ހދ ނޮޅިވަރަމުގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ޕިކަޕެއް ފުރޮޅާލައިފި އެވެ. ދާދި އެންމެއަކު ހިނގި މި ހާދިސާގައި ބިދޭސީއަކަށް އަނިޔާވެފައިވާކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު މިނޫހައް މަޢުލޫމާތު ދެއްވި އެވެ.

Ad
rt

އެރަށުން ވާހަކަ ދެއްކިމީހާ އިތުރަށްބުނީ މިހާދިސާގައި ޕިކަޕަށް ވަރަށް ބޮޑެތި ގެއްލުންވެފައި ވާކަމަށާއި އެރަށުމީހުން ނިކުމެ ވާޖަހައިގެން ޕިކަޕް ނަގާފައިވާކަމަށެވެ.

މިއަދު މެންދުރު 14:00 ހާއިރު މި ހާދިސާ ހިނގާފައި ވަނީ އެރަށު ބަނދަރާ ދިމާއަށް ދުއްވާފައިދިޔަ ޕިކަޕެއް ސައިކަލަކުން ނައްޓަން އުޅުމުގެ ތެރޭގައި ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

މި ހާދިސާ ހިނގިއިރު، ޕިކަޕްގައި އިނީ ޑްރައިވަރު އެކަންޏެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެ މިހާދިސާގައި ފުރޮޅާލީ 2.5 ޓަނުގެ ޕިކަޕެކެވެ.

ތިލަދުން | Thiladhunނޮޅިވަރަމުގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ޕިކަޕެއް ފުރޮޅާލުންތިލަދުން - ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ އެންމެ ފަހުގެ ޚަބަރާއި، ތަޙުޤީޤީ ރިޕޯޓާއި، މުޖުތަމަޢުގެ އަޑު.