މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,621 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9621 ޚަބަރުގެ ތެރެއިން
📍 ހދ. ކުޅުދުއްފުށި

އަފީފުއްދީން ސްކޫލްގެ ވަށާފާރު ރާނަން ޕްލަސް ބީ އާއި ހަވާލުކޮށްފި

ހދ. ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ޕްލަސް ބީ އާއި ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޕްލަސް ބީ ކުންފުންޏާއެވެ. ސަރުކާރުގެ ބަޖެޓުން ހަތަރު ލައްކަ ރުފިޔާ ޚަރަދު ކޮށްގެން ކުރާ މި މަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ 45 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަސައްކަތަކީ އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސްއައިޕީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ. ޕީއެސްއައިޕީ ބަޖެޓުގެ ތެރެއިން މިއަހަރު 20 ޕްރޮޖެކްޓެއްގައި ސޮއި ކުރާނެ ކަމަށް އެ މިނިސްޓްރީން ވަނީ...

އިބްރާހިމް އަސްވާޤް
📍 ހއ. ކެލާ

ކެލާގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ހއ. ކެލާ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ކެލައަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. ހއ. އަތޮޅު ރަށަކުން ފުރައިގެން ކެލައަށް ދަތުރުކުރަމުންދާ ލޯންޗަކުން މަސްތުވާތަކެތި ގެންނަކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި މީހާ ހައްޔަރުކޮށްފައިވަނީ މަހުގެ 28 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ. ލޯންޗުގައި ކެލައަށް އައި މީހާ ފުލ...

ފާތިމަތު ސިނާޒާ
ކެލާ އަދި އިތުރު 4 ރަށެއްގައި ޑީސެލިނޭޝަން ޕްލާންޓް ބެހެއްޓުމަށް އީއައިއޭ ހަދާނެ ފަރާތެއް ހޯދަނީ 📍 ހއ. ކެލާ

ކެލާ އަދި އިތުރު 4 ރަށެއްގައި ޑީސެލިނޭޝަން ޕްލާންޓް ބެހެއްޓުމަށް އީއައިއޭ ހަދާނެ ފަރާތެއް ހޯދަނީ

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 05 ރަށުގައި ޑީސެލިނޭޝަން ޕްލާންޓް ބެހެއްޓުމަށް ބޭނުންވާ އެންވަޔަރަމަންޓް އިމްޕެކްޓެ އެސެސްމަންޓު ރިޕޯޓް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރި އިޢުލާން ބާތިލްކޮށް އަނެއްކާ ހުޅުވާލައިފިއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވަނީ އެ މިނިސްޓްރީން 02 ސެޕްޓެމްބަރ 2019 ވަނަ ދުވަހު ކުރި އިޢުލާންނާއި ގުޅިގެން މިމަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ލިބިފައިނުވާތީ ހއ.ކެލާގެ އ...

ފާތިމަތު ސިނާޒާ
މަކުނުދޫގައި ކާޑާއި ގޭސް ޑިސްޓްރިބިއުޓްކޮށް ވިއްކާނެ ފަރާތެއް ހޯދަނީ 📍 ހދ. މަކުނުދޫ

މަކުނުދޫގައި ކާޑާއި ގޭސް ޑިސްޓްރިބިއުޓްކޮށް ވިއްކާނެ ފަރާތެއް ހޯދަނީ

ހދ. މަކުނުދޫގައި ކާޑާއި ގޭސް ޑިސްޓްރިބިއުޓްކޮށް ވިއްކާނެ ފަރާތެއް ހޯދަން އަލުން އިޢުލާންކޮށްފިއެވެ. ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވަނީ އެފަރާތުން ކުރިން ކުރި އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އެ ފުރުސަތު ހުޅުވާލާކަމަށެވެ. އެހެންކަމުން މިކަމަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތަކީ މަކުނުދޫގެ ރައްވެއްސެއް ކަމުގައި ވާން ޖެހޭނެ ކަމަށާއި އަދި  ގަނޫނީ ނަމްބަރު 2014/18 ނުވަތަ 2014/19 ގެ ދަށުން ވިޔާފާރި ރަޖިސްޓްރީ ކޮށްފައިވާ ފ...

ފާތިމަތު ސިނާޒާ
ހޯރަފުށީގައި ކުރިއަށް ގެންދިޔަ ކުޅިވަރުން ފަހިކަން، ފުޓްސަލް ޓްރެނިންގ ޕްރޮގްރާމް ނިންމާލައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީގައި ކުރިއަށް ގެންދިޔަ ކުޅިވަރުން ފަހިކަން، ފުޓްސަލް ޓްރެނިންގ ޕްރޮގްރާމް ނިންމާލައިފި

ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓާއި ހއ. ހޯރަފުށި ޕޮލިސް ސްޓޭޝަނާއި ހޯރަފުށި ކައުންސިލް ގުޅިގެން އެރަށުގައި ކުރިއަށް ގެންދިޔަ އަމާންވެށި ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދިޔަ ‘ކުޅިވަރުން ފަހިކަން’ ފުޓްސަލް ޓްރެއިނިންގ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައި ބައިވެރިންނަށް ސެޓުފިކެޓު ދީފިއެވެ. މި އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހުގެ ރޭ ހޯރަފުށި ސެފްރޯން ރެސްޓޯރެންޓްގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޑިވިޜަން ސަޕޯރޓްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލ...

އިބްރާހިމް އަސްވާޤް

އުތީމުގައި ގައުމީ ދުވަހުގެ ޚާއްސަ ޖަލްސާއެއް ބާއްވައިފި

ހއ އުތީމުގައި ގައުމީ ދުވަހުގެ ޚާއްސަ ޖަލްސާއެއް ބާއްވައިފިއެވެ. ރޭ އުތީމުގައި ބޭއްވި ޖަލްސާގެ ޝަރަފްވެރި ކޮށްފެއްވީ އެންވަޔަރުމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އެވެ. ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވަނީ ޖަލްސާގައި ބައިވެރިވެ ވަޑައިގެންފައެވެ. މީގެ އިތުރުން ސަރުކާރުގެ އެކި މުއައްސަސާތަކުގެ ބޭފުޅުންގެ އިތުރުން އުތީމު ރައްޔިތުންގެ ގިނަބަޔަކު ވަނީ މި ޖަލްސާގައި ބައިވެރިވެފައެވެ. މި ޖަލްސާ ގައި އުތީމުގެ ސްކޫލުގެ ދަރިވަރުން ވަނީ ބޮޑުތަކުރުފާނުގެ ޒިކްރާ އަދާ...

އަޙްމަދު މުޖުތަބާ
ށ. މިލަންދޫ ރައްޔިތުންނާ ބައްދަލުކޮށް ޚިޔާލު ހޯދައި މަޝްވަރާ ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި 📍 ށ. މިލަންދޫ

ށ. މިލަންދޫ ރައްޔިތުންނާ ބައްދަލުކޮށް ޚިޔާލު ހޯދައި މަޝްވަރާ ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ޤާއިމުކުރުމަށާއި އެކި ކަންކަމަށް އާންމު ރައްޔިތުން ހޭލުންތެރިކޮށް ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ށ. މިލަންދޫ ރައްޔިތުންނާ ބައްދަލުކޮށް ޚިޔާލު ހޯދައި މަޝްވަރާ ކުރުމުގެ ޕްރޮގްރާމެއް އެރަށު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ. އެގޮތުން މިޕްރޮގްރާމްގައި، ރަށުގައި ހިނގާ ކުށްތައް ހުއްޓުވުމާއި އެފަދަ ކަންކަން ކުރާ ފަރާތްތައް ކުށުގެ ވެށިން ދުރުހެލި ކޮށް މުޖްތަމައަށް ބޭނުންތެރި ބަޔަކަށް ހެދުމަށް ފުލުހުންނާ...

އިބްރާހިމް އަސްވާޤް
މަސްވެރިކަމުގެ ރޮނގުން ގައުމީ އިނާމު ހޯއްދެވި ދިއްދޫ މަސްކެޔޮޅު ޢަބްދުﷲ ޝަފީޤު 📍 ހއ. ދިއްދޫ

މަސްވެރިކަމުގެ ރޮނގުން ގައުމީ އިނާމު ހޯއްދެވި ދިއްދޫ މަސްކެޔޮޅު ޢަބްދުﷲ ޝަފީޤު

މިއަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ހަފްލާގައި މަސްވެރިކަމުގެ ދާއިރާއިން މަސްވެރިކަން ކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނެވި ހއ ދިއްދޫ، ނިޝާން، ޢަބްދުﷲ ޝަފީޤު (ވާތި ޝަފީޤު) މަސްވެރިކަން ކުރައްވަން ފެއްޓެވީ އުމުރުން ހިތްޕުޅުގައި މަސްވެރިކަމަށް 15 އަހަރުގައި އޭނާގެ ބައްޕަ އާއި އެކުއެވެ. ޝަފީޤު މަސްވެރިކަމަށް ޝައުޤު ފެދުނީ އޭނާގެ ބައްޕަ އެކަމަށް ބެހެއްޓެވި އަހަންމިއްޔަތު ކަމުގެ ސަބަބުންނެވެ. ޝަފީޤު ވަނީ ފަޅުވެރިއެއްގެ ގޮތުގައި 10 އަހަރު މަސައްކަތް ކު...

އަޙްމަދު މުޖުތަބާ
📍 ހދ. ފިނޭ

ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019 : ނޮޅިވަރަމް އާއި ނޮޅިވަރަންފަރު މޮޅުވެއްޖެ

ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019 ގައި އިއްޔެވެސް 2 މެޗު ކުޅެފައިވެއެވެ. އިއްޔެ ހަވީރު ކުޅެވުނީ މުބާރާރާތުގެ 9 ވަނަ މެޗެވެ. ފިނޭ ޒުވާނުންގެ ވޮލީ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ބައްދަކުރީ ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބާއި ޓީމް ވައިކަރަދޫ ވިޔެސް އެވެ. މިމެޗު ސީދާ 3 ސެޓުން ކާމިޔާބު ކުރީ ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބެވެ. މެޗުގެ ފުރަތަމަ ސެޓު ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބް އިން ކާމިޔާބު ކުރީ 20-25 އިން ނެވެ. ދެވަނަ ސެޓު […]

އަޙްމަދު މުޖުތަބާ
މިރޭ ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވޭ

މިރޭ ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވޭ

ރާއްޖޭގެ ބައެއް ރަށްތަކަށް މިރޭ އުދައެރުމުގެ ފުރުޞަތު އެބައޮތް ކަމަށް މޫސުމާ ބެހޭ އިދާރާއިން ހާމަކޮށްފިއެވެ. މިރޭ ފަތިހު 05:00 ޖެހުމާއި ހަމަޔަށް ހުދު އެލާޓު ނެރެފައިވާއިރު އުދަ އެރުމުގެ ފުރުޞަތު އޮތް ކަމަށް ލަފާކޮށްފައިވަނީ މިރޭ 12:30 އާއި ފަތިހު 4:00 ޖެހުމާއި ހަމައަށެވެ. Alert White for swell wave surges pic.twitter.com/AgSFSRNOz7 — Maldives Meteorology (@MetMaldives) October 29, 2019 މޫސުން ބޮޑަށް ގޯސްވާނެ ކަމަށް ލަފާކޮށްފައިވަނީ ހއ އަތޮޅުން އައްޑޫ ސިޓީ އާއި […]

އަޙްމަދު މުޖުތަބާ

ތިލަދުންމައްޗަށް ޔެލޯ އެލާޓް، ކަނޑުތައް ގަދަވާނެ: މެޓް

ހއ. އަތޮޅާއި ޅ. އަތޮޅާ ދެމެދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ. ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ސްރީލަންކާއާއި ރާއްޖެއާ ދެމެދު އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށް މެޓް އޮފީހުން މިއަދު ވަނީ ބުނެފަ އެވެ. އަދި މުޅިރާއްޖެއަށްވެސް އެ ވިއްސާރައިގެ އަސަރު ކުރާނެކަމަށް ވަނީ ލަފާކޮށްފައެވެ. މިރޭ މެޓް އޮފީހުން ވަނީ ބައެއް ސަރަހައްދު ޔެލޯ އެލާޓު އަދި އަނެއްބައި ސަރަހައްދުތަކަށް ވައިޓް އެލާޓް […]

އިބްރާހިމް އަސްވާޤް
ތިލަދުންމަތީ އުތީމު ދަރިކޮޅުން ރަސްކަންކުރެއްވި ރަސްކަލުން 📍 ހއ. އުތީމު

ތިލަދުންމަތީ އުތީމު ދަރިކޮޅުން ރަސްކަންކުރެއްވި ރަސްކަލުން

އުތީމު ދަރިކޮޅު އަކީ ދިވެހިރާއްޖެ އިސްލާމް ވުމަށްފަހު ރަސްކަންކުރެއްވި 3 ވަނަ ދަރިކޮޅު ކަމުގައި އެޗްސީޕީބެލް އޭނާގެ މޮނޮގްރާފް ގައި ބަޔާންކޮށްފައި ވެއެވެ. ނަމަވެސް ދިވެހި ތާރީޚް ދިރާސާ ކުރާ ގިނަ މުއައްރިޚުން ދެކޭގޮތުގައި އުތީމު ދަރިކޮޅު އަކީ ދިވެހިރާއްޖެ އިސްލާމްވުމަށްފަހު ރަސްކަން ކުރެއްވި 4 ވަނަ ދަރިކޮޅު އެވެ. ބުނެވޭގޮތުގައި އުތީމު އާއިލާ ފެށެނީ ހއ. ބާރަށު ކަޅު ޙަސަން ކަލޭގެ އާއި ހަމައިންނެވެ. މި ކަޅު ޙަސަން ކަލޭގެ އަކީ އައްސުލްޠާން ކަޅު މުޙައްމަދު […]

Thiladhun
ބޮޑު ތިލަދުންމަތިން ފެށިގެން ވ އަތޮޅާ ދެމެދަށް ޔެލޯ އެލާޓް ނެރެފި

ބޮޑު ތިލަދުންމަތިން ފެށިގެން ވ އަތޮޅާ ދެމެދަށް ޔެލޯ އެލާޓް ނެރެފި

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާ ކުރެވޭތީ މޫސުމާބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ. މެޓް އޮފީހުން ބުނީ، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން މިއަދު ހެނދުނު 07:00 އިން ހެނދުނު 11:00 އަށް ހއ އިން ފެށިގެން ވ އަތޮޅާ ދެމެދަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި […]

އިބްރާހިމް އަސްވާޤް
ބޮޑު ތަކުރުފާނު، ތިލަދުންމަތި އުފެއްދި "ޤައުމީ ބަޠަލް"

ބޮޑު ތަކުރުފާނު، ތިލަދުންމަތި އުފެއްދި "ޤައުމީ ބަޠަލް"

މިއަދަކީ ދިވެހި ރާއްޖޭގެ ފަހުރުވެރި ޤައުމީ ދުވަހެވެ. މިދުވަސް ފާހަގަކުރަނީ އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޒަމް ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޒިކުރާ އާކުރުމުގެ ގޮތުންނެވެ. ޤައުމީ ދުވަހަކީ ކޮންމެ އަހަރެއްގެ ރަބީއުލް އައްވަލް މަހުގެ 1 ވަނަ ދުވަހެވެ. ދިވެހީންގެ ޤައުމީ ދުވަހެއް ފުރަތަމަ ފާހަގަކުރީ 1365 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހު އެވެ. އެއީ 4 ފެބްރުއަރީ 1946 ގައެވެ. ތިލަދުންމަތީ އުތީމު އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް އަކ...

ހުސައިން ހަބީބް
📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި - މާލެ: ނޮވެމްބަރު 1 ގައި ޑެއިލީ ފްލައިޓްތައް ފަށަނީ

އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކުޅުދުއްފުއްޓަށް ޑެއިލީ ފްލައިޓްތައް ފަށަން ނިންމާފައިވާކަމަށް ގައުމީ އެއާލައިން މޯލްޑިވިއަނުން އިޢުލާންކޮށްފިއެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ އަންނަ މަހުން ފެށިގެން ކުޅުދުއްފުށީ އެއާޕޯޓަށް ޑެއިލީ ފްލައިޓްތައް ފަށަން ނިންމާފައިވާ ކަމަށެވެ. މިމަހު 28 ވަނަ ދުވަހު ޑެއިލީ ފްލައިޓްތައް ކުޅުދުއްފުއްޓަށް އޮޕަރޭޓްކުރަން މޯލްޑިވިއަނުން ފަށާނެކަމަ...

ޔުމްނާ ޢަލީ