މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,621 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9621 ޚަބަރުގެ ތެރެއިން
މޯލްޑިވިއަން އިން ހަނިމާދޫ އާއި ކޮޗިންގެ ތާރީޙީ ދަތުރުތައް ފަށައިފި 📍 ހދ. ހަނިމާދޫ

މޯލްޑިވިއަން އިން ހަނިމާދޫ އާއި ކޮޗިންގެ ތާރީޙީ ދަތުރުތައް ފަށައިފި

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ހަނިމާދޫ އިން އިންޑިއާގެ ކޮޗިންއަށް ދަތުރުތައް ފަށައިފި އެވެ. މި ދަތުރުތައް ފެށުމަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ތިލަދުންމަތީގެ ޓޫރިޒަމަށް އަމާޒުކޮށްގެން ފަށާ މި ދަތުރުތަކާއެކު ހަނިމާދޫ އާއި ކޮޗިން އާއި ދެމެދު ހަފްތާއަކު ތިން ފްލައިޓު ބާއްވާނެއެވެ. ކޮޗިން ދަތުރުތައް ފައްޓަވައި ދެއްވީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ހުސެއިން ޖަލީލެވެ. މި ރަސްމިއްޔާތުގައި މޯލްޑިވިއަންގެ...

އިބްރާހިމް އަސްވާޤް
ކެލާ ހުކުރު މިސްކިތް މަރާމާތު ކޮށްދޭނެ ފަރާތެއްހޯދަނީ 📍 ހއ. ކެލާ

ކެލާ ހުކުރު މިސްކިތް މަރާމާތު ކޮށްދޭނެ ފަރާތެއްހޯދަނީ

ހއ.ކެލާ ހުކުރު މިސްކިތުގައި ލަކުޑިން ހަދާފައިވާ ބައި މަރާމާތު ކޮށްދޭނެފަރާތެއް ހޯދުމަށް އިޢުލާންކޮށްފިއެވެ. މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކެލާ ކައުންސިލަށް ދުރުވެ މަޢުލޫމާތު ސާފްކުރުމަށްފަހު 04 ނޮވެމްބަރ 2019 ވާ އާދިއްތަ ދުވަހު 13:00 އަށް އެ އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އެފަރާތުގެ އިޢުލާނުގައި ވަނީބުނެފައެވެ. މީގެ އިތުރުން  މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ކުންފުނި ،ޕާޓްނަރޝިޕް ،ލޯކަލް އިންވެސްޓްމަންޓް ، ފަރުދީ ވިޔ...

ފާތިމަތު ސިނާޒާ
ރާންބޯގެ ފަރާތުން ނޮޅިވަރަމް އަށް ލިބުނު ނަމޫނާ އެހީ 📍 ހދ. ނޮޅިވަރަމް

ރާންބޯގެ ފަރާތުން ނޮޅިވަރަމް އަށް ލިބުނު ނަމޫނާ އެހީ

ރަށް ރަށުގެ ތަރައްޤީއަށް ކުރެވޭ ކަންކަމުގައި ރައްޔިތުންގެ ބައިވެރިވުން ކުރިޔާއި މިހާރު ވަރަށް ތަފާތެވެ. ރައްޔިތުން އަމިއްލައަށް މަސައްކަތް ކޮށްގެން އިމާރާތް ކޮށްފައިވާ ރަށު ސްކޫލާއި ރަށު އޮފީހާއި އިޖުތިމާޢީ މަރުކަޒު ތައް މިހާރުވެސް ބައެއް ރަށް ރަށުގައި ފެންނާން އެބަހުއްޓެވެ. ރައްޔިތު މަސައްކަތަކަށް ގޮވާލީމައި އޭރު ރަށު ކުދި ބޮޑު އެންމެން ނިކުމެއެވެ. އެހެންނަމަވެސް މިއަދު މުޅިން ތަފާތެވެ. އޭރު ބަރޯ ނުވަތަ ކޮނޑުގައި އެއްޗެހި އުފުލައިގެން އޭރުގެ ނިސްބަތުން ބޮޑެތި އިމާރާތްތައް ނިންމާލަނީ މަދު […]

އަޙްމަދު މުޖުތަބާ
ބަދަލުތަކާއި އެކު އިހަވަންދޫން ބަންޑާރަ ގޯއްޗަށް އެދި ހުށަހަޅާފައިވާ މީހުންގެ ލިސްޓު އާންމުކޮށްފި 📍 ހއ. އިހަވަންދޫ

ބަދަލުތަކާއި އެކު އިހަވަންދޫން ބަންޑާރަ ގޯއްޗަށް އެދި ހުށަހަޅާފައިވާ މީހުންގެ ލިސްޓު އާންމުކޮށްފި

ހއ. އިހަވަންދޫން ބަންޑާރަ ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ލިސްޓަށް ގެނެވުނު ބަދަލްތަކާއެކު ދާއިމީ ލިސްޓް ޢާންމުކޮށްފިއެވެ. ކައުންސިލުން ކުރި ޢިޢުލާނުގައި ބުނެފައިވަނީ ބަދަލްތަކާއެކު ދާއިމީ ލިސްޓް އިޢުލާން ކޮށްފައިވަނީ ކުރިން އެކައުންސިލުން 17 އޮކްޓޯބަރު 2019 ވަނަ ދުވަހު އާންމުކުރި އެފަރާތުގެ (IUL)248-CAA/248/2019/104 ނަމްބަރު ޢިއުލާނަށް ހުށަހެޅި ޝަކުވާތަކާއި ގުޅިގެން ކަމަށެވެ. އެގޮތުން ބަދަލުތަކާއި އެކު ހއ. އިހަވަންދޫން ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ ޖުމްލަ 457 މީހުންގެ ލިސްޓް މިވަނ...

ފާތިމަތު ސިނާޒާ
📍 ހދ. ހަނިމާދޫ

ކޮޗިންއަށް ދާން ކަބަޑު ހުޅުވުން މިއަދު ހަނިމާދޫގައި

ހދ ހަނިމާދޫން އިންޑިއާގެ ކޮޗިންއާ ދެމެދުގެ ދަތުރުތައް މިއަދު ފަށާނެއެވެ. ދަތުރުތައް ފެށުމުގެ ގޮތުން މޯލްޑިވިއަން އިން ވަނީ ހަނިމާދޫގައި ތިއްބެވި ފަރާތްތަކަށް ހިލޭ ކޮޗިން އަށް ދާން ރަނުގެ ފުރުސަތެއް ދޭން ނިންމާފަ އެވެ. އެއީ ހާއްސަ ގޭމެއްގައި ބައިވެރިވެގެން ދިމާވާ ހަތަރު މީހަކަށް ކޮޗިން ދެ ކޮޅު ޓިކެޓު ލިބުމުގެ ފުރުސަތެވެ. މިހަރަކާތް ކުރިއަށް ދާނީ މިއަދު ހަވީރު 4:00 ގައި ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ޓާރމިނަލް ކުރިމަތީގައެވެ. މި ގޭމު އިންތިޒާމުކޮށްފައިވަނީ ކަބަޑު […]

އަޙްމަދު މުޖުތަބާ
📍 ށ. ފުނަދޫ

ށ.ފުނަދޫ މިސްކިތް ޢިމާރަތްކުރުމުގެ މަސައްކަތް ބަޔަކާހަވާލުކޮށްފި

ށ.ފުނަދޫ މިސްކިތް ޢިމާރަތްކުރުމުގެ މަސައްކަތް ބަޔަކާހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި މަސައްކަތް އައިމަން ކޮންސްޓްރަކްޝަން ހަވާލުކޮށްފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި އެކަމަށްޓަކައިބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެގޮތުން މި އެއްބަސްވުން އެފަރާތާއި ހަވާލުކޮށްފައިވަނީ 180 ދުވަސް ތެރޭގައި ނިންމުމަށްކަމަށް އިސްލާމިކް މިނިސްޓްރީގެ ފަރާތުން މައުލޫމާތުދެއެވެ. މިފަދަ މަޝްރޫއުތައް ހިންގަވާކަމަށްޓަކައި މިިސްޓްރީންވަނީ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. ށ.ފުނަދޫ މިސްކިތް...

ފާތިމަތު ސިނާޒާ
📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރުގައި ޤަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީން އުޅޭ

ހދ ނޮޅިވަރަންފަރުގައި ޤަވާއިދާއި ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީން އުޅެމުންދާ ކަމަށް ނޮޅިވަރަންފަރު ކައުންސިލުން ބުނެފިއެވެ. ނޮޅިވަރަންފަރު ކައުންސިލުން އޮކްޓޫބަރ 28 ވަނަ ދުވަހު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރަށުގައި އުޅޭ ބިދޭސީންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ނޮޅިވަރަމްފަރު ޕޮލިސް ސްޓޭޝަން އާއި ގުޅިގެން ކުރިޔަށް ގެންދާކަމަށް ކަމަށެވެ. އަދި ޤަވާއިދާއި ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީން ނޮޅިވަރަންފަރުގައި އުޅެމުންދާކަމަށްވެސް އެޓްވީޓްގައި ބުނެފައި ވެއެވެ. Rashugai ulhey bidheyseenge dhaf...

އަޙްމަދު މުޖުތަބާ
ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުން އާމްދަނީ ލިބޭނޭ މަޝްރޫއުތައް ހިންގަނީ

ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުން އާމްދަނީ ލިބޭނޭ މަޝްރޫއުތައް ހިންގަނީ

ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުން އާމްދަނީ ލިބޭނޭ މަޝްރޫއުތައް ހިންގަން ނިންމާފައިވާކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ކުރިމަތިކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޑރ. ހުސައިން ވިދާޅުވީ ތިމާވެށި ރައްކާކޮށް ދެމެހެއްޓުމާ ބެހޭ  ގާނޫނުގައި ބުނެފައިވާ ގޮތުން ހިމާޔަތްކޮށްފައިވާ ބައެއް ސަރަހައްދުތަކުގެ މެނޭޖްމަންޓް ޕްލޭނެއް ހަދަން ޖެހޭ ކަމަށެވެ. 2020 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން، ހިމާޔަތ...

އިބްރާހިމް އަސްވާޤް
ކަނޑުމަތީގެ ރައްކާތެރިކަމަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ފިނޭ ސްކޫލްގައި ހިންގައިފި 📍 ހދ. ފިނޭ

ކަނޑުމަތީގެ ރައްކާތެރިކަމަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ފިނޭ ސްކޫލްގައި ހިންގައިފި

ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހދ ފިނޭ ސްކޫލްގައި އޮކްޓޫބަރ 26 ވަނަ ދުވަހު ކުރިއަށް ގެންގޮސްފިއެވެ. މިއީ އެމްއެންޑީއެފް ނޮތާން އޭރިއާގެ ސިފައިންނާއި ފިނޭ ސްކޫލް ގުޅިގެން ކުރިޔަށް ގެންދިޔަ  ޕްރޮގްރާމެކެވެ. ސްކޫލްގެ ދަރިވަރުންނާއި މުދައްރިސުންނަށް އަމާޒުކޮށްގެން ހިންގި މި ޕްރޮގްރާމްގައި މުދައްރިސުންނާއި ދަރިވަރުންނާއިއެކު 165 ފަރާތަކުން ބައިވެރިވެފައިވާކަމަށް އެމްއެންޑީއެފް އިން މައުލޫމަތު ދެއްވައެވެ. މިފަދަ ޕްރޮގްރާމްތަކުގެ ބޭނުމަކީ ކަނޑުމަތީގައި ހިނގާ ހާ...

އަޙްމަދު މުޖުތަބާ
ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019 : ނޮޅިވަރަމް އާއި ކުޅުދުއްފުށި މޮޅުވެއްޖެ 📍 ހދ. ފިނޭ

ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019 : ނޮޅިވަރަމް އާއި ކުޅުދުއްފުށި މޮޅުވެއްޖެ

ވީއެސްއާރްސީ އިން އިންތިޒާމްކޮށްގެން ހދ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ ވޮލީބޯލް މުބާރާތުގައި އިއްޔެ ހަވީރު ކުޅެވުނީ މުބާރާރާތުގެ 5 ވަނަ މެޗެވެ. ފިނޭ ޒުވާނުންގެ ވޮލީ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ބައްދަކުރީ ޓީމް ނޮޅިވަރަމް އާއި ޓީމް ފިނޭއެވެ. މިމެޗު ސީދާ 3 ސެޓުން ކާމިޔާބު ކުރީ ޓީމް ނޮޅިވަރަމް އެވެ. މެޗުގެ ފުރަތަމަ ސެޓު ޓީމް ނޮޅިވަރަމް އިން ކާމިޔާބު ކުރީ 16-25 އިން ނެވެ. ދެވަނަ ސެޓު ޓީމް ނޮޅިވަރަމް […]

އަޙްމަދު މުޖުތަބާ
📍 ށ. ކޮމަންޑޫ

ށ. އަތޮޅު ފަޅުރަށަށް ލެއްގީ މިސައިލެއްނޫން، އެއީ ލައިޓް ހައުސްގެ ބަޔެއް

ށ. އަތޮޅު ފަޅުރަށަށް ލެއްގީ މިސައިލެއްނޫންކަމަށާއި އެއީ ލައިޓް ހައުސްގެ ބަޔެއްކަމަށް ފުލުހުން ހާމަކޮށްފިއެވެ. ލައިޓް ހައުސްއެއްގެ ބައެއް ލައްގާފައިވަނީ ށ. ކޮމަންޑޫގައި ކައިރީގައި ގަލާދޫ ނަމަކަށްކިޔާ ފަޅު ރަށެއްގެ ފަރުމައްޗަށެވެ. މިއަދު ސޯޝަލް މީޑިއާގައި ލެއްގި އެތީގެ ފޮޓޯއާއެކު އެއީ މިސައިލެއްގެ ބައެއް ކަމަށް ބުނެ ވަނީ އެކި ޕްލެޓްފޯމްތަކުގައި ފޮޓޯ ދައުރުކޮށްފައެވެ. Mihaathanah belibelumun lafaa kureveny e’ee light house ehge baeh kamah. Mi etheege boduminugai gaaiygandakah 50 foot hunnaane. Mi m...

އިބްރާހިމް އަސްވާޤް
ކައުންސިލަރުންވެސް އެމްޑީއެން އާއި ދެކޮޅަށް ބަޔާން ނެރެން ފަށައިފި 📍 ށ. މިލަންދޫ

ކައުންސިލަރުންވެސް އެމްޑީއެން އާއި ދެކޮޅަށް ބަޔާން ނެރެން ފަށައިފި

ށ،މިލަންދޫ ކައުންސިލަރ އަބްދުﷲ ޢާޠިފް އެމްޑީއެންގެ ރިޕޯޓް ކުށްވެރިކޮށް ބަޔާނެއް ނެރެފިއެވެ. މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް އިން “ ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް“ ގެ ނަމުގައި އާންމު ކުރި ރިޕޯޓާއި ގުޅޭގޮތުން އަބްދުﷲ ޢާޠިފް ނެރުނު ބަޔާނުގައި ބުނެފައިވަނީ އެމްޑީއެންގެ ރިޕޯޓަކީ އެފަރާތުން ކޮށްފައިވާ ވަރަށް ދަށު ދަރަޖައިގެ އަމަލެއްކަމުގައެވެ. އެ ރިޕޯޓަކީ ފާޅުގައި އިސްލާމްދީނަށް ކޮށްފައިވާ ފުރައްސާރައެއްކަމަށް ސިފަކޮށް މިއަމަލަކީ ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއ...

ފާތިމަތު ސިނާޒާ
އިހަވަންދޫ ބީއެމްއެލް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ފުލުހުން ހޯދައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ބީއެމްއެލް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ފުލުހުން ހޯދައިފި

ހއ އިހަވަންދޫގައި ބޭއްވި ބީއެމްއެލް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އިހަވަންދޫ ޕޮލިސް ސްޓޭސަންގެ ޓީމުން ހޯދައިފިއެވެ. އިހަވަންދޫ ކައުންސިލުން އިންތާޒާމުކޮށްގެން ބޭއްވި މި ފުޓްސަލް މުބާރާތުގެ ފައިނަލްގައި ރޭ ބައްދަލުކުރީ އިހަވަންދޫ ޕޮލިސް އަދި ފެނަކަ އިހަވަންދޫ ބްރާންޗެވެ. މި މެޗު އިހަވަންދޫ ޕޮލިސް އިން ކާމިޔާބު ކުރީ 1-3 އިންނެވެ. މިދިޔަ އަހަރުވެސް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އިހަވަންދޫ ޕޮލިސް އެވެ. މި މުބާރާތުގައި ޖުމްލަ 5 ޓީމަކުން ވަނީ ވާދަކޮށްފައެވެ. […]

އަޙްމަދު މުޖުތަބާ
📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ރައްޔިތުން ނިކުމެ މަގުތަކަށް ވެލިއަޅައި އެއްވަރުކޮށްފި

ހދ ނޮޅިވަރަންފަރު ރައްޔިތުން ނިކުމެ އެރަށު ބައެއް މަގުތަކަށް ވެލިއަޅައި އެއްވަރުކޮށްފިއެވެ. ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަޙްމަދު އިބްރާހިމް ވިދާޅުވީ މިއީ ކައުންސިލުން އިސްނަގައިގެން ރައްޔިތުންނާއި ގުޅިގެން ރަށުގެ މަގުތަކުގެ ހާލަތު ވަރަށް ދަށްވެފައިވާތީވެ ކުރިޔަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ. އަޙްމަދު ވިދާޅުވީ ވާރޭ ވެހިއްޖެނަމަ އެއް ގޮތަކަށް ހިނގާ ނުލެވޭ ދެ ސަރަހައްދެއް ހުންނާނެކަމަށާއި ބޮޑަށް ޓާގެޓް ކުރަނީ އެ ދެސަރަހައްދަށް ކަމަށެވެ. އިއްޔެ ކުރިޔަށް ގެންދިޔަ މި ހަރަކާތުގައި ޒުވާނުންގެ ބަ...

އަޙްމަދު މުޖުތަބާ
ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019: ނޮޅިވަރަމްފަރު އަދި ހަނިމާދޫ މޮޅުވެއްޖެ 📍 ހދ. ހަނިމާދޫ

ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019: ނޮޅިވަރަމްފަރު އަދި ހަނިމާދޫ މޮޅުވެއްޖެ

ވީއެސްއާރްސީ އިން އިންތިޒާމްކޮށްގެން ހދ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ ވޮލީބޯލް މުބާރާތުގެ 2 މެޗު އިއްޔެވެސް ކުޅެފިއެވެ. ފިނޭ ޒުވާނުންގެ ވޮލީ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ބައްދަކުރީ ނޮޅިވަރަމްފަރު ސްޕޯޓްސް ކްލަބާއި އާއި ޓީމް ކުޅުދުއްފުއްޓެވެ. މިމެޗު ސީދާ 3 ސެޓުން ކާމިޔާބު ކުރީ ނޮޅިވަރަމްފަރު ސްޕޯޓްސް ކްލަބެވެ. މެޗުގެ ފުރަތަމަ ސެޓު ނޮޅިވަރަމްފަރު ސްޕޯޓްސް ކްލަބް 17-25 އިން ކާމިޔަބު ކުރިއިރު ދެވަނަ ސެޓު ނޮޅިވަރަމްފަރު ސްޕޯޓްސް ކްލަބް އިން ކާމިޔާބުކުރީ 16-25 […]

އަޙްމަދު މުޖުތަބާ