މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,621 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9621 ޚަބަރުގެ ތެރެއިން
ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019: ނޮޅިވަރަންފަރާއި ކުޅުދުއްފުށި ސެމީ ފައިނަލަށް 📍 ހދ. ފިނޭ

ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019: ނޮޅިވަރަންފަރާއި ކުޅުދުއްފުށި ސެމީ ފައިނަލަށް

ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019 ގެ ސެމީ ފައިނަލަށް ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބު އަދި ޓީމް ކުޅުދުއްފުށި ދަތުރުކޮށްފިއެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިއްޔެ ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބް ވަނީ ސީދާ 3 ސެޓުން ޓީމް ނޮޅިވަރަމް ބަލިކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ނޯޅިވަރަންފަރު ސްޕޯޓްސް ކްލަބުގެ އަލީ ޙުޒާމް އެވެ. މި މެޗުގެ ފުރަތަމަ ސެޓު 21-25 އިން ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބު ކާމިޔާބުކުރިއިރު ދެވަނަ ސެޓު އެޓީމުން ކާމިޔަބުކުރީ 22-25 […]

އަޙްމަދު މުޖުތަބާ
ޙަސީނާ އެދެނީ ތިބޭފުޅުންގެ ދީލަތި އެހީއާއި ހެޔޮ ދުޢާ އަށް! 📍 ހދ. ކުޅުދުއްފުށި

ޙަސީނާ އެދެނީ ތިބޭފުޅުންގެ ދީލަތި އެހީއާއި ހެޔޮ ދުޢާ އަށް!

ހދ ކުޅުދުއްފުށި، ސޭޑީކޯނަރ، ޙަސީނާ ޙަސަން އަކީ “އަކިއުޓް ޕްރަމަޔަލޯސިޓިކް ލުކީމިއާ” އަށް ފަރުވާ ހޯދަމުން އަންނަ ޒުވާނެކެވެ. “އަކިއުޓް ޕްރަމަޔަލޯސިޓިކް ލުކީމިއާ” އަކީ ލޭގެ ކެންސަރުގެ ވައްތަރެކެވެ. މި ބަލީގެ ސަބަބުން ހަށިގަނޑަށް ބޭނުންވާވަރަށް ލޭ އުފައްދައި ނުދެވެއެވެ. ކުޅުދުއްފުށީގައި ދިރިއުޅޭ ހަސީނާ އެންމެ ފުރަތަމަ މި އަހަރުގެ އޮގަސްޓު މަހު ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލަށް ދެއްކީ ކެއްސާތީވެއެވެ. ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލަށް ދެއްކުމުން ލޭގެ ޓެސްޓެއް ހެދުމަށްފަހު ޕްލެޓެލެޓްސް މާ ދަށްވެފައި...

އަޙްމަދު މުޖުތަބާ
ކުރިނބީ އިން ގޯތި ލިބޭ މީހުންގެ ލިސްޓު އާންމުކޮށްފި 📍 ހދ. ކުރިނބީ

ކުރިނބީ އިން ގޯތި ލިބޭ މީހުންގެ ލިސްޓު އާންމުކޮށްފި

ހދ ކުރިނބީ އިން ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ގޯތި ލިބުނު ފަރާތްތަކުގެ ލިސްޓު ކުރިނބީ ކައުންސިލުން އާންމު ކޮށްފިއެވެ. ގޯއްޗަށް އެދި ހުށައަޅާފައިވާ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތްވެސް ވަނީ އާންމުކޮށްފައެވެ. ޖުމްލަ 55 ފަރާތަކުންވަނީ ގޯއްޗަށް އެދި ހުށައަޅާފައިވާއިރު މީގެ ތެރެއިން ގޯތި ލިބިފައިވަނީ 32 ފަރާތަކަށެވެ. ގޯތި ލިބިފައިވަނީ 47 ޕޮއިންޓުން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށެވެ. 5 ފަރާތަކަށް 47 ޕޮއިންޓު ލިބިފައިވުމުން އެފަރާތް ތަކުގެ...

އަޙްމަދު މުޖުތަބާ
ހަނިމާދޫ މެޓް އޮފީސް މުވައްޒަފުންގެ ބަރަހަނާ މަންޒަރު ވީޑިއޯ ކުރި މައްސަލަ ބަލަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫ މެޓް އޮފީސް މުވައްޒަފުންގެ ބަރަހަނާ މަންޒަރު ވީޑިއޯ ކުރި މައްސަލަ ބަލަނީ

ހދ. ހަނިމާދޫ ގައި ހުންނަ މޫސުމާއި ބެހޭ ގައުމީ އިދާރާގެ އޮފީހުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންގެ ބަރަހަނާ މަންޒަރުތަކެއް ސިއްރުން ވީޑިއޯކުރި މައްސަލަ ފުލުހުން ތަޙްޤީޤު ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ. މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ބުނެފައިވާގޮތުގައި އެ ޗޭންޖިން ރޫމުގައި ސިއްރު ކެމެރާ ހަރުކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުގައެވެ. އަދި އެ މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. ހަނިމާދޫގައ...

ޔުމްނާ ޢަލީ
ކުރިނބީ ކައުންސިލް ކަޕް އަންނަ މަހު 25 ގައި 📍 ހދ. ކުރިނބީ

ކުރިނބީ ކައުންސިލް ކަޕް އަންނަ މަހު 25 ގައި

ވޭތުވެދިޔަ އަހަރުތަކެކޭ އެއްގޮތައް ކުރިނބީގައި ބައްވަމުން އަންނަ ކައުންސިލް ކަޕް މިއަހަރުވެސް ބޭއްވުމަށް ހަމަޖައްސާ މި މުބާރާތުގާއި ބައިވެރި ވުމަށް ފުރުސަތު ހުޅުވާލައިފިއެވެ. އެރަށު ކައުންސިލުން ނެރުނު އިއުލާންގައި ބުނެފައިވަނީ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި ފެށޭމަހުގެ 25 ވާ ހޯމަ ދުވަހު ކަމަށްށާއި އެގޮތުން މި މުބާރާތުގައި ބައިވެރިވުމަށް ބެނުންވާ ކުޅުންތެރިން ނޮވެމްބަރ 7 ވާ ބުރާސްފަތި ދުވަހުގެ12:00 ގެ ކުރިން ކައުންސިލަށް ދުރުވެ ނަންނޯޓްކުރަން ޖެހޭނެ ކަމަށެވެ. މީގެ އިތުރުން މުބާރާތުގެ ފޯ...

ފާތިމަތު ސިނާޒާ
ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ހއ. އަތޮޅުގައި ފާހަގަކުރަނީ

ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ހއ. އަތޮޅުގައި ފާހަގަކުރަނީ

މިއަހަރުގެ ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ހއ. އަތޮޅުގައި ފާހަގަކުރުމާ ގުޅޭގޮތުން ފުލުހުންނާއި ކުޑަކުދިންނާ ގުޅުންހުރި މުއައްސަސާތަކާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށްޓަކައި ކުރިއަށްގެންދާނެ ޕްރޮގްރާމްތަކާއި ކުޑަކުދިންނާއި ގުޅުންހުރި ހުރިހާ މުއައްސަސާތަކުން ގުޅިގެން ހޭލުންތެރިކުރުމުގެ ގޮތުން ކުރެވިދާނެކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އަދި ހއ.އަތޮޅުގައި މި ހަރަކާތް ކުރިއަށްގ...

އިބްރާހިމް އަސްވާޤް
ދިއްދޫގައި ހަމަނުޖެހުން ހިނގާ ހުއްޓާލި މުބާރާތުގެ ބަދަލުގައި ބާއްވާ މުބާރާތް ކެންސަލްކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫގައި ހަމަނުޖެހުން ހިނގާ ހުއްޓާލި މުބާރާތުގެ ބަދަލުގައި ބާއްވާ މުބާރާތް ކެންސަލްކޮށްފި

ހއ ދިއްދޫ ކައުންސިލުން މިއަހަރުގެ ނޮވެމްބަރު މަހު ބޭއްވުމަށް ނިންމާފައިވާ ފުޓުސަލް މުބާރާތް މިއަހަރު ދެން ނުބޭއްވުމަށް އެކައުންސިލުން ނިންމައިފިއެވެ. ދިއްދޫގައި މި އަހަރުގެ ފިތުރު ޢީދުގައި ބޭއްވި ފުޓްސަލް މުބާރާތް ވަކި ހިސާބަކުން މައްސަލަޖެހި މުބާރާތް ހުއްޓާލަން ޖެހިފައިވާތީ، އަލުން ފުޓްސަލް މުބާރާތެއް މި އަހަރުގެ ނޮވެންބަރުމަހު ބޭއްވުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. ނަމަވެސް މިއަހަރު ބޭއްވި ކުޅިވަރު މުބާރާތްތަކަށް ކައުންސިލުން ބޮޑެތި ޚަރަދުތަކެއް ހިނގާފައިވާތީވެ ކައުންސިލުން ވަނީ ނޮވެމްބަރު...

އަޙްމަދު މުޖުތަބާ
📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ގެއެއްގައި އަލިފާން ރޯކޮށްލި މައްސަލާގައި އެރަށު މީހަކު ހައްޔަރުކޮށްފި

މި އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހު ކުޅުދުއްފުށީ “ކަކާގެ” ގޭގައި ހުރި ބައެއް ތަކެތީގައި ރޯކޮށްލި މައްސަލާގައި އެރަށު މީހަކު ހައްޔަރު ކޮށްފިއެވެ. “ކަކާގެ” ގައި ބަހައްޓާފައިހުރި ސައިކަލެއްގެ އިތުރުން އެ ގޭގެ އަސްކެނީގެ ސީލިންގ އާއި ރަށު ޕިކަޕެއްގައި އަލިފާން ރޯވެ ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއްވެފަ އެވެ. ފުލުހުން ވިދާޅުވީ މި މައްސަލާގައި ކޯޓް އަމުރެއްގެ ދަށުން 30 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށާއި އެ މީހާގެ ބަންދުގެ މުއްދަތަށް 7 ދުވަސް […]

އަޙްމަދު މުޖުތަބާ
ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019: ނޮޅިވަރަމް އަދި ހަނިމާދޫ ސެމީ ފައިނަލަށް 📍 ހދ. ހަނިމާދޫ

ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019: ނޮޅިވަރަމް އަދި ހަނިމާދޫ ސެމީ ފައިނަލަށް

ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019 ގެ ސެމީ ފައިނަލްގެ ޖާގަ ޓީމް ނޮޅިވަރަމް އަދި ޓީމް ހަނިމާދޫ ޔަގީން ކޮށްފިއެވެ. މި މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ބައްދަލުކުރީ ޓީމު ހަނިމާދޫ އަދި ޓީމް ނޮޅިވަރަމް އެވެ. މި މެޗު 3 ސެޓު 1 ސެޓުން ކާމިޔާބު ކުރީ ޓީމް ނޮޅިވަރަމް އެވެ. މެޗުގެ 4 ސެޓުވެސް ދިޔައީ ވަރަށް ވަދާވެރިކޮށެވެ. ފޯރިގަދަ ކުޅުމެއް ފެނުނު މެޗުގެ ފުރަތަމަ ސެޓު ޓީމު ނޮޅިވަރަމް އިން ކާމިޔާބު ކުރީ 34-36 […]

އަޙްމަދު މުޖުތަބާ
📍 ށ. ގޮއިދޫ

ނުހައްގު އަނިޔާއާއި ގޯނާ ތަހައްމަލު ކުރަމުންދިޔަ ކުދިން: މިއަދު ޒުވާނުން

ދިވެހި ރާއްޖޭގައި، ނުހައްގު އަނިޔާއާއި ގޯނާ ތަހައްމަލު ކުރަމުންދާ 5000 ށްވުރެ ގިނަ ކުދިން އެބަތިބިކަމަށް އަޅުގަޑަށް ގަބޫލުކުރެވެއެވެ. މިއީ ލިބެން ހުރި ހިސާބުތަކުގެ މައްޗަށް އަންދާޒާކޮށް ނެރެފައިވާ އަދަދެކެވެ. ކުޑައިރު މިގޮތަށް ނުހައްގު އަނިޔާއާއި ގޯނާއާއި ކުރިމަތިވި އެތައް ކުދިންނެއް އެ އުދާހުގެ ތެރޭގައި ދިރިއުޅުން ވޭތުކުރަމުން އެގެންދަނީ މިއަދު ޒުވާނުންގެ ގޮތުގައެވެ. އެއީ ވެސް ހާހުން ގުނާލެވޭނެ އަދަދެކެވެ. އެމީހުން އިންސާފު ހޯދަން ދާނެތަނެއް ނެތެވެ. އިންސާފު ނުލިބޭނެކަމުގެ ޔަގީންކަން އޮތީމައެވެ...

މުޙައްމަދު ޝިހާބް
50 މޭލަށް ވައިގަދަވާނެ، ކޮޅިގަނޑު ތޫފާނަކަށް ބަދަލުވުމާއި ގުޅިގެން ސަމާލުވުމަށް އިލްތިމާސް ކޮށްފި

50 މޭލަށް ވައިގަދަވާނެ، ކޮޅިގަނޑު ތޫފާނަކަށް ބަދަލުވުމާއި ގުޅިގެން ސަމާލުވުމަށް އިލްތިމާސް ކޮށްފި

މިދުވަސް ވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ވިއްސާރަ ދުވަސް ވަރަކަށް ވެފައި، ރާއްޖެގެ އުތުރުގެ ސަރަޙައްދުގައި އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރުގަދަވެ ތޫފާނަކަށް ބަދަލުވުމާއި ގުޅިގެން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފްއިން އިލްތިމާސް ކޮށްފިއެވެ. ރާއްޖެގެ އުތުރުގެ ސަރަޙައްދުގައި އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރުގަދަވެ ތޫފާނަކަށް ބަދަލުވުމާއި ގުޅިގެން ކުރިއަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ ސަރަހައްދުތަކަށް ގިނަ އަދަދަކަށް ވިއްސާރަ ވިލާ އަރަމުން ދާނެކަމަށާއި...

އިބްރާހިމް އަސްވާޤް
ހއ. އަތޮޅާއި ބ. އަތޮޅާ ދެމެދަށް ޔެލޯ އެލާޓް ނެރެފި

ހއ. އަތޮޅާއި ބ. އަތޮޅާ ދެމެދަށް ޔެލޯ އެލާޓް ނެރެފި

  ހއ. އަތޮޅާއި ބ. އަތޮޅާ ދެމެދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ އިދާރާއިން އަނެއްކާވެސް ޔެލޯ އެލާޓް ނެރެފިއެވެ. Alert Yellow for Torrential rain and thunderstorms with gust of 45 mph. pic.twitter.com/XzyMhxNxSe — Maldives Meteorology (@MetMaldives) October 30, 2019 ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ސްރީލަންކާއާއި ރާއްޖެއާ ދެމެދު އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށް މެޓް އޮފީހުން މިއަދު ވަނީ ބުނެފަ […]

އިބްރާހިމް އަސްވާޤް
📍 ށ. ނަރުދޫ

ށ. ނަރުދޫ ފެނަކަ ބްރާންޗުން ރަށުތެރެ ސާފުކުރުމަށް ނަމޫނާ މުބާރާތެއް

ށ. ނަރުދޫ ފެނަކަ ބްރާންޗުން ރަށުތެރެ ސާފުކުރުމަށް ނަމޫނާ މުބާރާތެއް ބާއްވައިފިއެވެ. ށ. ނަރުދޫ ފެނަކަ ބްރާންޗުން ކުރިއަށްގެންދިޔަ ރަށުތެރެ ސާފުކުރުމުގެ މުބާރާތުގައި އެރަށުން 2.8 ޓަނުގެ ޕްލާސްޓިކް ހޮވައިފިއެވެ. “ރީތި ސާފު ނަރުދޫ” ކެމްޕޭނުގެ ދަށުން ޕްލާސްޓިކް ހޮވުމުގެ މުބާރާތެއް ފެނަކަ ނަރުދޫ ބްރާންޗުން ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ އެވެ. މި މުބާރާތުގައި 17 ޓީމަކުން ބައިވެރިވިއިރު ޖުމްލަ 35،191 ޕްލާސްޓިކު ކޮޅު ވަނީ ހޮވައިފައެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ފެނަކަ ކޯޕަރޭޝަނާއި ދާއިރާގެ...

ޔުމްނާ ޢަލީ
ނޮޅިވަރަމުން ގޯތި ލިބުނު މީހުންގެ ލިސްޓް އަލުން އެކުލަވާލުމަށް ހުކުމް ކޮށްފި

ނޮޅިވަރަމުން ގޯތި ލިބުނު މީހުންގެ ލިސްޓް އަލުން އެކުލަވާލުމަށް ހުކުމް ކޮށްފި

ހދ. ނޮޅިވަރަމުން ދޫކުރި 75 ބަންޑާރަގޯތި ދޫކުރުމުގައި އަމަލުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ ގޯތި ލިބުނު ފަރާތްތަކުގެ ލިސްޓް އަލުން އެކުލަވާލުމަށް ނޮޅިވަރަމް މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފިއެވެ. ނޮޅިވަރަމް މެޖިސްޓްރޭޓް ކޯޓުން މިގޮތަށް ހުކުމް ކޮށްފައިވަނީ އެރަށުން އެންމެ ފަހުން ދޫކޮށްފައިވާ ގޯތިތައް ދިނުމުގައި މައްސަލަތަކެއް އުޅޭކަމަށް ބުނެ ނޮޅިވަރަމް ކައުންސިލާ ދެކޮޅަށް އެރަށު ކޯޓަށް ތިން ފަރާތަކުން ހުށަހެޅި މައްސަލަތަކާއި ގުޅިގެން މިއަދު އިއްވި ހުކުމުގައެވެ. އަދި އެ ހުކުމުގައި މިހާރު ބަނ...

ފާތިމަތު ސިނާޒާ
ހދ. އަތޮޅު 4 ރަށެއްގެ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކުރަން ހަވާލުކޮށްފި

ހދ. އަތޮޅު 4 ރަށެއްގެ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކުރަން ހަވާލުކޮށްފި

ހދ. ކުޅުދުއްފުށި، ހދ. ހަނިމާދޫ ، ހދ. ނޮޅިވަރަމު އަދި ހދ. ނެއްލައިދޫ ފުޓުބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް މިއަދު ހަވާލުކޮށްފިއެވެ. މިއަދު މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރީ އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓްރ އައްސަދު އަލީއެވެ. އާރްކޭއެލް ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުޒައިމާ އާސިރެވެ. އަދި ފްލެކްސް އިންކްގެ ފަރާތުން އެއްބަސްވުންތަކު...

ޔުމްނާ ޢަލީ