📍 ހދ. ހިރިމަރަދޫ
މީސްކޮޅު މަދު ހިރިމަރަދޫއަށް ފުޓްބޯޅާގައި ތާރީހީ ކާމިޔާބެއް
ހދ.އަތޮޅުގައި އޮތް އެންމެ އާބާދީ ކުޑަ އެއް ރަށަކީ ހިރިމަރަދޫއެވެ. މީސްކޮޅު މަދުވެފައި ކުޅިވަރުގެ ވަސީލަތްތައް މަދުނަމަވެސް އަތޮޅުގައި ބޭއްވޭ ގިނަ ފުޓްބޯޅަ މުބާރާތްތަކުގައި އެ ރަށް އަންނަނީ ވާދަކުރަމުންނެވެ. މިހާތަނަށް ފުޓްބޯޅާގައި އަތޮޅުތެރޭ މާ ބޮޑު ކާމިޔާބެއް ހޯދިފައި ނުވި ނަމަވެސް ގިނަ މުބާރާތްތަކެއްގައި، އެ ރަށުން ޓީމެއް ބައިވެރިވެ ވާދަކުރުމުން، ފެނިގެންދާ ހަގީގަތަކީ އެއީ ފުޓްބޯޅައަށް ލޯބިކުރާ ބަޔަކު ދިރިއުޅެމުން އަންނަ ރަށެއްކަމެވެ. 2009 ވަނަ އަހަރު ހދ.އަތޮޅު މުބާރާތުގެ ސެމީ ފައިނަލަށް ދަތުރ...