މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
"ބްލޮކް ގްރާންޓްގެ ގޮތުގައި 5 އިންސައްތަ ކައުންސިލްތަކަށް ލިބޭނެ"

"ބްލޮކް ގްރާންޓްގެ ގޮތުގައި 5 އިންސައްތަ ކައުންސިލްތަކަށް ލިބޭނެ"

ކުރިއަށް އޮތް އަހަރުގެ ބަޖެޓް ފާސްވާއިރުގައި ޤާނޫނުގައި އޮތް ގޮތަށް ބްލޮކް ގްރާންޓުގެ 5 އިންސައްތަ ކައުންސިލްތަކަށް ލިބޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ޕެޓް ކެއަރ ފެސިލިޓީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސަރުކާރުން ކައުންސިލްތައް ބާރުވެރިކުރުވައި ކައުންސިލްތަކުގެ ހިންގުން ހަރުދަނާ ކުރުމަށް މަގުފަހިކޮށްދެއްވުމަށް ކުރައްވާ މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަ...

އިބްރާހިމް ޚަލީލް
ކައުންސިލުތަކަށް ކަނޑައަޅާފައިވާ ބަޖެޓް ކުޑަކޮށްފައި އޮތުމުން މޭރަރު އާތިފްގެ ކަންބޮޑުވުން

ކައުންސިލުތަކަށް ކަނޑައަޅާފައިވާ ބަޖެޓް ކުޑަކޮށްފައި އޮތުމުން މޭރަރު އާތިފްގެ ކަންބޮޑުވުން

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ކައުންސިލްތަކަށް ކަނޑައަޅާފައިވާ ފައިސާ ބޮޑުތަނުން މަދުވުމާއި ގުޅިގެން ކުޅުދުއްފުށީ ސިޓީ މޭޔަރ މުހައްމަދު އާތިފް ކަންބޮޑުވުން ފާޅުކޮށްފިއެވެ. މިއަދި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މޭޔަރ ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓްގައި ކައުއުންސިލް ތަކުގެ ބްލޮކް ގްރާންޓްގެ ގޮތުގައި ލިބެންޖެހޭ އަދަދު ކުޑަކޮށް ސަރުކާރުން މަޖިލީހަށް ބަޖެޓް ހުށަހެޅުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. މޭޔަރ އިތުރަށް ވިދާޅުވީ ދައުލަތުގެ ބަޖެޓުގެ %5 އަށް ބަލާނަމަ، 2025 ވަނަ އަހަރު ކ...

އިބްރާހިމް ޚަލީލް
އެމްޕީ ފަރޭ، ދާއިރާގެ ހުރިހާ ގެއެއްގެ ނަންބޯޑު ހަރުކޮށްދެނީ

އެމްޕީ ފަރޭ، ދާއިރާގެ ހުރިހާ ގެއެއްގެ ނަންބޯޑު ހަރުކޮށްދެނީ

ކުޅުދުއްފުށި ސިޓީ ދެކުނު ދާއިރާއަށް ނިސްބަތްވާ ހުރިހާ ގޭބިސީތަކުގެ ނަންބޯޑް ހަދައިދީ ހަރުކޮށްދިނުމަށް އެ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރ ފަރުހަތު މުހައްމަދު ނިންމައިފިއެވެ. ދާއިރާގެ ހުރިހާގެއެއެގައި ނަންބޯޑު ހަރުކުރަން އެމްޕީ ފަރުހަތުގެ ޓީމުން ނިންމާފައިވަނީ އެ ދާއިރާގެ ގެތަކަށް ކުރެވުނު ޒިޔާރަތުގައި ގިނަ ގެތަކެއްގައި ނަން ބޯޑު ނެތުމުން ކަމަށް އެ ޓީމުން މިކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓްގައި ބުނެފައިވެއެވެ. އެ ޕޯސްޓްގައި އިތުރަށް ބުނެފައިވަނީ ޓީމްގެ ލަފަޔާއިއެކު ދާއިރާގ...

އިބްރާހިމް ޚަލީލް
ތިލަދެކުނު ޤުރުއާން މުބާރާތް ފެށިގެން ކުރިއަށް

ތިލަދެކުނު ޤުރުއާން މުބާރާތް ފެށިގެން ކުރިއަށް

ހދ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ “ތިލަދެކުނު ޤުރުއާން މުބާރާތް 2024” ފަށައިފިއެވެ. މި މުބާރާތުގެ ކިޔެވުން އިއްޔެ ވަނީ ފަށާފައެވެ. މި އަހަރު މުބާރާތް ކުރިއަށް ދަނީ އޮކްޓޯބަރ 31 އިން ނޮވެމްބަރ 02 އަށް ހަނިމާދޫގައެވެ. މި އަހަރު މުބާރާތުގައި 15 ސްކޫލަކުން 203 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. ބަލައިގެން ކިޔެވުމުގައި 117 ދަރިވަރުން ވާދަކުރާއިރު ނުބަލާ ކިޔެވުމުގެ ބައިގައި 86 ދަރިވަރަކު ވާދަކުރެއެވެ. މި އަހަރު މުބާރާތުގައި […]

އިބްރާހިމް ޚަލީލް
ކަނދުފަތިތައް އެޅުމުގެ މަސައްކަތަށް ހާއްސަ ސެންޓަރެއް ފުނަދޫ ގާއިމުކުރަނީ 📍 ށ. ފުނަދޫ

ކަނދުފަތިތައް އެޅުމުގެ މަސައްކަތަށް ހާއްސަ ސެންޓަރެއް ފުނަދޫ ގާއިމުކުރަނީ

ކަނދުފަތިތައް އެޅުމުގެ މަސައްކަތަށް ހާއްސަ ސެންޓަރެއް ށ. ފުނަދޫގައި ގާއިމުކުރަން ނިންމާފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 43 ވަނަ ޖަލްސާގައި ވަޒީރާއި ސުވާލު ކުރުމުގެ ވަގުތުގައި މަކުނުދޫ ދާއިރާގެ މެންބަރު އާދަމް ޝަފީޤް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، އެކި ސަރަހައްދުގައި ވަދު ކަނދުފަތި އެޅުމަށް ހުށަހެޅުންތައް ވަރަށް ގިނައިން ލިބިފައިވާ ކަމަށެވެ. މި ސަރުކާރާއި ހަވާލުވިއި...

ޙުސައިން ޝަހުދީ
މިލައުތުރު ހޭންޑްބޯޅަ މުބާރާތް ހުކުރު ދުވަހުގެ ރޭ ކޮމަންޑޫގައި ފަށަނީ، ހަވާއެރުވުން އޮންނާނެ

މިލައުތުރު ހޭންޑްބޯޅަ މުބާރާތް ހުކުރު ދުވަހުގެ ރޭ ކޮމަންޑޫގައި ފަށަނީ، ހަވާއެރުވުން އޮންނާނެ

ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ “މިލައުތުރު ހޭންޑް ބޯޅަ މުބާރާތް” ކުލަގަދަ ރަސްމިއްޔާތަކާއިއެކު ހުކުރު ދުވަހުގެ ރޭ އެ އަތޮޅު ކޮމަންޑޫގައި ފަށަން ތައްޔާރުވެއްޖެއެވެ. މި މުބާރާތުގައި ޖުމްލަ 12 ޓީމަކުން ވަނީ ބައވެރިވެފައެވެ. މުބާރާތް ރާވާލާފައި ވަނީ ބައިވެރިވި ޓީމްތައް ދެ ގްރޫޕަކަށް ބަހާލައިގެން ދެ ގްރޫޕް މެޗުތައް ދެ ރަށެއްގައި ކުޅޭގޮތަށެވެ. މިގޮތުން ގްރޫޕް އޭގެ މެޗުތައް ކުޅޭނީ ފޯކައިދޫގައެވެ. ގްރޫޕް އޭގައި ހިމެނޭ ޓީމްތަކަކީ ކަނޑިތީމް، […]

އިބްރާހިމް ޚަލީލް
ކުޅުދުއްފުށި އިސްރަށްވެހިންނަށް ޕާކެއް ތަރައްގީ ކޮށްދޭނެ ބަޔަކު ހޯދަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި އިސްރަށްވެހިންނަށް ޕާކެއް ތަރައްގީ ކޮށްދޭނެ ބަޔަކު ހޯދަނީ

ކުޅުދުއްފުށި ސިޓީގައި އިސްރަށްވެހިންނަށް ޕާކެއް ތަރައްގީ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް، ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިއުލާން ކޮށްފިއެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މި ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ. މި ބީލަމުގައި ރަޖިސްޓަރީވާން ބޭނުންވާ ފަރާތްތަކުން އެކަމަށްޓަކައި ފުރިހަމަ ކުރަންޖެހޭ އޮންލައިން ފޯމް ފުރިހަމަ ކުރުމަށް ފަ...

އިބްރާހިމް ޚަލީލް
ބާރަށުގައި ހިންގާ މަޝްރޫއުތަކެއްގެ ޑިޒައިންއާއި ސާވޭގެ މަސައްކަތް ހޯގާޑުން ހިލޭ ކޮށްދެނީ 📍 ހއ. ބާރަށް

ބާރަށުގައި ހިންގާ މަޝްރޫއުތަކެއްގެ ޑިޒައިންއާއި ސާވޭގެ މަސައްކަތް ހޯގާޑުން ހިލޭ ކޮށްދެނީ

ތިލަދުންމަތީ އުތުރުބުރީ ބާރަށުގައި ހިންގުމަށް ހަމަޖެހިފައިވާ ތިން މަޝްރޫއުއެއްގެ މަސައްކަތުގެ ސާރވޭ ހެދުމާއި ޑިޒައިން މަސައްކަތް ކުރުމަށް ޑެންމާކުގެ އެމްޓީ ހޯގާޑް ކުންފުންޏާއި ހަވާލުކޮށްފިއެވެ. ހޯގާޑް ކުންފުނީގެ ސީއެސްއާރްގެ ދަށުން މި މަސައްކަތްތައް ކުރުމަށް އެކުންފުނީގެ ފަރާތުން ސަރުކާރަށް ހުށައެޅުމުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން ހުއްދަ ދީފައިވަނީ މިއަދުއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މި ތިން މަޝްރޫއުތެ...

އިބްރާހިމް ޚަލީލް
ކުޅުދުއްފުށި ލައިބްރަރީއަށް ޕޯޓުން 124 ފޮތް ހަދިޔާކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ލައިބްރަރީއަށް ޕޯޓުން 124 ފޮތް ހަދިޔާކޮށްފި

ހދ. ކުޅުދުއްފުށި ޕޯޓު ލިމިޓެޑުން، ކުޅުދުއްފުށި ސިޓީގައި މިފަހުން ހުޅުވި ޕަބްލިކް ލައިބްރަރީއަށް 124 ފޮތް ހަދިޔާކޮށްފި އެވެ. މިފޮތްތަކާއި ހަވާލުވެ ދެއްވީ ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް އެވެ. މި ހަދިޔާއާއެކު ލައިބްރަރީގެ ފޮތްތަކުގެ އަދަދު އިތުރުވެގެންދާނެ ކަމަށާއި، މިއީ މުޖުތަމައުގެ ފަރުދުންނަށް އިތުރު މައުލޫމާތާއި އާ ތަޖުރިބާތައް ލިބިގަތުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމެއްކަމަށް ލައިބްރަރީން ބުނެއެވެ. ޕޯޓުން ލައިބްރަރީއަށް ކޮށްދެއްވި މި އެހީއަކީ، އެ ކުންފުނިން މުޖުތަމައަށް އަދާކުރަމ...

އަލީ އާދިލް
އިހަވަންދޫގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ގާއިމް ކުރަން ބޭނުންވާ ފަންޑް ވަނީ ހަމަޖެހިފައި: ޝިޔާމް 📍 ހއ. އިހަވަންދޫ

އިހަވަންދޫގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ގާއިމް ކުރަން ބޭނުންވާ ފަންޑް ވަނީ ހަމަޖެހިފައި: ޝިޔާމް

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި މި ސަރުކާރުން ގާއިމްކުރަން ނިންމާފައިވާ 500 ޓަނުގެ ކޯލްޑް ސްޓޯރޭޖް އެޅުމަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާ ކަމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަލީ މޫސާ ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރ ވިދާޅުވީ އައިއެސްޑީބީގެ އެހީގެ ދަށުން އިހަވަންދޫގައި ގާއިމްކުރަން ނިންމާފައިވާ 500 ޓަ...

އިބްރާހިމް ޚަލީލް
އަހަރުތަކަކަށް ފަހު ހިރިމަރަދޫ ސްކޫލަށް ޕްރިންސިޕަލެއް ހޯދަނީ 📍 ހދ. ހިރިމަރަދޫ

އަހަރުތަކަކަށް ފަހު ހިރިމަރަދޫ ސްކޫލަށް ޕްރިންސިޕަލެއް ހޯދަނީ

ޕްރިންސިޕަލެއް ނެތި އަހަރުތަކެއްވެފައިވާ ހދ.ހިރިމަރަދޫ ސްކޫލަށް ޕްރިންސިޕަލެއް ހޯދަން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އިއުލާން ކޮށްފިއެވެ. އެންމެ ފަހުން އެ ރަށު ސްކޫލުގައި ޕްރިންސިޕަލެއް ހުރީ މީގެ ހަތަރު އަހަރު ކުރިންނެވެ. އެއީ ބިދޭސީ ޕްރިންސިޕަލެކެވެ. އޭނާއާއި މެދު ސްކޫލުގެ ބެލެނިވެރިން ހިތްހަމަނުޖެހިގެން އިހުތިޖާޖް ކުރުމުން މިނިސްޓްރީން އެ ޕްރިންސިޕަލް އެހެން ރަށަކަށް ބަދަލުކުރި ފަހުން ފާއިތުވި މުއްދަތުގައި އެ ރަށުގައި ޕްރިންސިޕަލެއް ނުހުރެއެވެ. ފާއިތުވި ހަތަރު އަހަރު އެ ސްކޫލް ހިންގުމުގައި އިސ...

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީގައި އަންނަ އަހަރު އައިޑީކާޑު ޕްރިންޓް ކުރެވޭގޮތް ހަދަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި އަންނަ އަހަރު އައިޑީކާޑު ޕްރިންޓް ކުރެވޭގޮތް ހަދަނީ

ކުޅުދުއްފުށީގައި އަންނަ އަހަރު ތެރޭގައި އައިޑީކާޑު ޕްރިންޓް ކުރެވޭގޮތް ހެދޭވަރުވާނެކަމަށް ދާޚިލީ ވަޒީރު އަލީ އިހްސާން މިއަދު ވިދާޅުވެއްޖެއެވެ. މިއަދު ކުރިއަށް ދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 41 ވަނަ ޖަލްސާގައި ވަޒީރާއި ސުވާލުކުރުމުގެ ވަގުތުގައި ކުޅުދުއްފުށީ އުތުރުދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ވަނީ އައިޑީ ކާޑުގެ ޚިދުމަތަކީ ގިނަ ސަރުކާރުތަކަކުން ކުޅުދުއްފުށިން ސީދާ ޕްރިންޓުކޮށްގެން ޚިދުމަތްދޭނެ ކަމަށް ވަޢުދުވެފައިވާ ޚިދުމަތެއްކަން ފާހަގަކުރަށްވައި، އެކަން ކުޅުދުއްފުށީގައި ފެށޭނެ ދުވަހެއ...

ޔުމްނާ ޢަލީ
ނާވައިދޫ ބަނދަރުގެ މަޝްރޫޢުއާއި ރަށްގިރުމުގެ މައްސަލައާއި ގުޅޭގޮތުން މަޝްވަރާކޮށްފި 📍 ހދ. ނައިވާދޫ

ނާވައިދޫ ބަނދަރުގެ މަޝްރޫޢުއާއި ރަށްގިރުމުގެ މައްސަލައާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ނާވައިދޫ ބަނދަރުގެ މަޝްރޫޢުއާއި ރަށްގިރުމުގެ މައްސަލައާއި ގުޅޭގޮތުން އިމާރާތް ކުރުމާއި ބިނާރާބެހޭ ވުޒާރާ އިން ނައިވާދޫ ކައުންސިލާއިއެކު މަޝްވަރާކޮށްފިއެވެ. އިމާރާތް ކުރުމާއި ބިނާރާބެހޭ ވުޒާރާ އިން ބުނީ، އެ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ޔޫސުފް ޞިދްޤީ ހިމެނޭހެން އެ ވުޒާރާގެ ޓެކްނިކަލް ޓީމުން ނައިވާދޫ ކައުންސިލާއި އެކު އެރަށުގެ ބަނދަރުގެ މަޝްރޫޢުއާއި ރަށްގިރުމުގެ މައްސަލައާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. މި ބައްދަލުވުމުގައި ނައިވާދޫ ކައުންސިލްގެ ފަރާތުން އިސްކޮށް ތިއްބެވީ ޢަލީ ރަޝީދާއި، ނަ...

ޔުމްނާ ޢަލީ
ށ.އަތޮޅު ވާހަކަ ދެއްކުމުގެ މުބާރާތުން އެއްވަނަ ތައުލީމީ މަރުކަޒުގެ ދަރިވަރު އާދަމް އިސްހާގަށް

ށ.އަތޮޅު ވާހަކަ ދެއްކުމުގެ މުބާރާތުން އެއްވަނަ ތައުލީމީ މަރުކަޒުގެ ދަރިވަރު އާދަމް އިސްހާގަށް

ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކުގެ ސްކޫލްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ވާހަކަ ދެއްކުމުގެ މުބާރާތުގެ ފަހުރުވެރި އެއްވަނަ އެ އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރު އާދަމް އިސްހާގް ކާމިޔާބު ކޮށްފިއެވެ. އެ އަތޮޅުގެ 10 ސްކޫލަކުން 52 ދަރުވަރުން ބައިވެރިވި މި މުބާރާތް މި މަހުގެ 24 އިން 26 އަށް ކުރިއަށް ގެންގޮސްފައި ވަނީ ކަނޑިތީމުގައެވެ. މުބާރާތުގެ ވަނަތައް މުޅިމުބާރާތުން 1 ވަނަ އާދަމް އިސްހާޤް / ށ.އަތޮޅު ތައުލީމީ މަރުކަޒު […]

އިބްރާހިމް ޚަލީލް
ރަންތާޖު ޤުރުއާން މުބާރާތް: މުޅިމުބާރާތުން އެއްވަނަ އިހަވަންދޫ ނަސްރަތު އަށް، އެންމެ މޮޅު ރަށަކަށް ދިއްދޫ 📍 ހއ. އިހަވަންދޫ

ރަންތާޖު ޤުރުއާން މުބާރާތް: މުޅިމުބާރާތުން އެއްވަނަ އިހަވަންދޫ ނަސްރަތު އަށް، އެންމެ މޮޅު ރަށަކަށް ދިއްދޫ

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ “ތިލައުތުރު ރަންތާޖު ޤުރުއާން މުބާރާތް 2024” ގެ އެންމެ މޮޅު ދަރިވަރަކަށް އިހަވަންދޫ އާމިނަތު ނަސްރަތު ހޮވުނުއިރު އެންމެ މޮޅު ރަށަކަށް ދިއްދޫ ހޮވިއްޖެއެވެ. އެ އަތޮޅުގެ 13 ރަށަކުން 134 ދަރިވަރުން ބައިވެރިވި މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށް އުތީމުގައެވެ. މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު […]

އިބްރާހިމް ޚަލީލް