ސައުތް އޭޝިއަން ޕާލެމެންޓްރީ މީޓިން ފޯ ޗިލްޑްރެންގައި ތިލަދުންމަތީ، ކުޅުދުއްފުއްޓަށް އުފަން، އަފާ ހުސެއިން ރާއްޖެ ތަމްސީލްކޮށްފި އެވެ.
ސަރަހައްދީ ބޮޑު ބައްދަލުވުމެއްގައި އަފާ ރާއްޖެ ތަމްސީލްކޮށްފައިވުމަކީ މުޅި ތިލަދުންމައްޗަށް ވެސް ލިބުނު ޝަރަފެކެވެ.
ޔުނިސެފްގެ ވީޑިއޯއަކުން ވެސް ފެނިގެންދިޔަ އަފާއަކީ ތިމާވެށީގެ ހިމާޔަތާއި ރައްކާތެރިކަމަށް ވަރަށް ބޮޑަށް ވަކާލާތު ކުރާ މުޅި ރާއްޖޭގެ ވެސް ސަމާލުކަން ހޯދާފައިވާ ޒުވާނެކެވެ. އޭނާއަކީ ކުޅުދުއްފުށީގައި ހިންގާ "ބިލީފް" ޖަމިއްޔާގެ ފައުންޑާ ވެސްމެ އެވެ.
ދެ ދުވަހުގެ މުއްދަތަށް ލަންކާގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި އަފާ ދިވެހި ޒުވާނުން ތަމްސީލްކޮށްފައިވާއިރު ސަރަހައްދީ އެހެން ގައުމުތަކުން ވެސް ޒުވާނުން ބައިވެރިވެފައިވެ އެވެ.
ލަންކާގެ މަޖިލީހުގެ ރައީސް ވެސް ބައިވެރިވި ބައްދަލުވުމުގައި އަފާ ވަނީ ސްޕީޗެއް ވެސް ދީފަ އެވެ. އެ ސްޕީޗުގައި އަފާ ވަނީ ޒުވާނުންގެ ހައިސިއްތުން ކުރާނެ ބައެއް ކަންކަން ފާހަގަކޮށްފަ އެވެ. އަދި ކުޑަކުދިންގެ ހައްގުތަކާއި ޒުވާނުންގެ ކުރިއެރުމާއި ތިމާވެށީގެ ހިމާޔަތަށް ވަކާލާތު ކުރުމުގައި ދެމިހުންނާނެކަން ފާހަގަކޮށްފަ އެވެ.
މި ބައްދަލުވުން މިފަހަރު ހާއްސަކޮށްފައި އޮތީ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޗިލްޑްރެން (ސީއާރްސީ)އަށް 30 އަހަރު ފުރުމާ އެވެ. ޔުނިސެފާއެކު ކުރިއަށް ގެންދާ މި ބައްދަލުވުން އަންނަ އަހަރު އޮންނާނީ ރާއްޖޭގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!