ހއ. ކެލާއިން ދަނޑުވެރިކަން ކުރުމަށް ބިން ކުއްޔަށް ދޫކުރަން އެރަށު ކައުންސިލުން ނިންމައިފިއެވެ.
އެރަށު ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، ދޫކުރަން ހަމަޖެހިފައި ވަނީ ދަނޑުވުވެރިކަން ކުރުމަށް ބިންދޫކުރާ ސަރަހައްދުން 2 ބިން ކަމުގައެވެ. މިއިން ކޮންމެ ބިމެއްގެ ބޮޑުމިނުގައި 7000 އަކަފޫޓު ހުންނާނެ ކަމަށާއި، ބިމެއް 5 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރަން ނިންމާފައި ވާކަމަށްވެސް އެ އިއުލާނުގައި ވެއެވެ.
މި ބިން ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 27 ވާ އަންގާރަ ދުވަހު އެކެއް ޖަހާއިރު ކެލާ ކައުންސިލްއިދާރާގެ މީޓިންރޫމަށް ވަޑައިގެން މައުލޫމާތުސާފުކުރެއްވުމަށް އެދެއެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުން އޮންނާނީ 03 ސެޕްޓެމްބަރ ވަނަ ދުވަހު ކަމަށް ކައުންސިލްއިން މައުލޫމާތު ދެއެވެ.
މަޢުލޫމާތު ސާފުކުރުމާއި ބިޑުހުށަހެޅުމުގައި ބައިވެރިވެވޭނީ ކުންފުނި، ޕާޓްނަރޝިޕް، އަމިއްލަ ފަރުދުންގެ ވިޔަފާރި، ފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. އަދި މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުމުގައި ބައިވެރި ވެވޭނީ ކޮންމެވެސް އެއް ހައިޞިށްޔަތަކުންނެވެ.
ކައުންސިލް އިން ބުނީ ބިޑްހުށަހެޅުމުގައި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިއުމެއް ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފު ކުރެއްވުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައި ގަނެވެން ނެތް ކަމަށް ވެސް ކައުންސިލްއިން އަންގައެވެ.
ކެލާ ކައުންސިލްއިން މީގެ ކުރިން ވަނީ ދަނޑުވެރިކަން ކުރުމަށްޓަކައި 14000 އަކަފޫޓްގެ ބިމެއް 05 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް އިއުލާން ކޮށްފައެވެ. ނަމަވެސް އަލުން މި އިއުލާން ކުރީ ކުރިންކުރި އިޢުލާން ބާތިލުކުރުމަށް ފަހުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!