ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހދ ފިނޭ ސްކޫލްގައި އޮކްޓޫބަރ 26 ވަނަ ދުވަހު ކުރިއަށް ގެންގޮސްފިއެވެ.
މިއީ އެމްއެންޑީއެފް ނޮތާން އޭރިއާގެ ސިފައިންނާއި ފިނޭ ސްކޫލް ގުޅިގެން ކުރިޔަށް ގެންދިޔަ ޕްރޮގްރާމެކެވެ. ސްކޫލްގެ ދަރިވަރުންނާއި މުދައްރިސުންނަށް އަމާޒުކޮށްގެން ހިންގި މި ޕްރޮގްރާމްގައި މުދައްރިސުންނާއި ދަރިވަރުންނާއިއެކު 165 ފަރާތަކުން ބައިވެރިވެފައިވާކަމަށް އެމްއެންޑީއެފް އިން މައުލޫމަތު ދެއްވައެވެ.
މިފަދަ ޕްރޮގްރާމްތަކުގެ ބޭނުމަކީ ކަނޑުމަތީގައި ހިނގާ ހާދިސާތަކަށް ދަރިވަރުން ހޭލުންތެރިކުރުމާއި ދަތުރަކަށް ފަށާއިރު އަޅަންޖެހީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެކުދިންނަށް އޮޅުންފިލުވައިދީ ހޭލުންތެރިކުރުވުން ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ.
Kan'dumatheege Salaamathaai rakkaatherikamah heyluntheri kurumah MNDF Northern Area in HDh.Finey School gai miadhu hingi program ge therein. Mi program gai e school ge teacherunnaai, dharivarunnaai eku jumla 165 faraatheh baiverivi. pic.twitter.com/qmFSAVMQbB
— Maldives National Defence Force (@MNDF_Official) October 26, 2019
މި އޮކްޓޫބަރ މަހުގެ 23 ވަނަ ދުވަހު އެމްއެންޑީއެފް ނޮތާން އޭރިއާގެ ސިފައިންނާއި ކުރިނބީ ސްކޫލް ގުޅިގެން އެސްކޫލުގެ ދަރިވަރުންނާއި މުދައްރިސުންނަށް އަމާޒުކޮށްގެންވެސް ކަނޑުމަތީގެ ހާދިސާތަކަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގާފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!