ކުޅުދުއްފުއްޓަށް މޯލްޑިވިއަނުން ކުރާ ދަތުރުތަކުގެ ޓިކެޓު މިހާރު އޮންލައިންކޮށް ގަނެވޭނެ
މިދިޔަ އަޟްހާ ޢީދު ތެރޭގައި ޝެޑިއުލް ދަތުރުތައް ފެށި ކުޅުދުއްފުށީ އެއަރޕޯޓަށް ދަތުރުކުރުމަށް ބޭނުންވާ ފަރާތްތަކަށް، އޮންލައިން ކޮށް ޓިކެޓު ނެގޭނެ އިންތިޒާމު މޯލްޑިވިއަން އިން ހަމަޖައްސައިފިއެވެ. މިއަދުން ފެށިގެން މޯލްޑިވިއަންގެ ވެބްސައިޓު މެދުވެރިކޮށް ކުޅުދުއްފުއްޓަށް ކުރާ ދަތުރުތަކަށް ޓިކެޓު ނެގޭނެ އިންތިޒާމު، އެ އެއަރލައިނުން ހަމަޖައްސާފައިވާއިރު، މީގެ ދުވަސްކޮޅެއް ކުރިން ފަސިންޖަރ ސޭލްސް އެޖެންޓުން މެދުވެރިކޮށް އެ އެއަރޕޯޓަށް ކުރާ ދަތުރުތަކަށް ޓިކެޓު ނެގޭނެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ. ht...