ހދ.ނޭކުރެންދޫގައި ހިންގަމުން އަންނަ ޑެކަގަން ސްޕޯޓްސް ކުލަބުގެ ފަރާތުން ބާއްވަމުން އަންނަ ފުޓްބޯޅަ މުބާރާތް ޑެކަގަން ކަޕް ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިިފިއެވެ.
ިއިއްޔެ އިން ފެށިގެން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލާފައިވާއިރު އެ ކުލަބުގެ އޮފީހުން ފޯމް ލިބެން ހުންނާނެކަމަށް އެފަރާތުގެ އިއުލާނުގައި ވަނީ ބުނެފައެވެ.
ފޯމް ދޫކުރުމާއި ފޯމް ބަލައިގަތުމަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ20:30 ން21:30 ހުންނާނެކަމަށާއި އަދި މުބާތާރުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ފޯމް ފުރިހަމަ ކުރުމަށްފަހު ޓީމްލިސްޓާއި އެކު17 ނޮވެމްބަރ2019 ވާ އާދިއްތަ ދުވަހުގެ ރޭ9:30 ގެ ކުރިން ކުލަބުގެ އޮފީހަށް ހުށަހެޅުމަށް އެފަރާތުން ވަނީ އިޢުލާންގައި ބުނެފައެވެ.
މި އަހަރުގެ މުބާރާތުގެ މެޗުތައް ހެނދުނާއި ހަވީރު ކުރިޔަށް ގެންދަން ހަމަޖެހިފައިވާއިރު މި މުބާރާތާއި ގުޅޫގޮތުން އިތުރު މައުލޫމާތު ބޭނުންވާނަމަ މުބާރާތުގެ ކޯޑިނޭޓަރ (7997709) ނަމްބަރާއި ފޯނުން ގުޅުއްވާ މައުލޫމާތު ސާފުކުރުމަށް އެފަރާތުގެ އިޢުލާންގައި ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!