މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
އެންމެ ހިންގުންތެރި ތިން ޑަބްލިއުޑީސީ ހޮވާ، ށ.އަތޮޅު ކައުންސިލުން އެވޯޑް ދެނީ

އެންމެ ހިންގުންތެރި ތިން ޑަބްލިއުޑީސީ ހޮވާ، ށ.އަތޮޅު ކައުންސިލުން އެވޯޑް ދެނީ

ށ.އަތޮޅުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ ތެރެއިން އެންމެ ހިންގުންތެރި ތިން ކޮމެޓީ ހޮވާ “މާރެސް އެވޯޑް” ނަމުގައި އެވޯޑެއް ދިނުމަށް އެ އަތޮޅު ކައުންސިލުން ނިންމައިފިއެވެ. މި އެވޯޑް ދިނުމަށް އަތޮޅު ކައުންސިލުން ނިންމާފައި ވަނީ ގައުމީ ދުވަހުގެ މުނާސަބަތުގައި ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހު މާއުނގޫދޫގައި ބާއްވާ ދުވަހުގެ ހާއްސަ ޖަލްސާގައެވެ. ށ.އަތޮޅު ކައުންސިލްގެ ފަރާތުން އަތޮޅު ފެންވަރުގައި ގައުމީ ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދަން މި އަހަރު ނިންމާފައި ވަނީ […]

އިބްރާހިމް ޚަލީލް
އިޖުތިމާއީ ހަރަކާތް ހިންގަން ތިން ޑަބްލިއުޑީސީއަކަށް ށ.އަތޮޅު ކައުންސިލުގެ މާލީ އެހީ

އިޖުތިމާއީ ހަރަކާތް ހިންގަން ތިން ޑަބްލިއުޑީސީއަކަށް ށ.އަތޮޅު ކައުންސިލުގެ މާލީ އެހީ

ށ.އަތޮޅުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުން ރާވާ އިޖުތިމާއީ ތަރައްގީގެ ޕްރޮގްރާމްތަކަށް މާލީ އެހީއަށް އެދި ޕްރޮޕޯސަލް ހުށައެޅުމަށް މިދިޔަ ޖުލައި މަހު އެ އަތޮޅު ކައުންސިލުން ހުޅުވާލި ފުރުސަތުގެ ދަށުން ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ތިން ޕްރޮޕޯސަލް ހުށަހެޅި ތިން ޑަބްލިއުޑީސީ ހޮވައިފިއެވެ. އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅާ ތިން ޑަބްލިއު ޑީސީގެ ތެރެއިން ކޮންމެ ޑަބްލިއުޑީސީއަކަށް 50000 (ފަންސާސްހާސް) ރުފިޔާ ދިނުމަށް އަތޮޅު ކައުންސިލުން ވަނީ ނިންމާފައެވެ. އެންމ...

އިބްރާހިމް ޚަލީލް
70 ބައިވެރިންނާއި އެކު ތިލައުތުރު ލާމަރުކަޒީ މަހާސިންތާ ދިއްދޫގައި ފަށައިފި

70 ބައިވެރިންނާއި އެކު ތިލައުތުރު ލާމަރުކަޒީ މަހާސިންތާ ދިއްދޫގައި ފަށައިފި

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅު ރަށްތަކަށް ބާއްވާ “ތިލައުތުރު ލާމަރުކަޒީ މަހާސިންތާ” ފަށައިފިއެވެ. މި މަހާސިންތާއަކީ މި މަހުގެ 29 ވަނަ ދުވަހުން 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މަހާސިންތާއެކެވެ. މި މަހާސިންތާ މިއަދު އަތޮޅު ކައުންސިލް ސްޓޭޓް ހައުސް ކޮންފަރެންސް ހޯލުގައި ވަނީ ފަށާފައެވެ. މި މަހާސިންތާގައި ޖުމްލަ 70 ފަރާތަކުން ބައިވެރިވެއެވެ. މި މަހާސިންތާ ބޭއްވުމުގެ މައިގަނޑު  މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އިދާރީގޮތުންނާއި މާލީގޮތުން ހއ.އަތޮޅުގ...

އިބްރާހިމް ޚަލީލް
ކޭއާރުއެޗުގެ މުވައްޒަފުންނަށް ލީޑާޝިޕާއި ޓީމް ސްޕްރިޓާއިގުޅޭ ޕްރޮގްރާމެއް

ކޭއާރުއެޗުގެ މުވައްޒަފުންނަށް ލީޑާޝިޕާއި ޓީމް ސްޕްރިޓާއިގުޅޭ ޕްރޮގްރާމެއް

މޯލްޑިވްސް ނެޝަނަލް ޑީފެންސް ފޯސް (އެމްއެންޑީއެފް) އިން ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު)ގެ މުވައްޒަފުންނަށް އަމާޒުކޮށްގެން “ވީކް އެންޑް ވިތު އެމްއެންޑީއެފް – ލީޑަރޝިޕް އެންހޭންސްމެންޓް ޕްރޮގްރާމް” ޅ. މާފިލާފުށީގައި ކުރިއަށްގެންގޮސްފިއެވެ. މި ޕްރޮގްރާމަކީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑާއި، އެމްއެންޑީއެފް ދަ ބޭސިކް ސްކޫލު ގުޅިގެން މި މަހުގެ 22 އިން 24 ގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ކޭއާރުއެޗުގެ 28 މުވައްޒަފަކު ބައިވެރިވެ ތަމްރީނުތައް ފ...

ޔުމްނާ ޢަލީ
އިހަވަންދޫގައި "ފީހޮޅި އަޅާތީ" ހުއްޓުވަން ގޮވާލައިފި، ކައުންސިލުން ބުނީ "ސިޔާސީ ދޮގެއް" ކަމަށް 📍 ހއ. އިހަވަންދޫ

އިހަވަންދޫގައި "ފީހޮޅި އަޅާތީ" ހުއްޓުވަން ގޮވާލައިފި، ކައުންސިލުން ބުނީ "ސިޔާސީ ދޮގެއް" ކަމަށް

ހއ. އިހަވަންދޫ މަގު ހެދުމުގެ މަޝްރޫއުގައި “ފީހޮޅި އެޅުން” ހުއްޓުވަން ޖެހޭކަމަށް ކުރީގެ އެރަށު ކައުންސިލް ރައީސް މުޙައްމަދު ރަޝީދު ގޮވާލައިފި އެވެ. މިކަމާއި ގުޅޭގޮތުން ރަޝީދު ވަނީ މީސް މިޑިޔާގައި ކަންބޮޑުވުން ފާޅުކޮށް ތުޙުމަތުތަކެއް ކުރައްވާފަ އެވެ. އެގޮތުން އެރަށު މަގުތައް ހެދުމަށް ކުރީ ސަރުކާރުން ގެނާ ހޮޅި (އަޅި ކުލައިގެ ހޮޅި) އެއީ ފީ ހޮޅިކަމަށް ރައުޔުނެރެ އިހަވަންދޫ ކައުންސިލުން އެ ހޮޅިތަށް މަގުތަކަށް ނޭޅެނެކަމަށް ބުނެ އެދުވަހު އަޑުއުފުލިކަަމަށާއި ކުރިންގެނައި ހޮޅި ބެހެއްޓުމަށްފަހު މި […]

އަލީ އާދިލް
ހޯރަފުށީގައި 40 ބައިވެރިންނާއެކު ނިޔަމި ކޯހެއް ކުރިއަށް ގެންގޮސްފި 📍 ހއ. ހޯރަފުށި

ހޯރަފުށީގައި 40 ބައިވެރިންނާއެކު ނިޔަމި ކޯހެއް ކުރިއަށް ގެންގޮސްފި

ހއ. ހޯރަފުށީގައި 40 ބައިވެރިންނާއެކު ނިޔަމި ކޯސް – 2 ކުރިއަށް ގެންގޮސްފި އެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވި ގޮތުގައި، މިކޯސް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 18 އިން 27 އަށެވެ. މި ކޯހަކީ ހޯރަފުށި ޕޮލިސް ސްޓޭޝަނާއި، ކައުންސިލާއި، ސެންޓަރ ފޯ މެރިޓައިމް ސްޓަޑީޒް އަދި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ ގުޅިގެން ކުރިއަށް ގެންދިޔަ ކޯހެކެވެ. މެރިޓައިމް އިންސްޓިޓިއުޓްގެ މުދައްރިބުން ކިޔަވައިދެއްވި މި ކޯހުގައި، ނެވިގޭޝަން، ކޮމިއުނިކޭޝަން، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން، […]

އިބްރާހިމް އަސްވާޤް
އުލިގަމު ކައުންސިލުން، އެރަށު ސްކޫލުގެ ހުރިހާ ކުލާހަކަށް ޓީވީ ހަދިޔާކޮށްފި

އުލިގަމު ކައުންސިލުން، އެރަށު ސްކޫލުގެ ހުރިހާ ކުލާހަކަށް ޓީވީ ހަދިޔާކޮށްފި

ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލުން އެރަށު ސްކޫލުގެ ހުރިހާ ކުލާހެއް ޑިޖިޓަލް ކުރުމަށް ބޭނުންވާ ޓީވީ ހަދިޔާކޮށްފިއެވެ. އެ ސްކޫލުގައި ހުރި 11 ކްލާސް ރޫމް ޑިޖިޓަލް ކުރުމަށް 65 އިންޗީގެ 11 ޓީވީ ކައުންސިލުން ވަނީ ސްކޫލަށް ހަދިޔާކޮށްފައެވެ. މި ޓީވީތައް ގަތުމަށް އެ ކައުންސިލުން ވަނީ  129420 (އެއްލައްކަ ނަވާވީސް ހާސް ހަތަރުސަތޭކަ ވިހި) ރުފިޔާ ރައްޔިތު މާލިއްޔާއިން ހަރަދުކޮށްފައެވެ. މިކަމާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން އުލިގަމު ކައުންސިލުގެ ރައީސް އަހްމަދު މުއާޒް […]

އިބްރާހިމް ޚަލީލް
އިހަވަންދޫގައި ޝޮޕިންގ ކޮމްޕްލެކްސް އިމާރާތެއް ތަރައްޤީކުރުމަށް ހުޅުވާލައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫގައި ޝޮޕިންގ ކޮމްޕްލެކްސް އިމާރާތެއް ތަރައްޤީކުރުމަށް ހުޅުވާލައިފި

ހއ. އިހަވަންދޫގައި ޝޮޕިންގ ކޮމްޕްލެކްސް އިމާރާތެއް ތަރައްޤީކުރުމަށް ބިމެއް ކުއްޔަށް ދޫކުރުމަށް އިހަވަންދޫ ކައުންސިލުން ހުޅުވާލައިފި އެވެ. މިގޮތުން އެ ރަށުގެ އިރު އުތުރު ފަރާތު ބަނދަރު ސަރަޙައްދުގައި އޮތް 7250 އަކަފޫޓުގެ ބިމެއް 25 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ވަނީ ނިންމާފައެވެ. ކައުންސިލުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ބިމުގެ ކުލި ފެށޭ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް މަހަކު 1 ރުފިޔާއެވެ. އަދި ބިން ހަވާލުކުރާތާ ފުރަތަމަ 3 މަސް ތެރޭގައި އިމާރާތްކުރުމުގެ […]

އިބްރާހިމް އަސްވާޤް
ނުގަވައިދުން އުޅޭ ބިދޭސީން ފިލަން ކުޅުދުއްފުށި ސިޓީއަށް 📍 ހދ. ކުޅުދުއްފުށި

ނުގަވައިދުން އުޅޭ ބިދޭސީން ފިލަން ކުޅުދުއްފުށި ސިޓީއަށް

ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ރައީސް މުހައްމަދު މުއިއްޒުގެ އެންގެވުމުގެ ދަށުން ހޯމްލޭންޑް މިނިސްޓްރީ އާއި ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން މިހާރު މާލޭގައި ހިންގަމުން އަންނަ އޮޕަރޭޝަންގެ ސަބަބުން، މާލޭގައި ނުގަވާއިދުން އުޅޭ ބިދޭސީން ފިލުމަށް ހދ. ކުޅުދުއްފުށި ސިޓީ އާއި އެނޫންވެސް އަތޮޅު ތެރޭގެ ރަށްރަށަށް އަންނަނީ ދަތުރު ކުރަމުންނެވެ. ހދ. ކުޅުދުއްފުށި ސިޓީއަށް ނުގަވައިދުން އެތެރެވަމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ކުޅުދުއްފުށި ސިޓީ ކައުންސިލުން މިއަދު މޯލްޑ...

އަލީ އާދިލް
ތިލަދެކުނު ފުޓްބޯޅަ މުބާރާތުގައި 8 ޓީމް، އަންހެން ފުޓްސަލް އަށް ބޮޑު ތަރުހީބެއް

ތިލަދެކުނު ފުޓްބޯޅަ މުބާރާތުގައި 8 ޓީމް، އަންހެން ފުޓްސަލް އަށް ބޮޑު ތަރުހީބެއް

ހދ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ތިލަދެކުނު ފުޓުބޯޅަ މުބާރާތް 2024” ގައި 8 ޓީމް ބައިވެރިވެފައިވާއިރު، އެ ކައުންސިލުން އަތޮޅުގެ ކަނބަލުންނަށް ބާއްވާ “ތިލަދެކުނު ފުޓްސަލް މުބާރާތް 2024” ގައި 14 ޓީމް ބައިވެރިވެއްޖެއެވެ. ސެޕްޓެމްބަރ މަހުގެ 6 ވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަތޮޅު ކައުންސިލުން ދީފައިވަނީ ހދ.އަތޮޅުގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ކުލަބް ޖަމިއްޔާތަކަށެވެ. މުބާރާތުގައި ބައިވެރިވި 8 ޓީމް މަގުލަސް ކުލަބް (ކުޅުދުއްފުށި) އިންފިނ...

އިބްރާހިމް ޚަލީލް
އުތުރުގައި ބަންކަރިން ޚިދުމަތްފެށުން ސެޕްޓެމްބަރު 12 ގައި

އުތުރުގައި ބަންކަރިން ޚިދުމަތްފެށުން ސެޕްޓެމްބަރު 12 ގައި

ރާއްޖޭގައި ފަށާ އިޤްތިޞާދީ އެންމެބޮޑު އެއް މަޝްރޫ، އުތުރުގައި ފަށަން ނިންމާފައިވާ ބަންކަރިންގެ ޚިދުމަތް އަންނަ ސެޕްޓެމްބަރު 12 ގައި ތައްޔާރުވެފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު އިއްޔެ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ބޭރުފައިސާ ލިބުމުގެ ދަތިކަމަށް ޙައްލުހޯދުމަށާއި ރާއްޖޭގެ އިޤުތިޞާދު އިތުރަށް ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަން ހާމަކުރުމަށް ސަރުކާރުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އިހަވަންދިއްޕ...

ޔުމްނާ ޢަލީ
އޮޑިޓަރ ޖެނެރަލް އުތުރު ސަރަޙައްދީ އޮފީހަށް ޒިޔާރަތްކުރައްވާ، ބައެއް އިދާރާތަކާއި ބައްދަލުކުރައްވައިފި

އޮޑިޓަރ ޖެނެރަލް އުތުރު ސަރަޙައްދީ އޮފީހަށް ޒިޔާރަތްކުރައްވާ، ބައެއް އިދާރާތަކާއި ބައްދަލުކުރައްވައިފި

ހދ. ކުޅުދުއްފުށި ސިޓީގައި ހުންނަ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އުތުރު ސަރަޙައްދީ އޮފީހަށް، އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ ވަނީ ރަސްމީ ދަތުރެއް ކުރައްވާ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވައިފި އެވެ. އޮޑިޓަރ ޖެނެރަލްގެ އޮފީހުން އިއްޔެ ހާމަކުރި ގޮތުގައި، މިދަތުރު ކުރެއްވީ މިމަހުގެ 20 ވަނަ ދުވަހުން 23 ގެ ނިޔަލަށެވެ. މި ދަތުރުފުޅުގައި އޮޑިޓަރ ޖެނެރަލް ވަނީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި، އަތޮޅު ކައުންސިލާއި، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި، އަދި ފެނަކަ ކުޅުދުއްފުށީގެ އިސްވެރިންނާއި މެނޭޖް...

އަލީ އާދިލް
މަޑުއޭކޭ ހެޓްރިކް، ޗެލްސީއަށް ބޮޑު މޮޅެއް

މަޑުއޭކޭ ހެޓްރިކް، ޗެލްސީއަށް ބޮޑު މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގަ ރޭ ޗެލްސީއާއި ވުލްވްސް ބައްދަލުކުރި މެޗު، ބޮޑު ތަފާތަކުން ޗެލްސީ މޮޅުވެއްޖެއެވެ. ރަށުން ބޭރުގައި ކުޅުނު މި މެޗު ޗެލްސީން ކާމިޔާބު ކުރީ 6-2 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. މިއީ މި ސީޒަންގައި ލީގުގައި ޗެލްސީ ހޯދި ފުރަތަމަ މޮޅެވެ. ލީގުގެ ފުރަތަމަ މެޗުގައި ޗެލްސީ ބަލިވީ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަތުންނެވެ. ރޭ މެޗުގެ ފުރަތަމަ ލަނޑުޖަހައި ޗެލްސީއަށް ލީޑު ހޯދައިދިނީ ނިކްލަސް ޖެކްޝަނެވެ. މެޗުގެ 27 ވަނަ މިނެޓުގައި […]

އިބްރާހިމް ޚަލީލް
ކޭއާރުއެޗް މުވައްޒަފުންނަށް "ވީކްއެންޑް ވިތު އެމްއެންޑީއެފް - ލީޑަރޝިޕް އެންހޭންސްމެންޓް ޕްރޮގްރާމް" ބާއްވައިފި

ކޭއާރުއެޗް މުވައްޒަފުންނަށް "ވީކްއެންޑް ވިތު އެމްއެންޑީއެފް - ލީޑަރޝިޕް އެންހޭންސްމެންޓް ޕްރޮގްރާމް" ބާއްވައިފި

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑާއި އެމްއެންޑީއެފް ދަ ބޭސިކް ސްކޫލުގެ އިސްނެގުމުގެ ދަށުން، ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން “ވީކްއެންޑް ވިތު އެމްއެންޑީއެފް – ލީޑަރޝިޕް އެންހޭންސްމެންޓް ޕްރޮގްރާމް” ބާއްވައިފި އެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދެވުނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ހެޑްކުއޯޓަރޒް، ޅ. މާފިލާފުށީގައި މި މަހުގެ 22 އިން 24 އަށެވެ. މި ޕްރޮގްރާމުގައި ހޮސްޕިޓަލުގެ 28 މުވައްޒަފުން ބައިވެރިވިއެވެ. މި ޕްރޮގްރާމަކީ ވާދަވެރި މިލިޓަރީ އުސްލޫބެއްގެ...

އަލީ އާދިލް
ފުވައްމުލަށް ސިޓީ ކައުންސިލުގެ ވަފުދެއް، ތަޖުރިބާ ދަތުރެއްގައި ހއ. އަދި ހދ. ގެ ރަށްތަކަށް 📍 ހދ. ކުޅުދުއްފުށި

ފުވައްމުލަށް ސިޓީ ކައުންސިލުގެ ވަފުދެއް، ތަޖުރިބާ ދަތުރެއްގައި ހއ. އަދި ހދ. ގެ ރަށްތަކަށް

ފުވައްމުލަށް ސިޓީ ކައުންސިލުން ތަޖުރިބާ ދަތުރެއްގައި ހއ. އަދި ހދ. ގެ ބައެއް ރަށްތަކަށް ދަތުރެއް ފަށައިފި އެވެ. މިދަތުރުގައި ފުވައްމުލަށް ސިޓީ ކައުންސިލުގެ މޭޔަރާއި، ކައުންސިލަރުންނާއި، ސެކްރެޓަރީ ޖެނެރަލް އަދި ކައުންސިލް އިދާރާގެ މުވައްޒަފުން ބައިވެރިވެއެވެ. ހއ. އަދި ހދ. އަތޮޅުގެ ރަށްތަކަށް ކުރަމުންދާ ތަޖުރިބާ ދަތުރުގެ ތެރެއިން މިއަދު ވަނީ ކުޅުދުއްފުށި ސިޓީއަށް ޒިޔާރަތްކޮށްފަ އެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން މަޢުލޫމާތު ދެއްވިގޮތުގައި، މި ޒިޔާރަތުގައި ފުވައްމުލަށް ސިޓީ ކައުންސިލުގެ ވަފުދުން ކ...

އިބްރާހިމް އަސްވާޤް