މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
އައްޝަމަށް ފުރޮޅުލީ ގޮނޑީގައި ގެއަށް ވަދެ ނުކުމެވޭނޭގޮތް މިޑްލް ސްޕޯޓްސް ކުލަބުން ފަހި ކޮށްދީފި 📍 ހއ. ދިއްދޫ

އައްޝަމަށް ފުރޮޅުލީ ގޮނޑީގައި ގެއަށް ވަދެ ނުކުމެވޭނޭގޮތް މިޑްލް ސްޕޯޓްސް ކުލަބުން ފަހި ކޮށްދީފި

ހއ. ދިއްދޫ މުލައްމާގޭ މުހައްމަދު އައްޝަމަށް ފުރުޅުލީ ގޮނޑީގައި އިތުރު މީހެއްގެ އެހީތެރިކަމާއި ނުލައި ގެއަށް ވަދެނުކުމެވޭނޭ ގޮތަށް، އެ ގޭގެ ދޮރުމަތީގައި ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުގެ ފަރާތުން ރޭމްޕެއް އަޅައިފިއެވެ. މުހައްމަދު އައްޝަމަކީ އުމުރުން 9 އަހަރުގައި ކުޅެން އުޅެނިކޮށް ފަޔަށް ލިބުނު އަނިޔާއަކާއި ގުޅިގެން ފުރުޅުލީ ގޮނޑި ބޭނުން ކުރަމުން އަންނަ ކުއްޖެކެވެ. ފާއިތުވި ހަތަރު އަހަރެއްހާ ދުވަހު އެ ގޭގެ ދޮރުމަތީގައި، ފުރުޅުލީ ގޮނޑީގައި ގެއަށް ވަދެ ނުކުމެވޭނޭ އިންތިޒާމެއް ހަމަޖެހިފައި […]

އިބްރާހިމް ޚަލީލް
މަރުގެ އިންޒާރާއި އެކު ރާޢީ ބުނީ "ފުރާނަ ހިއްޕަވަނީ މާތް ﷲ، އެމް ޑީން، ނެއް ނޫން"

މަރުގެ އިންޒާރާއި އެކު ރާޢީ ބުނީ "ފުރާނަ ހިއްޕަވަނީ މާތް ﷲ، އެމް ޑީން، ނެއް ނޫން"

މަކުނުދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ރާއީއަށް މަރުގެ އިންޒާރު ދީފިއެވެ. މެންބަރު ރާއީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގުންޑާއިން ފޮނުވައިގެން އިންޒާރު ދީ މަރާލަން ބުނި ނަމަވެސް ބިރު ނުގަންނަ ކަމަށެވެ. “ފުރާނަ ހިއްޕަވަނީ މާތް ﷲ، އެމް ޑީން، ނެއް ނޫން” ރާއީ ކުރެއްވި ޓުވިޓެއްގައި ވިދާޅުވިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރާޢީ އަށް މަރުގެ އިންޒާރު ދިނީ މިރޭ 9:30 ހާއިރު ރަސްފަންނު ސަރަހައްދުގައި ހުންނަވަނިކޮށް ސައިކަލެއްގައި އެތަނަށް ދިޔަ ދެމީހެކެވެ. “އެމްޑީންނަށް […]

އަލީ އާދިލް
ދިއްދޫ ދިއްގާ ފައުންޑޭޝަނުން އެ ރަށުގެ ޣާޒީ ޕްރީސްކޫލަށް އެހީތެރިކަން ފޯރުކޮށްދީފި 📍 ހއ. ދިއްދޫ

ދިއްދޫ ދިއްގާ ފައުންޑޭޝަނުން އެ ރަށުގެ ޣާޒީ ޕްރީސްކޫލަށް އެހީތެރިކަން ފޯރުކޮށްދީފި

ހއ.ދިއްދޫގައި އިޖުތިމާޢީ ކަންކަމުގައި ހަރަކާތްތެރިވަމުން އަންނަ ދިއްގާ ފައުންޑޭޝަންގެ ފަރާތުން އެ ރަށުގައި ހުންނަ ޣާޒީ މުޙައްމަދު ޕްރީސްކޫލަށް އެހީތެރިކަން ފޯރުކޮށް ދީފިއެވެ. އެ ފައުންޑޭޝަނުން މިއަދު ވަނީ އެ ޕްރީސްކޫލަށް ލެޕްޓޮޕަކާއި ޕްރިންޓަރެއް ހަދިޔާކޮށްފައެވެ. ދިއްގާ ފައުންޑޭޝަންގެ ފަރާތުން މި ތަކެތި ހަވާލު ކޮށްދެއްވާފައި ވަނީ ފައުންޑޭޝަންގެ ޖެނެރަލް ސެކްރެޓަރީ، އަޙުމަދު ތަލްހަތާއި އެސިސްޓެންޓް ޖެނެރަލް ސެކްރެޓަރީ އާޒިމް މުޙައްމަދުގެ އިތުރުން ސްޕޯކްސްޕާސަން މަރިޔަމް ޝަފާޒާއެވެ. ޕްރީސްކޫލްގެ...

އިބްރާހިމް ޚަލީލް
ޤުރްއާނާބެހޭ މަރުކަޒުގެ އުތީމު ގޮފީގައި މި އަހަރުގެ ފުރަތަމަ ސެމިސްޓާގައި 4 ކޯހެއް، 120 ޖާގަ 📍 ހއ. އުތީމު

ޤުރްއާނާބެހޭ މަރުކަޒުގެ އުތީމު ގޮފީގައި މި އަހަރުގެ ފުރަތަމަ ސެމިސްޓާގައި 4 ކޯހެއް، 120 ޖާގަ

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ހއ. އުތީމު ގޮފީގައި މި އަހަރުގެ ފުރަތަމަ ސެމިސްޓާގައި ހިންގާ ކޯސްތައް ޢިއުލާން ކޮށްފިއެވެ. ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން މިއަދު ކުރި ޢިއުލާނެއްގައި ބުނެފައި ވަނީ، އެ މަރުކަޒުގެ ހއ. އުތީމު ގޮފީގައި 2022 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓާ ގައި 4 ކޯހެއް ފެށުމަށް ނިންމާފައިވާ ކަމަށެވެ. އެ ކޯސްތަކަކީ، ޤިރާއަތު ސެޓްފިކެޓް 1 ކޯހާއި، ޤިރާއަތު ސެޓްފިކެޓް 2 ކޯހާއި، ޤިރާއަތު ސެޓްފިކެޓް 3 ކޯހާއި، އަދި ޤާރީކަމުގެ […]

ޔުމްނާ ޢަލީ
މުރައިދޫ ބަނދަރުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް 📍 ހއ. މުރައިދޫ

މުރައިދޫ ބަނދަރުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް

ހއ. މުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށްދަނީ އާ ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތް ކަމަށެވެ. މި މަޝްރޫއުގެ ދަށުން، 212 މީޓަރުގެ އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ބޭރުތޮށި ލުމާއި، 107 މީޓަރުގެ ބޭރުތޮށި މަރާމާތު ކުރުމާއި، 105 މީޓަރުގެ ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. އަދި، 50 […]

އަޙްމަދު ވަހީދު
ދިވެހި ކިޔަވައިދޭނެ މުދައްރިސަކު ނެތުމުން، ނޭކުރެންދޫ ސުކޫލު ބެލެނިވެރިން މުޒާހަރާކޮށްފި 📍 ހދ. ނޭކުރެންދޫ

ދިވެހި ކިޔަވައިދޭނެ މުދައްރިސަކު ނެތުމުން، ނޭކުރެންދޫ ސުކޫލު ބެލެނިވެރިން މުޒާހަރާކޮށްފި

ދިވެހި ކިޔަވައިދޭނެ މުދައްރިސަކު ނެތުމުން، ނޭކުރެންދޫ ސުކޫލު ބެލެނިވެރިން މުޒާހަރާކޮށްފި އެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ޒިންމާ ތަކާއި މެދު ސުވާލު އުފައްދާ އެސުކޫލުގެ ގިނަ އަދަދެއްގެ އަންހެން ބެލެނިވެރިން މުޒާހަރާކޮށްފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގަ އެވެ. މިނޫހަށް މަޢުލޫމާތު ދެމުން އެ މުޒާހަރާގެ ބައިވެރިއަކު ބުނެފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 10 ވަނަ ދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް މުދައްރިސެއްގެ ފަޅުކަމާއި އެކު ދިވެހި ގަޑި ނަގައި ނުދެވި ސުކޫލު ހިންގަމުން އަންނަ ކަމަށެވެ....

އަލީ އާދިލް
ކޮމަންޑޫ ކައިރި ތިން ރަށުގައި ރިސޯޓް ހަދަން ދޫކުރުން ކޯޓުން ހުއްޓުވައިފި 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ކައިރި ތިން ރަށުގައި ރިސޯޓް ހަދަން ދޫކުރުން ކޯޓުން ހުއްޓުވައިފި

ށ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ދިމާކޮށް އެރަށް ކައިރި ތިން ރަށެއްގައި ރިސޯޓް ހަދަން ކުއްޔަށް ދޭން ސަރުކާރުން ނިންމާފައި ވަނިކޮށް އެކަން ސިވިލް ކޯޓުން ހުއްޓުވައިފި އެވެ. ށ. މެދުރަށާއި ށ.މައިރަށާއި ށ. ދިގުރަށުގައި ރިސޯޓް ހަދަން ބިޑް ހުށަހަޅަން މިދިޔަ މަހު ސަރުކާރުން އިއުލާންކުރީ ރިސޯޓް ހެދުމަށްޓަކައި ގިނަ ރަށްތަކެއް މިދިޔަ އޮކްޓޫބަރު މަހު ދޫކުރަން ނިންމާފައި ވަނިކޮށެވެ. ބައި އިލެކްޝަނާ ދިމާކޮށް ކުއްލި ގޮތަކަށް ތިން ރަށް ކުއްޔަށް ދޫކުރަން ނިންމުމުން […]

ހުސައިން ހަބީބް
ހޯރަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ގުރޫޕެއް ހައްޔަރުކޮށްފި 📍 ހއ. ހޯރަފުށި

ހޯރަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ގުރޫޕެއް ހައްޔަރުކޮށްފި

ހއ. ހޯރަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ގުރޫޕެއް ހައްޔަރުކޮށްފި އެވެ. ފުލުހުންގެ އިދާރާއިން ބުނެފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހޯރަފުށީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މީހުން ހައްޔަރުކޮށްފައިވަނީ މާލެއިން ފުރައިގެން ހޯރަފުއްޓަށް ދަތުރުކުރަމުންދާ ބޯޓަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ނެވެ. ހަތަރު މީހުންގެ މި ގުރޫޕް ހައްޔަ...

އަލީ އާދިލް
ޕޭސްޓްރީ ދާއިރާގައި 14 އަހަރު، ޝާޒީގެ މާޒީ ގުޅެނީ ފީވަކުގައި ހުރި އާއިލީ ބޭކަރީ އާއި

ޕޭސްޓްރީ ދާއިރާގައި 14 އަހަރު، ޝާޒީގެ މާޒީ ގުޅެނީ ފީވަކުގައި ހުރި އާއިލީ ބޭކަރީ އާއި

މީގެ ސާޅީހަކަށް އަހަރު ކުރިއަށް ބަލައިލާއިރު، ބޭކަރީގެ މަސައްކަތަކީ ރާއްޖޭގައި އެހާ އާންމު މަސައްކަތެއް ނޫނެވެ. ހާއްސަކޮށް އަތޮޅު ތެރޭގައެވެ. ނަމަވެސް ށ. ފީވަކުގައި އައްޑިހައިގެ އަހަރުތަކުގައި ބޭކަރީއެއް ހުއްޓެވެ. އެތަނުގައި ފާރޮއްޓާއި ޕާން ފިހުނެވެ. އެއީ މި ރިޕޯޓް މި ހާއްސަކުރާ މަރިޔަމް ޝާޒީގެ ބައްޕަގެ ބޭކަރީއެވެ. އެތަން ހިންގާފައި ވަނީ ޝާޒީގެ މަންމައާއި ބައްޕަގެ އިތުރުން އާއިލާގެ މެމްބަރުންގެ އަމިއްލަ މަސައްކަތުންނެވެ. ވުމާއިއެކު ޝާޒީގެ އާއިލާގެ މާޒީ އޮތީ ބޭކަރީގެ މަސައްކަތާއި ގުޅި ލާމެހިފައެވ...

އިބްރާހިމް ޚަލީލް
ހަނިމާދޫ ބަނދަރުގެ 55 އިންސައްތަ ނިމިއްޖެ 📍 ހދ. ހަނިމާދޫ

ހަނިމާދޫ ބަނދަރުގެ 55 އިންސައްތަ ނިމިއްޖެ

ހދ. ހަނިމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 55 އިންސައްތަ ނިމިއްޖެއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މިހާރު ކުރިއަށްދަނީ އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތަކެވެ. އަދި ވެލި ބަރުކޮށްގެން ބޭރުތޮށި ލުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ. މި މަޝްރޫއުގެ ދަށުން، 53,522.50 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަ ބޭސިން ފުންކޮށް، 31,575.50 ކިއުބިކް މީޓަރުގެ ބަނދަރުގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމާއި، 355 މީޓަރުގެ [...

އަޙްމަދު ވަހީދު
އެމްޕީޓީ ޓޫލްސް ފެކްޓްރީ އަގުގައި ގަންނަން ބޭނުންތަ؟

އެމްޕީޓީ ޓޫލްސް ފެކްޓްރީ އަގުގައި ގަންނަން ބޭނުންތަ؟

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިންގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ، އެމްޕީޓީ (މޯސްޓް ޕްރޮފެޝަނަލް ޓޫލްސް) ފެކްޓްރީ އަގުގައި ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ބެސްޓް ބަޑީއިން ހުޅުވާލައިފިއެވެ. ޗައިނާގެ ޒިންޖިޔާން ޕްރޮވިންސްގެ ކުންފުންޏެއްކަމަށްވާ ޔަންގްކަންގ ޕަވަރޓެކް އިމްޕޯރޓް އެންޑް އެކްސްޕޯރޓްގެ ކޯޕަރޭޝަން ލިމިޓަޑުން އުފައްދާ އެމްޕީޓީ ބްރޭންޑްގެ ޓޫލްސް ދިވެހިރާއްޖޭގެ އެކްސްކުލޫސިވް އެޖެންޓެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ބެސްޓް ބަޑީއެވެ. ބެސްޓް ބަޑީގެ އޮފިސަލަކު މިނޫހަށް މަޢުލޫމާ...

އިބްރާހިމް އަސްވާޤް
ހަނިމާދޫގައި "އިންޑިއާ މިލިޓަރީ އައުޓް" ކެމްޕޭން ހަރަކާތެއް ހިންގަން ތައްޔާރުވަމުންދާކަމަށް ބުނެފި 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި "އިންޑިއާ މިލިޓަރީ އައުޓް" ކެމްޕޭން ހަރަކާތެއް ހިންގަން ތައްޔާރުވަމުންދާކަމަށް ބުނެފި

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިސްވެ އޮވެ ރާއްޖޭގައި ހިންގާ “އިންޑިއާ މިލިޓަރީ އައުޓް” ކެމްޕޭން ހަރަކާތުގެ އިވެންޓެއް ހދ. ހަނިމާދޫގައި ހިންގުމަށް ތައްޔާރުވަމުން އަންނަކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ. ހަނިމާދޫގެ މީހުން އުޅޭ ސަރަހައްދާއި، އެއާޕޯޓް ސަރަހައްދަށް އިން ވަކިކުރެވިފައިވާ ސަރަހައްދުގައި އިއްޔެ ވަނީ “އިންޑިއާ މިލިޓަރީ އައުޓް” ޖަހާފައިވާ ދެ ބެނާއެއް ދަމާފައެވެ. މީގެއިތުރުން އެރަށަށް މީގެ އަހަރުތަކެއް ކުރިން ހއ. ހަތިފުށިން ހިޖުރަކޮށްފައިވާ...

އަލީ އާދިލް
ޓެކާސް ފުޓްސަލް މުބާރާތުގެ ހދ. އަތޮޅުގެ ޗެމްޕިއަންކަން ކުޅުދުއްފުއްޓަށް 📍 ހދ. ހަނިމާދޫ

ޓެކާސް ފުޓްސަލް މުބާރާތުގެ ހދ. އަތޮޅުގެ ޗެމްޕިއަންކަން ކުޅުދުއްފުއްޓަށް

ޓެކާސްއިން މުޅި ރާއްޖެއަށް އަމާޒުކޮށް ބާއްވާ “ޓެކާސް މައިލޯ ޗެމްޕިއަންޝިޕް މޯލްޑިވްސް ކަޕް” ފުޓްސަލް މުބާރާތުގެ ހދ.އަތޮޅުގެ ޗެމްޕިއަންކަން ކުޅުދުއްފުށިން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު ހޮނިހިރު ދުވަހުގެ ރޭ ނޮޅިވަރަންފަރު ފުޓްސަލް ދަނޑުގައި ކުޅުނުއިރު މި މެޗު ޓީމް ހަނިމާދޫއާއި ވާދަކޮށް ޓީމް ކުޅުދުއްފުށިން ކާމިޔާބު ކޮށްފައި ވަނީ 4-2 ގެ ނަތީޖާއަކުންނެވެ. އެހެން މެޗުތަކެކޭ އެއްގޮތަށް މި މެޗުގައި ވެސް ކުޅުދުއްފުށި ޓީމްގެ ފަރާތުން ފެނިގެން ގޮސްފައި ވަނީ މޮޅު ޑިފެންސިވް ގޭމެކެވެ. […]

އިބްރާހިމް ޚަލީލް
ދިއްދޫގައި އަލަށް ހުޅުވި "ލިބޭ" ފިހާރަ އިން ވިޔަފާރި ކޮށްގެން ފައިސާގެ އިނާމެއް ހޯދުމުގެ ފުރުސަތު! 📍 ހއ. ދިއްދޫ

ދިއްދޫގައި އަލަށް ހުޅުވި "ލިބޭ" ފިހާރަ އިން ވިޔަފާރި ކޮށްގެން ފައިސާގެ އިނާމެއް ހޯދުމުގެ ފުރުސަތު!

ހއ. ދިއްދޫގައި އިއްޔެ ހުޅުވި “ލިބޭ-4” ފިހާރަ އިން ވިޔަފާރި ކޮށްގެން އަގުބޮޑު ފައިސާގެ އިނާމެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ، ރާއްޖޭގައި ފުޅާ ދާއިރާ އެއްގައި ވިޔަފާރި ކުރަމުން އަންނަ “ލިބޭ” އިން ދިއްދޫގައި ހުޅުވި ދެވަނަ ފިހާރަ އެވެ. މިފިހާރަ ހުޅުވީ އެރަށު ޓާފް ދަނޑު ކައިރީގަ އެވެ. އެ ކުންފުނީގެ ދެވަނަ ފިހާރަ އިން ކުރާ ކޮންމެ 100ރ އިން މަތީގެ ވިޔަފާރި އަކަށް މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް ކޫޕަނެއް ލިބޭނެކަމަށް އެފަރާތުން […]

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށީގެ އަނބު ގަސްތަކަށް ދިމާވެފައިވާ "ފުރުޓް ފްލައި" ގެ މައްސަލަ ހައްލުކުރަން މަސައްކަތް ފަށައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގެ އަނބު ގަސްތަކަށް ދިމާވެފައިވާ "ފުރުޓް ފްލައި" ގެ މައްސަލަ ހައްލުކުރަން މަސައްކަތް ފަށައިފި

ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލާއި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ގުޅިގެން އެސިޓީގެ އަނބު ގަސްތަކަށް ދިމާވެފައިވާ “ފުރުޓް ފްލައި” ގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ފަށައިފިއެވެ. މިގޮތުން ކުޅުދުއްފުށި ސިޓީ ކައުންސިލުން މިއަދު ވިދާޅުވީ، އެ ސިޓީގެ އަނބު ގަސްތަކަށް ދިމާވެފައިވާ ފުރުޓް ފްލައިގެ މައްސަލައާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަންއާއި، ގުޅުވާލައިގެން ފްރުޓް ފްލައި ކޮންޓްރޯލް ކުރުމަށްޓަކައި ދަންތުރަ ހަރުކުރުމުގެ ޢަމަލީ މަސައްކަތް އެސިޓީގެ ބައެއް ގޭގެއަށް ގޮސް...

އައިޝަތު ނަސާޔާ