މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,621 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9621 ޚަބަރުގެ ތެރެއިން
ކުމުންދޫ ނެރުގެ ފައިކަށި ހަދަން ބަޖެޓް ކޮށްފި 📍 ހދ. ކުމުންދޫ

ކުމުންދޫ ނެރުގެ ފައިކަށި ހަދަން ބަޖެޓް ކޮށްފި

2020 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހދ ކުމުންދޫ ނެރުގެ ފައިކަށި ހެދުމަށް ހިމަނައިފިއެވެ. ކުމުންދޫ ނެރުގެ ފައިކަށި ހެދުމަށް 2020 ވަނަ އަހަރުގެ ބަޖެޓުގައި 2050000 ރުފިޔާ (ދެ މިލިއަން ފަންސާސް ހާސް ރުފިޔާ) ހިމަނާފައިވެއެވެ. މިއަންނަ އަހަރު ކުމުންދޫ ގައި ކުރިއަށް ގެންދާ މަޝްރޫޢު ތަކުގެ ތެރޭގައި އަލަށްފަށާ މަޝްރޫޢެއްގެ ގޮތުގައި ހިމަނާފައިވަނީ މި މަޝްރޫޢު އެކަންޏެވެ. ކުމުންދޫ ބަނދަރަކީ އެތަކެއް ނުރައްކާތެރި ހާދިސާތަކެއް ހިނގާފައިވާ ބަނދަރެކެވެ. 2011 ވަނަ އަހަރުންސުރެ ކުމުންދޫ ބަނދަރުގެ ނެރަށް ވަނީ...

އަޙްމަދު މުޖުތަބާ
ހަނިމާދޫ ސުކޫލުގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ސުކޫލުގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިފި

ހދ. ހަނިމާދޫ ސުކޫލުން އިންތިޒާމުކޮށް ހަނިމާދޫ ޕޮލިސް ސްޓޭޝަނާއި ހަނިމާދޫ އެމްއެންޑީއެފް ޕޯސްޓް ގުޅިގެން، ހަނިމާދޫ ސުކޫލުގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. މި ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހުން ފެށިގެން 8 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ހަނިމާދޫ ސްކޫލުގައި ތައުލީމު ހާސިލު ކުރަމުންދާ ގްރޭޑް 1 އިން 6 އާ ދެމެދުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ ސްކޫލުތަކުގެ ކަރިކިއުލަމްގެ ތެރެއިން، ކޮންމެ ދަރިވަރަކީ […...

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށި ފިހާރަތަކަށް ޒިޔާރަތްކޮށް މަޢުލޫމާތުގެ ދިނުމުގެ ޕްރޮގްރާމެއް އެރަށު ޕޮލިސް ސްޓޭޝަނުން ފަށައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ފިހާރަތަކަށް ޒިޔާރަތްކޮށް މަޢުލޫމާތުގެ ދިނުމުގެ ޕްރޮގްރާމެއް އެރަށު ޕޮލިސް ސްޓޭޝަނުން ފަށައިފި

ހދ. ކުޅުދުއްފުށީގެ ފިހާރަތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އެރަށު ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ. އެގޮތުން ވިޔަފާރިވެރިން ސަމާލުކަން ދޭންވީ ކަންކަމާއި ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކާއި އަދި ފިހާރަތަކުގައި ކުށެއް ހިނގައިފިނަމަ ޢަމަލުކުރަންވީ ގޮތްތަކާއި ކުށްތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ފިހާރަތަކުން ވައްކަން ކުރުން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޢުލޫމާތު ދީނު...

އިބްރާހިމް އަސްވާޤް
މާލޭގައި ދިރިއުޅުއްވާ ތިލަދުންމަތީގެ އެމްޑީޕީ މެންބަރުންނާ ޝިފާޒު ބައްދަލުކުރައްވައިފި

މާލޭގައި ދިރިއުޅުއްވާ ތިލަދުންމަތީގެ އެމްޑީޕީ މެންބަރުންނާ ޝިފާޒު ބައްދަލުކުރައްވައިފި

އެމްޑީޕީގެ ނައިބު ރައީސް ކަމަށް ވާދަކުރައްވާ އެޕާޓީގެ މިހާރުގެ ވެސް ނައިބު ރައީސް މުޙައްމަދު ޝިފާޒު މާލޭގައި ދިރިއުޅުއްވާ ހއ، ހދ އަދި ށ އަތޮޅުގެ އެމްޑީޕީ މެމްބަރުންނާއި ބައްދަލު ކުރައްވައިފިއެވެ. ރޭ 21:00 ގައި އުނިމާ ގްރާންޑް ފުރަތަމަ ފަންގިފިލާގައި ބޭއްވެވި މި ބައްދަލުވުގައި މާލޭގައި ދިރިއުޅުއްވާ ގިނަ އަދަދެއްގެ ތިލަދުންމަތީގެ އެމްޑީޕީ މެމްބަރުން ބައިވެރިވެ ލައްވާފައި ވެއެވެ. މި ބައްދަލުވުމުގައި ޝިފާޒުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާޒު އަދި ކަނޑިތ...

އަޙްމަދު މުޖުތަބާ
އިހަވަންދޫ ސްކޫލްގެ ރަންޔޫބީލް ފާހަގަ ކުރަން މޮނިއުމެންޓެއް ހަދައިދޭނެ ފަރާތެއް ހޯދަނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫ ސްކޫލްގެ ރަންޔޫބީލް ފާހަގަ ކުރަން މޮނިއުމެންޓެއް ހަދައިދޭނެ ފަރާތެއް ހޯދަނީ

ހއ. އިހަވަންދޫ ސްކޫލް ރަންޔޫބީލް ރަންޔޫބީލް މޮނިއުމެންޓެއް ހަދައި ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެގެން އެ ސްކޫލުން އިޢުލާންކޮށްފިއެވެ. އެސްކޫލުން ދެއްވާ ނަމޫނާއަކަށް އަމިއްލަ ތަކެތީގައި، މި މަސައްކަތް ކޮށްދެއްވަން ޝަޢުގުވެރިވާ ފަރާތްތަކުން 7 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 9:30 އަށް އިހަވަންދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 12 ނޮވެމްބަރ 2019 ވާ އަންގާރަ 12:00 ގެ ކުރިން އެ ސްކޫލަށް، އެމަސައްކަތް ކޮށްދެވޭނެ އަގު ހުށަހަޅައި ދެއްވުމަށް އެސކޫލުން […]

ޔުމްނާ ޢަލީ
ހަނިމާދޫ މަގުތަކުގެ އަސްލު ހާލަތު ރީތި ފޮޓޯތަކަކުން! 📍 ހދ. ހަނިމާދޫ

ހަނިމާދޫ މަގުތަކުގެ އަސްލު ހާލަތު ރީތި ފޮޓޯތަކަކުން!

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ އަކީ އުތުރުގައި އޮންނަ އިންޓަރނޭޝަނަލް އެއާޕޯޓު އޮންނަ ރަށެވެ. ކޮންމެ ދުވަހަކު އެތައްބަޔަކު ގޮސް އުޅޭ ރަށެކެވެ. ދުވާލަކު 5 ފްލައިޓް އޮޕަރޭޓް ކުރާ ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓަށް ނުދާ ތިލަދުންމަތީ މީހަކު މަދުވާނެއެވެ. އެއާޕޯޓަށް ދަތުރު ކުރާ ފަރާތްތަކުން ބޭނުންކުރަން އެއާޕޯޓާއި ދާދި ކައިރީގައި އެއާޕޯޓު ޖެޓީ އެއް އޮވެއެވެ. ތިލަދުންމަތީ އެހެން ރަށްރަށު މީހުން ހަނިމާދޫ އެއާޕޯޓުން ޖެޓީއަށްދާން ޓެކްސީ އެއް ބޭނުމެއް ނުވެއެވެ. ހިނގާފައި 5 ވަރަކަށް މިނެޓުން […]

އަޙްމަދު މުޖުތަބާ
ހޯރަ ޕީއެސް މުބާރަތް ނިންމާލައިފި 📍 ހއ. ހޯރަފުށި

ހޯރަ ޕީއެސް މުބާރަތް ނިންމާލައިފި

ހޯރަފުށީ ކައުންސިލާއި ހޯރަފުށީ ކޮމިޔުނިޓީ ސެންޓަރާއި ހަހެތި ޓިމް ގުޅިގެން ޒުވާނުންނަށް ބޭއްވި ޕީއެސް މުބާރާތް ނިންމާލައިފިއެވެ. ހޯރަ ޕީއެސްގެ ނަމުގައި މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދެ ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ މި މުބާރާތުގެ އެއްވަނަ އަށް 1000 ރުފިޔާ އަދި ދެވަނަ އަށް 500 ދީފައިވެއެވެ. ޖުމްލަ 15 ކުޅުންތެރިންނާއި އެކު ކުރިއަށް ގެންދިޔަ މި މުބާރާތުގެ ޕީއެސް ކިންގްގެ މަގާމު ލިބިފައިވަނީ އިބްރާހިމް ހުޝާމްއަށެވެ. މި މުބާރާތުގެ ދެވަނަ ލިބިފައިވަނީ މުހައްމަދު ޝިފާޒްއަށެވެ. […]

ފާތިމަތު ސިނާޒާ
ޑެކަގަން ކަޕް ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިިފި 📍 ހދ. ނޭކުރެންދޫ

ޑެކަގަން ކަޕް ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިިފި

ހދ.ނޭކުރެންދޫގައި ހިންގަމުން އަންނަ ޑެކަގަން ސްޕޯޓްސް ކުލަބުގެ ފަރާތުން ބާއްވަމުން އަންނަ ފުޓްބޯޅަ މުބާރާތް ޑެކަގަން ކަޕް ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިިފިއެވެ. ިއިއްޔެ އިން ފެށިގެން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލާފައިވާއިރު އެ ކުލަބުގެ އޮފީހުން ފޯމް ލިބެން ހުންނާނެކަމަށް އެފަރާތުގެ އިއުލާނުގައި ވަނީ ބުނެފައެވެ. ފޯމް ދޫކުރުމާއި ފޯމް ބަލައިގަތުމަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ20:30 ން21:30 ހުންނާނެކަމަށާއި އަދި މުބާތާރުގައި ބައިވެރިވުމަށް ބޭނުންވާ...

ފާތިމަތު ސިނާޒާ
ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019: ހަނިމާދޫ ބަލިކޮށް ނޮޅިވަރަންފަރު ފައިނަލަށް 📍 ހދ. ހަނިމާދޫ

ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019: ހަނިމާދޫ ބަލިކޮށް ނޮޅިވަރަންފަރު ފައިނަލަށް

ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019 ގެ ފައިނަލަށް ޓީމު ހަނިމާދޫ ބަލިކޮށް ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބް ދަތުރު ކޮށްފިއެވެ. ފައިނަލްގައި ބައްދަލުކުރާނީ ޓީމް ނޮޅިވަރަމް އަދި ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބެވެ. ސެމީ ފައިނަލްގެ ފަހު މެޗުގައި މިރޭ ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބް ވަނީ ސީދާ ތިން ސެޓުން ޓީމު ހަނިމާދޫ ބަލިކޮށްފައެވެ. މެޗުގެ ފުރަތަމަ ސެޓު ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބް އިން ކާމިޔާބު ކުރީ 20-25 އިންނެވެ. ދެވަނަ ސެޓު 22-25 އިން ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބް […]

އަޙްމަދު މުޖުތަބާ
ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019: ހަނިމާދޫ ބަލިކޮށް ނޮޅިވަރަމް ފައިނަލަށް 📍 ހދ. ހަނިމާދޫ

ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019: ހަނިމާދޫ ބަލިކޮށް ނޮޅިވަރަމް ފައިނަލަށް

ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019 ގެ ފައިނަލަށް ޓީމު ހަނިމާދޫ ބަލިކޮށް ޓީމު ނޮޅިވަރަމް ދަތުރު ކޮށްފިއެވެ. ސެމީ ފައިނަލްގެ ދެވަނަ މެޗު ގައި ލީގުގެ އެއްވަނާގައި އޮތް ޓީމު ހަނިމާދޫ އާއި ދެވަނާގައި އޮތް ޓީމު ނޮޅިވަރަމް ބައްދަލުކުރި މެޗު ޓީމު ނޮޅިވަރަމް އިން ކާމިޔާބުކުރީ ސީދާ ތިން ސެޓުން ޓީމު ހަނިމާދޫ ބަލިކޮށްފައެވެ. ރޭ 20:00 ގައި ފިނޭ ޒުވާނުންގެ ވޮލީ ކޯޓުގައި ކުޅެވުނު މި މެޗުގެ ފުރަތަމަ ސެޓު ޓީމު ނޮޅިވަރަމް އިން 23-25 އިން ކާމިޔާބު ކުރިއިރު […]

އަޙްމަދު މުޖުތަބާ
ކުޅުދުއްފުށީ ހޮސްޕިޓަލުގެ ކާޑިއެކް ސެންޓަރު ޚިދުމަތް ވަގުތީ ގޮތުން ހުއްޓިފާ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ހޮސްޕިޓަލުގެ ކާޑިއެކް ސެންޓަރު ޚިދުމަތް ވަގުތީ ގޮތުން ހުއްޓިފާ

އޮކްޓޯބަރުމަހު 11 ވަނަ ދުވަހު ކުޅުދުއްފުށީގައި ހުޅުވާ ހިދުމަތް ދޭންފެށި ކާޑިއެކް ސެންޓަރު ހިދުމަތް ކެނޑި ހިދުމަތް ހޯދަމުންދިޔަ ފަރާތްތަކަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހިއްޖެއެވެ. އެ ސެންޓަރުން ދެމުން އައި ހިދުމަތް މެދުކެނޑިފައިވަނީ ކާޑިއެކް ސެންޓަރުގައި މަސައްކަތް ކުރަމުންދިޔަ ހަމައެކަނި ހިތުގެ ޑޮކްޓަރުން ރަށުން ފުރުމުން ކަމަށް ވަނީ މައުލޫމަތު ލިބިފައެވެ. މިސްރަށް ނިސްބަތްވާ އެ ޑޮކްޓަރު އެގްރިމެންޓް ހަމަވެ އެނބުރި ރަށަށް ގޮސްފައިވަނީ މި ނިމިދިޔަ އޮކްޓޯބަރުމަހުގެ ތެރޭގައި އެވެ. ކުޅުދުއްފުށ...

ފާތިމަތު ސިނާޒާ
ތިލަދުންމަތީގެ ފަހުރު - ޝަހީދު ޙުސައިން އާދަމް

ތިލަދުންމަތީގެ ފަހުރު - ޝަހީދު ޙުސައިން އާދަމް

 1988 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހުގެ އަރާމު ނިދިން، ދިވެހިން ހޭލައްވާލި ބާރު އަޑަކީ ކިހާ ބިރުވެރިކަމެއްކަމެއް އެވަގުތު އެނގިފައި ނުވިނަމަވެސް މުޅި ދުވަސް ނިމިގެން ދިޔައީ ބިރުވެރި ކަމާއި ނާމާންކަމުގެ ތެރެއިން 19 ދިވެހިން ޝަހީދުކޮށްލުމަށް ފަހުއެވެ. އެ ޢުދުވާނަށް މިއަދަށް 31 އަހަރު ވެފައިވާއިރު އެދުވަހުގެ ބިރުވެރި ހަނދާންތަކާއި އަޑުތައް ދިވެހިންގެ ކަންފަތުގައި ތާއަބަދަށް ހަރުލާފައި ހުންނާނެ ކަމާމެދު އެއްވެސް ޝައްކެތްނެތެވެ. ދިވެހި ޚާއިނުންގެ މަދު ބަޔަކާއި ބޭރުގެ ކުލީ ސިފައިން ގުޅިގެ...

ފާތިމަތު ސިނާޒާ
ށ. ވަގަރުގައި ތަރައްގީކުރި "ޖޭޑަބްލިއު މެރިއެޓް" ރިސޯޓު ހުޅުވައިފި

ށ. ވަގަރުގައި ތަރައްގީކުރި "ޖޭޑަބްލިއު މެރިއެޓް" ރިސޯޓު ހުޅުވައިފި

މެރިއެޓް އިންޓަނޭޝަލްގެ “ޖޭޑަބްލިއު މެރިއެޓް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ” މިދިޔަ ހަފުތާގައި ހުޅުވައިފި އެވެ. ށ. ވަގަރުގައި ހުޅުވި މި ރިސޯޓަކީ ދުނިޔޭގެ އެންމެ ބޮޑު ހޮޓެލް ޗެއިން މެރިއޮޓް އިންޓަނޭޝަނަލްގެ ހޮޓެލް ބްރޭންޑެކެވެ. މި ރިސޯޓާއެކު ރާއްޖޭގެ ޓޫރިޒަމް އާ ހަރުފަތަކަށް ދާނެ ކަމަށް ދުނިޔޭގެ މަޝްހޫރު ޓްރެވަލް ވެބްސައިޓްތަކުގައި ބުނެފައިވެ އެވެ. ކުރިން އެމެރިކާގެ ހޮޓެލް ބްރޭންޑެއް ކަމަށްވާ ވައިސްރޯއީގެ ނަމުގައި ހިންގި ރިސޯޓު ޖޭޑަބްލިއު މެރިއޮޓްގެ ނަމުގައި އަލުން ހުޅުވަން ވަނީ ބޮޑެތި […]

އިބްރާހިމް އަސްވާޤް
އެމްޑީއެންގެ ރިޕޯޓު ހއ އަތޮޅު ކައުންސިލުންވެސް ކުށްވެރިކޮށްފި

އެމްޑީއެންގެ ރިޕޯޓު ހއ އަތޮޅު ކައުންސިލުންވެސް ކުށްވެރިކޮށްފި

މޯލްޑިވިއަން ދިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިންގެ ރިޕޯޓުގައި އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރަށްސާރަކޮށްފައިވާ މައްސަލަ ހއ އަތޮޅު ކައުންސިލުންވެސް ކުށްވެރިކޮށްފިއެވެ. ހއ އަތޮޅު ކައުންސިލުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އެމްޑީއެން އިން ނެރެފައިވާ “ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ރިޕޯޓުގައި މާތްވެގެންވާ އިސްލާމްދީނުގެ އަޞްލުތަކާއި، ކީރިތިރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ކުޑައިމީސް ވާގޮތަށް ހިމަނާފައިވާ އެންމެހައި ވާހަކަތައް އެންމ...

އަޙްމަދު މުޖުތަބާ
ހަނިމާދޫ އަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ 145 ރަބަރު ޕެކެޓު ހޯދައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ އަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ 145 ރަބަރު ޕެކެޓު ހޯދައިފި

ހދ ހަނިމާދޫ އަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެތީގެ 145 ރަބަރު ޕެކެޓު ހޯދައި އެއެއްޗެހި ފުލުހުންގެ ބެލުމުގެ ދަށަށް ގެނަސްފިއެވެ. ހަނިމާދޫ ޕޮލިސް އާއި ޕޮލިސް އިންޓެލްޖެންސް ގުޅިގެން އިއްޔެ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެތީގެ 145 ރަބަރު ޕެކެޓު ހޯދާފައިވަނީ ހަނިމާދޫ އިންނެވެ. މި މައްސަލައާއި ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ. މިތަކެތި އަތުލާގަނެފައިވަނީ އިއްޔެ ހަނިމާދޫއަށް އައި ބޯޓެއްގައި ހުރި ފޮށިގަނޑަކުން ކަމަށް ފުލުހުން...

އަޙްމަދު މުޖުތަބާ