ހއ. އުތީމުގައި ހިނަވާގެއެއް އިމާރަތް ކޮށްދޭނެ ބަޔަކު ހޯދަން އެރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ.

އިއްޔެ އުތީމު ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކައުންސިލް އިދާރާއިން ދޭ މައުލޫމާތާ އެއްގޮތަށް އެމަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވާކަމަށެވެ.

Ad
rt

އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދޭނެ ފަރާތެއް، އުތީމު ކައުންސިލުން ހޯދަމުން އަންނައިރު، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް 18 ސެޕްޓެމްބަރު 2019 ވާ ބުދަ ދުވަހުގެ 13:00 ގައި މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅަން ޖެހެނީ 26 ސެޕްޓެމްބަރުވާ ބުރާސްފަތި ދުވަހުގެ 13:00 ގައެވެ.

ހިނަވާގެ އިމާރާތްކުރުމަށް ހުށަހެޅެނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށް އެކަނިކަމުގައިވާއިރު، މައުލޫމާތު ސާފުކުރަން ހާޟިރުނުވާ ފަރާތްތަކާއި، ގަޑިޖެހިގެން ހާޟިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެކަމަށްވެސް އުތީމު ކައުންސިލުގެ އިއުލާނުގައި ބުނެފައިވެއެވެ.