މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,621 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9621 ޚަބަރުގެ ތެރެއިން
ހިތާނީ ކޭމްޕް މިއަހަރުވެސް ކުޅުދުއްފުށީ ހޮސްޕިޓަލުގައި 📍 ހދ. ކުޅުދުއްފުށި

ހިތާނީ ކޭމްޕް މިއަހަރުވެސް ކުޅުދުއްފުށީ ހޮސްޕިޓަލުގައި

ކޮންމެ އަހަރަކުވެސް ކުޅުދުއްފުށީ ހޮސްޕިޓަލްގައި ބޮޑު ޗުއްޓީ އާއި ދިމާކޮށް ބާއްވަމުން އަންނަ ހިތާނީ ކޭމްޕް މިއަހަރުވެސް ބޭއްވުމަށް ހަމަޖެހިއްޖެއެވެ. ކުރީ އަހަރުތަކެކޭ އެއްގޮތައް މިއަހަރުގެ ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ފެށިގެން 30 ޑިސެމްބަރުގެ ނިޔަލަށެވެ. މި ކޭމްޕްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ކޭމްޕާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ބޭނުންވާނަމަ 6528864 ނަމްބަރާއި ގުޅުއްވުމަށް އެފަރާތުން އެދިފައި...

ފާތިމަތު ސިނާޒާ
ފެނަކައިން އުލިގަމުގައި އިމާރާތްކުރާ އިންޖީނުގޭގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

ފެނަކައިން އުލިގަމުގައި އިމާރާތްކުރާ އިންޖީނުގޭގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

ފެނަކައިން އުލިގަމުގައި އިމާރާތްކުރާ އިންޖީނުގޭގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ. ހއ އުލިގަމް ގައި އަލަށް އިމާރާތް ކުރާ އިންޖީނުގޭ މަސައްކަތް ހަވާލުކޮށްފައިވަނީ 2 އެލް ކޮންސްޓްރަކްޝަން ޕވޓ ލޓޑ އާއެވެ. ފެނަކަ އާ މިކުންފުންޔާއި ދެމެދު މިމަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިއަދުއެވެ. 2 އެލް ކޮންސްޓްރަކްޝަން އާއި މިމަސައްކަތް ހަވާލުކޮށްފައިވަނީ 5،599،454.10 ރުފިޔާއަށް 170 ދުވަސް ތެރޭ ނިންމާ ގޮތަށެވެ. އެގޮތުން މިމަސައްކަތް ނިންމުމަށް އެެއްބަސްވުމުގައިވަނީ 1 މެއި 2020 ވަނަ ދުވަހުގެ ނު...

ޔުމްނާ ޢަލީ
ބަޖެޓު 2020: ދިއްދޫ ކައުންސިލަށް 12 މިލިއަން ރުފިޔާގެ ބަޖެޓެއް 📍 ހއ. ދިއްދޫ

ބަޖެޓު 2020: ދިއްދޫ ކައުންސިލަށް 12 މިލިއަން ރުފިޔާގެ ބަޖެޓެއް

ހއ ދިއްދޫ ކައުންސަލަށްވެސް 2020 ވަނަ އަހަރަށް މިއަހަރަށްވުރެ ދެގުނަ ބޮޑު ބަޖެޓެއް ވަނީ ހުށައަޅާފައެވެ. ދިއްދޫ ކައުންސިލަށް މިއަންނަ އަހަރަށް ހުށައަޅާފައިވާ ބަޖެޓަކީ 12302462 ރުފިޔާ (ބާރަ މިލިއަން ތިން ލައްކަ ދެހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ދެރުފިޔާ) އެވެ. މިއީ މިއަހަރު އެކައުންސިލަށް ލިބިފައިވާ ބަޖެޓަށްވުރެ ދެގުނަ ބޮޑު ބަޖެޓެކެވެ. މިއަހަރު ދިއްދޫ ކައުންސިލަށް ލިބިފައިވަނީ 5705392 ރުފިޔާ (ފަސް މިލިއަން ހަތް ލައްކަ ފަސްހާސް ތިންސަތޭކަ ނުވަދިހަ ދެރުފިޔާ) ގެ ބަޖެޓެކެވެ. މިއަންނަ އަހަރަށް […]

އަޙްމަދު މުޖުތަބާ
ބަޖެޓު 2020: ކުޅުދުއްފުށީ ކައުންސިލަށް ތިންގުނަ ބޮޑު ބަޖެޓެއް 📍 ހދ. ކުޅުދުއްފުށި

ބަޖެޓު 2020: ކުޅުދުއްފުށީ ކައުންސިލަށް ތިންގުނަ ބޮޑު ބަޖެޓެއް

2020 ވަނަ އަހަރަށް ތައްޔާރުކޮށް ހުށައަޅާފައިވާ ބަޖެޓުގައި ކުޅުދުއްފުށީ ކައުންސިލަށް މިއަންނަ އަހަރު ތިންގުނަ ބޮޑު ބަޖެޓެއް ވަނީ ހުށައަޅާފައެވެ. 2020 ވަނަ އަހަރަށް ހުށައަޅާފައިވާ ބަޖެޓުގައި ކުޅުދުއްފުށީ ކައުންސިލަށް ކަނޑައަޅާފައިވަނީ 33032113 ރުފިޔާ (ތިރީސް ތިން މިލިއަން ތިރީސް ދެހާސް އެއްސަތޭކަ ތޭރަ ރުފިޔާ) އެވެ. މިއީ މިއަހަރު ކުޅުދުއްފުށީ ކައުންސިލަށް ލިބުނު ބަޖެޓަށްވުރެ ތިން ގުނަ ބޮޑު ބަޖެޓެކެވެ. މިއަހަރު ކުޅުދުއްފުށީ ކައުންސިލަށް ކަނޑައަޅާފައިވާ ބަޖެޓުގައި ހިމެނެނީ 10275591 ރުފިޔާ (ދިހަ މިލިއ...

އަޙްމަދު މުޖުތަބާ
ދައުރު ނިމެންދެން ހުންނާނީ މިނިވަން މެމްބަރެއް ގޮތުގަ: މޮސްޓާ

ދައުރު ނިމެންދެން ހުންނާނީ މިނިވަން މެމްބަރެއް ގޮތުގަ: މޮސްޓާ

މަޖިލިސް ދައުރު ނިމެންދެންވެސް ހުންނަވާނީ މިނިވަން މެމްބަރެއްގެ ގޮތުގައިކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ. ފޭސްބުކް ގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ޖުމްހޫރީ ޕާޓީން މިރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި ބައިވެރިވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ދަޢުވަތަކަށް ކަމަށެވެ، އަދި މަޖިލިސް އަށް ހޮވުނީ އަމިއްލަ ގޮތުން ކަމަށާއި ދައުރު ނިމެންދެންވެސް މިނިވަން މެމްބަރެއްގެ ގޮތުގައި ހުންނަވާނެ ކަމުގެ ޔަގީންކަން ނޮޅިވަރަންފަރާއި ނޮޅިވަރަމް...

އަޙްމަދު މުޖުތަބާ
ވީއެސްއާރްސީ ވޮލީބޯލް މުބާރާތުގެ ޗެމްޕިއަންކަން ނޮޅިވަރަމް ހޯދައިފި 📍 ހދ. ނޮޅިވަރަމް

ވީއެސްއާރްސީ ވޮލީބޯލް މުބާރާތުގެ ޗެމްޕިއަންކަން ނޮޅިވަރަމް ހޯދައިފި

ހދ އަތޮޅުގައި ބާއްވަމުންދާ އެންމެ ބޮޑު ވޮލީބޯޅަ މުބާރާތް ކަމަށްވާ ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019 ގެ ޗެމްޕިއަންކަން ޓީމު ނޮޅިވަރަމް ހޯދައިފިއެވެ. މިރޭ 21:00 ގައި ފިނޭ ޒުވާނުންގެ ވޮލީ ކޯޓުގައި ފެށި މުބާރާތުގެ ފައިނަލް މެޗުގައި ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބު، ސީދާ ތިން ސެޓުން ބަލިކޮށް ޓީމު ނޮޅިވަރަމް އިން ވަނީ މެޗު ކާމިޔާބި ކޮށްފައެވެ. ސިދާ 3 ސެޓުން ޓީމު ނޮޅިވަރަމް އިން ކާމިޔާބު ކުރިޔަސް ތިން ސެޓުވެސް ވެގެން ގޮސްފައިވަނީ ވަރަށް […]

އަޙްމަދު މުޖުތަބާ
ނޮޅިވަރަމް ދާއިރާގެ މެމްބަރު މޮސްޓާ ޖުމްހޫރީ ޕާޓީ ޖަލްސާގައި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ދާއިރާގެ މެމްބަރު މޮސްޓާ ޖުމްހޫރީ ޕާޓީ ޖަލްސާގައި

ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ޖުމްހޫރީ ޕާޓީން މިވަގުތު ބާއްވަމުންދާ ޖަލްސާގައި ބައިވެރިވަމުން އެބަގެންދަވައެވެ. އަމިއްލަގޮތުން ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ ނަޝީދު ޖޭޕީގެ ޖަލްސާގައި ބައިވެރިވަމުންދާއިރު ނަޝީދު ފާހަގަ ކުރެވެނީ މަޖިލިސް ތެރޭގައި އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި ދެކޮޅަށް ވަރަށް ބޮޑަށް އަޑު އުފުއްލަވާ ވާހަކަފުޅު ދައްކަވަމުން ގެންދަވާ ބޭފުޅެކެވެ. ހއ، ހދ އަދި ށ އަތޮޅުގެ މަޖިލިސް މެމްބަރުންނަށް ބަލާލާއިރު ނަޝީދު ފިޔަވައ...

އަޙްމަދު މުޖުތަބާ
މޫސުން ގޯސްވާނެކަމަށް ލަފާކޮށް މެދުރާއްޖެ ތެރެއަށް ޔެލޯ އެލާޓް ތިލަދުންމައްޗަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވާނެކަމަށް ލަފާކޮށް މެދުރާއްޖެ ތެރެއަށް ޔެލޯ އެލާޓް ތިލަދުންމައްޗަށް ވައިޓް އެލާޓް ނެރެފި

ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރާނެކަމަށް ލަފާކޮށް ކ އަތޮޅުން ތ އަތޮޅާއި ދޭތެރެއަށް ޔެލޯ އެލާޓު އަދި ހއ، ހދ އަދި ށ އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ދެންމެ ހާމަކުރެއްވި މައުލޫމާތުގައި ވާގޮތުން މިރޭ 9:45 އިން ފެށިގެން މިރޭ 12:45 އާއި ހަމަޔަށް ތިލަދުންމަތީގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަމަށް ލަފާކޮށް ވަނީ ވައިޓް އެލާޓު ނެރެފައެވެ. މޫސުމާ ގުޅިގެން ނެރޭ އެލާޓްތައް: ވައިޓް އެލާޓް: މި އެލާޓްގައި މޫސުމަށް ސަމާލުވާންޖެހެއެވެ. […]

އަޙްމަދު މުޖުތަބާ
ބަޖެޓު 2020: ހއ އަތޮޅުގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް

ބަޖެޓު 2020: ހއ އަތޮޅުގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް

2020 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ތަރައްޤީގެ މަސްރޫޢުތައް ހިންގުމަށް ހއ އަތޮޅުގެ ރަށްތަކަށް ހިމަނާފައިވަނީ 261 މިލިއަން ރުފިޔާ އެވެ. ހއ އަތޮޅުގައި އެންމެ ބޮޑު ހޭދަ ކުރުމަށް ނިންމާފައިވަނީ އިޤްތިޞޯދީ އަދި ސިނާޢީ ކުރިއެރުމަށް ކުރާ ޚަރަދަށެވެ. އެއަށްފަހު ދެން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައިވަނީ ތިމާވެށި ރައްކާތެރި ކުރުމުގެ މަސައްކަތަށެވެ. ހއ އަތޮޅުގެ އެކި ރަށްތަކުގައި އަލަށް ފެށުމަށް 35 މަޝްރޫއެއް ވަނީ ބަޖެޓުގައި ހިމެނިފައެވެ. މީގެ ތެރެއިން 7 […]

އަޙްމަދު މުޖުތަބާ
ބަޖެޓު 2020: ހދ އަތޮޅުގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް

ބަޖެޓު 2020: ހދ އަތޮޅުގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް

2020 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު އިއްޔެ ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައެވެ. 37.5 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓުގައި ހދ އަތޮޅުގައި ހިންގުމަށް ހަމަޖެހިފައިވާ އަދި ހިންގަމުންދާ ތަރައްޤީގެ މަސްރޫޢު ތަކަށް ޖުމްލަ 362 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. ހދ އަތޮޅުގެ 12 ރަށެއްގައި 27 މަޝްރޫޢެއް ފެށުމަށް ވަނީ ބަޖެޓުގައި ހިމަނާފައެވެ. މީގެ ތެރެއިން 9 މަސްރޫޢު ކުރިޔަށް ގެންދިއުމަށް ބަޖެޓުގައި ހިމަނާފައި ވަނީ އަތޮޅުގެ ވެރިކަން ކުރާ ހދ. ކުޅުދުއްފުށީ […]

އަޙްމަދު މުޖުތަބާ
ކުޅުދުއްފުށީ ކައުންސިލްގެ ޑިރެކްޓަރ މަޤާމަށް ޢަބްދުﷲ އާދަމް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ކައުންސިލްގެ ޑިރެކްޓަރ މަޤާމަށް ޢަބްދުﷲ އާދަމް

ކައުންސިލް އިދާރާގެ އިސްމަޤާމެއް ކަމުގައިވާ ޑިރެކްޓަރ މަޤާމަށް ހދ. ކުޅުދުއްފުށި، ހަދިޔާ، ޢަބްދުﷲ އާދަމް ހަމަޖައްސަވައިފިއެވެ. މިމަޤާމަށް އިޢުލާންކުރެވިފައިވަނީ 21 ޖުލައި 2019 ގައެވެ. މިއީ މިމަޤާމަށް ހުއްދަ ލިބި، އަލަށް ހަމަޖައްސާފައިވާ މަޤާމެކެވެ. އަލްފާޟިލް ޢަބްދުﷲ އާދަމް މިއަދު ކައުންސިލްގެ މަސައްކަތްތަކާއި ގުޅިވަޑައިގަންނަވާއިރު ކައުންސިލް މެމްބަރުންނާއި ކައުންސިލް އިދާރާގެ ސްޓާފުންގެ ފަރާތުން އެފަރާތަށް ވަނީ ހޫނު މަރްހަބާއެއް ދަންނަވާފައެވެ. ކައުންސިލް އިދާރާއިން ދެމުންގެންދާ ވަރަށް މުހިއްމު...

އިބްރާހިމް އަސްވާޤް
11 އަހަރަށްފަހު 2020 ވަނަ އަހަރުގެ ބަޖެޓުގައި ދިއްދޫގެ ބިން ހިއްކުން 📍 ހއ. ދިއްދޫ

11 އަހަރަށްފަހު 2020 ވަނަ އަހަރުގެ ބަޖެޓުގައި ދިއްދޫގެ ބިން ހިއްކުން

11 އަހަރަށް ފަހު 2020 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ދިއްދޫގެ ބިން ހިއްކުން ހިމަނައިފިއެވެ. އެންމެ ފަހުން ދިއްދޫގެ ބިންހިއްކާފައިވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި 2008 ވަނަ އަހަރުއެވެ. އޭގެ ފަހުން ދިއްދޫގެ ބިން ހިއްކުމަށް ހުށަހެޅި މިއީ ފުރަތަމަފަހަރުވެސް މެއެވެ. ބޮޑު އާބާދީއެއް ދިރިއުޅުމެއް އަންނަ ދިއްދޫ ގައި 2008 ވަނަ އަހަރު ވަނީ 27 ކިލޯމީޓަރުގެ ބިން ހިއްކާ 350 ރޯހައުސް އަޅާފައެވެ. އޭގެ ތެރެއިން 150 ގޭގައި މީހުން ދިރިއުޅެމުންދާއިރު ބާކީ 200 ގޭ ދިނުމަށް މިހާރުވަނީ […]

ފާތިމަތު ސިނާޒާ
ނެއްލައިދޫ ބަނދަރަށް ވެލިގަނޑު ވަދެ އަނެއްކާ ހިކިއްޖެ 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ބަނދަރަށް ވެލިގަނޑު ވަދެ އަނެއްކާ ހިކިއްޖެ

ހދ.ނެއްލައިދޫ ބަނދަރު ތެރެއަށް ވެލިގަނޑު ވަދެ އަނެއްކާވެސް ބަނދަރު ތިލަވާންފަށައިފިއެވެ. ދާދި ފަހުން ވެސް މި މައްސަލަ ކުރިމަތިވެ އުޅަނދު ފަހަރު ވަދެ ނުކުންނަން އުދަނގޫވާ ދަރަޖައަށް ކަންތައް ދިޔުމާއި އެކު މިކަން ސަރުކާރާއި މަޖިލިސް މެމްބަރުގެ ސަމާލުކަމަށް ގެނައުމާއި އެކު ބަނދަރު ފުންކޮށްފައިވަނީ ނިމިގެން ދިޔަ މަޖިލިސް އިންތިހާބާއި ދިމާކޮށެވެ. ފުންކޮށްފައިވާ ބަނދަރު އަނެއްކާވެސް ތިލަވާން ފަށާފައިމިވަނީ ރަށްވަށާ ވޮޑޭ ވެލިގަނޑު ބަނދަރު ތެރެއަށް ވަންނަމުން ދާތީއެވެ. މި މައްސަލަ ދިމާވަމުން ދާތީ ނެއްލަ...

ފާތިމަތު ސިނާޒާ
ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލް ޓާޝިއަރީ ފެންވަރަށް ބަދަލުކުރުމަށް 50 މިލިއަން ރުފިޔާ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލް ޓާޝިއަރީ ފެންވަރަށް ބަދަލުކުރުމަށް 50 މިލިއަން ރުފިޔާ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ޓާޝިއަރީ ފެންވަރަށް ބަދަލުކުރުމަށް 2020 ވަނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓުގައި 50667387 ރުފިޔާ (ފަންސާސް މިލިއަން ހަލައްކަ ފަސްދޮޅަސް ހަތްހާސް ތިންސަތޭކަ އަށްޑިހަ ހަތް ރުފިޔާ) ހިމަނައިފިއެވެ. މިހާތަނަށް ސިއްހީ ދާއިރާގެ އެންމެ ބޮޑު ބަޖެޓެއް ހިމެނިފައި މިވަނީ 2020 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައެވެ. އެގޮތުން ބަޖެޓުގެ 4.1 ބިލިއަން ރުފިޔާ އަކީ ސިއްޙީ ދާއިރާ ގެ ކަންކަމަށް ޚަރަދު ކުރުމަށް ކަނޑައަޅާފައިވާ އަދަދެވެ. އެގޮތުން 90 މިލިއަން ރުފިޔާ […]

އަޙްމަދު މުޖުތަބާ
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމަށް ބަޖެޓުގައި އެކައްޗެއްވެސް ނުހިމަނާ 📍 ހދ. ހަނިމާދޫ

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމަށް ބަޖެޓުގައި އެކައްޗެއްވެސް ނުހިމަނާ

ހދ ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމަށް ބަޖެޓުގެ އެއްވެސް މިންވަރެއް، 2020 ވަނަ އަހަރަށް ތައްޔާރުކޮށް ހުށައެޅި ބަޖެޓުގައި ހިމަނާފައި ނުވެއެވެ. ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓަކީ ދުވާލަކު 5 ފްލައިޓް އޮޕަރޭޓު ކުރާ އެއާޕޯޓެކެވެ. އަދި މިހާރު ޓްރެވެންޑްރަމް އަދި ކޮޗިން އަށް ހަނިމާދޫ އެއާޕޯޓުން ދަތުރު ކުރެއެވެ. އެތައް ބަޔަކު ކޮންމެ ދުވަހަކުވެސް ދަތުރުކުރާ މިއެއާޕޯޓަކީ ރާއްޖޭގެ އުތުރުގައި އޮތް ހަމައެކަނި އިންޓަރނޭޝަނަލް އެއާޕޯޓެވެ. ދާދި ފަހުން ކޮޗިން އަށް ދަތުރު ތައް ފަށާފައިވާ މި […]

އަޙްމަދު މުޖުތަބާ