މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ފުނަދޫ ކައުންސިލުން އެރަށު ސްކޫލަށް އެހީއެއް 📍 ށ. ފުނަދޫ

ފުނަދޫ ކައުންސިލުން އެރަށު ސްކޫލަށް އެހީއެއް

ށ. ފުނަދޫ ކައުންސިލާއި ހެޔޮ އެދޭ ފަރާތެއްގެ އެހީތެރިކަމާއިއެކު އެރަށު ސްކޫލަށް ޕްރޮޖެކްޓަރެއް ހަދިޔާ ކޮށްފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު ވިދާޅުވީ މިޕްރޮޖެކްޓަރ އެރަށު ސްކޫލާއި ހަވާލު ކޮށްފައިވަނީ އިއްޔެ ކަމަށެވެ. އެގޮތުން އެކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި މިޕްރޮޖެކްޓް އެސްކޫލަށް ހަދިޔާ ކޮށްފައި މިވަނީ މީގެ ކުރިން އެސްކޫލްއިން ޕްރޮޖެކްޓްއެއް ނެތުމުގެ ދަތިކަން އެކައުންސިލާއި ހިއްސާ ކޮށްފައި ވާތީއެވެ. އަދި ކިޔަވާދިނުމުގައި ހުރި ބ...

އައިޝަތު ނަސާޔާ
ބިލެތްފަހި ބަނދަރުގެ ބޮޑުބައެއް ނިމިއްޖެ 📍 ށ. ބިލެތްފަހި

ބިލެތްފަހި ބަނދަރުގެ ބޮޑުބައެއް ނިމިއްޖެ

ށ. ބިލެތްފަހި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ 72 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާއިރު މިހާރު ކުރިއަށްދަނީ ބޭރުތޮށީގެ ޕްރޮފައިލިން މަސައްކަތްތަކެވެ. މި މަޝްރޫއުގެ ދަށުން، 50،376 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި...

އަޙްމަދު ވަހީދު
ނެއްލައިދޫ ސްކޫލް މުވައްޒަފުން އަދިއްޔުއަށް އެހީތެރިވެއްޖެ 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ސްކޫލް މުވައްޒަފުން އަދިއްޔުއަށް އެހީތެރިވެއްޖެ

ހދ. ނެއްލައިދޫ ސްކޫލްގެ ހުރިހާ މުވައްޒަފުުންގެ ފަރާތުން އެރަށުގެ ހާއްސަަ އެހީއަށް ބޭނުންވާ، އެ ސްކޫލްގެ ދަރިވަރު، މުހައްމަދު އަދިއްޔު އާދަމްއަށް އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ނެއްލައިދޫ ސްކޫލްގެ ޕްރިންސިޕަލް އިސްމާއިލް ރަޝީދު ވިދާޅުވީ މިހަރަކާތުގެ ދަށުން އަދިއްޔުއަށް 12،000 ރުފިޔާ ހަދިޔާ ކޮށްފައިވާ ކަމަށެވެ. އަދި އެއީ ސްކޫލްގެ ހުރިހާ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރައާއި ގާތް ކުރާ އަދަދެއް ކަމަށް ޕްރިންސިޕަލް ވަނީ ވިދާޅުވެފައެވެ. ޗައިލްޑް އޯޓިޒަމް ވިތް...

އައިޝަތު ނަސާޔާ
ހަނިމާދޫ ގައި މިސްކިތެއް ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ގައި މިސްކިތެއް ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހދ. ހަނިމާދޫގައި އިތުރު މިސްކިތެއް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ވިދާޅުވިގޮތުގައި މި މަޝްރޫޢު ކުރިއަށް ގެންދިޔުމަށް އެ މިނިސްޓްރީއާއެކު މިއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އަލާފް ޕްރައިވެޓް ލިމިޓެޑްއެވެ. އިއްޔެ ސޮއިކުރި މި އެއްބަސްވުމުގެ ދަށުން އެއް އަހަރު ދުވަހުގެ މުއްދަތުގައި މި މަސައްކަތް ނިންމަންޖެހޭއިރު، މިއީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މަޝްރޫއަކީ 11.9 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. ހަނިމާދޫގައި މިހާރު ވެސް ތިން މިސް...

އައިޝަތު ނަސާޔާ
ކޮމަންޑޫ ދާއިރާގެ ދާއިމީ ނަތީޖާ އިއުލާންކޮށްފި 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ދާއިރާގެ ދާއިމީ ނަތީޖާ އިއުލާންކޮށްފި

ރައްޔިތުންގެ މަޖިލިސްގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ދާއިމީ ނަތީޖާ އިލެކްޝަން ކޮމިޝަން (އީސީ)އިން މިއަދު ޢިއުލާން ކޮށްފިއެވެ. މިދިޔަ ހޮނިހިރު ދުވަހު އޮތް އެ އިންތިޚާބުގައި ތިން ޕާޓީއަކުން ވާދަކުރިއެވެ. އެ އިންތިޚާބުގެ ވަގުތީ ނަތީޖާ އީސީއިން ވަނީ ހަމަ އެރޭ ރޭޢިއުލާން ކޮށްފައެވެ. މިއަދު ޢިއުލާންކުރި ދާއިމީ ނަތީޖާއާއި، ވަގުތީ ނަތީޖާގެ ތަފާތެއް ނެތެވެ. މިގޮތުން އީސީން މިއަދު ޢިއުލާން ކުރި ދާއިމީ ނަތީޖާގައި ގޮނޑި ކާމިޔާބުކޮށްފައި ވަނީ، ވެރިކަންކުރާ އިއްތިހާދުގައި ހިމެނޭ މައި ޕާޓީ، […]

ޝިއުނާ އާދަމް
ޓެކާސް ފުޓްސަލް މުބާރާތުގެ ހދ. އަތޮޅު ބުރު މިއަދު ފަށަނީ

ޓެކާސް ފުޓްސަލް މުބާރާތުގެ ހދ. އަތޮޅު ބުރު މިއަދު ފަށަނީ

ޓެކާސްއިން މުޅި ރާއްޖެއަށް އަމާޒުކޮށް ބާއްވާ، ޓެކާސް މައިލޯ ޗެމްޕިއަންޝިޕް މޯލްޑިވްސް ކަޕްގެ ހދ. އަތޮޅުގެ މެޗުތައް މިއަދު ފަށާނެއެވެ. މި މުބާރާތުގެ ހދ. އަތޮޅުގެ މެޗުތައް ފުރަތަމަ ފެށުމަށް ނިންމާފައި ވަނީ 18 ޖަނަވަރީ 2022 ގައެވެ. ނަމަވެސް މުބާރާތުގެ ފެށުން 07 ފެބްރުއަރީ 2022 އަށް ލަސްކޮށްފައި ވަނީ ހދ.އަތޮޅުގެ ގިނަ ރަށްތަކެއްގައި ކޯވިޑްގެ ހާލަތު ގޯސްވުމުންނެވެ. އޭރު މުބާރާތް ކުޅުމަށް ހަމަޖެހިފައި އޮތީ ވެސް ކުޅުދުއްފުށީގައެވެ. ކުޅުދުއްފުށީގެ ކޯވިޑްގެ ހާލަތު އަދިވެސް ރަނގަޅުވެފައި […]

އިބްރާހިމް ޚަލީލް
އިހަވަންދޫން ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާ ފެނިއްޖެ

އިހަވަންދޫން ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާ ފެނިއްޖެ

ހއ. އިހަވަންދޫ ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާ ފެނިއްޖެއެވެ. އެރަށުން ގެއްލިގެން ހޯދަމުން ދިޔައީ އުމުރުން 31 އަހަރުގެ، އެރަށު، މަފުރާވިލާ، ހަސަން ފަހުދެވެ. އޭނާ ފެނުނީ ރައްޔިތުން ނުކުމެ ހޯދަމުން ދަނިކޮށް މިރޭ 12:35 ހާއިރުއެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޞަބާޙް “ތިލަދުން” އަށް ވިދާޅުވީ، ފަހުދު ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. ހޯދަމުން ދަނިކޮށް ފަހުދު ފެނުނީ އެރަށު ކުނިގޮނޑާ ދިމާ ވަލުތެރެއިން ނުކުންނަނިކޮށެވެ. އިހަވަންދޫން ޒުވާނަކު ގެއްލިގެން ހޯދަނީ […]

ޙުސައިން ޝަހުދީ
އިހަވަންދޫން ޒުވާނަކު ގެއްލިގެން ހޯދަނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫން ޒުވާނަކު ގެއްލިގެން ހޯދަނީ

ހއ. އިހަވަންދޫން ޒުވާނަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޞަބާޙް “ތިލަދުން” އަށް ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ އުމުރުން 31 އަހަރުގެ، އެރަށު، މަފުރާވިލާ، ހަސަން ފަހުދު ކަމަށެވެ. ފަހުދަކީ އިހަވަންދޫ ފެނަކަ ބްރާންޗްގެ މުވައްޒަފެކެވެ. އޭނާ ގެއިން ނުކުތީ މޫދަށް ދަނީކަމަށް ބުނެ ހަވީރު 16:30 ހާއިރުއެވެ. “އޭނާ އެ ގުޅި މީހަކަށް ގުޅާފަ ދެން ވަޒީފާއަށް ވެސް ނުދާނެ ކަމަށް ބުނިކަމަށް ވަނީ، ކޮންމެވެސް ވަރެއްގެ […]

ޙުސައިން ޝަހުދީ
ވައިކަރަދޫ އާއި ކެލާގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި 📍 ހއ. ކެލާ

ވައިކަރަދޫ އާއި ކެލާގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ހދ. ވައިކަރަދޫ އާއި ހއ. ކެލާގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. ޕްލޭނިން މިނިސްޓްރީން އިން ހާމަކޮށްފައިވާ ގޮތުގައި ވައިކަރަދޫގައި މި މަޝްރޫޢު ފެށީ އިއްޔެއެވެ. ކެލާގައި ފެށީ މިއަދު އެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޔޫ.އެސް ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ އެއްބަސްވުމުގެ ދަށުން ކުރިއަށްދާ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ ދެ މަޝްރޫޢު އެކެވެ. އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޔޫ.އެސް ޑޮލަރުގެ ލައިން […]

އަޒްފާ ރަޝީދު
ލަންކާގައި ދިވެއްސަކު މަރާލާފައި އޮއްވާ ފެނުނުކަމަށް ދެކެވޭ ވާހަކަ ވަނީ ސަމާލުކަމަށް އައިސްފައި: ފުލުހުން

ލަންކާގައި ދިވެއްސަކު މަރާލާފައި އޮއްވާ ފެނުނުކަމަށް ދެކެވޭ ވާހަކަ ވަނީ ސަމާލުކަމަށް އައިސްފައި: ފުލުހުން

އަވަށްޓެރި ސްރީލަންކާގައި ދިވެއްސަކު މަރާލާފައި އޮއްވާ ފެނުނުކަމަށް ދެކެވޭ ވާހަކަ ފުލުހުންގެ ޚިދުމަތުގެ ސަމާލުކަމަށް އައިސްފައިކަމަށް އެ އިދާރާއިން ވިދާޅުވެއްޖެއެވެ. ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ލަންކާގައި ދިވެހި ފިރިހެނަކު މަރާލާފައި އޮއްވާ ފެނިފައިވާކަމަށް ދެކެވޭ ވާހަކަ ފުލުހުންގެ ސަމާލު ކަމަށް ވަނީ އައިސްފައެވެ. އަދި މިކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ. ލަންކާގައި ގެއްލިގެން ހޯދަމުން ދަ...

އަޒްފާ ރަޝީދު
ސަވާދީއްތަ ދަތުރުގައި ބައިވެރިވާ ޔޮޓްތައް އުލިގަމަށް ބަނދަރުކޮށްފި

ސަވާދީއްތަ ދަތުރުގައި ބައިވެރިވާ ޔޮޓްތައް އުލިގަމަށް ބަނދަރުކޮށްފި

މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ކުރިއަށް ގެންދާ ބައިނަލްއަގްވާމީ ޔޮޓް ރެލީ، “ސަވާދީއްތަ ދަތުރު” ގައި ބައިވެރިވާ ޔޮޓްތައް ހއ. އުލިގަމުގައި ބަނދަރުކޮށްފައެވެ. އުލިގަމު ކައުންސިލުން މިއަދު ހެނދުނު ވަނީ ސަވާދީއްތަ ދަތުރު” ގައި ބައިވެރިވާ ޔޮޓްތައް އެރަށުގައި ބަނދަރުކޮށްފައިވާކަމަށް ވިދާޅުވެފައެވެ. އަދި އެ ޔޮޓްތައް ފެންނަ ފޮޓޯތައް ވެސް އާންމު ކުރެއްވިއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް ކުރިއަށްގެންދާ މި ހަރަކާތް އިއްޔެ ފަށާފައި ވ...

ޔުމްނާ ޢަލީ
މިއަހަރުގެ "އުތީމު ބަދަހި ދަތުރު" ނިންމާލައިފި 📍 ހއ. އުތީމު

މިއަހަރުގެ "އުތީމު ބަދަހި ދަތުރު" ނިންމާލައިފި

ހއ. އުތީމުގެ 30 އަހަރުން މަތީގެ ފިރިހެނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ “އުތީމު ބަދަހި ދަތުރު” ގެ މިއަހަރުގެ ދަތުރު މިއަދު ނިންމާލައިފިއެވެ. މިއަދު މިދަތުރު ފަށާފައި ވަނީ ހެނދުނު 07:30 ގައި އެވެ. ދަތުރު ނިންމާލާފައި ވަނީ ހަވީރު 16:30 ގައެވެ. ކޮންމެ އަހަރަކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިދަތުރު 2020 ވަނަ އަހަރުވެސް ވަނީ ކުރިއަށް ގެންގޮއްސައެވެ. ނަމަވެސް 2021 ވަނަ އަހަރުގެ ކޯވިޑްގެ ހާލަތުގެ ސަބަބުން މިދަތުރު ކުރިއަށް ގެންގޮސްފައި ނުވެއެވެ. ކުރީ […]

އައިޝަތު ނަސާޔާ
ކޮމަންޑޫ ދާއިރާ ކާމިޔާބުކުރީ ރާޝިދު 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ދާއިރާ ކާމިޔާބުކުރީ ރާޝިދު

މިއަދު ކުރިއަށްދިޔަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި މިހާތަނަށް އިއުލާން ކޮށްފައިވާ ވަގުތީ ނަތީޖާތަކަށް ބަލާއިރު މި އިންތިހާބު ކާމިޔާބު ކުރީ އެމްޑީޕީގެ ކެންޑީޑޭޓް މުހަމަދު ރާޝިދު އެވެ. ބައި އިލެކްޝަންގައި ސަރުކާރު ކޯލިޝަން އާއި ވާދަ ކޮށްފައިވަނީ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމް އެވެ. ނަތީޖާ އެންމެ ވާދަ ވެރިކޮން ދިޔައީ މިދެކެނޑިޑޭޓުންގެ މެދުގައެވެ. މި އިންތިހާބުގައި ދެން ވާދަކުރެއްވީ އެމްއެންޕީގެ ކެނޑިޑޭޓް އަބްދުލް ހަންނާން އިދުރީސް އެވެ. މިހާތަނަށް ނަތީޖާ ނުލިބި […]

އަލީ އާދިލް
ކޮމަންޑޫ ދާއިރާ ވަގުތީ ނަތީޖާ 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ދާއިރާ ވަގުތީ ނަތީޖާ

ރާޝިދު ފަތުހީ ހަންނާން ރަށް ފޮށި # 161 95 41 މަރޮށި C9.1 1 144 152 37 ކޮމަންޑޫ -1 C11.1 2 159 92 64 ކޮމަންޑޫ -2 C11.2 3 225 200 12 ފޯކައިދޫ -1 C7.2 4 195 201 13 ފޯކައިދޫ -2 C7.1 5 280 242 88 މާލެ – 1 T0.1 6 237 179 68 މާލެ – 2 T0.2 […]

ތިލަދުން
ރައީސް ވިދާޅުވި ގޮތަށް ހަނިމާދޫ ބަނދަރުގެ މަސައްކަތް ކުރިއަށް ނުދާތީ ރައްޔިތުންގެ ކަންބޮޑުވުން 📍 ހދ. ހަނިމާދޫ

ރައީސް ވިދާޅުވި ގޮތަށް ހަނިމާދޫ ބަނދަރުގެ މަސައްކަތް ކުރިއަށް ނުދާތީ ރައްޔިތުންގެ ކަންބޮޑުވުން

ހދ. ހަނިމާދޫގައި ބަނދަރުގެ މަސައްކަތް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވި ގޮތަށް ކުރިއަށް ނުދާތީ، ބަނދަރުގެ މަސައްކަތް ރައީސް ވިދާޅުވިގޮތަށް ކުރިއަށް ގެންދިޔުމަށް ގޮވާލައި ހަނިމާދޫ ބަނދަރުގައި ބެނާއެއް ދަމައިފިއެވެ. މިއަދު  ހަނިމާދޫ ބަނދަރުގައި ދަމާފައިވާ ބެނާގައި ލިޔެފައި ވަނީ ” ރައީސް ވިދާޅުވި ގޮތަށް ބޭރުތޮށީގައި ރިވެޓްމެންޓް ޖަހައިދީ” މިހެންނެވެ. ހަނިމާދޫގެ ބަނދަރު އަޕްގްރޭޑް މަޝްރޫއު ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލ...

އިބްރާހިމް ޚަލީލް