ވާރޭ ހުއްޓާލި ނަމަވެސް ނޮޅިވަރަމްގެ ގިނަ ގެތަކުގައި އަދިވެސް ފެންބޮޑުވެފައި
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ވާރޭ ވެހުން ހުއްޓިފައިވީ ނަމަވެސް ނޮޅިވަރަމްގެ ގިނަ ގެތަކެއްގައި އަދިވެސް ފެންބޮޑުވެފައިވާ ކަމަށާއި، ނޮޅިވަރަންފަރުގެ ބޮޑު ސަރަހައްދަކުން ފެން ހިނދި ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ. އެންޑީއެމްއޭ އިން އާންމުކުރި ވިއްސާރައިގެ އެންމެ ފަހުގެ މައުލޫމާތުގައިވާ ގޮތުން، ނޮޅިވަރަމަށް ވާރޭ ވެހުން މިހާރު ވަނީ ހުއްޓާލާފައެވެ. ނަމަވެސް ވާރޭ ހުއްޓުނު ނަމަވެސް، އެ ރަށުގެ ގިނ...