މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ފުނަދޫ އަންހެނުންގެ ކޮމެޓީން ފާއިތުވި އަހަރު ވަނީ ނަމޫނާ މަސައްކަތްތަކެއް ކޮށްފައި 📍 ށ. ފުނަދޫ

ފުނަދޫ އަންހެނުންގެ ކޮމެޓީން ފާއިތުވި އަހަރު ވަނީ ނަމޫނާ މަސައްކަތްތަކެއް ކޮށްފައި

ށ.ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ފާއިތުވި 2021 ވަނަ އަހަރު ކާމިޔާބު ގިނަ ހަރަކާތްތަކެއް ހިންގާފައިވާ ކަމުގައި އެ ކޮމެޓީގެ ފާއިތުވި އަހަރުގެ ލަނޑުދަނޑިތައް ހާސިލް ކުރެވުނު މިންވަރު އަންގައިދޭ ރިޕޯޓުގައި ހާމަކޮށްފިއެވެ. ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ފާހަގަ ކުރެވިފައި ވަނީ ފާއިތުވި އަހަރު ހިންގަން ރޭވި ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ ޕްރޮގްރާމެއް ފިޔަވައި ދެން ބާކީހުރި ހުރިހާ ޕްރޮގްރާމެއް ކާމިޔާބު ކަމާއިއެކު ހިންގައި ނަމޫނާ މަސައްކަތްތަކެއް ކޮށްފަ...

އިބްރާހިމް ޚަލީލް
އުލިގަމު ސްކޫލްގައި 8 ކްލާސްރޫމާއި، އިތުރު އިމާރާތްތަކެއް އެޅުމަށް ހަވާލުކޮށްފި

އުލިގަމު ސްކޫލްގައި 8 ކްލާސްރޫމާއި، އިތުރު އިމާރާތްތަކެއް އެޅުމަށް ހަވާލުކޮށްފި

ހއ. އުލިގަމު ސްކޫލުގެ 08 ކްލާސްރޫމްގެ އިތުރުން، އިތުރު އިމާރާތްތަކެއް އެޅުމަށް އެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއި ކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ސްކޫލްގައި 08 ކްލާސްރޫމްގެ އިތުރުން، ސައިންސް ލެބް، ސްކޫލްގެ ވަށާފާރު އަދި އޭވީ ރޫމް އިމާރާތް ކުރާނެއެވެ. މި މަސައްކަތް ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއާއިއެކު ސޮއި ކޮށްފައި ވަނީ މައިކްރޯން ޕްރައިވެޓް ލިމިޓެޑްއެވެ. މިއެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން  ސޮއި ކުރެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. [...

އައިޝަތު ނަސާޔާ
ވައިކަރަދޫ މޮނިޓަރިންގައި، ފިޔަވަޅުތައް ވަރުގަދަކޮށްފި 📍 ހދ. ވައިކަރަދޫ

ވައިކަރަދޫ މޮނިޓަރިންގައި، ފިޔަވަޅުތައް ވަރުގަދަކޮށްފި

ހދ ވައިކަރަދޫގެ މުޖުތަމަޢު ތެރެއިން ކޯވިޑް-19 ގެ ކޭސްތައް ފެނި ބަލި ފެތުރެމުން ދާތީ އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސް، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފައި ވަނީ މިއަދު ހެނދުނު 9:10 އިން ފެށިގެންނެވެ. އެރަށް މޮނިޓަރިންގެ އަށް ލާފައި މިވަނީ މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން އެރަށުގެ ފްލޫ ކްލިނިކަށް ދައްކަމުންދާ ގިނަ ފަރާތްތަކެއް ކޯވިޑް އަށް ޕޮޒިޓިވް ވަމުން ދިއުމާއި ގުޅިގެންނެވެ. […]

އައިޝަތު ނަސާޔާ
ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަކީ އިގްތިސޯދީގޮތުން ފުދުންތެރި ބަޔަކަށް ހަދައިދޭނަން: ނާޒިމް 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަކީ އިގްތިސޯދީގޮތުން ފުދުންތެރި ބަޔަކަށް ހަދައިދޭނަން: ނާޒިމް

ކޮމަންޑޫ ދާއިރާގެ ތިން ރަށުގެ ރަށްޔިތުންނަކީ އިގްތިސޯދީ ގޮތުން ފުދުންތެރި ބަޔަކަށް ހަދައިދެއްވާނެ ކަމަށާއި، އެކަން ކޮށްދޭނީ ވެސް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން ކަމަށް އެ ޕާޓީގެ ރައީސް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އެމްއެންޕީގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބުދުލް ޙަންނާނު އިދުރީސްގެ މާލޭ ކެމްޕޭން ޖަގަހާގައި ރޭ ކުރިއަށް ދިޔަ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަމުން ނާޒިމް ވިދާޅ...

އަލީ އާދިލް
ދިއްދޫގައި އިލެކްޓްރިކަލް ވަޔަރިން ކޯހެއް ފަށަނީ 📍 ހއ. ދިއްދޫ

ދިއްދޫގައި އިލެކްޓްރިކަލް ވަޔަރިން ކޯހެއް ފަށަނީ

ހއ. ދިއްދޫގައި “އިލެކްޓްރިކަލް ވަޔަރިން” ކޯހެއް ހިންގުމަށް އެރަށު ކައުންސިލުން ނިންމައި، އެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ ދިއްދޫ ކައުންސިލާއި، މޯލްޑިވްސް ޕޮލިޓެކްނިކް އާއި ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ކޯހެކެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ މި ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އެފަރާތްތަކުގެ އައިޑީ ކާޑުގެ ކޮޕީ، ފޯނު ނަމްބަރު އަދި “ޑައި...

އައިޝަތު ނަސާޔާ
ތިލަދުންމަތީ ފެރީ ނެޓްވޯކަށް ބޭނުންވާ ފެރީތައް ނިންމާލައިފި، މިއަދު ޓެސްޓުތައް ފަށާނެ

ތިލަދުންމަތީ ފެރީ ނެޓްވޯކަށް ބޭނުންވާ ފެރީތައް ނިންމާލައިފި، މިއަދު ޓެސްޓުތައް ފަށާނެ

އުތުރުގެ ފެރީ ނިޒާމްގައި ބޭނުންކުރުމަށް ބަނދެފައިވާ 4 ފެރީއެއްގެ މަސައްކަތް ނިންމައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މި ލޯންޗު ފެރީތަކަކީ ގަލްފް ކްރާފްޓުން ބަނދެފައިވާ ލޯންޗުތަކެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 11 އޭޕްރިލް 2021 ގައެވެ. އެމްޓީސީސީން، ގަލްފް ކްރާފްޓް މޯލްޑިވްސް އާ ހަވާލުކުރީ 50 މީހުންގެ ޖާގައިގެ 17 ސްޕީޑް ފެރީއެއް ބަނުމަށެވެ. 30 ނޮޓް ގެ ބާރުމިނެއްގައި ދުވާ މި ފެރީގައި ފަސިންޖަރުންގެ ސީޓާއި، […]

އަޙްމަދު ވަހީދު
ފަތުހީ، ރައީސް ޔާމީންގެ އަނިޔާއިން ސަލާމަތް ކުރަންޖެހޭ: މޫކޭ 📍 ށ. ކޮމަންޑޫ

ފަތުހީ، ރައީސް ޔާމީންގެ އަނިޔާއިން ސަލާމަތް ކުރަންޖެހޭ: މޫކޭ

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓްގައި ވާދަކުރާ މޫސާ ފަތުހީ އާދަމް، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް “އަނިޔާއިން” ސަލާމަތްކުރަންޖެހޭ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑައިރެކްޓަރ މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ މަޑުއްވަރީދާއިރާގެ ރައީސް ކަންވެސް ކުރަށްވާ މޫކޭ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް އެމްޑީޕީގެ ފ...

އަލީ އާދިލް
ތުރާކުނު އަންހެނުންގެ ކޮމިޓީން އެރަށު ސިއްޚީ މަރުކަޒަށް އެހީތެރިވެއްޖެ 📍 ހއ. ތުރާކުނު

ތުރާކުނު އަންހެނުންގެ ކޮމިޓީން އެރަށު ސިއްޚީ މަރުކަޒަށް އެހީތެރިވެއްޖެ

ހއ. ތުރާކުނު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން އެރަށު ސިއްޚީ މަރުކަޒަށް ސްޕޮޓް މޮނީޓަރެއް ހަދިޔާ ކޮށްފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އެކޮމިޓީގެ ރައީސާ ހުޒެމާ މުހައްމަދު ވިދާޅުވީ މިފަދަ ހަރަކާތެއް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު މަގުސަދަކީ އާއްމު ރައްޔިތުންނަށް ފަސޭހަ ކަމާއިއެކު ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން އިއްޔެ ހަވާލުކުރެވުނު ސްޕޮޓް މޮނީޓަރާއިއެކު މަރުކަޒުން ދެމުންދާ ޚިދުމަތްތަކުގެ ތެރެއިން ޓެސްޓް ހެދުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ލ...

އައިޝަތު ނަސާޔާ
ކޮމަންޑޫ ދާއިރާގައި އެމްޑީޕީން ދަނީ ވައުދު ފުއްދާނެކަން ދައްކަމުން، ހޮވަންވީ ރާޝިދު: އަލީ ހަމީދު 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ދާއިރާގައި އެމްޑީޕީން ދަނީ ވައުދު ފުއްދާނެކަން ދައްކަމުން، ހޮވަންވީ ރާޝިދު: އަލީ ހަމީދު

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީ)އިން ކޮމަންޑޫ ދާއިރާއަށް ވެފައިވާ ވައުދުތައް ފުއްދަމުންދާތަން މިއަދު ފެންނަމުންދާއިރު، އެ ޕާޓީން އެ ދާއިރާގެ ރައްޔިތުންނަށް އެ ޔަގީން ކޮށްދެނީ ވައުދެއްވެއްޖެނަމަ ފުއްދާނެކަން ކަމަށާއި، އެހެންކަމުން އެ ވައުދުތައް ފުއްދުމަށް އެހީތެރިވުމަށް ކުރިއަށް އޮތް ބައި-އިލެކްޝަންގައި އެ ޕާޓީގެ ޓިކެޓްގައި އެ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދު (ރާޑޯ) ހޮވަންޖެހޭކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ މަޖިލިސް މެންބަރު، ރައްޔިތުންގެ މަޖިލީހު...

އަލީ އާދިލް
މެޖޯރިޓީ ދިނާމަ "ކުޅުނީ ބަތްކަކާ"، އިތުރު ގޮނޑިއެއް ދޭންޖެހޭ ސަބަބެއްނެތް: ސިދާތާ 📍 ށ. ކޮމަންޑޫ

މެޖޯރިޓީ ދިނާމަ "ކުޅުނީ ބަތްކަކާ"، އިތުރު ގޮނޑިއެއް ދޭންޖެހޭ ސަބަބެއްނެތް: ސިދާތާ

ރައްޔިތުންގެ މަޖިލީހުގެ ސްޕާ މެޖޯރިޓީ އެމްޑީޕީއަށް ދިނުމުން “ކުޅުނީ ބަތްކައްކާ” ކަމަށާއި، އިތުރު ގޮނޑިއެއް އެޕާޓީއަށް ދޭންޖެހޭ ސަބަބެއް ނެތްކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ އެއް ނައިބު ރައީސް، މި ސަރުކާރުގެ ކުރީގެ ޖެންޑާ މިނިސްޓަރު ސިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ. އެމްއެންޕީ)ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބުދުލް ޙަންނާނު އިދުރީސްގެ މާލޭ ކެމްޕެއިން ޖަގަހައިގައި މިރޭ ކުރިއަށްދާ ޖަލްސާގައި ވާހަކަދައްކަވަމުން ސިދާތާ ވިދާޅުވީ، ހަންނާނަކ...

ޝިއުނާ އާދަމް
ހަނިމާދޫ ބަނދަރުގެ 52 އިންސައްތަ މަަަސައްކަތް ނިމިއްޖެ 📍 ހދ. ހަނިމާދޫ

ހަނިމާދޫ ބަނދަރުގެ 52 އިންސައްތަ މަަަސައްކަތް ނިމިއްޖެ

ހދ. ހަނިމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 52 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ އެ މަޝްރުއުގެ ދަށުން އެރަށު އެއްގަމުތޮށި ލުމަށްޓަކައި ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތް މިދިޔަ ހޮނިހިރު ދުވަހު ނިމިފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން 53,522.50 ކިއުބިކް މީޓަރުގެ އާ ހާބަރު ބޭސިން ފުންކުރުމާއި، 31,575.50 ކިއުބިކް މީޓަރުގެ ބަނދަރަށް ވަދެވެން އޮންނަ ނެރު ފުންކުރާނެއެވެ. […]

އަޙްމަދު ވަހީދު
ށ. ފޭދޫ ފުޓުބޯޅަ ދަނޑުގެ ސަބްބޭސްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ށ. ފޭދޫ

ށ. ފޭދޫ ފުޓުބޯޅަ ދަނޑުގެ ސަބްބޭސްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ށ. ފޭދޫ ފުޓުބޯޅަ ދަނޑުގެ ސަބްބޭސްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިޢުލާން ކޮށްފިއެވެ. މިކަމާއި ގުޅިގެން ޔޫތު މިނިސްޓްރީން 30 ޖަނަވަރީ 2022 ގައި ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ މި މަސައްކަތާއި ގުޅޭގޮތުނަ މަޢުލޫމާތު ދިނުމުގެ ސެޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 13 ފެބްރުއަރީ 2022 ވާ އާދީއްތަ ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް […]

އިބްރާހިމް ޚަލީލް
ކޯވިޑްގެ ސަބަބުން ފާއިތުވި އަހަރު ހިންގަން ރޭވި ގިނަ ހަރަކާތްތަކަކަށް ހުރަސް އެޅުނު: ކޮމަންޑޫ ޑަބްލިއުޑީސީ 📍 ށ. ކޮމަންޑޫ

ކޯވިޑްގެ ސަބަބުން ފާއިތުވި އަހަރު ހިންގަން ރޭވި ގިނަ ހަރަކާތްތަކަކަށް ހުރަސް އެޅުނު: ކޮމަންޑޫ ޑަބްލިއުޑީސީ

ފާއިތުވި 2021 ވަނަ އަހަރު ކޮމަންޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ގިނަ ހަރަކާތްތަކެއް ހިންގިފައި ނުވަނީ އެ ރަށުގައި ކޯވިޑްގެ ހާލަތު ގޯސްވެ މޮނީޓަރިންގެ ހާލަތުގައި ގިނަ ދުވަސްތަކެއް އޮންނަން ޖެހުމުން ކަމުގައި އެ ކޮމެޓީގެ ފާއިތުވި އަހަރުގެ ލަނޑުދަނޑުތައް ހާސިލް ކުރެވިފައިވާ މިންވަރު އަންގައިދޭ ރިޕޯޓުގައި ހާމަކޮށްފިއެވެ. އެ ކޮމެޓީން ފާއިތުވި އަހަރު ހިންގުމަށް ގިނަ ހަރަކާތްތަކެއް ރާވާފައި ވީ ނަމަވެސް، އެ ހަރަކާތްތަކުގެ ތެރެއިން ޖުމްލަ ހަ ހަރަކާތެއް...

އިބްރާހިމް ޚަލީލް
"ކެލާ ސްޕަރ ލީގު 2022" ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހއ. ކެލާ

"ކެލާ ސްޕަރ ލީގު 2022" ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހއ. ކެލާގައި “ކެލާ ސްޕަރ ލީގު 2022” ގެ ނަމުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ މުބާރާތުގައި ޓީމްތައް ރަޖިސްޓަރީ ކުރުމަށް ފުރުޞަތު ހުޅުވާލައިފިއެވެ. ކެލާ ސްޕަރ ލީގަކީ އެ ރަށު ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ 15 ޖުލައި 2022 ވާ ހުކުރު ދުވަހު ކެލާ ފުޓްބޯޅަ ދަނޑުގައެވެ. މި މުބާރާތުގައި ޓީމްތައް ރަޖިސްޓަރީ ކުރުމަށް ފުރުޞަތު ހުޅުވާލައި އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި […]

އިބްރާހިމް ޚަލީލް
ތުރާކުނު ސްކޫލްގެ ކުޅޭ ސަރަހައްދު ހިޔާ ކުރުމުގެ މަސައްކަތް ނިންމާލައިފި 📍 ހއ. ތުރާކުނު

ތުރާކުނު ސްކޫލްގެ ކުޅޭ ސަރަހައްދު ހިޔާ ކުރުމުގެ މަސައްކަތް ނިންމާލައިފި

ހއ. ތުރާކުނު ސްކޫލާއި އެރަށު ކައުންސިލުން ގުޅިގެން އެރަށު ސްކޫލްގެ ޕްލޭގްރައުންޑް ހިޔާ ކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ. ތުރާކުނު ކައުންސިލްގެ ރައީސް އަލީ އަބްދުލް ލަތީފް “ތިލަދުން ” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިމަސައްކަތް ނިންމާލާފައިވާ މިވަނީ 2 ދުވަހުގެ ތެރޭގައި ކަމަށެވެ. އަދި މިމަސައްކަތުގައި އެރަށު ޕޮލިސް ޑެސްކާއި އާއްމު ފަރުދުންގެ އެހީތެރިކަން ލިބިފައިވާކަން ލަތީފް ފާހަގަ ކުރެއްވިއެވެ. 50 ފޫޓް 35 ފޫޓްގެ މި ޕްލޭގްރާއުންޑް ގެ މަސައްކަތްތައް ކުރިއަށް ގެންދަމުންދަނީ ފޭސްތަކަކަށް […...

އައިޝަތު ނަސާޔާ