📍 ށ. ގޮއިދޫ
ގޮއިދޫ ދަނޑުވެރިންނަށް ކައުންސިލްގެ ފަރާތުން ހެޔޮ އަގެއްގައި ގަސްކާނާ ފޯރުކޮށްދެނީ
ރަމަޟާން މަހުގެ ދަނޑުވެރިކަމަށް ށ. ގޮއިދޫ ދަނޑުވެރިންނަށް، އެރަށު ކައުންސިލްގެ ފަރާތުން ހެޔޮއަގެއްގައި ގަސްކާނާ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން 8 ޓަނުގެ ގަސްކާނާ ދަނޑުވެރިންނަށް ފޯރުކޮށްދީފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ގޮއިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝާހިދު ވިދާޅުވީ ގޮއިދޫ ކައުންސިލުން ގަސްކާނާ ގެނެސްފައި މިވަނީ އާއްމުކޮށް ގަސްކާނާ ލިބެން ހުންނަ އަގަށް ވުރެ އަގުހެޔޮކޮށް އެރަށުގެ ދަނޑުވެރިންނަށް ވިއްކުމުގެ ގޮތުންނެވެ. އެގޮތުން ރަމަޟާން މަހަށް ތައްޔާރު ވުމުގެ ގޮތުން...