މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
މަކުނުދޫ އަންހެނުންގެ ކޮމިޓީން ޤިރާއަތު ލެވެލްގެ ކޯހެއް ފަށަނީ 📍 ހދ. މަކުނުދޫ

މަކުނުދޫ އަންހެނުންގެ ކޮމިޓީން ޤިރާއަތު ލެވެލްގެ ކޯހެއް ފަށަނީ

ހދ. މަކުނުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާއި ޤިރާއަތު ލެވެލް- 1 ގެ ކޯހެއް ފެށުމަށް ތައްޔާރުވެއްޖެއެވެ. މި ކޯހަކީ މަކުނުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާއި، ގަލޮޅު ސްކޫލުގެ “އިގުރާ އިންސްޓިޓިއުޓް” އާއި ގުޅިގެން މަކުނުދޫގައި ކުރިއަށް ގެންދަން ނިންމާފައިވާ ކޯހެކެވެ. އެރަށު ސްކޫލްގެ ގްރޭޑް 6 އަކުން މަތީގެ ދަރިވަރުންނާއި އާއްމު ރައްޔިތުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މަކު...

އައިޝަތު ނަސާޔާ
މަންމަނަކަށްވެގެން ތާއަބަދަކު ނުހުރެވޭނެ: ރާޢީ 📍 ހދ. މަކުނުދޫ

މަންމަނަކަށްވެގެން ތާއަބަދަކު ނުހުރެވޭނެ: ރާޢީ

‏ބައެއް ދާއިރާ ތަކުގެ މަޝްރޫޢުތައް ކުރިއަށް ދަނީ “ފިނިހަކަ ދުވެލީގައި” ކަމަށް ވިދާޅުވެ، މަކުނުދޫ ދާއިރާގެ ބައެއް މަޝްރޫޢުތައް އެދެވޭ ގޮތެއްގައި ކުރިއަށް ނުދާތީ، އެ ދާއިރާގެ މެންބަރު ވަރަށް ބޮޑަށް ނުރުހުންފާޅު ކުރަށްވައިފިއެވެ. މި މައުޟޫގައި މެންބަރު ރާޢީ ވަނީ ފުލުފުލުގައި ޓްވީޓްތަކެއް ކުރަށްވާފައެެވެ. އަދި މަޝްރޫޢުތައް ލަސްވުމުން ރައްޔިތުންގެ ހައްގުގައި ވާހަކަ ނުދައްކާ މަންމަނަކަށްވެގެން ތާއަބަދަކު ނުހުރެވޭނެ ކަމަށް ވިދާޅުވިއެވެ. މެންބަރު ރާޢީ ވިދާޅުވީ، ބައެއް މަޝްރޫޢުތައް ކޮންޓްރެކް ކުރެވިފައިވ...

އަލީ އާދިލް
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމާއެކު، އިތުރު ދެ މަގާމަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމާއެކު، އިތުރު ދެ މަގާމަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން ގެ މަގާމާއިއެކު، އިތުރު ދެ މަގާމަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީއިން މިއަދު ހުޅުވައިލައިފި އެވެ. އެމްޑީޕީން މިއަދު ކުރި ޢިއުލާނެއްގައި ބުނީ، އެ ޕާޓީގެ ޗެއާޕާސަން މަގާމާއި އަންހެނުންގެ ރޫހު، ޒުވާނުންގެ ހިއްވަރުގެ ރައީސް އަދި ނައިބް ރައީސް ކަމުގެ މަޤާމުގެ އިންތިޚާބް 16 އޭޕްރީލް 2202 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެހެންކަމުން އެ ޕާޓީގެ ޗެއާޕާސަން މަގާމާއި އަންހެނުންގެ ރޫހު، ޒުވާނުންގެ ހިއްވަރުގެ ރައީސް އަދި […]

ޔުމްނާ ޢަލީ
ރީޖަނަލް އެއާޕޯޓްސްއިން ފުނަދޫ ކައުންސިލާއި ބައްދަލު ކޮށްފި 📍 ށ. ފުނަދޫ

ރީޖަނަލް އެއާޕޯޓްސްއިން ފުނަދޫ ކައުންސިލާއި ބައްދަލު ކޮށްފި

ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީ)ގެ އިސްވެރިން ށ. ފުނަދޫ ކައުންސިލާއި ބައްދަލު ކޮށްފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް ފުޅު ވިދާޅުވީ މި ބައްދަލުވުމަކީ ރީޖަނަލް އެއަރޕޯޓްގެ އިސްވެރިން އެރަށުގެ އެއަރޕޯޓްގެ ކަންކަން ބައްލަވާލެއްވުމަށް ކުރެއްވި ދަތުރުފުޅެެއްގައި ކުރިއަށް ގެންގޮސްފައިވާ ބައްދަލުވުމެއް ކަމަށެވެ. އެގޮތުން މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދެކެވިފައިވަނީ އެރަށުގެ އެއަރޕޯޓްގެ ބޭރުން ރަށުގެ ރައްޔިތުންނަ...

އައިޝަތު ނަސާޔާ
ދިއްދޫ މަގު ބައްތިތައް ލެޑް ލައިޓަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި 📍 ހއ. ދިއްދޫ

ދިއްދޫ މަގު ބައްތިތައް ލެޑް ލައިޓަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި

ހއ. ދިއްދޫ މަގު ބައްތިތައް ލެޑް ލައިޓަށް ބަދަލުކުރުމުގެ މަސައްކަތް އެރަށު ކައުންސިލުން މިއަދު ފަށައިފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ މިއަދު ފަށާފައިވާ މި މަސައްކަތުގެ ދަށުން އެރަށުގައި ކުރިން ހުރި މަގު ބައްތިތައް ލެޑް ލައިޓަށް ބަދަލުކޮށް ބައްތި ނެތް މަގުތަކުގައި އިތުރު ބައްތިތައް ހަރު ކުރެވިގެންދާނެ ކަމަށެވެ. އެގޮތުން މިހާރު ކުރިއަށް ދަނީ މިހާރު ހުރި ބައްތިތައް ލެޑް ލައިޓަށް ބަދަލު ކުރުމުގެ މަސައްކަތް […]

އައިޝަތު ނަސާޔާ
ޓެކާސް ފުޓްސަލް މުބާރާތުގެ ހދ. އަތޮޅުގެ ފައިނަލުގައި ހަނިމާދޫއާއި ކުޅުދުއްފުށި 📍 ހދ. ހަނިމާދޫ

ޓެކާސް ފުޓްސަލް މުބާރާތުގެ ހދ. އަތޮޅުގެ ފައިނަލުގައި ހަނިމާދޫއާއި ކުޅުދުއްފުށި

ޓެކާސްއިން މުޅި ރާއްޖެއަށް އަމާޒުކޮށް ބާއްވާ “ޓެކާސް މައިލޯ ޗެމްޕިއަންޝިޕް މޯލްޑިވްސް ކަޕް” ފުޓްސަލް މުބާރާތުގެ ހދ.އަތޮޅުގެ ފައިނަލުން ޓީމް ހަނިމާދޫއާއި ޓީމް ކުޅުދުއްފުށި ޖާގަ ހޯދއިފިއެވެ. މި މުބާރާތުގެ ފައިނަލުން ހަނިމާދޫ ޖާގަ ހޯދާފައި ވަނީ ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށް 12 ޕޮއިންޓާއިއެކު ޕޮއިންޓް ތާވަލުގެ އެއްވަނަ ޓީމްގެ ގޮތުގައެވެ. ހަނިމާދޫ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ކުޅުދުއްފުއްޓާއެވެ. އެ މެޗު 2-0 ގެ ނަތީޖާއިން ވަނީ ކާމިޔާބު […]

އިބްރާހިމް ޚަލީލް
އުތުރުގެ 19 ރަށެއްގައި "އައިލެންޑް ރިސޯސް ސެންޓަރު" ޤާއިމްކުރަން އަނެއްކާވެސް ބީލަމަށް

އުތުރުގެ 19 ރަށެއްގައި "އައިލެންޑް ރިސޯސް ސެންޓަރު" ޤާއިމްކުރަން އަނެއްކާވެސް ބީލަމަށް

ބޮޑު ތިލަދުންމަތީގެ 19 ރަށެއްގައި އައިލެންޑް ރިސޯސް ރިކަވަރީ ސެންޓަރުތައް ޢިމާރާތްކޮށްދޭނެ ފަރާތްތައް ހޯދަން ސަރުކާރުން އަނެއްކާވެސް ބީލަމަށް ހުޅުވައިފިއެވެ. މިނިސްޓްރީ އޮފް ފިނޭންސްއިން ޢާންމުކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ޒޯން 1 އައިލެންޑްސްގެ ގޮތުގައި ހިމެނޭ 19 ރަށެއްގައި، ދިވެހި ސަރުކާރަށް އޮޕެކް ފަންޑް ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ލޯން އެހީގައި ލިބުނު ފައިސާއިން އައިލެންޑް ރިސޯސް ރިކަވަރީ ސެންޓަރުތައް ޑިޒައިން އެންޑް ބިލްޑް އުސޫލުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ކަމަށ...

އިބްރާހިމް އަސްވާޤް
ހއ. އަތޮޅު ކައުންސިލުން މި އަހަރު ހިންގާނެ ބައެއް ހަރަކާތްތައް ކަނޑައަޅައިފި

ހއ. އަތޮޅު ކައުންސިލުން މި އަހަރު ހިންގާނެ ބައެއް ހަރަކާތްތައް ކަނޑައަޅައިފި

ހއ. އަތޮޅު ކައުންސިލުން މި އަހަރު ހިންގާނެ ބައެއް ހަރަކާތްތައް ކަނޑައަޅައި، ހާމަކޮށްފިއެވެ. އެކަން ހާމަކޮށްފައި ވަނީ އަތޮޅުކައުންސިލްގެ އިދާރީ މުވައްޒަފުންނާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގެ ތެރެއިންނެވެ. ހއ. އަތޮޅު ކައުންސިލުން ވިދާޅުވި ގޮތުގައި، އެ ކައުންސިލުން މިހިނގާ 2022 ވަނަ އަހަރު ހިންގުމަށް ކަނޑައަޅާފައިވާ ހަރަކާތްތަކުގެ ތެރޭގައި ހއ. އަތޮޅު ރަށު ކައުންސިލްތަކުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ބޭނުންވާ ސޮފްޓްވެއަރ ކައުންސިލްތަކަށް ހޯދައ...

ޙުސައިން ޝަހުދީ
ޕާޓީގެ މެންބަރުން އެދޭ ކުދިކުދި ކަންކަން ވެސް ބޮޑެތި ކަންކަންކަމަށް ދެކިގެން ކޮށްދޭންޖެހޭ: އަމީން ފައިސަލް 📍 ށ. ކަނޑިތީމު

ޕާޓީގެ މެންބަރުން އެދޭ ކުދިކުދި ކަންކަން ވެސް ބޮޑެތި ކަންކަންކަމަށް ދެކިގެން ކޮށްދޭންޖެހޭ: އަމީން ފައިސަލް

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ މެންބަރުން އެދޭ ކުދިކުދިކަންކަން ވެސް އެއީ ވަރަށް ބޮޑެތި ކަންކަންކަމަށް ދެކިގެން، އެ މެންބަރުންނަށް އެކަންކަން ފުއްދައިދޭން ޖެހޭކަމަށް ކަނޑިތީމު ދާއިރާގެ އެމްޑީޕީގެ ދާއިރާ ރައީސް އަމީން ފައިސަލް ވިދާޅުވެއްޖެއެވެ. ރޭ އިސްކަންދަރު ސްކޫލްގައި ކުރިއަށް ދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ، އެމްޑީޕީގެ މެންބަރުން އެދޭ ކަންކަން ވަރަށް ގާތުންބަލާ ކޮށްދޭން ޖެހޭކަމަށެވެ. “އަޅުގަނޑުމެން ސައިޒުން ކުޑަ ވީމާ ދޫކޮށްލާ...

އަލީ އާދިލް
މަކުނުދޫގައި އަންހެނުންގެ އަދި ކުޑަކުދިންގެ ޑޮކްޓަރެއްގެ ޚިދުމަތް ދިނުމަށް، ހެލްތު ސެންޓަރަށް ބަދަލުތަކެއް ގެންނަން ހަވާލުކޮށްފި 📍 ހދ. މަކުނުދޫ

މަކުނުދޫގައި އަންހެނުންގެ އަދި ކުޑަކުދިންގެ ޑޮކްޓަރެއްގެ ޚިދުމަތް ދިނުމަށް، ހެލްތު ސެންޓަރަށް ބަދަލުތަކެއް ގެންނަން ހަވާލުކޮށްފި

ހދ. މަކުނުދޫގައިއަންހެނުންގެ ޑޮކްޓަރަކާއި، ކުޑަކުދިންގެ ޑޮކްޓަރެއްގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެރަށު ހެލްތު ސެންޓަރަށް ގެންނަންޖެހޭ ބަދަލުތަކެއް ގެންނަން ބަޔަކާ އިއްޔެ ހަވާލުކޮށްފިއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވިދާޅުވީ، މަކުނުދޫގައި އަންހެނުންގެ ޑޮކްޓަރަކާއި، ކުޑަކުދިންގެ ޑޮކްޓަރެއްގެ ޚިދުމަތް ފޯރުކޮށްދިނުމަށް މަކުނުދޫ ހެލްތު ސެންޓަރުގެ އިމާރާތަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށާއި، އޮފީސް ރޫމް އިމާރާތެއް އެޅުމަށް އިއްޔެ ބަޔަކާއި ހަވާލުކޮށްފައިވާ ކަމަށެވެ. ކޭއާރުއެޗ...

ޙުސައިން ޝަހުދީ
ހޯރަފުށީ ކައުންސިލް އިދާރާގެ އައު އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހއ. ހޯރަފުށި

ހޯރަފުށީ ކައުންސިލް އިދާރާގެ އައު އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ. ހޯރަފުށީ ކައުންސިލްގެ އިދާރާގެ އައު އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން އިއުލާން ކޮށްފިއެވެ. އެމިނިސްޓްރީއިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މިމަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިންނެވެ. އަދި މި ބީލަމުގައި ބައިވެރިވުމަށް  -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަ...

އައިޝަތު ނަސާޔާ
މިލަންދޫގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ށ. މިލަންދޫ

މިލަންދޫގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ށ. މިލަންދޫގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން އިއުލާންކޮށްފިއެވެ. އެމިނިސްޓްރީއިން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިމަސައްކަތް ކުރުމަށް ޝައުުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަމަށް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިންނެވެ. މި ބީލަމުގައި ބައިވެރިވުމަށް  -/500 ރުފިޔާ (ފަސްސަތޭކަ...

އައިޝަތު ނަސާޔާ
ކުމުންދޫ ކައުންސިލްގެ ދަށުގައި ހުރި ހުރިހާ އިމާރާތަކަށް، އިއާދަކުރަނިވި ހަކަތައިން ކަރަންޓުދިނުމަށް އަމާޒު ހިފައިފި 📍 ހދ. ކުމުންދޫ

ކުމުންދޫ ކައުންސިލްގެ ދަށުގައި ހުރި ހުރިހާ އިމާރާތަކަށް، އިއާދަކުރަނިވި ހަކަތައިން ކަރަންޓުދިނުމަށް އަމާޒު ހިފައިފި

ހދ. ކުމުންދޫ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައި ހުރި ހުރިހާ އިމާރާތަކަށް، އިއާދަކުރަނިވި ހަކަތައިން ކަރަންޓުދިނުމަށް އެކައުންސިލުން އަމާޒު ހިފައިފި އެވެ. ހދ އަތޮޅު ކައުންސިލްގެ ނައިބް ރައީސް އަދި ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު، އެރަށުގައި އިޢާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ ނިޒާމެއް ގާއިމް ކުރުމަށް މިއަދު މިކުރެވުނު އިއުލާނާއިއެކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 2023 ގެ ނިޔަލަށް ކުމުންދޫ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ހުރިހާ އިމާރާތްތަކެއްގެ ކަރަންޓު އިއާދަކުރަނިވި...

އައިޝަތު ނަސާޔާ
ފިއްލަދޫ ކައުންސިލުން ގެސްޓްހައުސް އެޅުމަށް ނިންމައިފި 📍 ހއ. ފިއްލަދޫ

ފިއްލަދޫ ކައުންސިލުން ގެސްޓްހައުސް އެޅުމަށް ނިންމައިފި

ހއ. ފިއްލަދޫ ކައުންސިލުން ގެސްޓްހައުސް އެޅުމަށް ނިންމައިފި އެވެ. އެކައުންސިލުން މިނިންމުން ނިންމާފައިވަނީ އެކައުންސިލްގެ 3 ވަނަ ދައުރުގެ 20, 21 އާއްމު ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުން ތަކުން ނިންމާފައިވަނީ ކައުންސިލުން ގެސްޓްހައުސް އެޅުމަށް ހޭދަވާނެ ކަމަށް އަންދާޒާ ކުރެވޭ ބަޖެޓެއްގެ ގޮތުގައި ހިމަނާފައިވަނީާ -/1،400,000 ރުފިޔާ އެވެ. މިނިންމުން ނިންމާފައިވަނީ އެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. އެކައުންސިލުން ނިންމާފައިވާ އިތުރު ނިންމުންތަކަށް ބަލާލާއިރު ދައްޕަރުން ތަ...

އައިޝަތު ނަސާޔާ
ފޭދޫ ފުޓުބޯޅަ ދަނޑުގައި އަޅާ ޓާފް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ށ. ފޭދޫ

ފޭދޫ ފުޓުބޯޅަ ދަނޑުގައި އަޅާ ޓާފް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަނީ

ށ. ފޭދޫ ފުޓުބޯޅަދަނޑަށް ބޭނުންވާ ޓާރފް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން އިއުލާން ކޮށްފިއެވެ. އެމިނިސްޓްރީއިން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިހާރު އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން މިމަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކުން މިފެބުރުއަރީ މަހުގެ 21 ވަނަ ދުވަހު 12:30 އަށް ވެލާނާގެ 3 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައަޅަނ...

އައިޝަތު ނަސާޔާ