މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ހދ. ކުޅުދުއްފުށި ސިޓީގައި 400 ހައުސިންގ ޔުނިޓް އެޅުމަށް ބިޑަށް 📍 ހދ. ކުޅުދުއްފުށި

ހދ. ކުޅުދުއްފުށި ސިޓީގައި 400 ހައުސިންގ ޔުނިޓް އެޅުމަށް ބިޑަށް

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހދ. ކުޅުދުއްފުށި ސިޓީގައި 400 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން ބިޑަށް ހުޅުވާލައިފި އެވެ. މިނިސްޓްރީ އޮފް ފިނޭންސް އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން، ޑިޒައިން އެންޑް ބިލްޑް އުސޫލުން ހދ. ކުޅުދުއްފުށީގައި 400 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާކަމަށެވެ. މިމަސައްކަ...

އަލީ އާދިލް
ކަނޑިތީމުގެ ތާރީޚާއި ސަގާފަތާއި ތަރިކަ ރައްކާތެރިކޮށް އާލާކުރުމަށް ކޮމިޓީއެއް 📍 ށ. ކަނޑިތީމު

ކަނޑިތީމުގެ ތާރީޚާއި ސަގާފަތާއި ތަރިކަ ރައްކާތެރިކޮށް އާލާކުރުމަށް ކޮމިޓީއެއް

ށ. ކަނޑިތީމުގެ ތާރީޚާއި ސަގާފަތާއި ތަރިކަ ރައްކާކޮށް ދިރުވާ އާލާކުރުމަށް ކޮމިޓީއެއް އެކުލަވާލުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ކަނޑިތީމު ކައުންސިލްގެ ރައީސް އަހްމަދު އަހްސަން ވިދާޅުވީ މިކޮމިޓީ އެކުލަވާލުމަށް ހަމަޖެހިފައިވަނީ 7 މެމްބަރުންނާއި އެކުގައި ކަމަށެވެ. މި ކޮމިޓީގެ މެމްބަރަކަށް ވުމަށް ޝައުގުވެރިލައްވާ ފަރާތްތަކަށް އެކައުންސިލްގެ ފަރާތުން ވަނީ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން އެފަރާތްތަކުން https://forms.gle/ijVbYAEvekHzipAs8 މި ލިންކް މެދުވެރ...

އައިޝަތު ނަސާޔާ
ކެލާގައި ލޯކަލް މާރުކޭޓެއް އަޅައިދޭނެ ފަރާތެއް ހޯދަނީ 📍 ހއ. ކެލާ

ކެލާގައި ލޯކަލް މާރުކޭޓެއް އަޅައިދޭނެ ފަރާތެއް ހޯދަނީ

ހއ. ކެލާ ބަނދަރު ސަރަހައްދުގައި ލޯކަލް މާރުކޭޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. ކެލާ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތަށް ކަމަށް މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި ފެބުރުއަރީ މަހުގެ 17 ވަނަ ދުވަހުގެ 13:00 އަށް އެއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފު ކުރުމަށް އެދޭކަމަށެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން، މިމަހުގެ 28 ވަނަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު […...

އައިޝަތު ނަސާޔާ
ކުރީ ސަރުކާރުގައި ކިނބުލަށް ހެދިގޮތް އަދިވެސް ނޭނގޭ: ރާޢީ 📍 ހދ. މަކުނުދޫ

ކުރީ ސަރުކާރުގައި ކިނބުލަށް ހެދިގޮތް އަދިވެސް ނޭނގޭ: ރާޢީ

މާލޭ ކުޑަކުދިންގެ ބަގީޗާގައި ކުރިން އޮތް ކިނބޫ، ކުރީ ސަރުކާރު ދުވަސްވަރު ގެއްލުވާލާފައިވާ ކަމަށާއި، އަދިއަދަށް ދާންދެންވެސް އެ ކިނބުލަށް ހެދިގޮތެއް ނޭނގޭކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. މެންބަރު ރާޢީ މިހެން ވިދާޅުވީ މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި އޭނާ ސްޕޮންސާކުރަށްވައި، ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ، ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަޤްވާމީ ވިޔަފާރިކުރުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ....

އަލީ އާދިލް
ރަށުޕިކަޕުގެ ހުރިހާ ސްޕެއަރ އެއްމެ އަގުހެޔޮކޮށް، ބެސްޓް ބަޑީގެ ފިހާރަތަކުން

ރަށުޕިކަޕުގެ ހުރިހާ ސްޕެއަރ އެއްމެ އަގުހެޔޮކޮށް، ބެސްޓް ބަޑީގެ ފިހާރަތަކުން

ރާއްޖޭގެ މަސައްކަތްތެރިންގެ އިތުބާރު ހޯދާފައިވާ ރަށު ޕިކަޕުގެ ހުރިހާ ސްޕެއަރ ޕާރޓްސްއެއް އެންމެ އިތުބާރާއި ޔަގީން ކަމާއި އެކު އެންމެ އަގުހެޔޮކޮން ލިބެން ހުރި ފިހާރަ އަކީ ބެސްޓް ބަޑީގެ ފިހާރަތަކެވެ. ރާއްޖެ އަށް އެންމެ ފުޅާ ދާއިރާއެއްގައި ރަށު ޕިކަޕް އެތެރެކުރާ ފަރާތްކަމުގައިވާ ބެސްޓް ބަޑީއިން އަންނަނީ ރަށު ޕިކަޕުގެ ޓެކްނިކަލް ސަޕޯޓުވެސް ފުޅާދާއިރާއެއްގައި ދެމުންނެވެ. އަދި އާފްޓަރސޭލްސް ސާރވިސް ވެސް އެފިހާރައިން އަންނަނީ ފޯރުކޮށްދެމުންނެވެ. ރަށުޕިކަޕަކީ ބޭނުން ބޮޑުވެފައި ގެންގުޅެން ކުޑަބަޖެޓަކުން...

އިބްރާހިމް އަސްވާޤް
ދިއްދޫ ކަނބަލުންނަށް ހާއްސަކޮށްގެން ފަނުން ތަކެތި ވިޔަން ދަސްކޮށްދޭ ޕްރޮގްރާމެއް 📍 ހއ. ދިއްދޫ

ދިއްދޫ ކަނބަލުންނަށް ހާއްސަކޮށްގެން ފަނުން ތަކެތި ވިޔަން ދަސްކޮށްދޭ ޕްރޮގްރާމެއް

ހއ. ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން އިންތިޒާމް ކޮށްގެން އެރަށުގައި ފަނުން ތަކެތި ވިޔަން ދަސްކޮށްދޭ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ދިއްދޫ އަންހެނުންގެ ކޮމިޓީގެ ރައީސާ އާމިނަތު ނަހުލާ ވިދާޅުވީ މިއީ ރަށުގެ އަންހެން ބޭފުޅުންނަށް ހާއްސަކޮށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ހަރަކާތެއް ކަމަށެވެ. 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 14 ދުވަހުގެ ނިޔަލ...

އައިޝަތު ނަސާޔާ
ރަށުގެ އެކި ތަންތަނަށް ކުނި ނޭޅުމަށް ތަކަންދޫ ކައުންސިލުން އެދިއްޖެ 📍 ހއ. ތަކަންދޫ

ރަށުގެ އެކި ތަންތަނަށް ކުނި ނޭޅުމަށް ތަކަންދޫ ކައުންސިލުން އެދިއްޖެ

ހއ. ތަކަންދޫގެ އެކި ސަރަހައްދުތަކަށް ބައެއް ފަރާތްތަކުން ގަވާއިދާއި ޚިލާފަށް ކުނި އަޅަމުން ދާތީ އެކަން އެގޮތަށް ނުކުރުމަށް އެރަށު ކައުންސިލުން އެދިއްޖެއެވެ. އެރަށު ކައުންސިލުން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރަށަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލު ކުރުމަށް އެކައުންސިލުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ރަށުގެ ބައެއް ސަރަހައްދު ތަކަށް އަޅާފައިވާ ކުނި ނަގާ ސާފުކޮށް އެސަރަހައްދުތަކަށް ކުނި ނޭޅުމަށް ބޯޑު ތަކެއް ވަނީ ޖަހާފައެވެ. އަދި ކުނިއެޅުމަށް ހާއްސަ ކޮށްފައިވާ ސަރަހައްދ...

އައިޝަތު ނަސާޔާ
ފެނަކަ ސީއެސްއާރުގެ ދަށުން ށ. އަތޮޅު ތައުލީމީ މަރުކަޒަށް 10 ޓީވީ ހަދިޔާކޮށްފި

ފެނަކަ ސީއެސްއާރުގެ ދަށުން ށ. އަތޮޅު ތައުލީމީ މަރުކަޒަށް 10 ޓީވީ ހަދިޔާކޮށްފި

ފެނަކަ ކޯޕަރޭޝަންގެ ސީއެސްއާރުގެ ދަށުން ށ. ކޮމަންޑޫގައި ހުންނަ އެއަތޮޅު ތައުލީމީ މަރުކަޒަށް 55 އިންޗީގެ 10 ޓީވީ ހަދިޔާކޮށްފިއެވެ. މިއީ އެ ތަޢުލީމީ މަރުކަޒުގެ ކުލާސްރޫމްތައް އަޕްގުރޭޑް ކުރުމަށް ބޭނުންވާ އެހީތެރިކަމެކެވެ. މިކަމަށްޓަކައި އެމަރުކަޒުގެ ހުރިހާ ދަރިވަރުންނާއި، ބެލެނިވެރިންނާއި މުވައްޒަފުންނާއި، ސީނިޔަރ މެޖޭޖުމެންޓާއި އަދި ޕީޓީއޭގެ ފަރާތުން، ފެނަކަ ކޯޕަރޭޝަންގެ އެމްޑީއަށާއި އަދި ހުރިހާ މުވައްޒަފުންނަށް ވަރަށް ހާއްސަ ޝުކުރެއް ވަނީ ދަންނަވާފައެވެ. ފެނަކައިގެ ސީއެސްއާރުގެ ދަށުން މީގެކުރިން...

އައިޝަތު ނަސާޔާ
ދޫނިތައް މަރާލުން ކުށްވެރިކުރަން، އެކަން ބަލައެއް ނުގަނެވޭނެ: ރާޝިދު 📍 ށ. ކޮމަންޑޫ

ދޫނިތައް މަރާލުން ކުށްވެރިކުރަން، އެކަން ބަލައެއް ނުގަނެވޭނެ: ރާޝިދު

ދޫނިތައް މަރާލި މަރާލުން ކުށްވެރިކުރަށްވާ ކަމަށާއި، އެކަން ބަލައެއް ނުގަނެވޭނެ ކަމަށް ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޝިދު ވިދާޅުވެއްޖެއެވެ. ކޮމަންޑޫ ދާއިރާ ކުރިން ތަމްސީލް ކުރެއްވި މެންބަރު ޙުސައިން ވަޙީދު އަވަހާރަވުމުން މިމަހުގެ 5 ވަނަ ދުވަހު ބޭއްވި ބައި-އިލެކްޝަންގައި އެ ގޮނޑި ކާމިޔާބުކުރެއްވުމަށްފަހު، ރާޝިދު މެންބަރުކަމުގެ ހުވާ ކުރެއްވީ މިއަދު ހެނދުނުއެވެ. އެއަށްފަހު އޭނާ ވަނީ މިއަދުގެ މަޖިލިސް ޖަލްސާގައި ބައިވެރިވެވަޑައިގެންފައެވެ. ޤަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރި ދޫނި ތަކެއް މަރ...

ޙުސައިން ޝަހުދީ
ފުނަދޫ އަންހެނުންގެ ކޮމެޓީން ޤިރާއަތު ލެވެލްގެ ކޯސްތަކެއް ފަށަނީ 📍 ށ. ފުނަދޫ

ފުނަދޫ އަންހެނުންގެ ކޮމެޓީން ޤިރާއަތު ލެވެލްގެ ކޯސްތަކެއް ފަށަނީ

ށ. ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން އިންތިޒާމް ކޮށްގެން އެރަށުގައި ޤިރާއަތު ލެވެލްގެ ކޯސްތަކެއް ފެށުމަށް ހަމަޖެހިއްޖެއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އެރަށު އަންހެނުންގެ ކޮމިޓީގެ ރައީސާ ފަރުޒާނާ އާދަމް ވިދާޅުވީ މިކޯހުގައި ބައިވެރިވުމުގެ ފުރުސަތު އެރަށު ސްކޫލްގެ ގްރޭޑް 6 އަކުން މަތީގެ ދަރިވަރުންނަށާއި ރަށުގެ ރައްޔިތުންނަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން މިކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިމަހުގެ 13 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރ...

އައިޝަތު ނަސާޔާ
ނޮޅިވަރަމް ފެނަކަ އާ އޮފީސް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަނީ 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ފެނަކަ އާ އޮފީސް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަނީ

ހދ.ނޮޅިވަރަމް ފެނަކަ ބްރާންޗްގެ އާ އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އިޢުލާން ކޮށްފިއެވެ. މިއީ ފެނަކައިން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރި ދެވަނަ އިޢުލާނެވެ. ފުރަތަމަ މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ އޮފީހުން އިޢުލާން ކޮށްފައި ވަނީ ފާއިތުވި އަހަރު ޑިސެމްބަރ މަހުގެ 19 ވަނަ ދުވަހުއެވެ. މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކުންފުނިން ކުރިންކުރި އިޢުލާނަށް އެކަށީގެންވާ […]

އިބްރާހިމް ޚަލީލް
ރާޝިދު ހުވާ ކުރައްވައިފި 📍 ށ. ކޮމަންޑޫ

ރާޝިދު ހުވާ ކުރައްވައިފި

މިމަހުގެ 5 ވަނަ ދުވަހުއޮތް ރައްޔިތުންގެ މަޖިލިސްގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި، މުހައްމަދު ރާޝިދު، މެންބަރު ކަމުގެ ހުވާ ކުރައްވައިފި އެވެ. އެދާއިރާ ގޮނޑި ހުސްވެފައިމިވަނީ އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ. މިއަދު ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ރާޝިދަށް މެންބަރު ކަމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އެވެ. މިިރަސްމިއްޔާތުގައި ރައްޔި...

ޔުމްނާ ޢަލީ
ފީވަށް ބަނދަރުގެ މަސައްކަތް ނިންމާލައިފި 📍 ށ. ފީވަށް

ފީވަށް ބަނދަރުގެ މަސައްކަތް ނިންމާލައިފި

ށ. ފީވަށް ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް 29 ޖެނުއަރީ ގައި ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއަކީ 67.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން، 40,420 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 14,743 ކިއުބިކް މީޓަރު ނެރު ފުންކުރުމާއި، 474 މީޓަރު އެއްގަމު ތޮށި ލުމާއި 356 […]

އަޙްމަދު ވަހީދު
ކުޅުދުއްފުށި އެއާޕޯޓުގެ ގޮނޑުދޮށް ހިމާޔަތް ކުރަން އެމްޓީސީސީއާ ހަވާލު ކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި އެއާޕޯޓުގެ ގޮނޑުދޮށް ހިމާޔަތް ކުރަން އެމްޓީސީސީއާ ހަވާލު ކޮށްފި

ހދ. ކުޅުދުއްފުށީ އެއާޕޯޓް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ސަރުކާރުން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ. މި މަޝްރޫއުގެ ދަށުން، 882 މީޓަރުގެ ބޮޑުހިލަ ރިވެޓްމެންޓް ޖަހައި، 30 މީޓަރުގެ ގްރޮއިންސް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 42.37 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި...

އަޙްމަދު ވަހީދު
ހދ. އަތޮޅު މަދަރުސާ 12 ކްލާސްރޫމްގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ. އަތޮޅު މަދަރުސާ 12 ކްލާސްރޫމްގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ. ވައިކަރަދޫގައި ހުންނަ ހދ. އަތޮޅު މަދަރުސާގައި އިމާރާތް ކުރަން ފަށާފައިވާ 12 ކުލާސް ރޫމުގެ ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތާއި ގުޅިގެން 07 ފެބްރުއަރީ 2022 ގައި ފިނޭންސްމިނިސްޓްރީން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެދިލެއްވުމުގެ މަތިން، ހދ. އަތޮޅު މަދަރުސާގެ 12  ކްލާސްރޫމް އިމާރާތުގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. މިމަސައްކަތަށް ބިޑު ހުށ...

އިބްރާހިމް ޚަލީލް