މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
ޕަބްލިކް ލައިބްރަރީ އަކީ ކުޅުދުއްފުށީގެ ތަރައްގީގެ އާ ސަފުހާއެއް: މޭޔަރު 📍 ހދ. ކުޅުދުއްފުށި

ޕަބްލިކް ލައިބްރަރީ އަކީ ކުޅުދުއްފުށީގެ ތަރައްގީގެ އާ ސަފުހާއެއް: މޭޔަރު

ކުޅުދުއްފުށި ޕަބްލިކް ލައިބްރަރީ އަކީ އެ ރަށުގެ ތަރައްގީގެ އާ ސަފުހާއެއް އަދި މައުލޫމާތުގެ ބޮޑު ހަޒާނާއެއް ކަމުގައި، ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެ ސިޓީގައި ޒަމާނީ ފެންވަރަށް ތަރައްގީކުރި ޕަބްލިކް ލައިބްރަރީ ރޭ ވަނީ ރަސްމީކޮށް ހުޅުވާފައެވެ. މި ލައިބްރަރީ ރަސްމީކޮށް ހުޅުވައި ދެއްވާފައި ވަނީ ގައުމީ ޔުނިވާސިޓީ ކުޅުދުއްފުށީ ކެމްޕަހުގެ އެސިސްޓެންޓް ޕްރޮފެސަރ ޑރ.މުހައްމަދު އުމަރާއި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފެވެ. ލައިބްރ...

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީގައި ހޯމް ގާޑެނިން އާއި ދަނޑުވެރިކަމާ ބެހޭ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ހޯމް ގާޑެނިން އާއި ދަނޑުވެރިކަމާ ބެހޭ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް

ހދ. ކުޅުދުއްފުށި ސިޓީގައި ހޯމް ގާޑެނިންގ އާއި ދަނޑުވެރިކަމާ ބެހޭ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި މި ޕްރޮގްރާމަކީ އެ ކައުންސިލާއި އެގްރިކޮންސަލްޓިންގ މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ހޯމް ގާޑެނިންގ އަދި ދަނޑުވެރިކަމާ ބެހޭ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ 3 ދުވަހުގެ މުއްދަތަށެވެ. މި ޕްރޮގްރާމްގައި އެ ސިޓީގެ 45 މީހަކު ބައިވެރިވެފައިވާކަމަށް ވެސް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ...

ޔުމްނާ ޢަލީ
މާރަންދޫ ކައުންސިލުގެ ބައި-އިލެކްޝަން ޕީއެންސީން ކާމިޔާބުކޮށްފި 📍 ހއ. މާރަންދޫ

މާރަންދޫ ކައުންސިލުގެ ބައި-އިލެކްޝަން ޕީއެންސީން ކާމިޔާބުކޮށްފި

ހއ. މާރަންދޫ ކައުންސިލަށް މެންބަރަކު ހޮވުމަށް މިއަދު ކުރިއަށް ދިޔަ ބައި-އިލެކްޝަން ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކެންޑިޑޭޓު ކާމިޔާބުކޮށްފިއެވެ. ޕީއެންސީގެ ކެންޑިޑޭޓު އަބްދުލްޙަމީދު އަބްދުއްސައްތާރު މިއަދުގެ އިންތިޚާބުގައި ކުރި ހޯދީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް ޝިހާމް މުހައްމަދާއި ވާދަކޮށެވެ. އަބްދުލްޙަމީދު މި އިންތިޚާބު ކާމިޔާބުކުރުމާގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި، ވެރިކަން ކުރާ ޕީއެންސީއިން ވަނީ އޭނާއަށް މަރުޙަބާ ކިޔާފައެވެ. އިލެކްޝަން ކޮމިޝަން (އީސީ) އިން...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ފަޅުތެރޭ މަރުވެފައި އޮއްވާ ފެނުނު މީހާ ޕޯސްޓްމޯޓަމް ހެދުމަށް ބޭރަށް ފޮނުވާލަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ފަޅުތެރޭ މަރުވެފައި އޮއްވާ ފެނުނު މީހާ ޕޯސްޓްމޯޓަމް ހެދުމަށް ބޭރަށް ފޮނުވާލަނީ

މިދިޔަ ބުދަ ދުވަހު ހެނދުނު ކުޅުދުއްފުށީ ފަޅުތެރެއިން މަރުވެފައި އޮއްވާ ފެނުނު މީހާގެ ޕޯސްޓްމޯޓަމް ހެދުމަށް، އޭނާގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުން މިއަދު މީޑިއާއަށް ފޮނިވި މައުލޫމާތުގައި ބުނެފައި ވަނީ ކުޅުދުއްފުށީ ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ދުވަހު ކުޅުދުއްފުށީ އުތުރު ބަނދަރު ސަރަހައްދުން މަރު...

އިބްރާހިމް ޚަލީލް
މާރަންދޫ ބައި-އިލެކްޝަންގެ ވޯޓުލުން ފެށިގެން ކުރިއަށް 📍 ހއ. މާރަންދޫ

މާރަންދޫ ބައި-އިލެކްޝަންގެ ވޯޓުލުން ފެށިގެން ކުރިއަށް

ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލަށް މެމްބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލާން ފަށައިފިއެވެ. މާރަންދޫ ކައުންސިލަށް މެންބަރަކު އިންތިހާބު ކުރަން ޖެހުނީ މި އަހަރުގެ ޖުލައި މަހު 13 ވަނަ ދުވަހު އެ ކައުންސިލްގެ ނައިބް ރައީސްގެ މަގާމުގައި ހުންނެވި އަހްމަދު ޒަމީރު ނިޔާވުމާއި ގުޅިގެން އެ މަގާމު ހުސްވުމުންނެވެ. މި އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 08:00 ގައި ފަށާފައިވާއިރު، މި މަގާމަށް ތިން ބޭފުޅަކު ވާދަ ކުރައްވައެވެ. އެއީ ސަރުކާރު ހިންގާ ޕާޓީ ކަމަށްވާ […]

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީ މަށިކުޅީގައި ވިއުވިން ޕްލެޓްފޯމެއް ތަރައްޤީކުރަން ހަވާލުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ މަށިކުޅީގައި ވިއުވިން ޕްލެޓްފޯމެއް ތަރައްޤީކުރަން ހަވާލުކޮށްފި

ހދ.ކުޅުދުއްފުށީ ސިޓީގެ މަށިކުޅީގައި ވިއުވިން ޕްލެޓްފޯމެއް ތަރައްޤީކުރަން ހަވާލުކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑާ އެވެ. މި ޕްލެޓްފޯމަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލުން ޒިގްޒެގް ފޯ ޔޫތް ލިންކޭޖްގެ ބައިވެރިވުމާއެކު ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ އީ.އައި.އޭ ރިޕޯޓާއި ސްޓްރަކްޗަރަލް ޑްރޯވިންސެޓް ތައްޔާރުކުރުމާއި ހަޓް އަދި ވޯކްވޭގެ ޑެކިން މެޓީރިއަލްސްގެ ތެރެއިން 90 އިންސައްތަ ފޯރުކޮށްދީފައިވަނީ ޒިގްޒެގް ފޯ ޔޫތް ލިންކ...

ޔުމްނާ ޢަލީ
ތިލަދެކުނު ފުޓްބޯޅަ: ނެއްލައިދޫ ބަލިވި ކަމަށް ކަނޑައަޅައި ޖޫރިމަނާކޮށްފި 📍 ހދ. ނެއްލައިދޫ

ތިލަދެކުނު ފުޓްބޯޅަ: ނެއްލައިދޫ ބަލިވި ކަމަށް ކަނޑައަޅައި ޖޫރިމަނާކޮށްފި

ތިލަދެކުނު ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި އިއްޔެ ނެއްލައިދޫއާއި ކުޅުދުއްފުށީ ހިރަފުސް ސްޕޯޓސް ކްލަބް ބައްދަލުކުރި މެޗުގައި، ޓީމް ނެއްލައިދޫއިން މެޗު ފުރިހަމަނުކޮށް ދަނޑުން ފޭބުމުން އެ މެޗުން ނެއްލައިދޫ ބަލިވީކަމަށް ކަނޑައަޅައި ޖޫރިމަނާ ކޮށްފިއެވެ. އިއްޔެގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ތިން މިނެޓް ދެއްކިއިރު ދެ ޓީމް އޮތީ 3-3 ގެ ނަތީޖާއިން އެއްވަރުވެފައެވެ. އިތުރު ވަގުތުގެ ފަހު މިނެޓުގައި ހިރަފުސް ޓީމުން ފޮނުވާލި ހަމަލާއެއް ނެއްލައިދޫގެ އޭރިއާތެރެއިން އެ ޓީމްގެ […]

އިބްރާހިމް ޚަލީލް
ޖެހިޖެހިގެން 40 ރޭ ޖަމާއަތުގައި ފަތިސްނަމާދުކުރި ކޮންމެ ކުއްޖަކަށް ބައިސްކަލެއް 📍 ހއ. އިހަވަންދޫ

ޖެހިޖެހިގެން 40 ރޭ ޖަމާއަތުގައި ފަތިސްނަމާދުކުރި ކޮންމެ ކުއްޖަކަށް ބައިސްކަލެއް

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ މަސްޖިދުއް ތަޢާވުން މިސްކިތުގައި ޖެހިޖެހިގެން 40 ރޭ ފަތިސްނަމާދު ކުރި ދަރިވަރުންނަށް ބައިސްކަލް ހަވާލުކޮށްފިއެވެ. މި ޕްރޮގްރާމަކީ އެ މިސްކިތުގެ އިމާމް ހުސައިން ރަޝީދު އިސް ނަގައިގެން ފާއިތުވި އަހަރުގެ މެއި މަހު ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލި ފުރުސަތުގެ ދަށުން 64 ކުއްޖަކު ވަނީ ބައިވެރިވެފައެވެ. ނަމަވެސް ޕްރޮގްރާމް ފުރިހަމަކޮށް ބައިސްކަލް ހާސިލް ކޮށްފައި ވަނީ 38 ދަރިވަރުންނެވެ. މި ޕްރޮގްރާމް ފުރިހަމަކުރި ކުދިންނަށް...

އިބްރާހިމް ޚަލީލް
ކުޅިވަރުގައި ރަށް ތަމްސީލް ކުރަން ހަނިމާދޫ ކައުންސިލުން ޖަމިއްޔާތަކަށް ހަތަރު ލައްކަ ރުފިޔާގެ އެހީ 📍 ހދ. ހަނިމާދޫ

ކުޅިވަރުގައި ރަށް ތަމްސީލް ކުރަން ހަނިމާދޫ ކައުންސިލުން ޖަމިއްޔާތަކަށް ހަތަރު ލައްކަ ރުފިޔާގެ އެހީ

ހދ.އަތޮޅު ފެންވަރުގައި ބާއްވާ މުބާރާތްތަކުގައި ރަށް ތަމްސީލް ކުރުމަށް ހަނިމާދޫ ކައުންސިލުން އެ ރަށު ކުލަބް ޖަމިއްޔާތަކަށް ހަތަރު ލައްކައަށް ވުރެ ގިނަ ފައިސާގެ އެހީ ފޯރުކޮށްދީފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން އޮގަސްޓް މަހު ބޭއްވި “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2024” ފުޓްބޯޅަ މުބާރާތުގައި ހަނިމާދޫ ތަމްސީލް ކުރަން ނުކުތް ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް، ކައުންސިލުން މާލީ އެހީގެ ގޮތުގައި 82000 (އައްޑިހަ ދެހާސް) ރުފިޔާގެ ދިނެވެ. މި މަހުގެ ހަވަނަ ދުވަހު ކުޅުދުއްފުށީގައި ފެށި […...

އިބްރާހިމް ޚަލީލް
ކޭއާރުއެޗަށް ޑެޕިއުޓީ ސީއީއޯއެއް ހަަމަޖައްސައިފި 📍 ހދ. ކުޅުދުއްފުށި

ކޭއާރުއެޗަށް ޑެޕިއުޓީ ސީއީއޯއެއް ހަަމަޖައްސައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު)ގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަރ ގެ މަގާމަށް އަހްމަދު ފާއިޒް ހަސަން ޢައްޔަނުކޮށްފިއެވެ. ކޭއާރުއެޗުން މިރޭ މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި އަހްމަދު ފާއިޒް ހަސަން އެ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ އަކަށް ޢައްޔަނުކުރިކަން ހާމަކޮށް، އޭނާ އަށް ވަނީ މަރުޙަބާ ކިޔާފައެވެ. އެ މަގާމަށް ހަމަޖެއްސުމުގެ ކުރިން އަހްމަދު ފާއިޒް ހަސަން ހުންނެވީ ކޭއާރުއެޗްގެ އިދާރީ މަގާމެއްގައެވެ. ޑެޕިއުޓީ ސީއީއޯއާއެކު ކޭއާރުއެޗުން ރައްޔިތުންނަށް ފޯރުކޮށްދެމުން އަންނަ ޚިދުމަތްތަކަ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ މޫދުގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ޕޯސްޓްމޯޓަމް ހަދަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ މޫދުގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ޕޯސްޓްމޯޓަމް ހަދަނީ

ހދ.ކުޅުދުއްފުށި ސިޓީ އުތުރު ބަނދަރު މޫދުގައި މަރުވެފައި އޮއްވާ މިއަދު ފެނުނު މީހާގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފިއެވެ. ފުލުހުން މިރޭ ބުނީ ކުޅުދުއްފުށީ ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި މިރޭ މާލެ ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިއަދު ހެނދުނު ގާތްގަނޑަކަށް 08:25 ހާއިރު އެ ރަށު އުތުރު ފަރާތު ބަނދަރުގެ ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނީ އެ ރަށު ޑެއިޒީފެހި، މުހައްމަދު ހަސަން (36) އެވެ. ކުޅުދުއްފުށީ އުތުރު ބަނދަރު މޫދުގައި […]

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީ އުތުރު ބަނދަރު މޫދުގައި މަރުވެފައި އޮތް ޒުވާނަކު ފެނިއްޖެ

ކުޅުދުއްފުށީ އުތުރު ބަނދަރު މޫދުގައި މަރުވެފައި އޮތް ޒުވާނަކު ފެނިއްޖެ

ހދ. ކުޅުދުއްފުށި ސިޓީ އުތުރު ބަނދަރު މޫދުގައި މަރުވެފައި އޮތް ޒުވާނަކު ފެނިއްޖެ އެވެ. އެރަށު ބަނދަރު ސަރަހައްދުގައި ހުރި މީހަކު “ތިލަދުން” އަށް މަޢުލޫމާތު ދެމުން ބުނީ މަރުވެފައިވަނީ ކުޅުދުއްފުށި ސިޓީ އަށް ނިސްބަތްވާ ޒުވާނެއްކަމަށެވެ. މަރުވެފައި އޮއްވާ ފެނުނީ، އެރަށު މުޙައްމަދު ހަސަން، ޑެއިޒީފެހި، (36 އަހަރު) އެވެ. ފަޅުތެރޭގައި އޮއްވާ ފެނުނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. އެޒުވާނާ މިހާރު ވަނީ ފުލުހުން ނަގައިގެން ހޮސްޕިޓަލަށް ގެންގޮސްފައިކަމަށް އެމީހާ ބުންޏެވެ. އޭނާ ނަގާފައިވަނީ […]

އަލީ އާދިލް
ބަންކަރިން ޚިދުމަތްފެށުމުގެ ތައްޔާރީތައް އަންނަނީ ވަމުން: ސަރުކާރު

ބަންކަރިން ޚިދުމަތްފެށުމުގެ ތައްޔާރީތައް އަންނަނީ ވަމުން: ސަރުކާރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބަންކަރިންގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ހީނާ މިހެން ވިދާޅުވީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގައި ބަންކަރިންގެ ފެށުމަށް ވަމުން އަންނަ ތައްޔާރީތަކަށް އަލިއަޅުވާލައްވައި ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތު ދެއްވަމުންނެވެ. ހީނާ ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ރާއްޖޭގައި އަލަށް ބަންކަރިންގ ސަރވިސް ފެށުމަށް ގެންނަންޖެހޭ ބ...

ޔުމްނާ ޢަލީ
ތެލުގެ ވިޔަފާރިއަށް ހޯރަފުށީ ބަނދަރު ސަރަހައްދުން ބިން ދޫކުރަނީ 📍 ހއ. ހޯރަފުށި

ތެލުގެ ވިޔަފާރިއަށް ހޯރަފުށީ ބަނދަރު ސަރަހައްދުން ބިން ދޫކުރަނީ

ތެލުގެ ވިޔަފާރި ކުރުމަށް ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ބަނދަރު ސަރަހައްދުން ދޫކުރާ ބިމަށް، ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެ ރަށު ކައުންސިލުން ނިންމާފައި ވަނީ ބަނދަރު ސަރަހައްދުން ތެލުގެ ވިޔަފާރިއަށް 5000 (ފަސްހާސް) އަކަފޫޓުގެ 01 ބިން 20 އަހަރު ދުވަހަށް ކުއްޔަށް ދޫކޮށްލުމަށެވެ. މި ބިމަށް ބީލަށް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 12 ވަނަ ދުވަހުގެ 11:00 ގެ ކުރިން އެކަމަށް ހާއްސަ ކުރެވިފައިވާ އޮންލައިން ފޯމް މެދުވެރިކޮށް ރަޖިސްޓަރީގެ ކަންކަން […]

އިބްރާހިމް ޚަލީލް
އުތުރުގައި ބަންކަރިން ޚިދުމަތްފެށުމަށް ފުރަތަމަ ބޯޓު ކުޅުދުއްފުށީގައި ބަނދަރުކޮށްފި

އުތުރުގައި ބަންކަރިން ޚިދުމަތްފެށުމަށް ފުރަތަމަ ބޯޓު ކުޅުދުއްފުށީގައި ބަނދަރުކޮށްފި

ރާއްޖޭގައި ފަށާ އިޤްތިޞާދީ އެންމެބޮޑު އެއް މަޝްރޫ، އުތުރުގައި ފަށަން ނިންމާފައިވާ ބަންކަރިންގެ ޚިދުމަތް ފެށުމަށް ބޭނުންވާ އެއް ބޯޓު މިއަދު މިއަދު ރާއްޖެފޯރައި، ހދ. ކުޅުދުއްފުށީ ސިޓީގައި ބަނދަރުކޮށްފިއެވެ. މި މަޝްރޫޢު ހިންގާ ސަރުކާރުގެ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ގެންނަ ދެ ބޯޓު އަންނަ މިއަދު ރާއްޖެ އަންނާނެ ކަމަށް ކުރިން އޮތީ ލަފާކޮށްފައެވެ. އެތަނުން އެއް އުޅަނދު މިއަދު ނުފޯރީ މޫސުން ގޯސްވުމުގެ ސަބަބުން ދަތުރު ކުރަން ލަސްތަކެއް […]

ޔުމްނާ ޢަލީ