މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ދިއްދޫ އާހިޔާ ކުރި ފިހާރައިގެ 2022 ވަނަ އަހަރުގެ ރޯދަ ސޭލް ފެށިއްޖެ 📍 ހއ. ދިއްދޫ

ދިއްދޫ އާހިޔާ ކުރި ފިހާރައިގެ 2022 ވަނަ އަހަރުގެ ރޯދަ ސޭލް ފެށިއްޖެ

ހއ.ދިއްދޫ އާހިޔާ ކުރި ފިހާރައިގެ 2022 ވަނަ އަހަރުގެ ރޯދަ ސޭލް ފެށިއްޖެއެވެ. މިއީ ކޮންމެ އަހަރެއްގެ ވެސް ރޯދަމަހާއި ދިމާކޮށް މުޅި އަތޮޅަށް ހުޅުވާލެވިގެން ކުރިއަށް ގެންދާ ރޯދަ ސޭލެކެވެ. މި ސޭލުން ކުރާ 500 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ދޫކުރެވޭ ކޫޕަނުގެ ގުތުއަތުލުން 03 އޭޕްރިލް 2022 ވަނަ ދުވަހުގެ ރޭ 20:30 ގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެއްވަނައަށް ހޮވޭ ފަރާތަކަށް 10000 (ދިހަހާސް ރުފިޔާ) ވައުޗަރެއް […]

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީ ސެންޓަރު ޙަސަން: އުމުރުގެ ބޮޑުބައި، ބޮޑު ތިލަދުންމަތީގެ ސިއްހީ ދާއިރާއަށް ޚިދުމަތް ކުރެއްވި! 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސެންޓަރު ޙަސަން: އުމުރުގެ ބޮޑުބައި، ބޮޑު ތިލަދުންމަތީގެ ސިއްހީ ދާއިރާއަށް ޚިދުމަތް ކުރެއްވި!

ހދ.ކުޅުދުއްފުށީ ހަސަން އަހްމަދު (ސެންޓަރު ހަސަން) އަކީ ރާއްޖޭގެ ސިއްހީ ދާއިރާގެ ބައްޕައެކެވެ. ރާއްޖޭގައި ޒަމާނީ ބޭސްވެރިކަމުގެ އެއްވެސް ކުލަވަރެއް ނެތް ދުވަސްވަރު، ތަފާތު ބަލިބައްޔަށް ފަރުވާ ފޯރުކޮށް ދިނުމަށް ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ވަރުބަލިކަމެއް ނެތި ދަތުރު ކުރައްވައި ފަރުވާ ފޯރުކޮށްދެއްވި ޚިދުމަތްތެރިއެކެވެ. 1960 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ސިއްހީ ދާއިރާއަށް ޚިދުމަތް ކުރައްވަން ފެއްޓެވި ނަމަވެސް، ރަސްމީކޮށް އެ ދާއިރާއާއި ގުޅިލައްވައި މަސައްކަތް ފައްޓަވާފައި ވަނީ 1964 ވަނަ އަހަރު...

އިބްރާހިމް ޚަލީލް
ނޫމަރާ ސްކޫލުގެ 04 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ށ. ނޫމަރާ

ނޫމަރާ ސްކޫލުގެ 04 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ށ. ނޫމަރާ ސްކޫލުގެ 04 ކްލާސްރޫމް އިމާރާތުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީން އިޢުލާން ކޮށްފިއެވެ. މިކަމާއި ގުޅިގެން މިއަދު އެޑިއުކޭޝަން މިނިސްޓްރީން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިންކުރެވުނު އިޢުލާނާއި ގުޅިގެން، މި މަސައްކަތަށް ޝަރުތު ހަމަވާ އެއްވެސް ފަރާތެއް ކުރިމަތިލާފައި ނުވާތީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. މި މަސައްކަތަށް ބީލަން ހުށަހެޅ...

އިބްރާހިމް ޚަލީލް
ޒިގްޒެގް އިންޓަ އޮފީސް ފުޓްސަލް ޓޯނަމަންޓް ފަށައިފި 📍 ހދ. ކުޅުދުއްފުށި

ޒިގްޒެގް އިންޓަ އޮފީސް ފުޓްސަލް ޓޯނަމަންޓް ފަށައިފި

ހދ. ކުޅުދުއްފުށީގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ ޒިގްޒެގް ފޯ ޔޫތު ލިންކޭޖުން އިންތިޒާމް ކޮށްގެން އެ ރަށުގައި ހުރި ސަރުކާރު މުއައްސަސާތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ “ޒިގްޒެގް އިންޓަ އޮފީސް ފުޓްސަލް ޓޯނަމަންޓް” ފަށައިފިއެވެ. މުބާރާތް 15 ފެބްރުއަރީ 2022 ވީ އަންގާރަ ދުވަހުގެ ރޭ ކުޅުދުއްފުށީ ސްޕޯޓްސް އެރީނާ ފުޓްސަލް ދަނޑުގައި ފަށާފައިވާއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ކުޅުދުއްފުށީ ÷ޕޯޓް ލިމިޓެޑް (ކޭޕީއެލް)އާއި ޕޮލިސް ކުލަބ...

އިބްރާހިމް ޚަލީލް
ބެނާ ކެނޑިއަސް "އިންޑިއާ އައުޓް" ގޮވުމެއް ނުހުއްޓުވޭނެ: މުޙައްމަދު

ބެނާ ކެނޑިއަސް "އިންޑިއާ އައުޓް" ގޮވުމެއް ނުހުއްޓުވޭނެ: މުޙައްމަދު

“އިންޑިއާ އައުޓް” ޖަހައިގެން ދަމާފައި ހުންނަ ބެނާތައް ކެނޑި ނަމަވެސް އިދިކޮޅުން ކުރިއަށް ގެންދާ “އިންޑިއާ އައުޓް” ހަރަކާތްގެ ތެރެއިން އެހެން ގޮވުން ނުހުއްޓުވޭނެ ކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެ އެވެ. އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ މުޙައްމަދު މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގަ އެވެ. އެ ޓްވީޓްގައި ވަނީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިސްވެ ހިންގާ “އިންޑިއާ މިލިޓަރީ އައުޓް” ހަރަކާތުގެ ތެރެއިން ރަށެއް...

އަލީ އާދިލް
މަކުނުދޫ އާއި ބިލެތްފަހި ހިމެނޭހެން ހަ ރަށެއްގައި އެއާޕޯޓު އަޅަން އަނެއްކާވެސް ބީލަމަށް 📍 ހދ. މަކުނުދޫ

މަކުނުދޫ އާއި ބިލެތްފަހި ހިމެނޭހެން ހަ ރަށެއްގައި އެއާޕޯޓު އަޅަން އަނެއްކާވެސް ބީލަމަށް

ހދ. މަކުނުދޫ އާއި ށ. ބިލެއްފަހި ހިމެނޭހެން ހަ ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓު އަޅާނެ ބަޔަކު ހޯދަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އަނެއްކާވެސް އިއުލާންކޮށްފިއެވެ. އެމިނިސްޓްރީން މިއަދު ކުރި އިޢުލާނެއްގައި ބުނީ މި 6 ރަށުގައި އެއަރޕޯޓް ތަރައްޤީކުރުމަށް ޝައުގުވެރިކަން ފާޅުކުރުމުގައި އެއަރޕޯޓެއް ތަރައްޤީ ކުރުމަށް ހުށައެޅޭނެ އެންމެ ދަށް އަގު ކުޑަކޮށް، މިކަމަށް އަނެއްކާވެސް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ. މަކުނުދޫ އާއި ބިލެއްފ...

އަލީ އާދިލް
ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަކީ އިޤުތިޞާދުގެ މުހިންމު އެއް އިންޖީނު: އިބްރޭ 📍 ހއ. ކެލާ

ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަކީ އިޤުތިޞާދުގެ މުހިންމު އެއް އިންޖީނު: އިބްރޭ

ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަކީ ޤައުމެއްގެ އިޤުތިޞާދުގެ މުހިންމު އެއް އިންޖީނު ކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ. އިބްރޭ މިހެން ވިދާޅުވީ، މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ހުށަހަޅުއްވާފައިވާ ކުދި އަދި މެދު ފަންތީގެ ޤާނޫނަށް އިޞްލާޙް ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. އިބްރޭ ވިދާޅުވީ އެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙަކީ މި ދަނޑިވަޅަށް […]

ޙުސައިން ޝަހުދީ
ހަނިމާދޫއިން 3000 އަކަފޫޓުގެ 200 ގޯތި ދޫކުރަން ނިންމައިފި

ހަނިމާދޫއިން 3000 އަކަފޫޓުގެ 200 ގޯތި ދޫކުރަން ނިންމައިފި

ހދ.ހަނިމާދޫއިން 3000 އަކަފޫޓުގެ 200 ގޯތި ދޫކުރުމަށް، އެ ރަށު ކައުންސިލުން ނިންމައިފިއެވެ. ހަނިމާދޫއިން މި އަދަދަށް ގޯތި ދޫކުރުމަށް ނިންމާފައި ވަނީ ހަނިމާދޫ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 38 ވަނަ ޖަލްސާގައި އެ ކައުންސިލްގެ ހަތަރު މެމްބަރުންގެ އަޤުބިއްޔަތުންނެވެ. މިކަން ހާމަކޮށް ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާޤް މުޙައްމަދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ހަނިމާދޫއިން ގޯތި ދިނުމަށް މިއަދު ހަނިމާދޫ ކައުންސިލްގެ ހަތަރު މެމްބަރުންގެ އަޤުލަބިއްޔަތުން ނިންމާފައިވާ ކަމަށެވެ. އަދ...

އިބްރާހިމް ޚަލީލް
ކޭއާރުއެޗްގެ މަސައްކަތް ނިމެނީ

ކޭއާރުއެޗްގެ މަސައްކަތް ނިމެނީ

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް މަރާމާތުކުރުމުގެ މަސައްކަތް ނިމުމާ ގާތް ވެއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައު މި މަޝްރޫއުގެ މަސައްކަތުގެ 95 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އަދި ވޯޑް އިމާރާތުގެ 99 އިންސައްތަ އާއި އައިސީޔޫގެ 83 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްޜޫޢުގެ ދަށުން، ވޯރޑް އިމާރާތް އެޅުމާއި، އޯޕީޑީ އިމާރާތް އެޅުމާއި ލެބޯރެޓަރީ އިމާރާތް އެޅުމުގެ މަސައްކަތް ހިމެނެއެވެ. […]

އަޙްމަދު ވަހީދު
ޒުވާން ކީޕަރު މާހީ، ކުޅުދުއްފުށި ޓީމުގައި ތަފާތު ދެއްކި 📍 ހދ. ކުޅުދުއްފުށި

ޒުވާން ކީޕަރު މާހީ، ކުޅުދުއްފުށި ޓީމުގައި ތަފާތު ދެއްކި

ޓެކާސްއިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވަމުން އަންނަ “ޓެކާސް މައިލޯ ޗެމްޕިއަންޝިޕް މޯލްޑިވްސް ކަޕް” ފުޓްސަލް މުބާރާތުގެ ޒޯން-1 ގެ ޗެމްޕިއަންކަން ޓީމް ކުޅުދުއްފުށިން ކާމިޔާބުކުރި އިރު ގިނަބައެއްގެ ލޯ އަމާޒުވި އެއް ކުޅުންތެރިއައީ އެ ޓީމްގެ ޒުވާން ގޯލް ކީޕަރު މާހީ އަބްދުﷲ އެވެ. ޓެކާސް ފުޓްސަލް މުބާރާތުގެ ހދ. އަތޮޅު ބުރާއި ޒޯން މެޗު ހިމެނޭހެން ކުޅުދުއްފުށިން ޖުމްލަ ހަ މެޗު ކުޅުނުއިރު އެ ހުރިހާ މެޗެއްގައި މާހީގެ މޮޅު ކުޅުން ވަނީ ފާހަގަ […]

އިބްރާހިމް ޚަލީލް
މާފަރު ބަލިކޮށް ޒޯން-1 ގެ ޗެމްޕިއަންކަން ކުޅުދުއްފުށި ހޯދައިފި 📍 ހދ. ކުޅުދުއްފުށި

މާފަރު ބަލިކޮށް ޒޯން-1 ގެ ޗެމްޕިއަންކަން ކުޅުދުއްފުށި ހޯދައިފި

ޓެކާސްއިން މުޅި ރާއްޖެއަށް އަމާޒުކޮށް ބާއްވާ “ޓެކާސް މައިލޯ ޗެމްޕިއަންޝިޕް މޯލްޑިވްސް ކަޕް” ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ކުޅުދުއްފުށި ޓީމުން ހޯދައިފިއެވެ. މި މުބާރާތުގެ ޒޯން-1 ގެ ފައިނަލުގައި ބައްދަލު ކޮށްފައި ވަނީ ބްލޮކް-1 ގެ ޗެމްޕިއަން ކުޅުދުއްފުއްޓާއި ބްލޮކް-2 ގެ ޗެމްޕިއަން މާފަރެވެ. ފައިނަލް މެޗު މިއަދު ހަވީރު މާފަރު ފުޓްސަލް ދަނޑުގައި ކުޅުނުއިރު މެޗު ނިމިފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މެޗު ކުޅުދުއްފުށިން ކާމިޔާބު ކޮށްފައި ވަނީ ނަތީޖާ […]

އިބްރާހިމް ޚަލީލް
ރާޢީއަށް އިންޒާރުދިން މައްސަލަ ކުށްވެރިކޮށް މަކުނުދޫ ދާއިރާގެ ބައެއް އިދާރާތަކުން ބަޔާންނެރެނީ 📍 ހދ. މަކުނުދޫ

ރާޢީއަށް އިންޒާރުދިން މައްސަލަ ކުށްވެރިކޮށް މަކުނުދޫ ދާއިރާގެ ބައެއް އިދާރާތަކުން ބަޔާންނެރެނީ

ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީއަށް މަރުގެ އިންޒާރުދިން މައްސަލަ ކުށްވެރިކޮށް މަކުނުދޫ ދާއިރާގެ ބައެއް އިދާރާތަކުން ބަޔާން ނެރެން ފަށައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރާޢީ އަށް މަރުގެ އިންޒާރު ދިނީ ރޭ 9:30 ހާއިރު ރަސްފަންނު ސަރަހައްދުގައި ހުންނަވަނިކޮށް ސައިކަލެއްގައި އެތަނަށް ދިޔަ ދެމީހެކެވެ. މެންބަރު ރާޢީއަށް މަރުގެ އިންޒާރުދިން މައްސަލަ ކުށްވެރިކޮށް މިހާތަނަށް މަކުނުދޫ ދާއިރާގެ ހަތަރު މުއައްސަސާއަކުން ވަނީ ބަޔާން ނެރެފައެވެ. އެއީ މަކުނުދޫ ކައުންސިލާއ...

އަލީ އާދިލް
ރަށުތެރެ ސާފުކޮށް ބޭއްވުމަށް އެހީތެރިވުމަށް ތަކަންދޫ އަމިއްލަ ފަރާތަކުން ޑަސްބިން ހަދިޔާކޮށްފި 📍 ހއ. ތަކަންދޫ

ރަށުތެރެ ސާފުކޮށް ބޭއްވުމަށް އެހީތެރިވުމަށް ތަކަންދޫ އަމިއްލަ ފަރާތަކުން ޑަސްބިން ހަދިޔާކޮށްފި

ހއ. ތަކަންދޫގެ މަގުތަކާއި، އެކި ސަރަހައްދުތައް ސާފުކޮށް ބޭއްވުމަށް އެހީތެރިވުމުގެ ގޮތުން އެރަށު އަމިއްލަ ފަރާތަކުން ތަކަންދޫ ކައުންސިލަށް ޑަސްބިން ހަދިޔާ ކޮށްފިއެވެ. ތަކަންދޫ ކައުންސިލުން ވިދާޅުވީ، ރަށުތެރެ ސާފުކޮށް ބޭއްވުމަށް އެއްބާރުލުން ދިނުމުގެ ގޮތުން އެ ކައުންސިލަށް ޑަސްބިން ހަދިޔާކޮށްފައި ވަނީ އެރަށު ދޯދި، އަޙްމަދު ރަޝީދު ކަމަށެވެ. އަޙްމަދު ރަޝީދު ވަނީ ރަށުތެރޭ ބަހައްޓާ ބޮޑު 10 ޑަސްބިން ހަދިޔާކޮށްފައެވެ. ތަކަންދޫ ކައުންސިލުން ވަނީ މިކަން ފާހަގަކޮށް އޭނާ އަށް ޝުކުރު އަދާކޮށްފައެވެ. ރަށުތެރެ...

ޔުމްނާ ޢަލީ
ހޯރަފުށީ އެއާޕޯޓު ގޮނޑުދޮށުގެ ގްރޮއިން ޖަހައި ނިމެނީ 📍 ހއ. ހޯރަފުށި

ހޯރަފުށީ އެއާޕޯޓު ގޮނޑުދޮށުގެ ގްރޮއިން ޖަހައި ނިމެނީ

ހއ. ހޯރަފުށީ އެއާޕޯޓް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ގްރޮއިން ޖެހުމުގެ މަސައްކަތް ނިމެން ކައިރިވެފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޯޕަރޭޝަން (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނި ބުނި ގޮތުގައި މި މަސައްކަތުގެ 70 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އަދި ބޭރުތޮށީގެ ޕްރޮފައިލިންގ މަސައްކަތުގެ 35 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫއިގެ ދަށުން، ހޯރަފުށީގެ އެއާޕޯޓު ގޮނޑުދޮށް ހިމާޔަތް ކުރުމާއި ކޯޒްވޭގެ ދެފަރާތުން އޮއިދެމޭ ނިޒާމެއް ގާއިމް ކުރާނެއެވެ. […]

އަޙްމަދު ވަހީދު
މަކުނުދޫ މަސްމާރުކޭޓު ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރަނީ 📍 ހދ. މަކުނުދޫ

މަކުނުދޫ މަސްމާރުކޭޓު ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރަނީ

ހދ. މަކުނުދޫ މަސްމާރުކޭޓް ދިގު މުއްދަތަކަށް ކުއްޔަން ދޫކޮށްލަން އެރަށު ކައުންސިލުން ނިންމައި، ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަޠު ހުޅުވާލައިފިއެވެ. މަކުނުދޫ ކައުންސިލުން ކުރި ޢިއުލާނެއްގައި ވިދާޅުވެފައި ވަނީ އެރަށު މަސްމާރުކޭޓްގެ އިމާރާތް ދިގުމުއްދަތައް ކުއްޔަށް ދޫކޮށްލުމަށް އެ ކައުންސިލުން ބޭނުންވާ ކަމަށެވެ. އެހެންކަމުން މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަދު ހުޅުވާލާކަމަށެވެ. މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 13 ފެބްރުވަރީ 2022 ން 21 ފެބްރުވަރީ 2022 ގެ 11:00 ނިޔ...

ޝިއުނާ އާދަމް