މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
ނަފްސާނީ ސިއްހަތުގެ ދުވަސް ފާހަގަކުރަން ނޮޅިވަރަމްގައި ހިނގާލުމެއް 📍 ހދ. ނޮޅިވަރަމް

ނަފްސާނީ ސިއްހަތުގެ ދުވަސް ފާހަގަކުރަން ނޮޅިވަރަމްގައި ހިނގާލުމެއް

ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހދ. ނޮޅިވަރަމްގައި މިއަދު ހިނގާލުމެއް ބާއްވައިފިއެވެ. މި ހިނގާލުން އިންތިޒާމްކޮށް ކުރިއަށް ގެންދިޔައީ ނޮޅިވަރަމް ސިއްހީ މަރުކަޒުންނެވެ. ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަން އަންގައިދީ، މުޖުތަމަޢު ހޭލުންތެރި ކުރުވުމުގެ މަޤްޞަދުގައި ބޭއްވުނު މި ހިނގާލުމުގައި ރަށުގެ އެކި މުއައްސަސާތަކާއި، ކުލަބު ޖަމްޢިއްޔާ ޖަމާޢަތްތަކުން ބައިވެރިވިއެވެ. މީގެ އިތުރުން ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވެސް މި ހިނގާލުމުގައި ބައިވެރިވެފައިވެއެވެ. ނޮޅިވަރަމް ސިއ...

ޔުމްނާ ޢަލީ
ބާރަށު ކައުންސިލް މުވައްޒަފުން މީޑިއާގެ މަސައްކަތްތަކަށް އަހުލުވެރި ކުރުމަށް ހާއްސަ ޕްރޮގްރާމެއް 📍 ހއ. ބާރަށް

ބާރަށު ކައުންސިލް މުވައްޒަފުން މީޑިއާގެ މަސައްކަތްތަކަށް އަހުލުވެރި ކުރުމަށް ހާއްސަ ޕްރޮގްރާމެއް

ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ މުވައްޒަފުން މީޑިއާގެ މަސައްކަތްތަކަށް އަހުލުވެރި ކުރުމުގެ ގޮތުން ހާއްސަ ޕްރޮގްރާމެއް ހިންގުމަށް އެ ކައުންސިލާއި، އެ ރަށުގައި ފޮޓޯ ނެގުމުގެ މަސައްކަތް ކުރަމުން އަންނަ މުހައްމަދު ނަޒީހުއާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި ޕްރޮގްރާމްގެ ދަށުން ސޯޝަލް މީޑިއާގައި ބޭނުންކުރާ ޕޯސްޓަރ ޑިޒައިން ކުރާނެ ގޮތުގެ އިތުރުން ފޮޓޯ ނެގުމުގެ ހުނަރުތައް ދަސްކޮށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމާއި ގުޅޭގޮތުން މައުލޫމާތު ދެމުން ބާރަށު ކައުންސިލްގެ ރައީސް...

އިބްރާހިމް ޚަލީލް
ކުމުންދޫ ޔޫތު ސްޕޯޓްސްގެ ޤުރުއާން އަދި މަދަހަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި 📍 ހދ. ކުމުންދޫ

ކުމުންދޫ ޔޫތު ސްޕޯޓްސްގެ ޤުރުއާން އަދި މަދަހަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫގެ ޖަމިއްޔާއެއް ކަމަށްވާ، ކުމުންދޫ ޔޫތު ސްޕޯޓްސް ކްލަބުން އިންތިޒާމް ކޮށްގެން ބާއްވާ ރަންތަރި ޤުރުއާން މުބާރާތައި މަދަހަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ އެ ޖަމިއްޔާއިން މިގޮތަށް މި ދެމުބާރާތް ބާއްވާ ހަތަރުވަނަ ފަހަރެވެ. މި އަހަރު މުބާރާތް ފެށުމަށް ތާވަލުކޮށްފައި ވަނީ އަންނަ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހުއެވެ. މި މުބާރާތުގައި ބައިވެރިވާން އޮންލައިންކޮށް ފޯމް ފުރިހަމަ ކޮށް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެ ޖަމިއްޔާގެ ޕޭޖުގައިވާ މުބާރާތު...

އިބްރާހިމް ޚަލީލް
ދިއްދޫ ބަނދަރުގެ 87 ޕަސެންޓް މަސައްކަތް ނިމިއްޖެ 📍 ހއ. ދިއްދޫ

ދިއްދޫ ބަނދަރުގެ 87 ޕަސެންޓް މަސައްކަތް ނިމިއްޖެ

ހއ. ދިއްދޫ ބަނދަރު ތަރައްގީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 87 ޕަސެންޓް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެމްޓީސީސީން މިއަދު ބުނީ ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 87 ޕަސެންޓް ނިމިފައިވާ ކަމަށެވެ. ”މި މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ ބޭރުތޮށީގެ ޕްރޮފައިލިންގ މަސައްކަތާއި ރިވެޓްމެންޓްގެ ޕްރޮފައިލިންގ މަސައްކަތްތައް” އެމްޓީސީސީން ބުނެފަވެއެވެ. ހއ. ދިއްދޫ ބަނދަރު ތަރައްޤީ ކ...

ޔުމްނާ ޢަލީ
ހއ.އަތޮޅުގައި މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް ހިންގައިދޭނެ ބަޔަކު ހޯދަނީ

ހއ.އަތޮޅުގައި މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް ހިންގައިދޭނެ ބަޔަކު ހޯދަނީ

ހއ.އަތޮޅު ކައުންސިލުން އިސްނަގައިގެން އެ އަތޮޅުގައި ފާހަގަ ކުރަން ނިންމާފައިވާ މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް ރާވާ ހިންގައިދޭނެ ބަޔަކު ހޯދަން އެ ކައުންސިލުން އިއުލާން ކޮށްފިއެވެ. މިކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދިނުމަށް އަތޮޅު ކައުންސިލުން ނިންމާފައި ވަނީ އެ އަތޮޅުގެ ރަށު ކައުންސިލްތަކަށާއި އަތޮޅުގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ކްލަބް ޖަމިއްޔާތަކަށެވެ. މަސްވެރިކަމުގެ ދުވަސް އެ އަތޮޅުގައި ކުލަގަދަކޮށް ބާއްވަން ނިންމި ސަބަބުތަކުގެ ތެރޭގައި ރައްޔިތުންގެ މެދުގައި އެކުވެރިކަމާ އެއް...

އިބްރާހިމް ޚަލީލް
ޑަބްލިއުޑީސީގެ ހަރަދުގައި ގޮއިދޫ ސްކޫލް ފައުންޑޭޝަން ސްޓޭޖްގެ ކްލާސް ރޫމް މުޅިން ބަދަލުކޮށްލައިފި 📍 ށ. ގޮއިދޫ

ޑަބްލިއުޑީސީގެ ހަރަދުގައި ގޮއިދޫ ސްކޫލް ފައުންޑޭޝަން ސްޓޭޖްގެ ކްލާސް ރޫމް މުޅިން ބަދަލުކޮށްލައިފި

ށ.ގޮއިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ހަރަދުގައި އެ ރަށު ސްކޫލުގެ ފައުންޑޭޝަން ކްލާސް ރޫމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކާމިޔާބު ކަމާއިއެކު ނިންމައި ރަސްމީކޮށް ހުޅުވައި ބޭނުން ކުރަން ފަށައިފިއެވެ. “ކްލާސް ރޫމް އަޕްގްރޭޑިންގ ފޯ ސްކިލް އެންހޭސިންގ އިން ލާނިންގ” ގެ ނަމުގައި ފައުންޑޭޝަން ކްލާސްރޫމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ އެ ރަށު ޑަބްލިއުޑީސީއާއި، ފައުންޑޭޝަން ސްޓޭޖް ކުދިންގެ ބެލެނިވެރިން ގުޅިގެންނެވެ. މި ކްލާސްރޫމް މަސައްކަތް ނިންމައި ރަސްމީކ...

އިބްރާހިމް ޚަލީލް
ފަންނީ ކޯސްތަކުގައި ކިޔެވުމަށް، ހއ.އަތޮޅު ކައުންސިލުން މާލީ އެހީ ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ފަންނީ ކޯސްތަކުގައި ކިޔެވުމަށް، ހއ.އަތޮޅު ކައުންސިލުން މާލީ އެހީ ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ކޮލެޖު އަދި ޔުނިވަރސިޓީތަކުން ހިންގާ ފަންނީ ކޯސްތަކުގައި ހއ.އަތޮޅުގެ ކައުންސިލްތަކުގެ މުވައްޒަފުން ބައިވެރިކޮށް އެ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މި އަހަރު ހުޅުވާލި ފުރުސަތުގެ ދަށުން ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކާއިއެކު، މާލީ އެހީ ދިނުމުގެ އެއްބަސްވުމުގައި ހއ.އަތޮޅު ކައުންސިލުން މިއަދު ސޮއިކޮށްފިއެވެ. ހުޅުވާލި ފުރުސަތުގެ ދަށުން ޕްރޮޕޯސަލް ހުށަހަޅާފައި ވަނީ ދެ ފަރާތަކުންނެވެ. އެއީ ހއ.އަތޮޅު ކައުންސިލްގެ ސީނިއަރ ކައުންސިލް އޮފިސަރ ދީމާ ހަސަން އާއި އިހަވަންދޫ ކައުންސިލްގެ ކައުންސިލ...

އިބްރާހިމް ޚަލީލް
ވަށަފަރު "ވައުދު" ޖަމިއްޔާއިން މުދައްރިސުންގެ ޝަރަފުގައި ހާއްސަ ހަފްލާއަކާއި 85000 ރުފިޔާގެ އެހީ 📍 ހއ. ވަށަފަރު

ވަށަފަރު "ވައުދު" ޖަމިއްޔާއިން މުދައްރިސުންގެ ޝަރަފުގައި ހާއްސަ ހަފްލާއަކާއި 85000 ރުފިޔާގެ އެހީ

ތިލަދުންމަތީ އުތުރުބުރީ ވަށަފަރުގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ، ވަށަފަރު އެސޯސިއޭޝަން ފޯ ޔުނިޓީ ޑިވެލޮޕްމެންޓް އެންޑް ހާމޮނީ (ވައުދު) ޖަމިއްޔާއިން އިސްނަގައިގެން އެ ރަށު ސްކޫލުގެ މުދައްރިސުންގެ އަގުވަޒަން ކުރުމުގެ ގޮތުން ބޮޑު ހަފްލާއެއް ބާއްވާ، ސްކޫލަށް މާލީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ. ވަށަފަރު ސްކޫލުގެ މުދައްރިސުންގެ ދުވަސް ފާހަގަ ކުރުމަށް ވައުދު ޖަމިއްޔާއިން ބޮޑު ހަފްލާއެއް ބާއްވާފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރެއެވެ. ވަށަފަރު ސްކޫލް ހޯލުގައި ބޭއްވ...

އިބްރާހިމް ޚަލީލް
ދިއްދޫ ޖޫނިއަރ ކޮލެޖްގެ މަސައްކަތް ނިންމާ އަންނަ އަހަރު ކިޔަވައިދޭން ފަށަނީ 📍 ހއ. ދިއްދޫ

ދިއްދޫ ޖޫނިއަރ ކޮލެޖްގެ މަސައްކަތް ނިންމާ އަންނަ އަހަރު ކިޔަވައިދޭން ފަށަނީ

ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި އަމަލީ މަސައްކަތް ފަށައިގެން ނިމުމަކާއި ގާތަށް ގޮސްފައިވާ ޖޫނިއަރ ކޮލެޖްގެ މަސައްކަތް ނިމި އަންނަ އަހަރު ކިޔަވައި ދޭން ފެށުމަކީ އުންމީދެއް ކަމުގައި މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެ ވުޒާރާއިން ބުނީ ދިއްދޫ ޖޫނިއަރ ކޮލެޖްގެ އިތުރުން ނ.ވެލިދޫގައި ގާއިމްކުރާ ޖޫނިއަރ ކޮލެޖް ވެސް ނިންމައި އަންނަ އަހަރު ކިޔަވައިދޭން ފެށުމަކީ އުންމީދެއް ކަމަށެވެ. އެމްޓީސީސީއާއި ހަވާލުކޮށްގެން މި ދެމަސައްކަތް ކުރިއަށް...

އިބްރާހިމް ޚަލީލް
ނޭކުރެންދޫ ބަނދަރުގެ އެއްގަމުތޮށީގެ މަސައްކަތް ނިންމާލައިފި 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ ބަނދަރުގެ އެއްގަމުތޮށީގެ މަސައްކަތް ނިންމާލައިފި

ހދ. ނޭކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ބަނދަރުގެ އެއްގަމު ތޮށިލުމުގެ މަސައްކަތް ނިންމާލައިފިއެވެ. މި މަސައްކަތުގެ އަދާހަމަ ހާމަކުރަމުން އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނީ ނޭކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ބަނދަރުގެ އެއްގަމު ތޮށިލުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައިކަމަށެވެ. އެ މަސައްކަތް ނިންމާލައި މިހާރު ކުރަމުން ދަނީ ކެޕިންގ ބީމް އެޅުމުގެ މަސައްކަތް ކަމަށް ވެސް އެ ވުޒާރާއިން ބުނެފަވެއެވެ. ނޭކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ސަ...

ޔުމްނާ ޢަލީ
ހަނިމާދޫގައި ހޮސްޕިޓަލެއް އިމާރާތްކޮށް ހިންގައިދޭނެ ބަޔަކު ހޯދަން ކައުންސިލުން ނިންމައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި ހޮސްޕިޓަލެއް އިމާރާތްކޮށް ހިންގައިދޭނެ ބަޔަކު ހޯދަން ކައުންސިލުން ނިންމައިފި

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި ހޮސްޕިޓަލެއް އިމާރާތްކޮށް ހިންގައިދޭނެ ފަރާތެއް ހޯދަން އެ ރަށު ކައުންސިލުން ނިންމައިފިއެވެ. އެ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 154 ވަނަ އާންމު ބައްދަލުވުމުގައި ނިންމާފައި ވަނީ އެ ރަށުގައި 50 އެނދުގެ ހޮސްޕިޓަލެއް އަޅަން 20000 (ވިހިހާސް) އަކަފޫޓުގެ ބިމެއް 50 އަހަރަށް ދޫކުރުމަށެވެ. މި ނިންމުމާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާގު މުހައްމަދު ބުނީ މަރުހަލާ ތަކަކަށް ބަހާލައިގެން ކުރިއަށް ގެންދަން […]

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީގައި އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް ފަށައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް ފަށައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން އެ ޕާޓީގެ ކައުންސިލަރުންނަށް އަމާޒުކޮށްގެންބާއްވާ ކައުންސިލަރުންގެ ކޮންފަރެންސް ހދ. ކުޅުދުއްފުށީ ސިޓީގައި މިއަދު ފަށައިފިއެވެ. ”ލާމަރުކަޒީ ގުޅުން” ނަމުގައި ބާއްވާ މި ކޮންފަރެންސްގައި އެންމެ އުތުރުގެ ތިން އަތޮޅު (ހއ. ހދ. އަދި ށ) ގައި ތިބި އެމްޑީޕީ ތަމްސީލްކުރާ ކައުންސިލުން ބައިވެރިވަމުން އަންނަކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. މީގެ އިތުރުން މި ތިން އަތޮޅުގައި ތިބި އެ ޕާޓީ ތަމްސީލްކުރާ އަންހެނުންގެ މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުން ވެސް މި [...

ޔުމްނާ ޢަލީ
ޓެސްލާއިން ސައިބަކެބް ރޮބޮޓެކްސީ ތަޢާރަފުކޮށްފި

ޓެސްލާއިން ސައިބަކެބް ރޮބޮޓެކްސީ ތަޢާރަފުކޮށްފި

އެމެރިކާގެ ކެލިފޯނިއާގެ ބާބޭންކްގައި ހުރި ވޯނަރ ބްރަދާސް ލޮޓުގައި ބޭއްވުނު “ވީ، ރޮބޮޓް” އިވެންޓުގައި ޓެސްލާއިން އެ ކުންފުނީގެ އައު ސައިބަކެބް އިލެކްޓްރިކް ވެހިކަލް (އީވީ) ތަޢާރަފުކޮށްފިއެވެ. މި ރޮބޮޓެކްސީއަކީ އަލްފަބެޓްގެ ވޭމޯ ފަދަ ވާދަވެރިންނާ ވާދަކުރުމަށް ނެރެފައިވާ އުޅަނދެކެވެ. މިއީ ސައިބަޓްްރަކް، މޮޑެލް 3 އަދި މޮޑެލް އެސް ފަދަ ޓެސްލާގެ އޮޓޮނޮމަސް ސެލްފް-ޑްރައިވިންގ ވެހިކަލްތަކުގެ ސަފަށް އިތުރުވި އުޅަނދެކެވެ. ނަމަވެސް މި އުޅަނދުގައި ސްޓިއަރިންގ ވީލެއް ނުވަތަ ޕެޑަލްްތަކެއް ނުހުންނާނެއެވެ. މިއީ...

އަޙްމަދު ދާއޫދު
ށ.އަތޮޅުން ފެށިގެން ފ.އަތޮޅަށް ރީނދޫ ސަމާލު، ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ!

ށ.އަތޮޅުން ފެށިގެން ފ.އަތޮޅަށް ރީނދޫ ސަމާލު، ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ!

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ށ. އަތޮޅުން ފެށިގެން ފ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން  ށ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދު ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފައި ވަނީ މިރޭ 19:00 އިން ފެށިގެން 23:00 އާއި ހަމައަށެވެ. މެޓް އޮފީހުގެ ސަމާލުގެ މެސެޖުގައި ބުނެފައިވާ ގޮތުން ސަމާލުގެ ވަގުތުގައި އެ އަތޮޅުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާއި […]

ޔުމްނާ ޢަލީ
އުލިގަމު ބަނދަރު އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ނިންމާލައިފި

އުލިގަމު ބަނދަރު އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ނިންމާލައިފި

ހއ. އުލިގަމު ބަނދަރު އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އުލިގަމުގެ ބަނދަރަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށް ޒަމާނީ ފެންވަރުގެ ބަނދަރެއް ތަރައްގީކުރުމަށް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކުރެއްވީ 18 ޖުލައި 2023 ގައިއެވެ. އެ ކުންފުނިން މިއަދު ބުނީ، އުލިގަމު ބަނދަރު ތަރައްޤީކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ދަށުން، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް މިހާރު...

ޔުމްނާ ޢަލީ