މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,621 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9621 ޚަބަރުގެ ތެރެއިން
ނޮޅިވަރަންފަރު ދަތުރުހިޔާ އިމާރާތުން ބައެއް ކުއްޔަށް ދޫކުރަނީ 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ދަތުރުހިޔާ އިމާރާތުން ބައެއް ކުއްޔަށް ދޫކުރަނީ

ހދ. ނޮޅިވަރަންފަރު ބަނދަރު ސަރަޙައްދުގައި، އެރަށު ކައުންސިލުން ޚަރަދުކޮށްގެން އަޅާފައިވާ ދަތުރުހިޔާ އިމާރާތުން ބައެއް ކުއްޔަށް ދޫކުރުމަށް އިއުލާން ކޮށްފިއެވެ. އެރަށު ކައުންސިލުން، މީގެކުރިން މިކަމާ ގުޅިގެން ކޮށްފައިވާ އިއުލާނެއް ބާޠިލުކޮށް، އަލުން މިއަދު މިކަމަށް އިއުލާން ކޮށް، ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ވަނީ ފުރުޞަތު ހުޅުވާލާފައެވެ. ނޮޅިވަރަންފަރު ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ދަތުރުހިޔާ ސާފުކޮށް ބެލެހެއްޓުމާއެކު، އިމާރާތުން ކުއްޔަށް ދޫކުރާ ބަޔަށް ގެންނަންޖެ...

Thiladhun
📍 ހދ. ކުމުންދޫ

ކުމުންދޫ ފުޓްސަލް ދަނޑު ނިންމައިދޭނެ ބަޔަކު ހޯދަނީ

ސަރުކާރުން، ހދ. ކުމުންދޫގައި އަޅަން ފެށި ފުޓްސަލް ދަނޑުގައި މިހާރު ނުނިމި ހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން މިއަދު އިއުލާން ކޮށްފިއެވެ. ކުމުންދޫ ކައުންސިލުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އެރަށުގައި ތަރައްޤީކުރަން ފަށާފައިވާ ފުޓްސަލް ދަނޑުގައި މިހާރު ނުނިމިހުރި މަސައްކަތްތައް ނިންމަން އެކައުންސިލާ ހަވާލުކޮށްފައިވާތީ، އެކައުންސިލުން ދޭ މައުލޫމާތާ އެއްގޮތަށް އެމަސައްކަތް ކޮށްދޭނެ ފަރ...

Thiladhun
ހޯރަފުށި ދާއިރާގެ ތަރައްގީއަށް ކުރެވެމުންދާ މަސައްކަތްތައް އިންޑިއާގެ ސަފީރާ ހިއްސާކުރައްވައިފި 📍 ހއ. ހޯރަފުށި

ހޯރަފުށި ދާއިރާގެ ތަރައްގީއަށް ކުރެވެމުންދާ މަސައްކަތްތައް އިންޑިއާގެ ސަފީރާ ހިއްސާކުރައްވައިފި

ހޯރަފުށި ދާއިރާގައި ހިމެނޭ ރަށްތަކުގައި ތަރައްގީއަށް ކުރެވެމުންދާ މަސައްކަތްތަކުގެ މައުލޫމާތު، އިންޑިއާއިން ރައްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރްއާ ހިއްސާކުރައްވައިފިއެވެ. ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ދާއިރާގެ ރަށްތައް ކަމަށްވާ ހޯރަފުށި، އުލިގަމު އަދި ތުރާކުނުގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތަކާއި ކުރިއަށް ރޭވިފައިވާ މަޝްރޫއުތަކުގެ މައުލޫމާތު ސަފީރާ ހިއްސާކުރެވުނު ކަމަށެވެ. ހޯރަފުށީގައި މިވަގުތު ހިނގާ އެންމެ ބޮޑު މަޝް...

އަފްރާހް އަބްދުލް ރަޝީދު
📍 ހއ. ހޯރަފުށި

ސަލީމްއާއި ހޯރަފުށީ ކައުންސިލުން ހައުސިން މިނިސްޓަރާއި ބައްދަލުކުރައްވައިފި

ހޯރަފުށި ދާއިރާގައި ގެދޮރުގެ އިމާރާތް ކުރުމަށް ރޭވެމުންދާ މަޝްރޫއުތައް އަވަސްކޮށްދެއްވުމަށް އެދި ހައުސިން މިނިސްޓަރު އާތިފާ އަލީގެ އަރިހުގައި ދަންނަވައިފިއެވެ. މިއަދު ހައުސިން މިނިސްޓްރީގައި އޮތް ބައްދަލުވުމުގައި ހޯރަފުށީ ދާއިރާގެ މެންބަރު ސަލީމްއާއި ހޯރަފުށީ ކައުންސިލުން ބައިވެރިވެފައިވެއެވެ. ހޯރަފުށި ދާއިރަގެ މެމްބަރު އަހުމަދު ސަލީމު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހޯރަފުއްޓާއި، ތުރާކުނާއި އުލިގަމުގައި ގެދޮރު އިމާރާތް ކުރުމަށް ރޭވެމުންދާ މަސައްކަތްތަށް އަވަސްކޮށްދެއްވުމަށް މިނިސްޓަރު އާތ...

އަފްރާހް އަބްދުލް ރަޝީދު
ހދ އަތޮޅުގެ 5 މެންބަރުން ޓޫރިޒަމް މިނިސްޓަރާއި ބައްދަލުކޮށްފި

ހދ އަތޮޅުގެ 5 މެންބަރުން ޓޫރިޒަމް މިނިސްޓަރާއި ބައްދަލުކޮށްފި

ހދ.އަތޮޅު ޓުއަރިޒަމް އިތުރަށް ފުޅާކުރުމާއި ބެހޭގޮތުން ހދ އަތޮޅުގެ 5 މެންބަރުން މިނިސްޓަރ އޮފް ޓުއަރިޒަމް އަލްފާޟިލް ޢަލީ ވަޙީދުއާއި ބައްދަލުކޮށްފިއެވެ. މިބައްދަލުވުން އޮތީ މިއަދު މެންދުރު މިނިސްޓްރީ އޮފް ޓުއަރިޒަމްގައެވެ. މިބައްދަލުވުމުގައި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުޙައްމަދާއި، އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފުއާއި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު، ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާގެ އިތުރުން މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ...

ޔުމްނާ ޢަލީ
📍 ހދ. ވައިކަރަދޫ

ގައުމީ ގުރްއާން މުބާރާތުގައި ވައިކަރަދޫގެ ތިން ދަރިވަރުން އިނާމް ހާސިލްކޮށްފި

33 ވަނަ ގައުމީ ގުރްއާން މުބާރާތުގައި ވައިކަރަދޫގެ ތިން ދަރިވަރުން އިނާމް ހާސިލްކޮށްފިއެވެ. ސްކޫލް ކުދިންގެ ފޮތުން ކިއުމުގެ ބައިން ކީ ސްޓޭޖް 2 ގެ 2 ވަނަ ލިބިފައިވަނީ ދަރުމަވަންތަ ސްކޫލްގައި ކިޔަވަމުން އަންނަ ސަނީ މުޙައްމަދު ސިނާން މުނީރު އަށެވެ. ކީ ސްޓޭޖް 5 ގެ 2 ވަނަ ލިބިފައިވަނީ އަލްމަދަރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ ގައި ކިޔަވަމުން އަންނަ މަރިޔަމް ލަޔާލް އަށެވެ. މިދެދަރިވަރުންނަށް އިނާމް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް […]

ޝިއުނާ އާދަމް
ބަލައިގެން ކިޔެވުމުގެ ބައިން ސްކޫލުތަކުން އެއްވަނަ ހޯރަފުށި ދަރިވަރަކަށް 📍 ހއ. ހޯރަފުށި

ބަލައިގެން ކިޔެވުމުގެ ބައިން ސްކޫލުތަކުން އެއްވަނަ ހޯރަފުށި ދަރިވަރަކަށް

ގައުމީ ގުރްއާން މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ބައިން ސްކޫލުތަކުން އެއްވަނަ ހއ. އަތޮޅު މަދަރުސާގެ ދަރިވަރު މަރިޔަމް އަފާފް މުހައްމަދު ހޯދައިފިއެވެ. 33 ވަނަ ގައުމީ ގުރްއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ރޭ ބޭއްވި ހަލްފާގައި އަފާފްއާ އިނާމު ހަވާލުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އަފާފްއަށް މަރުހަބާ ވިދާޅުވި ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަލައިގެން ކިޔެވުމުގެ ބައިން ސްކޫލުތަކުން އަފާފް އެއްވަނަ ހޯދުމަކީ ހޯރަފުއްޓަށާއި އަ...

އަފްރާހް އަބްދުލް ރަޝީދު
އިހަވަންދޫން ގޯތި ދޫކުރުމުގައި ކޮރަޕްޝަން ހިމެނޭތީ، ލިސްޓު ބާޠިލުކޮށް އަލުން އިޢުލާން ކޮށްފި 📍 ހއ. އިހަވަންދޫ

އިހަވަންދޫން ގޯތި ދޫކުރުމުގައި ކޮރަޕްޝަން ހިމެނޭތީ، ލިސްޓު ބާޠިލުކޮށް އަލުން އިޢުލާން ކޮށްފި

އިހަވަންދޫން ގޯތި ދޫކުރުމުގައި ކޮރަޕްޝަން ހިމެނޭތީ، ގޯތި ދޫކުރި ލިސްޓު ބާޠިލުކޮށް އަލުން އިޢުލާން ކޮށްފިއެވެ. ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއިން 10 އޯގަސްޓް 2016 ގައި ކޮށްފައިވާ  އިޢުލާނާއި ގުޅިގެން ގޯއްޗަށް އެދި ހުށައަޅާފައިވާ ފޯމުތަކަށް ޕޮއިންޓް ދިނުމުގައި ކޮރަޕްޝަންގެ ޢަމަލުތަކެއް ހިންގާފައިވާތީ އެއިޢުލާނު ބާޠިލުކޮށް އަލުން ގޯއްޗަށް އެދި ހުށައެޅުމުގެ ފުރުޞާތު ހުޅުވާލައިފިއެވެ. މިހެން މިކަންކުރީ މިނިސްޓްރީ އޮފް ހައިސިންގ އެންޑް އާރބ...

އިބްރާހިމް އަސްވާޤް
މޮޅަދޫ ބަނދަރު ހަދަން ބަޔަކާ ހަވާލުކޮށްފި 📍 ހއ. މޮޅަދޫ

މޮޅަދޫ ބަނދަރު ހަދަން ބަޔަކާ ހަވާލުކޮށްފި

ހއ. މޮޅަދޫ ބަނދަރުގެ ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދަން، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބަޔަކާ ހަވާލުކޮށްފިއެވެ. ޕްލޭނިންގ މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑްއާއެވެ. މިއަދު އޮތް ރަސްމިއްޔާތުގައި މި މަޝްރޫޢު ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝަނާ ފާރޫޤެވެ. ސޮނެކް ޓްރޭޑުގެ ފަރާ...

Thiladhun
ސަރަހައްދީ ބައްދަލުވުމުގައި ރާއްޖެ ތަމްސީލްކުރީ ކުޅުދުއްފުށީގެ އަފާ 📍 ހދ. ކުޅުދުއްފުށި

ސަރަހައްދީ ބައްދަލުވުމުގައި ރާއްޖެ ތަމްސީލްކުރީ ކުޅުދުއްފުށީގެ އަފާ

ސައުތް އޭޝިއަން ޕާލެމެންޓްރީ މީޓިން ފޯ ޗިލްޑްރެންގައި ތިލަދުންމަތީ، ކުޅުދުއްފުއްޓަށް އުފަން، އަފާ ހުސެއިން ރާއްޖެ ތަމްސީލްކޮށްފި އެވެ. ސަރަހައްދީ ބޮޑު ބައްދަލުވުމެއްގައި އަފާ ރާއްޖެ ތަމްސީލްކޮށްފައިވުމަކީ މުޅި ތިލަދުންމައްޗަށް ވެސް ލިބުނު ޝަރަފެކެވެ. ޔުނިސެފްގެ ވީޑިއޯއަކުން ވެސް ފެނިގެންދިޔަ އަފާއަކީ ތިމާވެށީގެ ހިމާޔަތާއި ރައްކާތެރިކަމަށް ވަރަށް ބޮޑަށް ވަކާލާތު ކުރާ މުޅި ރާއްޖޭގެ ވެސް ސަމާލުކަން ހޯދާފައިވާ ޒުވާނެކެވެ. އޭނާއަކީ ކުޅުދުއްފުށީގައި ހިންގާ “ބިލީފް” ޖަމިއްޔާގެ ފައުންޑާ ވެސްމެ އެވެ. ދެ...

ނ. ހަސަން
ތަރައްގީއަކީ ސަރުކާރަކުން ގެނެސްދޭ އެއްޗެއްގެ ގޮތުގައި ދެކޭ ދެކުން ބަދަލުކުރަން ޖެހޭ: ސަލީމް 📍 ހއ. ހޯރަފުށި

ތަރައްގީއަކީ ސަރުކާރަކުން ގެނެސްދޭ އެއްޗެއްގެ ގޮތުގައި ދެކޭ ދެކުން ބަދަލުކުރަން ޖެހޭ: ސަލީމް

ތަރައްގީއަކީ ސަރުކާރަކުން ރައްޔިތުންނާ ހަމައަށް ގެނެސްދޭ އެއްޗެއްގެ ގޮތުގައި ދެކޭ ދެކުން ބަދަލުކުރަން ޖެހޭ ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ. ސަލީމް މިހެން ވިދާޅުވީ ހޯރަފުށީގެ މާސްޓަރ ޕްލޭންއަށް ރައްޔިތުންގެ ލަފާ ހޯދުމާއި، ފަސް އަހަރު ދުވަހުގެ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ރަށުގެ ތަރައްގީއަށް އަލިއަޅުއްވާލައްވައި ސަލީމް ވިދާޅުވީ ތަރައްގީގެ ޕްލޭން އަކީ އަބަދު ވެސް އެއިރެއްގައި އޮންނަ ސަރުކާރަކުން ރައްޔ...

އަފްރާހް އަބްދުލް ރަޝީދު
ހޯރަފުށީގެ މާސްޓަރ ޕްލޭންއަށް ހިޔާލާއި ލަފާ ހޯދަން ވޯކްޝޮޕްއެއް މާލޭގައި ފަށައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީގެ މާސްޓަރ ޕްލޭންއަށް ހިޔާލާއި ލަފާ ހޯދަން ވޯކްޝޮޕްއެއް މާލޭގައި ފަށައިފި

ހޯރަފުށީގެ މާސްޓަރ ޕްލޭންއަށް ހިޔާލާއި ލަފާ ހޯދަން ވޯކްޝޮޕްއެއް މާލޭގައި ފަށައިފި އެވެ. ހއ. ހޯރަފުށީގެ މާސްޓަރ ޕްލޭންއަށް ރައްޔިތުންގެ ލަފާ ހޯދުމާއި، ފަސް އަހަރު ދުވަހުގެ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ ވާރކްޝޮޕް ފަށާފައި ވަނީ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގައެވެ.  މިވާރކްޝޮޕަކީ ތިން ދަންފަޅިއަށް ބަހާލައިގެން އެއްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ވާރކްޝޮޕެކެވެ. މިއީ ހޯރަފުށި ކައުންސިލުން ކުރިއަށް ގެންދާ ވޯކްޝޮޕްއެކެވެ. ކައުންސިލްގެ މިނިންމުމާއި މަސައްކަތައް ހޯރަފުށީ ދާއިރާގެ މެންބަރ އަޙްމ...

ޔުމްނާ ޢަލީ
ނެއްލައިދޫ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރާނެ ބަޔަކު ހޯދަނީ 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރާނެ ބަޔަކު ހޯދަނީ

ހދ. ނެއްލައިދޫ ސަރުކާރުން ތަރައްޤީކުރަން ނިންމާފައިވާ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފިއެވެ. ނެއްލައިދޫއާއިއެކު ނ. ކުޑަފަރިއާއި ގދ. ތިނަދޫގައި ތަރައްޤީކުރާ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރާނެ ބަޔަކު ހޯދަން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިއުލާން ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެމިނިސްޓްރީ އިން ކޮށްފައިވާ އިއުލާނުގައިވާގޮތުން މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބާއްވާ...

Thiladhun
​ހަނިމާދޫގައި ބާއްވާ ވޮލީ ބޯޅަ ކޯޗިން ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

​ހަނިމާދޫގައި ބާއްވާ ވޮލީ ބޯޅަ ކޯޗިން ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

​ އަންނަ އޮކްޓޯބަރ މަހު ފުރަތަމަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށް މޯލްޑިވްސް އިންސްޓިޓުޓް އޮފް ސްޕޯޓްސްއިން ހަނިމާދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވޮލީ ބޯލް ކޯޗިން ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ހަނިމާދޫ ކައުންސިލުން ކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ ވޮލީ ބޯލް ކޯޗިން ކޯހުގައި ބައިވެރިވުމަށް ޝައިގުވެރިވާ ފަރާތްތަކުން މިމަހުގެ 9 ވަނަ ދުވަހުގެ 13:30 ގެ ކުރިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ކޮޕީ އާއި ކޯހުގައި ބައިވެރިވާން ބޭނުންވާ ފ...

އަޙްމަދު އަސްފާން
ތިލަދެކުނު ސިނަމާ ރައްކާތެރި ނޫންކަމަށް ބުނެ ބަންދުކޮށްފި 📍 ހދ. ކުޅުދުއްފުށި

ތިލަދެކުނު ސިނަމާ ރައްކާތެރި ނޫންކަމަށް ބުނެ ބަންދުކޮށްފި

ތިލަދުންމަތީ ސަރަހައްދުގައި ފިލްމް އެޅުވުމަށް ބޭނުންކުރާ ހަމައެކަނި ބައިސްކޯފު ނުވަތަ ސިނަމާ ކަމުގައިވާ ތިލަދެކުނު ސިނަމާ މަރާމާތަށް ބަންދުކޮށްފިއެވެ. ހދ.ކުޅުދުއްފުށީގައި ހުންނަ މި ސިނަމާ ވަގުތީގޮތުން ބަންދުކޮށްފައިވަނީ މިމަހުގެ ހަތަރުވަނަ ދުވަހުން ފެށިގެންނެވެ. ތިލަދުންއަށް މައުލޫމާތުދެމުން ކުޅުދުއްފުށީގައި ފިލްމް އެޅުވުމުގައި އާންމުކޮށް ހަރަކާތްތެރިވާ އާދަމް މުހައްމަދު ވިދާޅުވީ އެތަން ހުރީ ބޭނުންކުރަން ރައްކާތެރި ނޫން ހާލަތެއްގައި ކަމަށްވާތީ، އެތަން މަރާމާތުކުރުމަށް ވަގުތީ ގޮތުން ބަންދުކުރުމަށ...

Thiladhun