މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,622 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9622 ޚަބަރުގެ ތެރެއިން
އައު ދައުރުގައި ވެސް ކުޅުދުއްފުށީ ސިޓީގެ ޑެޕިއުޓީ މޭޔަރަކީ ރޯޒޭ 📍 ހދ. ކުޅުދުއްފުށި

އައު ދައުރުގައި ވެސް ކުޅުދުއްފުށީ ސިޓީގެ ޑެޕިއުޓީ މޭޔަރަކީ ރޯޒޭ

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް ނިމުނު ދައުރުގައި ވެސް އެމަގާމު ފުރުއްވެވި ޑެޕިއުޓީ މޭޔަރ އަޙްމަދު ޢަބްދުﷲ (ރޯޒޭ) ޢައްޔަނުކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ ކުކުޅުދުއްފުށި ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 1 ވަނަ ޢާންމު ބައްދަލުވުމުގައި ޑެޕިއުޓީ މޭޔަރގެ މަގާމަށް ކައުންސިލަރެއް އައްޔަންކުރުމަށް އެޖެންޑަރ ކުރެވި ނަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ޑެޕިއުޓީ މޭޔަރުކަމަށް ހުށަހެޅުނީ ރޯޒޭގެ ނަން ކަމަށެވެ. އަދި އެ ނަން ކައުންސިލް […]

ޝިއުނާ އާދަމް
ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (3)

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (3)

ކުރީގެ އަދަދާއި ގުޅޭ: ” އާނ. މި ދަނީ މިހާރު.” އެހެން ބުނެ އޭނާ ހިނގައިގަތީ މާޔާއަށް އެއްވެސް ސަމާލުކަމެއް ނުދީއެވެ. މާޔާއަށް އިނދެވުނީ ކަޅި ޖަހައިނުލާ އާއިޒަށް ބަލަހައްޓައިގެންނެވެ. ހައެއްކަ ފޫޓު ދުރަށް ގޮސް، ކުއްލިއަކަށް އާއިޒް ހުއްޓި ފަހަތް ބަލައިލިއެވެ. އެއާއެކު މާޔާއަށް ވެސް ތެދުވެވުނެވެ. އެ ވަގުތު އާއިޒް އަތުން ބާއީ ކިޔާލިތަން މާޔާއަށް ފެނުނެވެ. އަވަސް އަަވަހަށް މާޔާއަށް ވެސް އަތް އުފުލައިލެވުނެވެ. ލަސްނުކޮށް އާއިޒް ދުރަށް ހިނގައިގަތުމާއެކު މާޔާއަށް ހިނިތުން […]

ސަލާމާ ޢަބްދުލް ޢަލީމް
މަކުނުދޫ އަންހެނުންގެ ކޮމެޓީން ތަރައްގީކުރި "ހިޔަލަ ޕާކް" ހުޅުވައިފި 📍 ހދ. މަކުނުދޫ

މަކުނުދޫ އަންހެނުންގެ ކޮމެޓީން ތަރައްގީކުރި "ހިޔަލަ ޕާކް" ހުޅުވައިފި

ހދ. މަކުނުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިސްނެންގެވުމާއެކު އެ ރަށުގައި ތަރައްޤީކުރި “ހިޔަލަ ޕާކް” ރަސްމީކޮށް ހުޅުވައިފިއެވެ. މި ޕާކަކީ އެ ރަށުގެ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ބިނާކޮށްދިނުމުގެ މަޤްޞަދުގައި ތަރައްޤީކުރި ތަނެކެވެ. މަކުނުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން މަޢުލޫމާތު ދެއްވި ގޮތުގައި، މި މަޝްރޫޢަކީ އެ ކޮމިޓީގެ ފުރަތަމަ ދައުރުގެ މެންބަރުންގެ ވަރަށް ބޮޑު އިސްނެންގެވުމަކާއެކު ކުރިއަށް ގެންދެވުނު މަސައްކަތެކެވެ. މި ޕާކަކީ ރަށުގެ ރައްޔިތުން ހ...

ޝިއުނާ އާދަމް
މަކުނުދޫ ލައިސަންސް ޓްރެކާއި ކައުންސިލް އިދާރާގެ އައު "މީޓިންގ ރޫމް" އިފްތިތާޙުކޮށްފި 📍 ހދ. މަކުނުދޫ

މަކުނުދޫ ލައިސަންސް ޓްރެކާއި ކައުންސިލް އިދާރާގެ އައު "މީޓިންގ ރޫމް" އިފްތިތާޙުކޮށްފި

ހދ. މަކުނުދޫގައި އަލަށް ގާއިމުކުރި ލައިސަންސް ޓްރެކާއި ކައުންސިލް އިދާރާގެ އައު “މީޓިންގ ރޫމް” ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. މިއީ މަކުނުދޫ ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފުޅާކޮށް އިތުރަށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ގާއިމުކުރެވުނު ދެ ޚިދުމަތްކަމަށް މަކުނުދޫ ކައުންސިލުން ވަނީ ބުނެފައެވެ. މަކުނުދޫގައި އަލަށް ތަރައްޤީކުރި ލައިސަންސް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތާއި، އުންސިލް އިދާރާގެ އައު “މީޓިންގ ރޫމް” ރަސްމީކޮށް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތު ބާއްވ...

ޔުމްނާ ޢަލީ
މަކުނުދޫ ކައުންސިލްގެ ވެބްސައިޓް އިފްތިތާޙްކޮށްފި 📍 ހދ. މަކުނުދޫ

މަކުނުދޫ ކައުންސިލްގެ ވެބްސައިޓް އިފްތިތާޙްކޮށްފި

ހދ. މަކުނުދޫ ކައުންސިލްގެ ވެބްސައިޓް އިފްތިތާޙްކޮށްފިއެވެ. މި ވެބްސައިޓް އިފްތިތާޙްކޮށްފައި ވަނީ 14 މޭ 2026 ދުވަހުގެރޭ ނިމިދިޔަ ކައުންސިލްގެ 4 ވަނަ ދައުރުގެ ތެރޭގައެވެ. މަކުނުދޫ ކައުންސިލުން ބުނިގޮތުގައި މި ވެބްސައިޓަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ރައްޔިތުންނާއި ގާތުން ދެފުއްފެންނަ ގޮތަށް ޚިދުމަތް ދިނުމަށްޓަކައި އެ ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރެވުނު މަސައްކަތެއްކަމަށެވެ. މި ވެބްސައިޓަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކައުންސިލްގެ މަސައްކަތްތައް ޒަމާނީކޮށް، މައުލޫމާތާއި ޚިދުމަތްތައ...

ޔުމްނާ ޢަލީ
މެޗަކުން ބަލިނުވެ ދިއްދޫ ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފި 📍 ހއ. ދިއްދޫ

މެޗަކުން ބަލިނުވެ ދިއްދޫ ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފި

ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގެ ޗެމްޕިއަންކަން ހއ. ދިއްދޫ މިއަދު ހޯދައިފިއެވެ. ދިއްދޫ އަށް ޗެމްޕިއަންކަން ކަށަވަރުވީ މިއަދު ހަނިމާދޫގައި ކުޅުނުމެޗު 2-1 އިން ހަނިމާދޫ ބަލިކޮށް، ދިއްދޫ މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވުމުގެ ރެކޯޑާއެކު 15 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގައި 3 މެޗު ބާކީ އޮތް ނަމަވެސް ޓީމުތަކަށް ލިބިފައިވާ ޕޮއިންޓަށް […]

ޔުމްނާ ޢަލީ
އަހްމަދުގެ ވަދާއީ މެސެޖު: އަބަދުވެސް ހުންނާނީ ފުނަދޫއަށް ހެޔޮއެދޭ މީހެއްގެ ގޮތުގައި 📍 ށ. ފުނަދޫ

އަހްމަދުގެ ވަދާއީ މެސެޖު: އަބަދުވެސް ހުންނާނީ ފުނަދޫއަށް ހެޔޮއެދޭ މީހެއްގެ ގޮތުގައި

ށ. ފުނަދޫ ކައުންސިލް ހުނިޖަހައިލެވެނީ ކޮންމެ ދައުރެއްގައިހެން އުތުރުގެ ސަރަހައްދުން އެންމެ ހިންގުންތެރި އެއް ކައުންސިލްގެ ގޮތުގައެވެ. މިކަމުގެ އެންމެ ބޮޑު ހެއްކަކަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ދޭ އެކި އެވޯޑްތައް އެ ކައުންސިލުން ހޯދަމުންދާ މިންވަރު ފުދެއެވެ. ފުނަދޫއަށް މިއަދު އައިސްފައިވާ ތަރައްގީގެ ފަހަތުގައި އެތައް ބައެއްގެ ބުރަ މަސައްކަތާއި އިހުލާސްތެރި ގުރުބާނީތަކެއް ވާއިރު، އޭގެ ތެރެއިން ފޭއްދިގެން އަންނަ އެއް ނަމަކީ ކައުންސިލްގެ މިނިމިދާ ދައުރުގެ ރައީސް އަހްމަދު އިބްރާހީމްފ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި އަރުޝީފުކުރުމާއި ރެކޯޑުތައް ބެލެހެއްޓުމުގެ ތަމްރީނެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި އަރުޝީފުކުރުމާއި ރެކޯޑުތައް ބެލެހެއްޓުމުގެ ތަމްރީނެއް

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރީ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން، އެ އިދާރާގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ބޭއްވި “އަރުޝީފުކުރުމާއި ރެކޯޑުތައް ބެލެހެއްޓުމުގެ ތަމްރީނު ޕްރޮގްރާމް” ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ތަމްރީނު ޕްރޮގްރާމަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު ގުޅިގެން، 2026 މެއި 12 އިން 14 އަށް ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ކައުންސިލްގެ ރެކޯޑުތައް ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ބައިނަލްއ...

ޔުމްނާ ޢަލީ
ކުރިނބީ ކައުންސިލް އިދާރާގެ އައު އިމާރާތް ހުޅުވައިފި 📍 ހދ. ކުރިނބީ

ކުރިނބީ ކައުންސިލް އިދާރާގެ އައު އިމާރާތް ހުޅުވައިފި

ތިލަދުންމަތީ ދެކުނުބުރީ (ހދ.) ކުރިނބީ ކައުންސިލް އިދާރާގެ އައު އިމާރާތް އިއްޔެ ރަސްމީކޮށް ހުޅުވައިފިއެވެ. ކުރިނބީ ކައުންސިލުން ބުނިގޮތުގައި ރަސްމީކޮށް މިއޮފީސް އިމާރާތް ހުޅުއްވައިދެއްވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ނިމާލް އާއި ކުރިނބީ ކައުންސިލްގެ ރައީސް ޢަބްދުﷲ އަސްލަމް އެވެ. ކުރިނބީ ކައުންސިލްގެ އައު ކައުންސިލް އިމާރާތުގެ މަޝްރޫއަކީ އެލްޖީއޭގެ ޕީއެސް.އައިޕީ ބަޖެޓުގައި ހިމެނިގެން، ކުރިނބީ ކައުންސިލާއި ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫއެކެވެވ...

ޔުމްނާ ޢަލީ
މަނަދޫގެ މައްޗަށް ހޯދި މޮޅާއެކު ދިއްދޫ ފަރަގު ބޮޑުކޮށްފި 📍 ހއ. ދިއްދޫ

މަނަދޫގެ މައްޗަށް ހޯދި މޮޅާއެކު ދިއްދޫ ފަރަގު ބޮޑުކޮށްފި

ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގު އަށް ވަނަ މެޗުގައި ދިއްދޫ އިން 3-0 އިން މަނަދޫ ބަލިކޮށް ތާވަލުގެ އެއްވަނައިގެ ފަރަގު މިއަދު ބޮޑުކޮށްފިއެވެ. މިއަދުގެ މެޗުގައި ދިއްދޫއިން މަނަދޫ ގޯލު ހުޅުވާލި ލަނޑު ޖަހާފައި ވަނީ 19 ވަނަ މިނިޓްގައި ޖޯޒީ ނަންބަރު 7 ތައުމީން ނޫހެވެ. ދިއްދޫގެ ދެވަނަ ގޯލެއް ވެސް ޖަހައިދިނީ ފުރަތަމަ ގޯލް ޖަހައިދިން ތައުމީން ނޫހެވެ. އެއީ 38 ވަނަ މިނިޓްގައި ޖަހައިދިން ގޯލެކެވެ. ދިއްދޫ ލީޑު […]

ޔުމްނާ ޢަލީ
ކުޅުދުއްފުށި ސިޓީގައި މިއުޒިއަމެއް ތަރައްޤީކުރަން ހަވާލުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީގައި މިއުޒިއަމެއް ތަރައްޤީކުރަން ހަވާލުކޮށްފި

ހދ. ކުޅުދުއްފުށި ސިޓީގައި މިއުޒިއަމެއް ތަރައްޤީކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށް، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި މަޝްރޫޢަކީ އެ ސިޓީގެ ތާރީޚާއި ސަގާފަތް ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި، މި މަސައްކަތް ހަވާލުކޮށްފައިވަނީ ގިބްސް ޕްރައިވެޓް ލިމިޓެޑް އާއެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ކައުންސިލާއި އެ ކުންފުންޏާ ދެމެދު ވަނީ ރަސްމީކޮށް އެއްބަސްވުމުގައި ސޮއިކޮށ...

ޔުމްނާ ޢަލީ
ހަނިމާދޫގެ މައްޗަށް ކުރި ހޯދައި އޭދަފުށި ލީގަށް ކުރާ އުންމީދު އައުކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫގެ މައްޗަށް ކުރި ހޯދައި އޭދަފުށި ލީގަށް ކުރާ އުންމީދު އައުކޮށްފި

ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގު ހަތް ވަނަ މެޗުގައި ހަނިމާދޫ އާއި އޭދަފުށި މިއަދު ބައްދަލުކުރި މެޗު 4-2 އިން ކާމިޔާބުކޮށް އޭދަފުށި ލީގަށް ކުރާ އުންމީދު އައު ކޮށްފިއެވެ. އޭދަފުށީގައި މިއަދު ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ ހަނިމާދޫންނެވެ. އެއީ 29 ވަނަ މިނިޓްގައި ނޫރުﷲ ތޯހާ ނަގައިދިން ކޯނަރެއް ގޯލްގެ ތެރެއަށް ވައްދާލައިގެން އެޓީމްގެ ޖޯޒީ ނަންބަރު 30 މުހައްމަދު މަފާޒް ޖަހައިދިން ލަނޑެކެވެ. މި ހާފު ނިމުނީ […]

ޝިއުނާ އާދަމް
ހަނިމާދޫ، އޭދަފުއްޓާއި ދެކޮޅަށް ނުކުންނަ އިރު މޯޑު ''ވާނުވާ ސަސްޕެންޝަން''އެއްގައި ހުރުމުން ކަންބޮޑުވުން 📍 ހދ. ހަނިމާދޫ

ހަނިމާދޫ، އޭދަފުއްޓާއި ދެކޮޅަށް ނުކުންނަ އިރު މޯޑު ''ވާނުވާ ސަސްޕެންޝަން''އެއްގައި ހުރުމުން ކަންބޮޑުވުން

ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގު ހަތް ވަނަ މެޗުގައި ހަނިމާދޫ މިއަދު އޭދަފުއްޓާ ދެކޮޅަށް ނުކުންނައިރު، ހަނިމާދޫ ޓީމުގެ ކެޕްޓަން މުހައްމަދު ހަސަން ”ވާނުވާ ސަސްޕެންޝަން”ގައި ހުރުމަކީ ކަންބޮޑުވުމެއްކަމަށް ޓީމް ހަނިމާދޫ އިން ބުނެފިއެވެ. ޓީމް ހަނިމާދޫގެ އޮފިޝަލަކު ”ތިލަދުން” އަށް ބުނީ ހަނިމާދޫ ޓީމު މިއަދުގެ މެޗަށް ތައްޔާރުވެފައިވާ ކަމަށާއި، ނަމަވެސް ޓީމުގެ ކެޕްޓަން މުހައްމަދު ހަސަން (މޯޑު) ސަސްޕެންޝަންގައި ހުރުމަކީ ޓީމަށް ލިބޭނެ އުނިކަމެއް ކަމަށެވެ. ނަމަވެސް މޯޑު ނެތްތަން ފޫބައްދައި […]

ޔުމްނާ ޢަލީ
ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (2)

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (2)

ކުރީގެ އަދަދާއި ގުޅޭ: ” ހަމަ އަސްލުވެސް ހާދަ ހޭންޑްސަމް ބޯއީއެކޭ.” ކަޅި ޖަހާ ނުލާ ބަލަައްޓައިގެން ހުރެ ލީނާ ވެސް އާއިޒަށް ތަޢުރީފް ކުރިއެވެ. ތުންފަތަށް ވައްތަރެއް ޖައްސައިގެން ހުރެ މާޔާ ދެ ފަރާތަށް ބޯ ހޫރާލީ ފޫހިކަމާއެކުއެވެ. ” ކަލޭމެންނަށް ރީތި ވާނެ މި ތަނަށް ގަސްބުޑެއް ލެއްގިޔަސް. ” މާޔާ ބުންޏެވެ. މާޔާގެ ޖުމްލައަށް ސަމާލުކަން ދޭނެ އެކަކު ވެސް އެތާ ނެތް ކަހަލައެވެ. އެ މީހުން ދިޔައީ ކުރިއަށް ހިނގަމުންނެވެ. ” […]

ސަލާމާ ޢަބްދުލް ޢަލީމް
މަސައްކަތްކުރަނީ ޕީއެންސީ ފިކުރުގައި، ސޮއިކުރީ 2028 ކާމިޔާބުކޮށްދިނުމުގެ ހެޔޮ ނިޔަތުގައި: ސޮބާހް 📍 ހއ. އިހަވަންދޫ

މަސައްކަތްކުރަނީ ޕީއެންސީ ފިކުރުގައި، ސޮއިކުރީ 2028 ކާމިޔާބުކޮށްދިނުމުގެ ހެޔޮ ނިޔަތުގައި: ސޮބާހް

އޭނާގެ މަސައްކަތް އަބަދުވެސް ކުރަށްވަމުން ގެންދެވީ ޕީއެންސީގެ ފިކުރުގައި ކަމަށާއި، އެ ޕާޓީއަށް ރަސްމީކޮށް ސޮއިކުރެއްވީ، ޕީއެންސީ އަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދިނުމުގެ ހެޔޮ ނިޔަތުގައި ކަމަށް ހއ. އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ވިދާޅުވެއްޖެއެވެ. ވެރިކަން ކުރާ ޕީއެންސީއަށް ރަސްމީކޮށް އިއްޔެ ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ސޮބާހް ވިދާޅުވީ، ޕާޓީގެ ފިކުރުގައި އަބަދުވެސް މަސައްކަތްކުރަމުން އައީ އެ ޕާޓީއާ...

ޔުމްނާ ޢަލީ