ބާބަކިއު ފޮއިންޓް ހުޅުވައިފިއެވެ. ތިލަދުންއަށް މަޢުލޫމާތު ދެއްކަވަމުން ހދ. ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު ވިދާޅުވީ އަލަށް މި ހުޅުވުނު ބާބަކިއު ހަދާ ސަރަހައްދަކީ ކައުންސިލްއިން މާބޮޑު ޚަރަދެއް ނުކޮށް ރައްޔިތުން ހިތްފަސޭހަކޮށްލާނެ މައިޒާނެއްގޮތަށް ހަދާފައިވާ ތަނެއް ކަމަށެވެ. ކުމުންދޫ ބަނދަރުގެ ހުޅަނގުގައި ހަދާފައިވާ މިތަން ހުޅުވަފައިވަނީ އިއްޔެއެވެ. ކައުންސިލްގެ ރައީސް ވިދާޅުވީ މި ވަގުތު ރަ...

އަބްދުﷲ ޝަފީޢު
📍 ހދ. ކުޅުދުއްފުށި

ރިޝްވާން އެދެނީ ކުޅުދުއްފުށީގައި ކައިޓްސާފް ކުރާނެ ރަނގަޅު ތަނެއް އޮތުމަށް!

ބޮޑުވަމުން އަންނަ އިރު އެކި ކުދިންގެ ޝައުގު ހުންނަނީ އެކި ކަންކަމަށެވެ. ކުޑަކުދިންނަކީ އަބަދުވެސް އާ ކަންކަން ތަޖުރިބާ ކުރަން ބޭނުންވާ ބައެކެވެ. ތަފާތު ކަންކަން ކޮށް، ހުސްވަގުތުގެ ބޭނުންކުރާނެ ބައެކެވެ. އެހެނަސް އެކި ކުދިން ހުސްވަގުތު ތަކުގައި ކޮށްއުޅެނީ އެކި ކަންކަމެވެ. މިފަހަރު މިއޮތީ “ދޭހަ” އިން ފެނުނު ކުޅުދުއްފުއްޓަށް އުފަން އުމުރުން އެންމެ ފަނަރަ އަހަރުގެ މުހައްމަދު ރިޝްވާން ޖަލީލްގެ ވާހަކައެވެ. އޭނާގެ ހުސްވަގުތުތަކުގައި ކޮށް އުޅޭ ކަންކަމުގެ ވާހަކައެވެ. “ކައިޓް ދުއްވާތަން ފެނުނީމަ […]

Thiladhun
ހއ. އަތޮޅު ހޮސްޕިޓަލްގެ ބައު އިމާރާތުގެ ފުރާޅު ޓިނު ބަދަލުކުރަނީ 📍 ހއ. ދިއްދޫ

ހއ. އަތޮޅު ހޮސްޕިޓަލްގެ ބައު އިމާރާތުގެ ފުރާޅު ޓިނު ބަދަލުކުރަނީ

ހއ.އަތޮޅު ހޮސްޕިޓަލްގެ ބައު އިމާރާތުގެ ފުރާޅު ޓިނު ބަދަކުރުމަށް ނިންމައިފިއެވެ. ހއ. އަތޮޅު ހޮސްޕިޓަލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެ ހޮސްޕިޓަލުންދޭ ކުރެހުމާއި އެއްގޮތަށް އަމިއްލަތަކެތީގައި ހޮސްޕިޓަލްގެ ބައު އިމާރާތުގެ ފުރާޅު ޓިނު ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ. މި މަސައްކަތް އަމިއްލަ ތަކެތީގައި ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 02 ސެޕްޓެމްބަރ ވާ ހޯމަދުވަހުގެ އެކެއް ޖަހާއިރު ހއ އަތޮޅު ހޮސްޕިޓަލްގެ އިދާރީ އޮފީހަށް ވަޑައިގެން މައޫލޫމާތު ސާފްކުރެއްވުމަށް އެ ހޮސްޕ...

އިބްރާހިމް އަސްވާޤް
ކެލާއިން ދަނޑުވެރިކަން ކުރުމަށް ބިން ކުއްޔަށް ދޫކުރަނީ 📍 ހއ. ކެލާ

ކެލާއިން ދަނޑުވެރިކަން ކުރުމަށް ބިން ކުއްޔަށް ދޫކުރަނީ

ހއ. ކެލާއިން ދަނޑުވެރިކަން ކުރުމަށް ބިން ކުއްޔަށް ދޫކުރަން އެރަށު ކައުންސިލުން ނިންމައިފިއެވެ. އެރަށު ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، ދޫކުރަން ހަމަޖެހިފައި ވަނީ ދަނޑުވުވެރިކަން ކުރުމަށް ބިންދޫކުރާ ސަރަހައްދުން 2 ބިން ކަމުގައެވެ. މިއިން ކޮންމެ ބިމެއްގެ ބޮޑުމިނުގައި 7000 އަކަފޫޓު ހުންނާނެ ކަމަށާއި، ބިމެއް 5 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރަން ނިންމާފައި ވާކަމަށްވެސް އެ އިއުލާނުގައި ވެއެވެ. މި ބިން ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 27 […]

އަބްދުﷲ ޝަފީޢު
މި ސަރުކާރުން ޚިދުމަތްތައް ދިނުމުގައި އެއްވެސް ރަށެއް ތަފާތު ނުކުރައްވާނެ: ނައިބް ރައީސް

މި ސަރުކާރުން ޚިދުމަތްތައް ދިނުމުގައި އެއްވެސް ރަށެއް ތަފާތު ނުކުރައްވާނެ: ނައިބް ރައީސް

މި ސަރުކާރުން ޚިދުމަތްތައް ދިނުމުގައި އެއްވެސް ރަށެއް ތަފާތު ނުކުރައްވާނެކަމަކަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބް ރައީސް މިހެން ވިދާޅުވީ، ހދ. އަތޮޅުގެ ތަރައްޤީގެ މަޝްރޫއުތަކާއި އަދި ރައްޔިތުންގެ ކަންބޮޑުވުންތަކާ ބެހޭގޮތުން އެއަތޮޅުގެ ދާއިރާތަކުގެ ރައްޔިތުންގެ މަޖުލިސް މެންބަރުންނާއި ކަމާބެހޭ ދައުލަތުގެ އިދާރާތަކުގެ އިސްވެރިންނާއެކު އިއްޔެ ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވެވި މި ބައްދަލ...

އަބްދުﷲ ޝަފީޢު
ށ. އަތޮޅު ކައުންސިލުން 85,720 ހިއްސާ އިސްލާމިކް ބެންކުން ގަންނަނީ

ށ. އަތޮޅު ކައުންސިލުން 85,720 ހިއްސާ އިސްލާމިކް ބެންކުން ގަންނަނީ

ށ. އަތޮޅު ކައުންސިލުން 85,720 ހިއްސާ އިސްލާމިކް ބެންކުން ގަންނަން ފާސްކޮށްފިއެވެ. މިގޮތަށް ނިންމާފައިވަނީ މިމަހުގެ 20 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު އެކައުންސިލްގެ 3 ވަނަ ދައުރުގެ 114 ވަނަ ޢާއްމު ޖަލްސާ އިންނެވެ. މޯލްޑިވްސް އިސްލާމިކް ބެންކުން ޢާއްމުކޮށް ހިއްސާގަތުމަށް ހުޅުވާލާފައިވުމާއެކު އެ ބެންކުންގެ ހިއްސާދާރަކަށްވުމަށް ފާސްކޮށް، ކައުންސިލުގެ ރިޒާވުން 2,000,200.00 ރ. (ދެ މިލިއަން ދުއިސައްތަ ރުފިޔާ) އާއި، ޓްރަސްޓް ފަންޑުގެ މަދަދު ލޯނު […]

އިބްރާހިމް އަސްވާޤް
ދިއްދޫގައި މަގުބައްތި ޖެހުމަށް ފައިސާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫގައި މަގުބައްތި ޖެހުމަށް ފައިސާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހއ.ދިއްދޫގައި މަގުބައްތި ޖެހުމަށް ފައިސާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ހޯމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ އިބްރާހީމް ރަޝީދުއެވެ. ދިއްދޫ ކައުންސިލްގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުޙައްމަދު ހާޝިމްއެވެ. ފަހަކަށް އައިސް ކައުންސިލް ތަކާއި ހޯމްމިނިސްޓްރީއާއި އެކު ތަފާތު އެކި ޕްރޮޖެކްޓް ތަކުގައި ސޮއިކުރަމުންދާކަން ފާހަގަކޮށްލެވެ.      

އިބްރާހިމް އަސްވާޤް
ހދ. ގެ ތަރައްގީއާ ރައްޔިތުންގެ ކަންބޮޑުވުންތަކާ ބެހޭގޮތުން މަޝްވަރާކޮށްފި

ހދ. ގެ ތަރައްގީއާ ރައްޔިތުންގެ ކަންބޮޑުވުންތަކާ ބެހޭގޮތުން މަޝްވަރާކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ހދ. އަތޮޅުގެ ތަރައްޤީގެ މަޝްރޫއުތަކާއި އަދި ރައްޔިތުންގެ ކަންބޮޑުވުންތަކާ ބެހޭގޮތުން އެއަތޮޅުގެ ދާއިރާތަކުގެ ރައްޔިތުންގެ މަޖުލިސް މެންބަރުންނާއި ކަމާބެހޭ ދައުލަތުގެ އިދާރާތަކުގެ އިސްވެރިންނާއެކު މިއަދު މަޝްވަރާކުރައްވައިފިއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވެވި މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި މި ސަރުކާރުން ޚިދުމަތްތައް ދިނުމުގައި އެއްވެސް ރަށެއް ތަފާތު ނުކުރައްވާނެކަން ފާހަގަކުރެއްވިއެވެ. ހދ އަތޮޅުގެ ތަރައް...

އަބްދުﷲ ޝަފީޢު