ހދ އަތޮޅުގައި ބާއްވަމުންދާ އެންމެ ބޮޑު ވޮލީބޯޅަ މުބާރާތް ކަމަށްވާ ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019 ގެ ޗެމްޕިއަންކަން ޓީމު ނޮޅިވަރަމް ހޯދައިފިއެވެ.

Ad
rt

މިރޭ 21:00 ގައި ފިނޭ ޒުވާނުންގެ ވޮލީ ކޯޓުގައި ފެށި މުބާރާތުގެ ފައިނަލް މެޗުގައި ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބު، ސީދާ ތިން ސެޓުން ބަލިކޮށް ޓީމު ނޮޅިވަރަމް އިން ވަނީ މެޗު ކާމިޔާބި ކޮށްފައެވެ. ސިދާ 3 ސެޓުން ޓީމު ނޮޅިވަރަމް އިން ކާމިޔާބު ކުރިޔަސް ތިން ސެޓުވެސް ވެގެން ގޮސްފައިވަނީ ވަރަށް ފޯރިގަދަ އަދި ވާދަވެރި ސެޓު ތަކަށެވެ.

މެޗުގެ ފުރަތަމަ ސެޓު ޓީމު ނޮޅިވަރަމް އިން ކާމިޔާބު ކުރީ 20-25 އިންނެވެ. މެޗުގެ ދެވަނަ ސެޓު 26-28 އިން ޓީމު ނޮޅިވަރަމް އިން ކާމިޔާބު ކޮށްފައިވާއިރު މެޗުގެ ތިން ވަނަ ސެޓު ވެގެން ގޮސްފައިވަނީ އަދި މާ ވާދަވެރި ފޯރިގަދަ ސެޓަކަށެވެ. މެޗުގެ ތިން ވަނަ ސެޓު ޓީމު ނޮޅިވަރަމް އިން ކާމިޔާބު ކޮށް ޗެމްޕިއަންކަން ހޯދީ 36-38 އިން ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބު ބަލި ކުރުމަށް ފަހުއެވެ. މިއީ މި މުބާރާތުގައިވެސް އެންމެ މައްޗަށް ސެޓެއްގެ ސޮކޯ އެރި ސެޓެވެ.

މިރޭ ގެ މެޗު ވަނީ ސަންގް ޓީވީ އިން ވަގުތުން ދައްކާފައެވެ. މިއީ މުބާރާތުގެ މެޗެއް ޓީވީ އިން ވަގުތުން ދެއްކި ފުރަތަމަ ފަހަރެވެ.

މިއަންނަ އަހަރުވެސް މި މުބާރާތް ބާއްވާނެކަމަށް މުބާރާތް އިންތިޒާމު ކުރައްވާ ފިނޭ ވީއެސްއާރްސީ އިން މަޢުލޫމާތު ދެއްވައެވެ. މިމުބާރާތުގެ ސަބަބުން ހދ އަތޮޅުގެ ވޮލީބޯޅަ އަށް ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.