މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,622 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9622 ޚަބަރުގެ ތެރެއިން
ނެއްލައިދޫ ކައުންސިލް ކަޕް ފުޓުބޯޅަ އާއި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ކައުންސިލް ކަޕް ފުޓުބޯޅަ އާއި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ހދ. ނެއްލައިދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ “ކައުންސިލް ކަޕް” ފުޓުބޯޅަ އަދި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އެ ރަށު ކައުންސިލުން މިއަދު ހުޅުވާލައިފިއެވެ. ނެއްލައިދޫ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތްތައް ފެށުމަށް ތާވަލުކޮށްފައިވަނީ 2026 ޖުލައި 17 ވަނަ ދުވަހު ކަމަށެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ޝައުޤުވެރިކަން ހުރި ޓީމުތަކާއި ކުލަބުތަކުން 2026 ޖޫން 15 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ބައިވެރިވުމަށް […...

ޔުމްނާ ޢަލީ
'ވިޒިޓް ފޯކައިދޫ' އިފްތިތާހުކުރުމަށް އިންޑިއާގެ ލަވަކިޔުންތެރިޔާ ވިބޫތީ ޝަރުމާ ފޯކައިދޫ އަށް 📍 ށ. ފޯކައިދޫ

'ވިޒިޓް ފޯކައިދޫ' އިފްތިތާހުކުރުމަށް އިންޑިއާގެ ލަވަކިޔުންތެރިޔާ ވިބޫތީ ޝަރުމާ ފޯކައިދޫ އަށް

ށ. ފޯކައިދޫގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ކުރިއަށްގެންދާ ‘ވިޒިޓް ފޯކައިދޫ’ ކެމްޕޭން ރަސްމީކޮށް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރިއެއްގެ ގޮތުގައި ބައިވެރިވުމަށް އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ވިބޫތީ ޝަރުމާ ފޯކައިދޫ އަށް ޒިޔާރަތްކޮށްފިއެވެ. ވިޒިޓް ފޯކައިދޫ ވެބްސައިޓްގައި ބުނެފައިވާ ގޮތުން މި ރަސްމިއްޔާތު ބޭއްވުމަށް ތާވަލުކޮށްފައިވަނީ މިއަދެވެ. ވިބޫތީ ޝަރުމާ ފޯކައިދޫ އަށް އައުމުން ދިވެހި ވަންތަ ހޫނު ނަރުޙަބާއެއް ކިޔާފައިވާއިރު، އޭނާ އަށް ފޯކައިދޫން ފުރަތަމަ މަރުޙަބާ ކިޔާފައި ވ...

ޔުމްނާ ޢަލީ
ކާމިޔާބީއާއި ﷲގެ އެހީތެރިކަން ލިބުމުގެ އަސާސަކީ ތަޤުވާވެރިކަން: ޙައްޖު ޚުޠުބާ

ކާމިޔާބީއާއި ﷲގެ އެހީތެރިކަން ލިބުމުގެ އަސާސަކީ ތަޤުވާވެރިކަން: ޙައްޖު ޚުޠުބާ

އިންސާނާގެ ދިރިއުޅުމުގެ މަޤްޞަދަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އަޅުކަންކުރުމެވެ. މި ދަތުރުގައި ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ހޯދުމަށް އޮތް އެންމެ ވަރުގަދަ ވަސީލަތަކީ ތަޤުވާވެރިކަމެވެ. 1447 ވަނަ އަހަރުގެ ޢަރަފާތް ދުވަހު، މަސްޖިދުއް ނަމިރާގައި ފަޟީލަތުއްޝައިޚް ޢަލީ އަލްޙުޛައިފީ ދެއްވި ޚުޠުބާގައިވެސް އެންމެ ބޮޑަށް ބާރުއެޅުއްވީ މި މުހިންމު އަސާސުގެ މައްޗަށެވެ. ތަޤުވާވެރިކަމަކީ ހަމައެކަނި ހިތުގެ އިޙްސާސެއް ނޫނެވެ. އެއީ ޢަމަލީ ގޮތުން ﷲގެ އަމުރުފުޅުތަކަށް ކިޔަމަންވެ، ނަހީކުރެއްވި ކަންކަމުން ދުރުހެ...

ޔުމްނާ ޢަލީ
މުރައިދޫ، ނައިވާދޫ، ކުމުންދޫ އަދި ގޮއިދޫ ސިއްޙީ މަރުކަޒުގައި ލެބޯޓަރީ އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހއ. މުރައިދޫ

މުރައިދޫ، ނައިވާދޫ، ކުމުންދޫ އަދި ގޮއިދޫ ސިއްޙީ މަރުކަޒުގައި ލެބޯޓަރީ އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ށ. ގޮއިދޫ، ހއ. މުރައިދޫ، ހދ. ކުމުންދޫ އަދި ހދ. ނައިވާދޫ ސިއްޙީ މަރުކަޒުގެ ލެބޯޓަރީ އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އިން އިއުލާންކޮށްފިއެވެ. ހެލްތް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 24 މޭ 2026 އިން ފެށިގެން 8 ޖޫން 2026 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ރެޖިސްޓްރީ ކުރަންޖެހޭނެ ކަމަށެވެ. ރެޖިސްޓްރީ ކުރުމަށްޓަކައި ގެޒެޓްކުރެވިފައިވާ […]

ޔުމްނާ ޢަލީ
ސަގާފީ ކުޅިވަރު މަންޑި ދިރުވަން ފުނަދޫ އާއި ކެނދިކުޅުދޫގެ މެދުގައި ފޯރިގަދަ މެޗެއް 📍 ށ. ފުނަދޫ

ސަގާފީ ކުޅިވަރު މަންޑި ދިރުވަން ފުނަދޫ އާއި ކެނދިކުޅުދޫގެ މެދުގައި ފޯރިގަދަ މެޗެއް

ދިވެހިންގެ ތެރޭގައި ވަރަށް ކުރީއްސުރެ ކުޅެވެމުން އަންނަ ފޯރިގަދަ ސަގާފީ ކުޅިވަރެއް ކަމަށްވާ މަންޑި ދިރުވައި އާލާކުރުމަށްޓަކައި ށ. ފުނަދޫ އާއި ނ. ކެނދިކުޅުދޫގެ މެދުގައި ތާރީޚީ މެޗެއް ކުޅެފިއެވެ. މި ފޯރިގަދަ މެޗުގައި ވާދަކޮށް 4 ލަނޑު 2 ލަނޑުން މޮޅުވެފައިވަނީ ށ. ފުނަދޫގެ “އަރުމަތާ ޕްރޯ” ޓީމެވެ. މި މެޗާ ގުޅޭގޮތުން ފުނަދޫގެ ފަރު ފުނަ ސްޕޯޓްސް އިން ބުނީ، މިއީ ފަހުގެ ތާރީޚެއްގައި ރަށު ފެންވަރުގައި މިހާ ވާދަވެރިކޮށް މަންޑި ކުޅެވުނު ފުރަތަމަ […]

ޔުމްނާ ޢަލީ
ފުނަދޫ ކަނބަލުންގެ ކަސްރަތު ޕްރޮގްރާމް ނިމުން ފާހަގަކޮށްފި 📍 ށ. ފުނަދޫ

ފުނަދޫ ކަނބަލުންގެ ކަސްރަތު ޕްރޮގްރާމް ނިމުން ފާހަގަކޮށްފި

ށ. ފުނަދޫގެ ކަނބަލުނަށް ހާއްސަކޮށްގެން އެރަށުގައި ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގްރާމް ނިމުން ފާހަގަކޮށްފިއެވެ. މި ކަސްރަތު ޕްރޮގްރާމަކީ ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) އާއި ފިޓްނަޝް ލައިފް އާއި ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ނިމުން ފާހަގަކޮށް ޕްރޮގްރާމް ފުރިހަމަކުރި ކަނބަލުންނަށް ވަނީ ހަނދާނީ ލިޔުން ދީފައެވެ. މެއި 1 އިން 20 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް 21 ބައިވެރިން ވަނީ ފުރިހަމަކޮށްފައެވެ. މި ޕްރޮގްރާމް ކާމިޔާބުކަމާއެކު...

ޝިއުނާ އާދަމް
ކުޅުދުއްފުށީގެ މަޝްރޫޢުތައް ހަލުވިކޮށް ނިންމައިދީ ވަޢުދު ފުއްދަވާނެކަމުގެ ޔަގީންކަން ދެއްވައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގެ މަޝްރޫޢުތައް ހަލުވިކޮށް ނިންމައިދީ ވަޢުދު ފުއްދަވާނެކަމުގެ ޔަގީންކަން ދެއްވައިފި

ކުޅުދުއްފުށި ސިޓީގައި ސަރުކާރުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް ހަލުވި ސްޕީޑެއްގައި ކުރިއަށްގެންގޮސް، ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދަވައިދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނު ދެއްވާފައިވާ ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ފަރުހަތު މުޙައްމަދު (ފަރޭ) ވިދާޅުވެއްޖެއެވެ. މެންބަރު ފަރުހަތު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވާ ގޮތުގައި، މި ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވީ 20 މޭ 2026 ވީ ބުދަ ދުވަހު އެމަނިކުފާނާއެކ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި ހައިޑްރޯޕޯނިކްސް އާއި ވަރޓިކަލް ފާމިންގެ ތަމްރީނެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ހައިޑްރޯޕޯނިކްސް އާއި ވަރޓިކަލް ފާމިންގެ ތަމްރީނެއް

ކުޅުދުއްފުށި ސިޓީގެ ގޭބިސީތަކުގައި އަމިއްލައަށް ދަނޑުވެރިކަން ކުރަން ޝައުޤުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން، ހައިޑްރޯޕޯނިކްސް އާއި ވަރޓިކަލް ފާމިންގ ދަސްކޮށްދޭ ހާއްސަ ތަމްރީނު ޕްރޮގްރާމެއް ފަށައި، އޭގެ ފުރަތަމަ މަރުހަލާ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި، މި ތަމްރީނު ޕްރޮގްރާމަކީ ޖުމްލަ ތިން މަރުހަލާއަކަށް ބަހާލައިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ރަށުގެ ރައްޔިތުންނަށް އަމިއްލަ ގޭބިސީތަކުގައި ދަނޑުވެރި...

ޔުމްނާ ޢަލީ
އޭދަފުށި މެޗު އެއްވަރުވެ ޗެމްޕިއަން ދިއްދޫ ލީގު ނިންމާލީ ބަލިނުވުމުގެ ރެކޯޑާއެކު 📍 ހއ. ދިއްދޫ

އޭދަފުށި މެޗު އެއްވަރުވެ ޗެމްޕިއަން ދިއްދޫ ލީގު ނިންމާލީ ބަލިނުވުމުގެ ރެކޯޑާއެކު

ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގެ ފަހު މެޗުގައި ލީގުގެ ޗެމްޕިއަން ހއ. ދިއްދޫ އާއި ބ. އޭދަފުށީގެ ކުރިހަމަތިލުން 1-1ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމިއްޖެއެވެ. މެޗަށް ނުކުތްއިރުވެސް ދެ މެޗު ބާކީއޮއްވައި ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ ދިއްދޫ ވަނީ މި ލީގުގައި މެއި 3 ގައި ހޯމްގައި ކުޅުނު މެޗު 2-1 އިން އޭދަފުށި ބަލިކޮށްފައެވެ. ދިއްދޫ ލީގު ލީގު ނިންމާލާފައި ވަނީ އެއްވެސް މެޗަކުން ބަލިނުވެ އެ ޓީމު ދައްކަމުން އަންނަ ރެކޯޑާއެކުއެވެ. […]

ޔުމްނާ ޢަލީ
ތުރާކުނުގެ ޚިދުމަތްތެރިޔާ ޖަލީލު ނިޔާވުމުން ރައީސްގެ ތައުޒިޔާ  📍 ހއ. ތުރާކުނު

ތުރާކުނުގެ ޚިދުމަތްތެރިޔާ ޖަލީލު ނިޔާވުމުން ރައީސްގެ ތައުޒިޔާ 

ހއ. ތުރާކުނު ކުޑަކަތީބުކަމާއި ކަތީބުކަން ކުރެއްވި، އެރަށު ނޫރަންވިލާ ޢަބްދުﷲ ޖަލީލް ނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ޖަލީލު ނިޔާވެފައި ވަނީ އަންގާރަ ދުވަހުގެރޭ އުމުރުން 84 އަހަރުގައި އައިޖީއެމްއެޗް ހޮސްޕިޓަލްގައެވެ. ޖަލީލްގެ ވަކިވުމާއި ގުޅިގެން ރައީސް މުޢިއްޒު މިއަދު އެކްސްގައި ކުރެއްވި ތަޢުޒިޔާގެ މެސެޖެއްގައި ވިދާޅުވީ، ޢަބްދުﷲ ޖަލީލަކީ 46 އަހަރަށްވުރެ ދިގު މުއްދަތަކަށް ދިވެހި ދައުލަތަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަ...

ޔުމްނާ ޢަލީ
ފަހު މެޗުގައި ވެސް ހަނިމާދޫ މަނަދޫ ބަލިކޮށްފި 📍 ހދ. ހަނިމާދޫ

ފަހު މެޗުގައި ވެސް ހަނިމާދޫ މަނަދޫ ބަލިކޮށްފި

ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގައި ހަނިމާދޫ އާއި މަނަދޫގެ ފަހުމެޗު 3-2 ލަނޑުން ހަނިމާދޫ ކާމިޔާބުކޮށްފިއެވެ. މަނަދޫގައި މިއަދު ކުޅުނު މި މެޗުގައި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ގޯލް ހުޅުވާލެވިފައެއްނުވެއެވެ. މި ހާފުގައި ދެ ޓީމުން ހަމަހަމަކުޅުމެއް ކުޅެފައިވާއިރު ދެ ޓީމަށްވެސް ގޯލް ޖަހާނެ ފުރުސަތުތައް ލިބި ވަނީ ނާކާމިޔާބުވެފައެވެ. ދެވަނަ ހާފު ފަށައި ދެވަނަ މިނިޓްގައި، މެޗުގެ 46 ވަނަ މިނިޓްގައި ހަނިމާދޫގެ ޖޯޒީ ނަންބަރު 5 މުހައްމަދު ޚާލިދު […]

ޔުމްނާ ޢަލީ
ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (4)

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (4)

ކުރީގެ އަދަދާއި ގުޅޭ: އެއާއެކު މާޔާއަށް ފެނުނީ  އަތް އުކައުކާފައި މަންމަ، ބައްޕައާ ދިމާލަށް އެއްޗެހި ކިޔަމުން ދިޔަ މަންޒަރެވެ. ބައްޕަ ގެއަށް ވަންނަން އެނބުރުމާއެކު އަތުގެ މުލައްދަނޑީގައި މަންމަ ހިފެހެއްޓިތަން ވެސް މާޔާއަށް ފެނުނެވެ. އޭރު ވެސް ބައްޕަ ހުރީ މަގުގެ ދެ ކޮޅަށް ބަލަބަލައެވެ. މީހަކަށް އެ މަންޒަރުތައް ފެނިދާނެތީ ބައްޕަ ޖެހިލުންވަނީކަން މާޔާއަށް އެނގުނެވެ. މާޔާ އަވަސް އަވަހަށް ކުޑަދޮރު ކައިރިން ދުރަށް ޖެހިލިއެވެ. އަދި އެނދުގައި އިށީނދެ އިނދެ ރަނގަޅަށް ވިސްނާލިއެވެ. […]

ސަލާމާ ޢަބްދުލް ޢަލީމް
ހިރިމަރަދޫ ކައުންސިލާއި ހުރިހާ އަތޮޅު ކައުންސިލްތަކާއި އިދާރާތައް އުވާލައިފި 📍 ހދ. ހަނިމާދޫ

ހިރިމަރަދޫ ކައުންސިލާއި ހުރިހާ އަތޮޅު ކައުންސިލްތަކާއި އިދާރާތައް އުވާލައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހދ. ހިރިމަރަދޫ ކައުންސިލާއި ރާއްޖޭގެ ހުރިހާ އަތޮޅު ކައުންސިލްތަކާއި އެކައުންސިލްތަކުގެ އިދާރާތައް 2026 މޭ 17 ވަނަ ދުވަހުން ފެށިގެން އުވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުނު ދެންނެވުމެއްގައި މިކަން ހާމަކޮށްފައިވާއިރު، ހދ. ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރުމަށް ނިންމަވައި، ހިރިމަރަދޫއަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައިކަން އެ ދެންނެވުމުގައި ވަނީ ފާހަގަކޮށްފައެވެ. އެހެންކަމު...

ޔުމްނާ ޢަލީ
މަނަދޫ ބަލިކޮށް އޭދަފުށި ތާވަލުގެ ދެވަނަ އަށް 📍 ނ. މަނަދޫ

މަނަދޫ ބަލިކޮށް އޭދަފުށި ތާވަލުގެ ދެވަނަ އަށް

ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގައި އިއްޔެ 5-0 އިން މަނަދޫ ބަލިކޮށް އޭދަފުށި ތާވަލުގެ ދެވަނަ އަށް ޖެހިލައިފިއެވެ. 16 މެއިގައި ހަނިމާދޫ 2-1 އިން ބަލިކުރުމުން ދިއްދޫ އަށް އޮތީ ލީގު ކަށަވަރުވެފައެވެ. ދިއްދޫ އަށް ލީގު ކަށަވަރުވިއިރު، އިއްޔެ އޭދަފުށި މެޗަށް ނުކުތްއިރު އެޓީމު އޮތީ ގޯލުގެ ތަފާތުން ތާވަލުގެ ތިން ވަނާގައެވެ. އިއްޔެގެ މެޗާއި ހަމައަށް އޭދަފުއްޓާއި ހަނިމާދޫ އަށް ވެސް ކޮންމެ ޓީމަކަށް ލިބިފައި އޮތީ ހަ ޕޮއިންޓެވެ. […]

އަޙްމަދު ވަހީދު
އެންމެ ބޮޑު އިސްކަމެއް ދިނީ ވައުދުގެ މަތީގައި ސާބިތުވެ ހުރުމަށް: މޫސާ ޝަފީޤް

އެންމެ ބޮޑު އިސްކަމެއް ދިނީ ވައުދުގެ މަތީގައި ސާބިތުވެ ހުރުމަށް: މޫސާ ޝަފީޤް

ހއ. އަތޮޅު ކައުންސިލްގެ ރައީސްގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވީ ސިޔާސީ ދާއިރާއަށް ނިކުންނެވިއިރު ރައްޔިތުންނަށް ވީ ވައުދުގެ މަތީގައި ސާބިތުވެ ހުރުމަށްކަމަށް ހއ. އަތޮޅު ކައުންސިލްގެ ރައީސްކަމުގެ ދައުރު ހަމަކުރެއްވި މޫސާ ޝަފީޤް ވިދާޅުވެއްޖެއެވެ. މޫސާ ޝަފީޤް ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، އޭނާ އަބަދުވެސް އުންމީދުކުރެއްވީ އޭނާ އަށް އިތުބާރުކޮށް ވޯޓުދެއްވި ރައްޔިތުން ރުހޭފަދަ ފުރިހަމަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކަމަށެވެ. މޫސާ ޝަފީޤް ފާހަގަކުރެއްވި...

ޔުމްނާ ޢަލީ