📍 ހދ. ފިނޭ
ފިނޭގައި އެޅި ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވައިފި
ހދ. ފިނޭގައި އަލަށް ބިނާކުރި ފުލުހުންގެ އައު އިމާރާތް “ހދ. ފިނޭ ޕޮލިސް ސްޓޭޝަން” ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ. މިއަދު ފިނޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، ފިނޭ ކައުންސިލްގެ ރައީސް ޢަބްދުއްލަޠީފް ޢަލީ އެވެ. މި ރަސްމިއްޔާތުގައި ފުލުހުންގެ އިސްވެރިންނާއި ދައުލަތުގެ އެކި މުއައްސަސާތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރްހާދު ފިކުރީ އާއި، މޯލްޑިވްސް ޓް...