ހދ. ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލްގެ ޕީޓީއޭއިން އިސްނަގައިގެން ފަންޑް ރައިސް ކުރުމަށް ބާއްވާ ފުޑްފެއަރ އަދި ޖަމްބަލް ސޭލްއެއް އޮގަސްޓް 30 ގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.
އެ ސްކޫލްގައި ކުރިއަށް ގެންދާ މި ސޭލްގައި ރީޔޫސް ކުރެވޭނެ ތަކެތީގެ އިތުރުން ކާބޯތަކެތި ލިބެން ހުންނާނެ ކަމަށް އެ ސްކޫލުން މައުލޫމާތު ދެއެވެ.
މި ސޭލް ކުރިއަށްދާނީ 30 އޮގަސްޓް ވާ ހުކުރު ދުވަހު މެންދުރު ފަހު 2:30 އިން ހަވީރު 4:30 ގައެވެ.
މިހަރަކާތުގައި ވީހާވެސް ގިނަފަރާތް ތަކުން ބައިވެރިވެ އެހީތެރިވެ ދެއްވުމަށް އެދޭ ކަމަށް ވެސް މި ޖަމްބަލް ސޭލް އިންތިޒާމް ކުރައްވާ ޕީޓީއޭ އިން ހާމަކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!