ށ. ކޮމަންޑޫގައި ކޮމަންޑޫގައި ބޭސިކް ހޭންޑްބޯލް ކޯޗިންގ ކޯހެއް މި މަހުގެ ވިހި ވަނަ ދުވަހު ފަށައިފިއެވެ.

މި ކޯހުގައި 40 ފަރާތަކުން ބައިވެރިވެފައިވާއިރު މިއީ ހޭންޑްބޯލް އެސޯސިއޭޝަނާއި ގުޅިގެން މި މަހުގެ 20 އިން ފެށިގެން 26 އާ ހަމަޔަށް ކުރިޔަށްގެންދާ ކޯހެކެވެ.

Ad
rt

މި ކޯހުގައި އިރުޝާދު ދެއްވަނީ ހޭންޑްބޯލް އެސޯސިއޭޝަންގެ ކޯޗު އެމްޑީ އަމްޒަދު ހުސައިންއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ދަށުން ހިންގަމުން އަންނަ މޯލްޑިވްސް ނެޝަނަލް އިންސްޓިޓުއުޓް އޮފް ސްޕޯޓްސް އިން ފަސް ކޯހެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ފަށާފައެވެ.

މިއީ ރާއްޖޭގައި ކުޅިވަރު ކުރިއަރުވައި ކުޅިވަރަށް އަހުލުވެރި ފަރާތްތައް އުފެއްދުމުގެ ގޮތުން އެ އިންސްޓިޓިއުޓްއިން ކުރިޔަށް ގެންދާ ކޯސްތަކެކެވެ.