މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
ހދ.އަތޮޅު ކައުންސިލްގެ ނައިބަކަށް ވަހީދު 📍 ހދ. ހިރިމަރަދޫ

ހދ.އަތޮޅު ކައުންސިލްގެ ނައިބަކަށް ވަހީދު

ހުސްވެފައިވާ ހދ.އަތޮޅު ކައުންސިލްގެ ނައިބް ރައީސްގެ މަގާމަށް، ހިރިމަރަދޫ ކައުންސިލްގެ ރައީސްކަމުގައި ހުންނެވި މުހައްމަދު ވަހީދު އިންތިހާބު ކޮށްފިއެވެ. އޭނާ އެ މަގާމަށް އިންތިހާބު ކޮށްފައި ވަނީ، އިއްޔެ ބޭއްވި ހދ.އަތޮޅު ކައުންސިލްގެ 148 ވަނަ އާންމު ބައްދަލުވުމުގައެވެ. ވުމާއިއެކު 03 އޮކްޓޯބަރ 2024 އިން ފެށިގެން އަތޮޅު ކައުންސިލުގެ ނައިބް ރައީސްގެ ޒިންމާ އުފުއްލަވާނީ ވަހީދުއެވެ. ކުރިން އަތޮޅު ކައުންސިލްގެ ނައިބް ރައީސްގެ މަގާމު ފުރުއްވަމުން ގެންދެވީ ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުލްސައްތާރު ހަސަ...

އިބްރާހިމް ޚަލީލް
އުލިގަމުގައި "ސީމަންސް ރެސްޓް އޭރިޔާ" ހުޅުވައިފި

އުލިގަމުގައި "ސީމަންސް ރެސްޓް އޭރިޔާ" ހުޅުވައިފި

އުތުރު މެރިޓައިމް ސަރވިސް (ޔޫ.އެމް.އެސް)ގެ ޚިދުމަތުގެ ތެރެއިން ހއ. އުލިގަމުގައި “ސީމަންސް ރެސްޓް އޭރިޔާ” ރަސްމީކޮށް އިއްޔެ ހުޅުވައިފިއެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ބުނީ، އުލިގަމުގައި އިއްޔެ ހުޅުވި “ސީމަންސް ރެސްޓް އޭރިޔާ” އަކީ އުލިގަމުގައި އެ ކުންފުނިން ޤާއިމްކޮށްފައިވާ އިންޓަނޭޝަނަލް ޝިޕް އެންޑު ޕޯޓު ސެކިއުރިޓީ (އައިއެސްޕީއެސް) ގޭޓް އިން އެތެރެވާ އުޅަނދު ފަހަރުގެ ފަޅުވެރިންނަށް، އެ ރަށުގައި މަޑުކޮށް، އަރާމުކޮށްލައި ބައެއް ކުޅިވަރުތައް ކުޅެވޭގޮތަށް ހަދާފައިވާ ތަނެއް ކަމަށެވެ....

ޔުމްނާ ޢަލީ
ޔޫއެމްއެސްގެ ޚިދުމަތް ހޯދުމަށް ފުރަތަމަ އުޅަނދު އިހަވަންދިއްޕޮޅުގައި

ޔޫއެމްއެސްގެ ޚިދުމަތް ހޯދުމަށް ފުރަތަމަ އުޅަނދު އިހަވަންދިއްޕޮޅުގައި

އުތުރު މެރިޓައިމް ސަރވިސް (ޔޫ.އެމް.އެސް)ގެ ޚިދުމަތް ހޯދުމަށް އައި ފުރަތަމަ އުޅަނދު މިއަދު ހެނދުނު އިހަވަންދިއްޕޮޅުގައި ބަނދަރުކޮށްފިއެވެ. މި ޚިދުމަތްދޭ ސަރުކާރުގެ ކުންފުނި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން މިކަން ސިފަކޮށްފައި ވަނީ މިއީ ދިވެހިރާއްޖޭގެ މެރިޓައިމް ދާއިރާއަށް ތާރީޙީ ދުވަހެއްގެ ގޮތުގައެވެ. ‏ޔޫ.އެމް.އެސްގެ ދަށުން ތަޢާރަފްކުރި ބައެއް ޚިދުމަތްތައް ހޯދުމަށް މިއަދު ހެނދުނު އިހަވަންދިއްޕޮޅަށް ބަނދަރުކުރީ “ޖިއަން ޖިއޭ” ނަމަކަށް ކިޔާ ތެޔޮ ޓޭންކަރެކެވެ. ބަންކަރިން ޚިދުމަތް ދިނުމަށް...

ޔުމްނާ ޢަލީ
ހިރިމަރަދޫގައި ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތް ނިންމާލައިފި

ހިރިމަރަދޫގައި ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތް ނިންމާލައިފި

ހދ. ހިރިމަރަދޫގައި ފެނާއި ނަރުދަމާ އެޅުމުގެ މަޝްރޫޢުގެ މަސައްކަތް ނިންމިފައިވާކަމަށް ކޮންޓްރަކްޝަން އެންޑް އިންފްރާސްޓަކްޗާ މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ހިރިމަރަދޫގެ ފެނާއި ނަރުދަމާގެ މަޝްރޫޢު ނިމިފައިވާ ކަމަށެވެ. އެ މަޝްރޫޢު ނިމުމާއިއެކު، އެ މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރު އިސްމާޢީލް ޙަމީދު އަދި ޑެޕިއުޓީ މިނިސްޓަރ ޢަލީ ސަލީމް އިސްވެ، އެ މިނިސްޓްރީ އާއި އެމްޑަބްލިޔުއެސްސީގެ ޓެކްނިކަލް ޓީމުންދަނީ މި މަޝްރޫޢުގެ އިންސްޕެކްޓްކުރުމާއި ކޮމިޝަންކުރުމުގެ މަސ...

ޔުމްނާ ޢަލީ
ސީޕީ ޝުޖާއު ހއ.އަތޮޅަށް

ސީޕީ ޝުޖާއު ހއ.އަތޮޅަށް

ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ހއ. އަތޮޅަށް ރަސްމީ ދަތުރެއް މިއަދު ފައްޓަވައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ސީޕީގެ މި ދަތުރުގައި އަރިހުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ޝަރީފް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ދާޢޫދު އަދި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުން ވެސް ބައިވެރިވާ ކަމަށެވެ. ކޮމިޝަނަރގެ މި […]

ޔުމްނާ ޢަލީ
މެރިކަލްޗަރ ތަރައްޤީކުރަން ބޮޑުތިލަދުންމަތި ހިމެނޭހެން ހަތަރު ޒޯނެއް

މެރިކަލްޗަރ ތަރައްޤީކުރަން ބޮޑުތިލަދުންމަތި ހިމެނޭހެން ހަތަރު ޒޯނެއް

ރާއްޖޭގައި މެރިކަލްޗަރގެ ވިޔަފާރިތައް ޤާއިމުކުރުމަށް މެރިކަލްޗަރ ތަރައްޤީކުރުމަށް ހަތަރު ޒޯނެއް ކަނޑައަޅައިފިއެވެ. މި ޒޯންތައް ކަނޑައަޅާފައި ވަނީ ސެޕްޓެންބަރު 30 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ. މިގޮތުން ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގައި މެރިކަލްޗަރގެ ވިޔަފާރިތައް ޤާއިމުކުރުމަށް މެރިކަލްޗަރ ތަ...

ޔުމްނާ ޢަލީ
ފަތުރުވެރިކަމުގެ ވިޔަފާރިއަށް މޮޅަދޫއިން 8 ބިމެއް ދޫކުރަނީ 📍 ހއ. މޮޅަދޫ

ފަތުރުވެރިކަމުގެ ވިޔަފާރިއަށް މޮޅަދޫއިން 8 ބިމެއް ދޫކުރަނީ

ތިލަދުންމަތީ އުތުރުބުރީ މޮޅަދޫގެ ޓޫރިޒަމް ޒޯނުން ފަތުރުވެރިކަމުގެ ވިޔަފާރިއަށް 8 ބިމެއް ކުއްޔަށް ދޫކުރަން ނިންމައި އެ ބިންތަކަށް ބީލަށް ހުށަހެޅުމުގެ ފުރުސަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. އެ ރަށު ޓޫރިޒަމް ޒޯނުން ދޫކުރަން ނިންމާފައިވާ 8 ބިމުގެ ތެރޭގައި ހިމެނެނީ 6000 (ހަހާސް) އަކަފޫޓާއި 10000 (ދިހަހާސް) އަކަފޫޓާއި ދެމެދުގެ ބިންތަކެވެ. އެ ބިންތައް ދިގުމުއްދަތަށް ކުއްޔަށް ދޫކުރަން ކައުންސިލުން ނިންމާފައިވަނީ ފަތުރުވެރިކަމުގެ ވިޔަފާރިން އެ ރަށުގެ ރައްޔިތުންނަށް ގިނަގުނަ ފައިދާ ލިބިދިނުމުގެ އ...

އިބްރާހިމް ޚަލީލް
އިހަވަންދޫ ކަނބަލުންގެ ވޮލީބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ކަނބަލުންގެ ވޮލީބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމް ކޮށްގެން ބާއްވާ ” ޑަބްލިއު.ޑީ.ސީ އަންހެން ވޮލީބޯޅަ މުބާރާތް 2024″ ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ އިހަވަންދޫ އަށް ނިސްބަތްވާ ޓީމްތަކަށާއި އެ ކޮމެޓީއިން މުބާރާތުގައި ބައިވެރިވުމަށް ދައުވަތު އެރުވޭ ރަށު ކައުންސިލް/ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށެވެ. މި މުބާރާތް އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހު ފެ...

އިބްރާހިމް ޚަލީލް
ހދ.އަތޮޅުގެ ދަނޑުވެރިންނަށް ހިންގި ތަމްރީން ނިންމާލައިފި

ހދ.އަތޮޅުގެ ދަނޑުވެރިންނަށް ހިންގި ތަމްރީން ނިންމާލައިފި

ހދ.އަތޮޅުގެ ދަނޑުވެރިންނަށް އަމާޒުކޮށްގެން އެ އަތޮޅުގައި ހިންގި ތަމްރީން ޕްރޮގްރާމް ނިންމާލައިފިއެވެ. ހދ.އަތޮޅު ކައުންސިލުން ބުނީ މި ޕްރޮގްރާމަކީ އެ ކައުންސިލާއި ދަނޑުވެރިކަމާބެހޭ ވުޒާރާ ގުޅިގެން އިންޓަނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ. އެ އަތޮޅުގެ ހަނިމާދޫގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ އެ އަތޮޅުގެ ރަށްރަށުގެ ދަނޑުވެރިންނަށް އަމާޒުކޮށް ހިންގި 7 ދުވަހުގެ ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމެއް ކަމަށް ވެސް...

ޔުމްނާ ޢަލީ
ލާމު މެރަތަން އިން ރަންވަނަތައް ހާސިލްކުރި ކުޅުދުއްފުށީގެ އައިރަނާސްގެ ދުވުންތެރިންނަށް ސިޓީކައުންސިލްގެ މަރުހަބާ 📍 ހދ. ކުޅުދުއްފުށި

ލާމު މެރަތަން އިން ރަންވަނަތައް ހާސިލްކުރި ކުޅުދުއްފުށީގެ އައިރަނާސްގެ ދުވުންތެރިންނަށް ސިޓީކައުންސިލްގެ މަރުހަބާ

ލާމަސީލު ލާމު މެރަތަން 2024 އިން ރަންވަނަތައް ހާސިލްކުރި ކުޅުދުއްފުށީގެ އައިރަނާސްގެ ދުވުންތެރިންނަށް ކުޅުދުއްފުށީ ސިޓީކައުންސިލްގެ މަރުހަބާކިޔައިފިއެވެ. އެ ދުވުންތެރިންނަށް މަރުޙަބާކިޔައި ސިޓީ ކައުންސިލުން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އެ ސިޓީގެ އައިރަނާސްގެ ތިން ދުވުން ތެރިން އަހުމަދު އަލީ އާއި އަހުމަދު ހާމީ އަދި އަހުމަދު އަލީ ލާމަސީލު ލާމު މެރަތަން 2024 އިން ރަންވަނަތައް ހާސިލްކޮށް، ރަށަށް ރީތިނަން ހޯދައިދީފައިވާތީ މަރުހަބާ ކިޔާ ކަމަށެވެ. މި ދުވުންތެރިންގެ ތެރެއިން އަހުމަދު އަލީ ވަނީ […]

ޔުމްނާ ޢަލީ
މެޓާއިން އޮގްމެންޓެޑް ރިއަލިޓީ އައިނު ތައާރަފުކޮށްފި

މެޓާއިން އޮގްމެންޓެޑް ރިއަލިޓީ އައިނު ތައާރަފުކޮށްފި

މެޓާ ކުންފުނިން އެ ކުންފުނީގެ އަހަރީ ކޮނެކްޓް ކޮންފަރެންސްގައި އޮގްމެންޓެޑް ރިއަލިޓީ (އޭއާރު) އައިނުގެ ޕްރޮޓޯޓައިޕެއް ހާމަކޮށްފިއެވެ. “އޯރިއަން” މިނަން ދީފައިވާ މި އައިނަކީ ހަޤީޤީ ދުނިޔެއާއި މަޖާޒީ ދުނިޔެ އެއްކޮށްލުމަށް މެޓާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހާމަކުރި އެއްޗެކެވެ. މެޓާގެ ސީއީއޯ މާކް ޒަކަބާގް ވިދާޅުވި ގޮތުގައި މި އައިނަކީ “ހޮލޮގްރާމްތަކެއް އޯވަލޭކޮށްފައިވާ ފިޒިކަލް ދުނިޔެއެކެވެ.” މި އައިނަކީ މެގްނީޒިއަމް އެލޯއިން ހަދާފައިވާ، މެޓާއިން ޚާއްޞަކޮށް ފަރުމާކުރި ސިލިކޮނުން ރަން ކުރާ އު...

އަޙްމަދު ދާއޫދު
ހޯރަފުށީ މީހަކު ގެއްލިގެން ހޯދަނީ 📍 ހއ. ހޯރަފުށި

ހޯރަފުށީ މީހަކު ގެއްލިގެން ހޯދަނީ

ހއ. ހޯރަފުއްޓަށް ނިސްބަތްވާ މީހަކު ގެއްލިގެން އޭނާ ހޯދުމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުންގެ އެހީތެރިކަަމަށް އެދިއްޖެއެވެ. ފުލުހުން ބުނީ، ހއ. ހޯރަފުށި / ހީރާ، މުޙައްމަދު ސާއިފް (30އ) އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް އެ އިދާރާ އަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެހެންވެ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ. ފުލުހުން ބުނީ، މުޙައްމަދު ސާއިފް މިހާރު ދިރިއުޅެމުންދަނީ ހުޅުމާލެ ފުލެޓް 205-2-35 ގައިކަމަށެވެ. ”މުޙައްމަދު ސާއިފް އެންމެ ފަހުން ފެނިފައިވަނީ...

ޔުމްނާ ޢަލީ
ފުނަދޫ ހިމެނޭހެން ތިން ރަށެއްގައި އައިސްޕްލާންޓް އަޅަން ހަވާލުކޮށްފި 📍 ށ. ފުނަދޫ

ފުނަދޫ ހިމެނޭހެން ތިން ރަށެއްގައި އައިސްޕްލާންޓް އަޅަން ހަވާލުކޮށްފި

ށ.ފުނަދޫ ހިމެނޭހެން ތިން ރަށެއްގައި އައިސްޕްލާންޓާއި އައިސް ސްޓޯރޭޖު ހަދަން ފިޝަރީޒް މިނިސްޓްރީން މިފްކޯއާއި ހަވާލުކޮށްފިއެވެ. ފިޝަރީޒް މިނިސްޓްރީން ވަނީ ށ.ފުނަދޫގެ އިތުރުން ދ.ބަނޑިދޫ އަދި ދ.މީދޫގައި 30 ޓަނުގެ އައިސްޕްލާންޓްގެ އިތުރުން 50 ޓަނުގެ އައިސް ސްޓޯރޭޖް އަޅަން ނިންމާފައެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ވަނީ މިނިސްޓްރީއާއި މިފްކޯއާއި ދެމެދު ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނި ހިންގެވުމާއި މިވަގުތު ހަވާލުވެ ހުންނެވި ޗީފް ފައިނޭންޝަލް އޮފިސ...

އިބްރާހިމް ޚަލީލް
މަކުނުދޫގައި އެއާޕޯޓް ހަދަން ހިއްކާ ބިމުގެ މަސައްކަތް ނިމުމަކާއި ގާތަށް 📍 ހދ. މަކުނުދޫ

މަކުނުދޫގައި އެއާޕޯޓް ހަދަން ހިއްކާ ބިމުގެ މަސައްކަތް ނިމުމަކާއި ގާތަށް

ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫގައި އެއާޕޯޓް ހަދަން ހިއްކާ ބިމުގެ 90 އިންސައްތައަށް ވުރެ ބޮޑުބައިގެ މަސައްކަތް ނިންމާލައިފިއެވެ. މަކުނުދޫ އެއާޕޯޓް ބިން ހިއްކުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުއެވެ. އެ މަސައްކަތް ކުރަމުން އަންނަނީ ބިގް ފިޝް މޯލްޑިވްސް އިންނެވެ. އެ ކުންފުންޏާއި ސަރުކާރުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ އަހަރެއްތެރޭ ނިންމުމަށެވެ. ބިން ހިއްކުމުގެ މަސައްކަތް ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭ، މަސައްކަތު ސައިޓުގައި ސިލިންޑަރެއް ގޮވައި ދެ ބިދޭސީއަކު މަރުވި...

އިބްރާހިމް ޚަލީލް
ބޮނބިނަރުން ގަހަނާ ހަދަން ދަސްކޮށްދޭ ޕްރޮގްރާމެއް ކުޅުދުއްފުށީގައި ފަށައިފި 📍 ހދ. ކުޅުދުއްފުށި

ބޮނބިނަރުން ގަހަނާ ހަދަން ދަސްކޮށްދޭ ޕްރޮގްރާމެއް ކުޅުދުއްފުށީގައި ފަށައިފި

ބޮނބިނަރާއި ރޯނުން ގަހަނާ ހަދަން ދަސްކޮށްދޭ ޓްރެއިނިން ޕްރޮގްރާމެއް ކުޅުދުއްފުށި ސިޓީގައި މިއަދު ފަށައިފިއެވެ. މިއީ ކެނެޑާ ފަންޑް ފޯ ލޯކަލް އިނީޝިއެޓިވްގެ އެހީތެރިކަމާ އެކު މޯލްޑިވްސް ވެޓްލޭންޑްސް ފައުންޑޭޝަނުން ހިންގާ “ވެޓްލޭންޑް ލައިވްލިހުޑް ޕްރޮޖެކްޓް” ގެ ދަށުން ކުޅުދުއްފުށީ ސިޓީ ކައުންސިލާ ގުޅިގެން އެ ރަށުގައި ހިންގާ ޓްރެއިން ޕްރޮގްރާމެކެވެ. މި ޓްރެއިނިން ޕްރޮގްރާމުގައި ދިވެހިންގެ ސަގާފަތުގައި ހިމެނޭ ބޮނބިނަރާއި ރޯނުން ޒަމާނީ އުފެއްދުންތަކެއް ތައްޔާރު ކުރަން ދަށްކޮށްދޭނެއެވެ. މިގޮތުން  ބޮނބި...

އިބްރާހިމް ޚަލީލް