މިހާރު ކުރަމުންދާ ވިއްސާރާގައި ކުޅުދުއްފުށީ ސިޓީގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
ރާއްޖޭގެ އުތުރުގެ 3 އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ފުރުސަތު އޮތް ކަމަށް ލަފާކުރެވޭތީ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް ވަނީ އެ އަތޮޅުތަކަށް އޮރެންޖް އިންޒާރު ނެރެފައެވެ.
އެމްއެންޑީއެފުން ބުނީ، ކުޅުދުއްފުށީ ސިޓީގެ މަގުތަކުގައި ފެން ބޮޑުވުމާ ގުޅިގެން ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށީ ފަޔަރ ސްޓޭޝަންގެ ސިފައިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް ތިލަދުންމައްޗަށް އޮރެންޖް އިންޒާރު!
ކުޅުދުއްފުށި ސިޓީއަށް ކުރަމުންދާ ގަދަ ވިއްސާރައިގެ ސަބަބުން ރަށުގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާތީ، ކުޅުދުއްފުށި ސިޓީ ކައުންސިލުން ވަނީ ވަގުތީ ހޮޓްލައިނެއް ވެސް ޤާއިމްކޮށްފައެވެ.
ކުޅުދުއްފުށީގައި ފެންބޮޑުވުމާ ގުޅިގެން ވަގުތީ ހޮޓްލައިނެއް ޤާއިމްކޮށްފި
މިގޮތުން ފެންބޮޑުވެ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް 6527120 ނަންބަރަށް ގުޅުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!