​
ޔޫރޯ 2020 ގެ ކޮލިފިކޭޝަންގައި ރޭ ނެދަލެންޑްސްއާއި ޖަރުމަނުގެ ކުރިމަތިލުން ކާމިޔާބުކުރިީ ނެދަލެންޑްސްއިންނެވެ.

ގްރޫޕް ސީ ގައި ހިމެނޭ ޖަރުމަން އަދި ނެދަލެންޑްސް ބައްދަލުކުރި މެޗް ނެދަލެންޑްސްއިން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ. ޖަރުމަނުގައި ކުޅުނު މިމެޗްގައި ފުރަތަމަ ލީޑް ނަގައި ފުރަތަމަ ހާފް ނިންމާލީ ޖަރުމަނު ކުރީގައިއޮވެގެންނެވެ. މެޗްގެ 9 ވަނަ މިނިޓްގައި ފުރަތަމަ ގޯލް ޖަރުމަނަށް ކާމިޔާބުކޮށްދިނީ ބަޔާންމިއުނިކަަށް ކުޅެމުންއަންނަ ސާޖް ގްނޭބްރީއެވެ. ޖަރުމަނުގެ ދެވަނަ ގޯލް 73 ވަނަ މިނިޓްގައި ލިބުނު ޕެނެލްޓީއަކުން ކާމިޔާބްކޮށްދިނީ ރިއަލްމެޑްރިޑްގެ ތަރި ޓޯނީ ކްރޫސްއެވެ.

Ad
rt

ނެދަލެންޑްސްގެ ގޯލްތައް ފެނިގެން ދިޔައީ ދެވަނަ ހާފްގައެވެ. ނެދަލޭންޑްސްގެ ފުރަތަމަ ގޯލް މެޗްގެ 59 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އަޔެކްސް ދޫކޮށް މި ސީޒަންގައި ބާސެލޯނާއަށް ބަދަލުވި ހުނަރުވެރި މިޑްފީޑަރ ފްރޭންކީ ޑި ޖޮންގްއެވެ. ނެދަލެންޑްސްގެ ދެވަނަ ގޯލަކީ ޖަރުމަނުގެ ޑިފެންޑަރ ޖޮނަތަން އަތުން ބައިކޮޅަށް ވަންގޯލެކެވެ. ނެދަލެންޑްސް ގެ ތިންވަން ގޯލް މެޗްގެ 79 ވަނަ މިނިޓްގައި މެލެން ކަމިޔާބު ކޮށްދިންއިރު ނެދަލެންޑްސްގެ ފަހުގޯލް މެޗްގެ ފަހު މިނިޓްގައި ކާމިޔާބްކޮށްދިނީ ލިވަޕޫލްއަށް ކުޅެމުން އަންނަ ވަނަލްޑަމްއެވެ.

މި މޮޅާއިއެކު ނެދަލެންޑްސް އޮތީ ގްރޫޕްގެ ސީގެ ތިންވަނައިގައެވެ. މި ގްރޫޕްގެ އެއްވަނައިގައި އޮތީ ކޮލިފިކޭޝަން ގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެ 12 ޕޮއިންޓާއިއެކު ނޯތު އަޔަރލޭންޑެވެ. ޖަރުމަން 9 ޕޮއިންޓާއިއެކު ދެވަނައިގައި އޮތްއިރު ބެލަރުސް ހަތަރު ވަނާގައި އޮތީ 3 ޕޮއިންޓާއި އެކުއެވެ. މި ގްރޫޕްގެ ފުލުގައި އެސްޓޯނިއޯ އޮތީ އެއްވެސް ޕޮއިންޓެއް ނުލިބިއެވެ.

ރޭ ޔޫރޯ 2020ގެ ކޮލިފިކޭޝަންގައި ކުޅުނު ފާހަގަ ކޮށްލެވޭ އެހެން މެޗްތަކަށް ބަލާއިރު ގްރޫޕް އީގައި ކްރޮއޭޝިއާ އަދި ވޭލްސް ވަނީ ކުޅުނު މެޗްތައް ކާމިޔާބު ކޮށްފައެވެ. ސްލޮވާކިއާ އަތުން ކްރޮއޭޝިއާ 4-0 އިން މޮޅުވިއިރު ވޭލްސް އަޒަބައިޖަން އާއި ބައްދަލުކޮށް ވޭލްސްއިން މެޗް ކާމިޔާބުކުރީ 2-1 އިންނެވެ.