ހއ. ހޯރަފުށީގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އަޅަންޖެހޭ އިމާރާތް ޑިޒައިންކޮށް، ބީއޯކިއު ހެދުމުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
ހެލްތު މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރ ވިދާޅުވީ ހޯރަފުށީގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުވެގެން ދިއުމުން ފައިދާވެގެންދާނީ ހަމައެކަނި ހޯރަފުށީގެ ރައްޔިތުންނަށް ނޫން ކަމަށާއި އެ ސަރަހައްދުގެ ހުރިހާ ރައްޔިތުންނަށް ވެސް ފައިދާވެގެންދާނެ ކަމަށެވެ. އަދި ހޮސްޕިޓަލްތަކުގެ އިންފްރާސްޓްރަކްޗަރ އަށް ބޮޑު ހޭދައެއްކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ވަށާ ޖެހޭ ޚިދުމަތެއް އެތަންތަނުން ފޯރުކޮށްދިނުން ކަމަށެވެ.
#Hoarafushi sihhee khidhumaiy rangalhu kurumah sihhee marukaz hospital akah badhalu kurumah design adhi BoQ ge massakaiy @MTCCPlc aa havaalu kurun. Shukuriya Raees @ibusolih Minister @ameenex pic.twitter.com/x1tQbZsh1k
— Ahmed Saleem (@SalleHoarafushi) September 9, 2019
މި މަޝްރޫއާ ބެހޭ ގޮތުން ކުރެއްވި ޓްވީޓެއްގައި ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ ހޯރަފުށި ހިއްސީ މަރުކަޒަށް ބޭނުންވާ އިތުރު ޑޮކްޓަރަކު އެ ރަށަށް ވަރަށް އަވަހަށް ފޮނުވައިދޭނެ ކަމަށް މިނިސްޓަރު އަމީން ވިދާޅުވެފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!