މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
ޤައުމީ ދުވަސް ފާހަގަކުރުމުގެ ޖަލްސާ މާލެއާއި އުތީމުގައި 📍 ހއ. އުތީމު

ޤައުމީ ދުވަސް ފާހަގަކުރުމުގެ ޖަލްސާ މާލެއާއި އުތީމުގައި

މިއަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމަށް ސަރުކާރުން ބާއްވާ ޖަލްސާ އޮންނާނީ ހއ. އުތީމާއި، މާލެއާއި އޮންނާނެކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ބުނެފިއެވެ. ޤައުމީ ދުވަސް ފާހަގަކުރުމުގެ ރަސްމީ ޖަލްސާއެއް ކޮންމެ އަހަރަކުން އުތީމުގައި އޮވެއެވެ. ދިވެހިބަހާ ބެހޭ ވުޒާރާއިން ބުނީ، މި އަހަރު ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ މާލޭގައިކަމަށެވެ. އަދި އުތީމުގައި ވެސް ޚާއްޞަ ޖަލްސާ އޮންނާނެކަމަށެވެ. ދިވެހި ޤައުމީ ދުވަސް އެދުވަހަކަށް ނިސްބަތްވާ ރަބީޢުލްއައްވަލު މަހުގެ 1 ވަނަ ދުވަހަކީ ތިލަ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި ބާއްވާ ފަހާ ކޯހުގައި ބައިވެރިވާން ހުޅުވާލައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ބާއްވާ ފަހާ ކޯހުގައި ބައިވެރިވާން ހުޅުވާލައިފި

ކުޅުދުއްފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެ ރަށުގެ ކަނބަލުންނަށް އަމާޒުކޮށްގެން ބާއްވާ ފަހާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ކޯހަކީ ފެހުމުގެ ލެވެލް 1، ގެ އިތުރުން އެޑްވާންސް ލެވެލް ވެސް ހިމެނޭހެން އެއް މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކޯހެކެވެ. ކޯސް ފެށުމަށް މިހާރު ތާވަލު ކޮށްފައި ވަނީ މި މަހުގެ 29 ވަނަ ދުވަހެވެ. ކޯސް ފަށާ ތާރީހަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއްކަމުގައި އެ ކޮމެޓީން ބުނެއެވެ. މި […]

އިބްރާހިމް ޚަލީލް
ފިއްލަދޫ މީހަކު ޑަންލޮޕް ދަޅަކަށް ފައިސާ ނުދީ ދިއުމުން 1މަހާއި 24 ދުވަހަށް ޖަލަށް 📍 ހއ. ފިއްލަދޫ

ފިއްލަދޫ މީހަކު ޑަންލޮޕް ދަޅަކަށް ފައިސާ ނުދީ ދިއުމުން 1މަހާއި 24 ދުވަހަށް ޖަލަށް

ހއ. ފިއްލަދޫ ފިހާރައަކުން ފައިސާ ނުދީ ޑަންލޮޕް ދަޅެއް ހިފައިގެން ދިޔަ މީހަކު އެއް މަހާއި 24 ދުވަހަށް ޖަލަށްލުމަށް އެ ރަށު ކޯޓުން ހުކުމްކޮށްފި އެވެ. ހއ. ފިއްލަދޫ ސުވާސާގޭ މުއައްލިމް މުހައްމަދު މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހު ފިއްލަދޫ ވިވިޑް މާޓުން ކުޑަ ޑަންލޮޕް ދަޅެއް ނެގުމަށްފަހު އެއަށް ވާ ފައިސާ ނުދީ ދިޔަ މައްސަލާގައި ދައުލަތުން ކުރީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ […]

ހުސައިން ހަބީބް
އަންނަ އޮކްޓޯބަރު މަހުން ފެށިގެން ވައިކަރަދޫ ދަނޑުބިންތަކުން ކުލި ނަގަނީ 📍 ހދ. ވައިކަރަދޫ

އަންނަ އޮކްޓޯބަރު މަހުން ފެށިގެން ވައިކަރަދޫ ދަނޑުބިންތަކުން ކުލި ނަގަނީ

ދަނޑުވެރިކަން ކުރުމަށް ހދ.ވައިކަރަދޫއިން ދޫކޮށްފައި ދަނޑުބިންތަކުން އަންނަ އޮކްޓޯބަރ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުލި ނަގަން އެ ރަށު ކައުންސިލުން ނިންމައިފިއެވެ. އެ ކައުންސިލުން ބުނީ ދަނޑުބިމަށް އެދިލެއްވި ހުރިހާފަރާތަކަށް ދަނޑުބިން ކަނޑައަޅާ މިހާރު ނިމިފައިވާ ކަމަށާއި، ވުމާއިއެކު އަންނަ އޮކްޓޯބަރ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުލީގެ ގޮތުގައި އަކަފޫޓަކަށް 02 ލާރީގެމަގުން ކުލި ހިނގަންފަށާނެ ކަމަށެވެ. ދަނޑުބިންތަކުގެ ފޫޓްއަޅާއި އެއްބަސްވުން ހެދުމުގެ މަސައްކަތް އެ ރަށު ކައުންސިލުން މިހާރު...

އިބްރާހިމް ޚަލީލް
"އަތޮޅު ހިފްޡު މަޝްރޫޢު" އަށް ހއ.އަތޮޅުން ބައިވެރިން ހޯދަނީ

"އަތޮޅު ހިފްޡު މަޝްރޫޢު" އަށް ހއ.އަތޮޅުން ބައިވެރިން ހޯދަނީ

ތަޙްފީޡިލް ޤުރުއާނިލް ކަރީމްގެ ފަރާތުން ރާއްޖޭގެ ހުރިހާ އަތޮޅު ކައުންސިލްތަކާއި ގުޅިގެން އެ ޖަމިއްޔާއިން ހިންގަމުންގެންދާ ކީރިތި ޤުރުއާން ޚިފްޡު ކޮށްދޭ މަޝްރޫޢު “އަތޮޅު ޙިފްޡް މަޝްރޫޢު” ގެ އައު ބެޗެއް ފެށުމަށް ޓަކައި ކޮންމެ އަތޮޅެއްގެ ރަށަކުން 2 ދަރިވަރަކަށް ހޮވުމަށް ގެންދާ ފުރުސަތުގެ ދަށުން ހއ.އަތޮޅުގެ ރަށްތަކުން ބައިވެރިން ހޯދުމަށް ފުރުސަތު ހުޅުވާލައިފިއެވެ. ޖަމްޢިއްޔަތު ތަޙްފީޡިލް ކަރީމް އަކީ މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމެންޓްގައި ރަޖިސްޓްރީކޮށްގެން ހިންގާ ހިލޭ ސާ...

އިބްރާހިމް ޚަލީލް
މުބާރާތުގެ ހުރިހާ މެޗަކުން މޮޅުވެ ޗެމްޕިއަންކަން ހަނިމާދޫއަށް 📍 ހދ. ހަނިމާދޫ

މުބާރާތުގެ ހުރިހާ މެޗަކުން މޮޅުވެ ޗެމްޕިއަންކަން ހަނިމާދޫއަށް

ކުޅުދުއްފުށި ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި، ޕެނަލްޓީ ޖަހައިގެން ހިރިމަރަދޫ ކްލަބް ޑޮމިނޭޓާސް ބަލިކޮށް ޗެމްޕިއަންކަން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ހޯދައިފިއެވެ. މުބާރާތުގެ ފައިނަލް މެޗު މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނުއިރު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 2-2 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ދެ ޓީމްގެ ފަރާތުން ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ހަނިމާދޫ ޓީމުންނެވެ. މި ލަނޑު ފުރަތަމަ ހާފުގައި […]

އިބްރާހިމް ޚަލީލް
ހަނިމާދޫ އެއާޕޯޓުގެ އޮޕަރޭޝަން މިރޭ އަލުން ފަށަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫ އެއާޕޯޓުގެ އޮޕަރޭޝަން މިރޭ އަލުން ފަށަނީ

ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މެދުކަނޑާލާފައިވާ ހަނިމާދޫ އިންޓަނޭޝަން އެއާޕޯޓު އޮޕަރޭޝަން މިރޭ އަލުން ފަށަން ތައްޔާރުވެއްޖެއެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަން ވަގުތީގޮތުން އިއްޔެ މެދުކަނޑާލީ އެތަނުގެ ފަޔަރ ސާވިސްގެ ފަޔަރ ލޮރީއަކަށް ދިމާވި މައްސަލައަކާއި ގުޅިގެންނެވެ. ހަނިމާދޫ އެއާޕޯޓުގެ އިސް އޮފިޝަލެއް ‘’ތިލަދުން’’ އަށް މިއަދު ބުނީ އެ ފަޔަރ ލޮރީއަށް ދިމާވި މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ހައްލުވުމާއެކު މޯލްޑިވިއަނުން ހަނިމާދޫން ޓްރެވެންޑްރަމަށް ފުރަން...

ޔުމްނާ ޢަލީ
ފިއްލަދޫ ކައުންސިލް ކަޕް ފުޓްސަލް އަދި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި 📍 ހއ. ފިއްލަދޫ

ފިއްލަދޫ ކައުންސިލް ކަޕް ފުޓްސަލް އަދި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ފިއްލަދޫ ކައުންސިލް ކަޕް 2024” ފުޓްސަލް (ފިރިހެން) އަދި ހޭންޑްބޯޅަ (އަންހެން) މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ދެ މުބާރާތް ކުރިއަށް ގެންދިޔުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ކުޅިވަރުގެ ދާއިރާއިން މީހުން ބިނާކުރުމެވެ. މިމުބާރާތްތަކުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން މުބާރާތުގައި ޓީމް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް ފުރިހަމ...

އިބްރާހިމް ޚަލީލް
މޯލްޑިވިއަނުން ހަނިމާދޫއަށް ކުރާ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލައިފި 📍 ހދ. ހަނިމާދޫ

މޯލްޑިވިއަނުން ހަނިމާދޫއަށް ކުރާ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލައިފި

ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ގައުމީ އެއާލައިން، މޯލްޑިވިއަނުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރަމުން އަންނަ ދަތުރުތައް މެދުކަނޑާލާފައިވާ ކަމުގައި މޯލްޑިވިއަނުން ބުނެފިއެވެ. މޯލްޑިވިއަނުން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ވަގުތީގޮތުން ހަނިމާދޫ އެއާޕޯޓްގެ އޮޕަރޭޝަން މާދަމާ ހެނދުނު 06:00 އާ ހަމައަށް މެދުކަނޑާލާފައިވާ ކަމަށެވެ. އެހެންކަމުން މި ވަގުތުގައި ހަނިމާދޫއަށް އޮޕަރޭޓް ކުރަން ހަމަޖެހިފައިވާ ފްލައިޓްތައް ކުޅުދުއްފުއްޓަށް ބަދަލު ކުރެވިފައިވާ ކަމުގައި މޯލްޑިވިއަނ...

އިބްރާހިމް ޚަލީލް
ހދ.އަތޮޅު ކައުންސިލްގެ ރައީސްކަމުން ސިރާޖު ވަކިކުރަން ފާސްކޮށްފި

ހދ.އަތޮޅު ކައުންސިލްގެ ރައީސްކަމުން ސިރާޖު ވަކިކުރަން ފާސްކޮށްފި

ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ސިރާޖް އެ މަގާމުން ވަކިކުރުމަށް ފާސްކޮށްފިއެވެ. މިއަދު ބޭއްވި އަތޮޅު ކައުންސިލްގެ ބައްދަލުވުމުގައި ރައީސްކަމުން ސިރާޖު ވަކިކުރަން ހުށަހެޅުއްވީ ހިރިމަރަދޫ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދެވެ. މި ޖަލްސާގައި ޖުމްލަ 10 މެމްބަރުން ބައިވެރިވިއެވެ. ރައީސް ވިދިވިދިގެން ހަތް ޖަލްސާއަށް ހާޒިރުވެފައިނުވާތީ އޭނާ މަގާމުން ވަކިވެއްޖެކަމަށް ކަނޑައަޅައިދިނުމަށް ވަހީދު ވަނީ އެ ޖަލްސާގައި ގޮވާލާފައެވެ. މި މައްސަލާގައި ވޯޓަށް އ...

އިބްރާހިމް ޚަލީލް
ކަނޑިތީމުގައި ސިހުރު ހަދާ ކަމުގެ ތުހުމަތުގައި ގެތަކެއް ބަލައި ފާސްކޮށްފި

ކަނޑިތީމުގައި ސިހުރު ހަދާ ކަމުގެ ތުހުމަތުގައި ގެތަކެއް ބަލައި ފާސްކޮށްފި

ށ. ކަނޑިތީމުގައި ސިހުރު ހަދާ ކަމުގެ ތުހުމަތުގައި ގެތަކެއް ބަލައި ފާސްކޮށްފިއެވެ. ފުލުހުން ބުނީ، ށ. ކަނޑިތީމުގައި ސިހުރު ހަދާ ކަމުގެ ތުހުމަތުގައި އެރަށުގައި އިއްޔެ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މި އޮޕަރޭޝަންގައި އެރަށުގެ ބައެއް ގޭތައް ބަލައި ފާސްކޮށްފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް، މި އޮޕަރޭޝަންގައި މިހާތަނަށް އަދި މީހަކު ހައްޔަރުކޮށްފައެއްނުވެއެވެ. މި އޮޕަރޭޝަންއާއިގުޅޭ އިތުރު މައުލޫމާތު ފުލުހުން އަދި ހާމައެއް ނުކުރަށްވައެވެ. ދާދިފަހުން ވަނީ އެ އަތޮޅު ފުނަދޫގައި ސި...

ޔުމްނާ ޢަލީ
އަތޮޅު ފެންވަރުގައި ގައުމީ ދުވަސް ފާހަގަކުރަން، ށ.އަތޮޅު ކައުންސިލުން ތައްޔާރުވަނީ

އަތޮޅު ފެންވަރުގައި ގައުމީ ދުވަސް ފާހަގަކުރަން، ށ.އަތޮޅު ކައުންސިލުން ތައްޔާރުވަނީ

މި އަހަރުގެ ގައުމީ ދުވަސް އަތޮޅު ފެންވަވަރުގައި ފާހަގަކުރަން ނިންމައި، އެކަމުގެ ތައްޔާރީތައް ށ.އަތޮޅު ކައުންސިލުން ވާން ފަށައިފިއެވެ. މި މަހުގެ ހަތްވަނަ ދުވަހު އަތޮޅު ކައުންސިލްގެ ފަރާތުން ގައުމީ ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދަން ނިންމާފައި ވަނީ އެ އަތޮޅު މާއުނގޫދޫގައެވެ. މާއުނގޫދޫގައި މި ހަރަކާތް ކުރިއަށް ގެންދަނީ އެކަމަށްޓަކައި އަތޮޅުގެ ރައްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް އަތޮޅު ކައުންސިލުން ހުޅުވާލި ފުރުސަތުގެ ދަށުން އެންމެ ރަނގަޅު ޕްރޮޕޯސަލްއެއް ހުށަހަޅާފައިވާ ރަށަކީ އެއީ ކަމުގައިވާތީއެ...

އިބްރާހިމް ޚަލީލް
އޮޔާދިޔަ ލަންކާ މަސްބޯޓު މަކުނުދޫ ފަރުމައްޗަށް އުރިއްޖެ 📍 ހދ. މަކުނުދޫ

އޮޔާދިޔަ ލަންކާ މަސްބޯޓު މަކުނުދޫ ފަރުމައްޗަށް އުރިއްޖެ

އޮޔާދިޔަ ލަންކާ މަސްބޯޓު ހދ. މަކުނުދޫ ފަރުމައްޗަށް އުރިއްޖެ އެވެ. މަކުނުދޫއިން ވާހަކަ ދެއްކި ޒުވާނަކު “ތިލަދުން” އަށް ދިން މަޢުލޫމާތުގައިވާ ގޮތުން، މި ބޯޓު އުރިފައިވަނީ ރަށުގެ ހުޅަނގުފަރާތު 5 މޭލެއްހައި ބޭރު ރަށާއި ވަރަށް ދުރުގައެވެ. މި ބޯޓަކީ އުތުރުގެ ސަރަހައްދުން އޮޔާދިޔަ ބޯޓެކެވެ. މިއަދު މަކުނުދޫގެ ބަޔަކު ވަނީ އެ ބޯޓު އޮތް ސަރަހައްދަށް ގޮސްފައެވެ. އެ ފަރާތުން ބުނާ ގޮތުގައި ބޯޓުގައި ރޯމަހާއި ގިނަ އަދަދެއްގެ އައިސް ހުއްޓެވެ. އަދި އިންޖީނާއި […]

އިބްރާހިމް އަސްވާޤް
ވިދިވިދިގެން ދެވަނަ ފަހަރަށް ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ ފައިނަލަށް 📍 ހދ. ހަނިމާދޫ

ވިދިވިދިގެން ދެވަނަ ފަހަރަށް ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ ފައިނަލަށް

ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ، ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ވިދިވިދިގެން ދެވަނަ ފަހަރަށް ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ ޖާގަ ހޯދައިފިއެވެ. ކުޅުދުއްފުށި ޗެމްޕިއަންޝިޕްގައި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ ފުރަތަމަ ވާދަކުރީ މިދިޔަ އަހަރުއެވެ. އެ މުބާރާތުގެ ފައިނަލުން ހަނިމާދޫ ބަލިވީ ޒިގްޒެގް އަތުންނެވެ. މި އަހަރު މުބާރާތުގެ ފައިނަލުން ހަނިމާދޫ ޖާގާ ހޯދީ މިއަދު ކުޅުނު ސެމީ ފައިނަލް މެޗުގައި ކުޅުދުއްފުށީ ކްލަބް ކޮރަލްސް އިން ލަނޑެއް ޖަހާފައި ވަނިކޮ...

އިބްރާހިމް ޚަލީލް
ދިއްދުއާއި އިހަވަންދޫ ހިމެނޭހެން 5 ރަށެއްގައި އައިސްޕްލާންޓް ބަހައްޓައިދޭނެ ބަޔަކު ހޯދަނީ 📍 ހއ. ދިއްދޫ

ދިއްދުއާއި އިހަވަންދޫ ހިމެނޭހެން 5 ރަށެއްގައި އައިސްޕްލާންޓް ބަހައްޓައިދޭނެ ބަޔަކު ހޯދަނީ

ހއ.ދިއްދުއާއި އެ އަތޮޅު އިހަވަންދޫ ހިމެނޭހެން ފަސްރަށެއްގައި އައިސްޕްލާންޓް ބެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފިއެވެ. މި ޕްރޮޖެކްޓްގެ ދަށުން 50 ޓަނުގެ އައިސްޕްލާންޓް ބަހައްޓާ އަނެއް ތިން ރަށަކީ ށ.ކޮމަންޑޫ، ގދ.ރަތަފަންދޫގެ އިތުރުން އއ.ރަސްދޫ އެވެ. މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ އެދިލެއްވުމުގެ މަތިން، މިނިސްޓްރީ އޮފް ފިނޭންސުން މިވަނީ މި މަސައްކަތަށް ބީލަން ހުށަހެޅުމަށް ހުޅުވާލާފައެވެ. މިއީ ދިވެހި ސަރުކާރުން ސައުދީ ފަންޑް ފޯ ޑި...

އިބްރާހިމް ޚަލީލް