މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,622 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9622 ޚަބަރުގެ ތެރެއިން
ޕްރިމިއާ ލީގު ޕްލޭއޮފްގައި ނޯތުގެ ޗެމްޕިއަން ދިއްދޫ ކުޅޭ ފުރަތަމަ މެޗު ހޯމަ ދުވަހުގެ ރޭ 📍 ހއ. ދިއްދޫ

ޕްރިމިއާ ލީގު ޕްލޭއޮފްގައި ނޯތުގެ ޗެމްޕިއަން ދިއްދޫ ކުޅޭ ފުރަތަމަ މެޗު ހޯމަ ދުވަހުގެ ރޭ

ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ޕްލޭއޮފް މެޗުތައް މާދަމާ ފަށާނެއެވެ. މި މެޗުތައް މާދަމާ ފަށާއިރު މާދަމާ ރޭ ކުޅޭ މެޗުގައި އެއްކޮޅުން ބައްދަލުކުރާނީ ނޯތު ރީޖަނަލް ލީގުގެ ޗެމްޕިއަން ދިއްދޫއެވެ. މާދަމާ ރޭ 21:00 ގައި ގަލޮޅު ދަނޑުގައި ކުޅޭ މެޗުގައި ދިއްދޫ ބައްދަލުކުރާނީ ސައުތު ރީޖަން ލީގުގެ ޗެމްޕިއަން ގދ. ގައްދޫ އާއެވެ. ޕްލޭއޮފްގެ މެޗުތައް ފަށާނީ މާދަމާ ހަވީރު 16:00 ގައި […]

ޔުމްނާ ޢަލީ
ކިންގްސް ކަޕުގައި ފަހަތުން އަރައި އެއިޓީ ފޯ އެފްސީ ބަލިކޮށް އުތީމު އެފްސީ ކުއާޓަރ އަށް 📍 ހއ. އުތީމު

ކިންގްސް ކަޕުގައި ފަހަތުން އަރައި އެއިޓީ ފޯ އެފްސީ ބަލިކޮށް އުތީމު އެފްސީ ކުއާޓަރ އަށް

ކުލަބު މޯލްޓިވްސް އިން އިންތިޒާމުކޮށްގެން މިހާރު ކުރިއަށްދާ ކިންގުސް ކަފުގައި ބ. އޭދަފުށީގެ އެއިޓީފޯ އެފްސީ ބަލިކޮށް، ހއ. އުތީމުގެ އުތީމު އެފްސީ މުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދައިފިއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު އުތީމު އެފް ސީން ކާމިޔާބުކުރީ ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. ފުރަތަމަ […]

ޔުމްނާ ޢަލީ
ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (5)

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (5)

20 މެއި ދުވަހުގެ އަދަދާއި ގުޅޭ ” ކަން ކުރަން ވީ ގޮތް އެނގޭނީ މަށަށް. މަންޖެ ނުުޖެހޭނެ މަށަށް ކިޔައިދޭކަށް.” އެހެން ބުނެ، ޖަމީލާ ފޯނު ކަނޑާލިއެވެ. އާމިރާއަށް ފުން ނޭވާއެއް  ދޫކޮށްލެވުނެވެ. މަންމައަށް ދުވަހަކު ވެސް ރަނގަޅު ގޮތެއް ބުނެ ނުދެވޭނެކަން އާމިރާއަށް އެނގެއެވެ. ލަސް ހިނގުމެއްގައި އާމިރާ ގޮސް ގެއަށް ވަތް އިރު އާއިޒް ފެންނާކަށް ނެތެވެ. އޭނާ މިހާރު އޮންނާނީ ކޮޓަރީގައިކަން އާމިރާއަށް އެނގުނެވެ. މަޑުމަޑުން ގޮސް އޭނާ ދޮރު ހުޅުވާލި […]

ސަލާމާ ޢަބްދުލް ޢަލީމް
މަކުނުދޫގައި ކުނި މެނޭޖް ކުރުމުގައި ގައުމީ ފެންވަރުގައި ބޮޑު ކާމިޔާބެއް، 26 ޓަނުގެ ކުނި ފޮނުވާލައިފި 📍 ހދ. މަކުނުދޫ

މަކުނުދޫގައި ކުނި މެނޭޖް ކުރުމުގައި ގައުމީ ފެންވަރުގައި ބޮޑު ކާމިޔާބެއް، 26 ޓަނުގެ ކުނި ފޮނުވާލައިފި

ހދ. މަކުނުދޫގައި ޤާއިމުކޮށްފައިވާ ރީޖަނަލް މެޓީރިއަލް ރިކަވަރީ ފެސިލިޓީ މެދުވެރިކޮށް، އެ ރަށުގައި އުފެދުނު 26 ޓަނުގެ ކުނި ރިސައިކަލް ކުރުމަށްޓަކައި ފޮނުވާލައިފިއެވެ. މިއީ ރާއްޖޭގައި މިފަދަ ނިޒާމެއްގެ ދަށުން ކުނި މެނޭޖްކުރުމުގައި ހޯދުނު ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެކެވެ. މަކުނުދޫ ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި، ވޭތުވެދިޔަ 15 މަސްދުވަހުގެ ތެރޭގައި އެ ރަށުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތަށް ވަނީ ޤައުމީ ފެންވަރުގައި ބޮޑު ބަދަލެއް ގެނެވިފައެވެ. މަކުނުދޫގައި ހިންގާ މި ސެންޓަރަކީ މިވަގުތު ރާއްޖޭގ...

ޔުމްނާ ޢަލީ
ފަރުކޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަޙައްދުގެ މާސްޓަރ ޕްލޭން އެކުލަވާލާނެ ފަރާތެއް ހޯދަނީ

ފަރުކޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަޙައްދުގެ މާސްޓަރ ޕްލޭން އެކުލަވާލާނެ ފަރާތެއް ހޯދަނީ

ށ. ފަރުކޮޅު ހިމާޔަތްކޮށްފައިވާ ސަރަޙައްދުގެ ޑީޓެއިލްޑް ކޮންސެޕްޓް އަދި މާސްޓަރ ޕްލޭން އެކުލަވާލާނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން މިއަދު ޢިއުލާންކޮށްފިއެވެ. މިނިސްޓްރީން ބުނީ މި މަސައްކަތަށް ކުރިމަތިލުމަށް 19 މޭގައި ކުރި އިޢުލާނާއި، އެ އިޢުލާނާއެކު އޭޓޭޗްކުރެވިފައިވާ ޓާރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) އަށް މިހާރު ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން ބީލަން ހުށަހެޅުމުގެ ސުންގަޑިއަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އިސްލާހު...

ޔުމްނާ ޢަލީ
ފޯކައިދޫގައި ކުނިވާ ޒާތު ކުނި ނައްތާލުމަށް ޖެޓީއެއް އެޅުމަށް ޕާކިސްތާނު ވިޔަފާރިވެރިއެއްގެ އެހީ ވަނީ 📍 ށ. ފޯކައިދޫ

ފޯކައިދޫގައި ކުނިވާ ޒާތު ކުނި ނައްތާލުމަށް ޖެޓީއެއް އެޅުމަށް ޕާކިސްތާނު ވިޔަފާރިވެރިއެއްގެ އެހީ ވަނީ

ށ. ފޯކައިދޫގައި ކުނިވާ ޒާތުގެ ކުނި ނައްތާލުމުގެ ބޭނުމުގައި އެ ރަށު ކައުންސިލުން ތަރައްޤީކުރަން ބޭނުންވާ ޖެޓީ އެޅުމަށް ޕާކިސްތާނުގެ ވިޔަފާރިވެރިއެއްގެ އެހީތެރިކަން ލިބޭގޮތް ހަމަޖެހިފައިވާ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފިއެވެ. ފޯކައިދޫ ކައުންސިލުން ބުނިގޮތުގައި މި މަޝްރޫޢަށް ބޭނުންވާ ފަންޑު ހޯދުމަށް ކައުންސިލުން ކުރި މަސައްކަތުގެ ތެރެއިން މިހާރު ވަނީ އެ ފަރާތާއެކު ނުރަސްމީ ބައްދަލުވުންތަކެއް ވެސް ބާއްވާފައެވެ. މި ޖެޓީއަކީ ހާއްސަކޮށް މަހުގެ ބޮލާއި ކަރުގޮހޮރުގެ އިތުރުން ކުނިވާ ޒާތުގެ ތަކެތި...

ޔުމްނާ ޢަލީ
އެމްއެންޔޫ ޖޮބް ފެސްޓިވަލް ކުޅުދުއްފުށީ ކެމްޕަހުގައި ރަސްމީކޮށް ހުޅުވައިފި

އެމްއެންޔޫ ޖޮބް ފެސްޓިވަލް ކުޅުދުއްފުށީ ކެމްޕަހުގައި ރަސްމީކޮށް ހުޅުވައިފި

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ “އެމްއެންޔޫ ޖޮބް ފެސްޓިވަލް 2026” ކުޅުދުއްފުށީ ކެމްޕަހުގައި ރަސްމީކޮށް މިރޭ ހުޅުވައިފިއެވެ. އެމްއެންޔޫއިން ބުނީ މި ފެސްޓިވަލަކީ ދަރިވަރުންނާއި، ވަޒީފާ ހޯދާ ފަރާތްތަކުގެ އިތުރުން ރާއްޖޭގެ ކުރިއަރާފައިވާ ކުންފުނިތަކާއި ޖަމިއްޔާތައް އެއް ފުރާޅެއްގެ ދަށުން ބައްދަލުކުރުވުމަށް ބާއްވާ ހަރަކާތެއްކަމަށެވެ. މި ފެސްޓިވަލް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ކުޅުދުއްފުށީ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު އަބްދުﷲ (ރޯޒޭ)އެވެ. މި ރަސްމިއްޔ...

ޔުމްނާ ޢަލީ
ނަރުދޫ ކައުންސިލުގެ އިދާރާ ވެބްސައިޓު ފަރުމާކުރަން ހަވާލުކޮށްފި 📍 ށ. ނަރުދޫ

ނަރުދޫ ކައުންސިލުގެ އިދާރާ ވެބްސައިޓު ފަރުމާކުރަން ހަވާލުކޮށްފި

ށ. ނަރުދޫ ކައުންސިލް އިދާރާގެ ރަސްމީ ވެބްސައިޓް ފަރުމާކޮށް، ތައްޔާރުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ. ނަރުދޫ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ އެ ރަށަށް ނިސްބަތްވާ ކުންފުންޏެއް ކަމަށްވާ ކުއޮމެޓިކް އާއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކައުންސިލްގެ ވެބްސައިޓް ހަދައި، ކުރިއަށް އޮތް 18 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމަން ޖެހެއެވެ. މި މަޝްރޫއުގެ ޖުމްލަ އަގަކީ 43,200.00ރ. (ސާޅީސް ތިންހާސް ދުއިސައްތަ ރުފިޔާ) އެވެ. މިއީ ކައުންސިލްގެ […]

ޝިއުނާ އާދަމް
އިހަވަންދޫ ރީތި ކަނބަލުންގެ ސަގާފީ ފަރި ހަރަކާތްތަކަށް ގިނަ ބައެއްގެ ސަމާލުކަން 📍 ހއ. އިހަވަންދޫ

އިހަވަންދޫ ރީތި ކަނބަލުންގެ ސަގާފީ ފަރި ހަރަކާތްތަކަށް ގިނަ ބައެއްގެ ސަމާލުކަން

މިއަހަރުގެ އަޟްހާ ޢީދުގެ އުފާވެރި މުނާސަބަތާ ގުޅުވައިގެން ހއ. އިހަވަންދޫގައި ކުރިއަށްދިޔަ “ބަދަހި ޢީދު” ހަރަކާތުގެ ތެރެއިން، އެ ރަށުގެ ކުލަބު ޕޯލްސްޓަރ (ސީ.ޕީ.އެސް) އިން ހުށަހަޅައިދިން ފޯރިގަދަ ސަގާފީ ހަރަކާތްތަކަށް މުޅި ރާއްޖޭގެ މީޑިއާތަކުގެ ސަމާލުކަން ހުއްޓިއްޖެއެވެ. އިހަވަންދޫ ކައުންސިލުން އިންތިޒާމުކުރި މި ހަރަކާތްތަކަކީ ދިވެހިންގެ ތެރެއިން އުވެމުންދާ ސަގާފީ ކުޅިވަރުތައް އާލާކޮށް، އަންނަން އޮތް ޖީލުތަކަށް އެ ކަންކަން ދަސްކޮށްދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކެކެވެ. މި ހަރަކާ...

ޝިއުނާ އާދަމް
''މިލަންދޫން ފެނުނީ އެއްބައިވަންތަކަމާއި ހިތްވަރުގަދަކަމުގެ ނަމޫނާއެއް'' 📍 ށ. މިލަންދޫ

''މިލަންދޫން ފެނުނީ އެއްބައިވަންތަކަމާއި ހިތްވަރުގަދަކަމުގެ ނަމޫނާއެއް''

ށ. މިލަންދޫގައި ފައިބަރު މަސައްކަތް ކުރާ ތަނެއްގައި ރޭގެ ވަގުތެއްގައި ބޮޑު އަލިފާނުގެ ހާދިސާއެއް ވަނީ ހިނގާފައެވެ. މި ހާދިސާ ހިނގިކަމުގެ މައުލޫމާތާއެކު މިލަންދޫގެ ރައްޔިތުންނާއި ފުލުހުން ގުޅިގެން ވަނީ އެތަނުގައި ރޯވި އަލިފާން ނިއްވާލުމަށާއި، އެތަނުން ޑިންގީތަކާއި، އިންޖީނުތަކާއި އަދި ޑިންގީ ބަނުމަށް ބޭނުންކުރާ ތަކެތި ސަލާމަތްކުރުމަށް ހިތްވަރުގަދަ މަސައްކަތެއްކޮށްފައެވެ. މިލަންދޫ އެއާޕޯޓް އަޅާ ސަރަހައްދާ ކައިރީގައި ހުންނަ “އާދަމްކޮއިބޭ” ފައިބަރު މަސައްކަތްކުރާ ސަރަހައްދުގައި މި ހާދިސާ ހިނގައިގެން...

ޔުމްނާ ޢަލީ
ފިއްލަދޫ ކައުންސިލްގެ ރަސްމީ ވައިބަރ ކޮމިއުނިޓީ އިފްތިތާޙްކޮށްފި 📍 ހއ. ފިއްލަދޫ

ފިއްލަދޫ ކައުންސިލްގެ ރަސްމީ ވައިބަރ ކޮމިއުނިޓީ އިފްތިތާޙްކޮށްފި

ހއ. ފިއްލަދޫ ކައުންސިލްގެ ރަސްމީ އެންގުންތަކާއި މަޢުލޫމާތުތައް ރައްޔިތުންނާ ގާތުން ހިއްސާކުރުމަށްޓަކައި، އެ ކައުންސިލްގެ ރަސްމީ ވައިބަރ ކޮމިއުނިޓީ މިއަދު އިފްތިތާޙްކޮށްފިއެވެ. ފިއްލަދޫ ކައުންސިލުން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ކޮމިއުނިޓީ އުފެއްދުމުގެ މައިގަނޑު މަޤްޞަދަކީ ކައުންސިލުން ނެރޭ އެކި އެކި އެންގުންތައް ރަށުގެ ކުދިބޮޑު އެންމެހާ ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ. ވައިބަރ އަކީ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބޭނުންކުރާ ސޯޝަލް މީޑިއާ އެޕްލިކޭޝަނަކަށް ވާތީ، މިއީ މަޢުލޫމާތު ފ...

ޔުމްނާ ޢަލީ
ހދ.އަތޮޅު ކައުންސިލުން ޓީމް ނައިވާދޫއަށް ދޭން ބުނި ފައިސާ ނުލިބޭތީ ކަންބޮޑުވުން 📍 ހދ. ނައިވާދޫ

ހދ.އަތޮޅު ކައުންސިލުން ޓީމް ނައިވާދޫއަށް ދޭން ބުނި ފައިސާ ނުލިބޭތީ ކަންބޮޑުވުން

ވަނަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލަށް ޓީމް ނައިވާދޫ ދަތުރުކުރުމާ ގުޅިގެން، އަތޮޅު ކައުންސިލުން އެ ޓީމަށް ދޭނެ ކަމަށް ބުނި 50،000 (ފަންސާސް ހާސް) ރުފިޔާ މިހާތަނަށް ވެސް ނުލިބޭ މައްސަލައިގައި ޓީމުގެ މެނޭޖްމަންޓުން ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފިއެވެ. ޓީމް ނައިވާދޫގެ އޮފިޝަލަކު ބުނީ މި ފައިސާ ދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ވަޙީދު (ވައްޑޭ) އާއި ނައިވާދޫ ކައުންސިލްގެ ރައީސް އަލީ ރަޝީދު ވަނީ ކުރިން ދެއްވާފައެވެ. […]

އަލީ އާދިލް
މިލަންދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ތިން ޑިންގީ އެނދި: ފުލުހުން 📍 ށ. މިލަންދޫ

މިލަންދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ތިން ޑިންގީ އެނދި: ފުލުހުން

ށ. މިލަންދޫގައި ފައިބަރު މަސައްކަތް ކުރާ ތަނެއްގައި ރޭގެ ވަގުތެއްގައި ބޮޑު އަލިފާނުގެ ހާދިސާގައި ތިން ޑިންގީއެއް އެނދިކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މިލަންދޫ ފައިބަރ މަސައްކަތް ކުރާ ތަނެއްގައި އަލިފާން ރޯވެފައިވާ މައްސަލަ އެ އިދާރާއަށް ރިޕޯޓްކޮށްފައި ވަނީ ރޭ (1 ޖޫން 2026) 23:09 ކަންހާއިރު ކަމަށެވެ. އާންމުންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން އަލިފާން ނިއްވާލެވިފައިވަނީ އެ ރޭ ދަންވަރު 01:00 އެހައިކަންހާއިރު ކަމަށް ވެސް […]

ޔުމްނާ ޢަލީ
މިލަންދޫގައި ބޮޑު އަލިފާނުގެ ހާދިސާއެއް 📍 ށ. މިލަންދޫ

މިލަންދޫގައި ބޮޑު އަލިފާނުގެ ހާދިސާއެއް

ށ. މިލަންދޫގައި ފައިބަރު މަސައްކަތް ކުރާ ތަނެއްގައި ރޭގެ ވަގުތެއްގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި، ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ އެ ރަށުގެ އެއާޕޯޓު އެޅުމަށް ކަނޑައަޅާފައިވާ ސަރަހައްދު ކައިރީގައި ހުންނަ ފައިބަރު މަސައްކަތްކުރާ ތަނެއްގައެވެ. އަލިފާނުގެ ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ޑިންގީތަކެއް ހުރި ނަމަވެސް، ރަށުގެ ރައްޔިތުންނާއި ކަމާބެހޭ ފަރާތްތަކުން ކުރި މަސައްކަތުން ގިނަ ޑިންގީތަކެއް ވަނީ ރައްކާތެރިކަމާއެކު އެ ސަރަހައްދުން ބޭރަށް ނެރެފ...

ޔުމްނާ ޢަލީ
ށ.ގޮއިދޫގައި ބަދުއަހުލާގީ ޢަމަލުތަކެއް ހިމެނޭ ވީޑިއޯއެއް ފެތުރި މައްސަލައެއް 📍 ށ. ގޮއިދޫ

ށ.ގޮއިދޫގައި ބަދުއަހުލާގީ ޢަމަލުތަކެއް ހިމެނޭ ވީޑިއޯއެއް ފެތުރި މައްސަލައެއް

ށ.ގޮއިދޫގައި ބަދުއަހުލާގީ އަމަލުތަކެއް ހިމެނޭ ވީޑިއޯއެއް ފެތުރި މައްސަލައާއި ގުޅިގެން ތަހުގީގެއް ފަށާފައިވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނިގޮތުގައި، ބަދުއަހުލާގީ އަމަލުތަކެއް ހިމެނޭ ކަމަށް ތުހުމަތުކުރެވޭ ވީޑިއޯއެއް ވައިބާ ގްރޫޕެއްގައި ހިއްސާކުރި މައްސަލައެއް، 27 މެއި 2026 ގައި ށ. ގޮއިދޫއިން ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ. ”މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، އެ ވީޑިއޯ ފެތުރި މައްސަލައާއި އެ ވީޑިއޯގައި ހިމެނޭ ކަމަށް ތުހުމަތުކުރެވޭ ކަންކަން ދަނީ ބަލަމުން” ފުލުހުން ބުނެފަވެއެވެ. މި ޢ...

ޔުމްނާ ޢަލީ