މެރިއެޓް އިންޓަނޭޝަލްގެ "ޖޭޑަބްލިއު މެރިއެޓް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ" މިދިޔަ ހަފުތާގައި ހުޅުވައިފި އެވެ.

ށ. ވަގަރުގައި ހުޅުވި މި ރިސޯޓަކީ ދުނިޔޭގެ އެންމެ ބޮޑު ހޮޓެލް ޗެއިން މެރިއޮޓް އިންޓަނޭޝަނަލްގެ ހޮޓެލް ބްރޭންޑެކެވެ. މި ރިސޯޓާއެކު ރާއްޖޭގެ ޓޫރިޒަމް އާ ހަރުފަތަކަށް ދާނެ ކަމަށް ދުނިޔޭގެ މަޝްހޫރު ޓްރެވަލް ވެބްސައިޓްތަކުގައި ބުނެފައިވެ އެވެ.

Ad
rt

ކުރިން އެމެރިކާގެ ހޮޓެލް ބްރޭންޑެއް ކަމަށްވާ ވައިސްރޯއީގެ ނަމުގައި ހިންގި ރިސޯޓު ޖޭޑަބްލިއު މެރިއޮޓްގެ ނަމުގައި އަލުން ހުޅުވަން ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ރިސޯޓުގެ ކޮޓަރިތަކުގެ ފެންވަރު މަތިކުރާއި ރެސްޓޯރަންޓާއި އެނޫން ވެސް ބައެއް ހިދުމަތްތައް ވަނީ މެރިއޮޓް އިންޓަނޭޝަނަލް ގަބޫލުކުރާ ފެންވަރަށް ބަދަލު ގެނެސްފަ އެވެ.

އެ ރިސޯޓު ކުރިން ހުޅުވަން ހަމަޖައްސާފައި އޮތީ މިދިޔަ ނޮވެމްބަރު މަހު އެވެ. ނަމަވެސް ރިސޯޓުގެ އެކި މަސައްކަތްތައް ކަނޑައެޅި ދުވަސްތަކަށް ނުނިމިގެން ހުޅުވުން ވަނީ އެކިފަހަރުމަތިން ލަސްކޮށްފައެވެ.

މި ރިސޯޓުގައި ތަފާތު އެކި ފެންވަރުގެ 68 ވިލާ ހުރެ އެވެ. ގާތްގަނޑަކަށް 198 ކިލޯމީޓަރު ހުންނަ ރިސޯޓުގެ ހުރިހާ ވިލާއެއްގައި ޕްރައިވެޓް ޕޫލެއް ހިމެނެ އެވެ. އަދި ރޫފްޓޮޕް ރެސްޓޯރެންޓެއްގެ އިތުރުން ކިޑްސް ކްލަބެއް ވެސް އެ ރިސޯޓުގައި ހުރެ އެވެ.

މާލެއިން ފުރައިގެން 55 މިނިޓުން ސީޕްލޭންގައި ދަތުރު ކުރެވޭ ހިސާބުގައި އޮންނަ ރިސޯޓަކީ ރާއްޖޭގައި ހުޅުވާ އެންމެ އަގުބޮޑު އެއް ރިސޯޓަށް ވާނެ ކަމަށް ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުން ބުނެއެވެ.

އެމެރިކާގެ ކުންފުންޏަކުން ހިންގާ މެރިއެޓް ރިސޯޓުގެ ހުރިހާ ވިލާއެއްވެސް ޑިޒައިން ކޮށްފައިވަނީ ރާއްޖޭގެ ސަގާފަތް ދައްކުވައިދޭ ގޮތަކަށެވެ. މަތިން ބަލާލުމުން ބައެއް ވިލާތައް ފެންނަނީ ދޯންޏެއްގެ ސިފައިގަ އެވެ. ބައެއް ވިލާތަކުން މާކަނައެއް ސިފަވެ އެވެ.