މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
ހދ.އަތޮޅު ކައުންސިލުން އައިޑީކާޑް ޕްރިންޓް ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފި

ހދ.އަތޮޅު ކައުންސިލުން އައިޑީކާޑް ޕްރިންޓް ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފި

ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ޕްރިންޓް ކުރެވޭނޭ އިންތިޒާމް ހަމަޖައްސައިފިއެވެ. މި ހިދުމަތް ހދ.އަތޮޅު ކައުންސިލުގައި ފަށާފައި މިވަނީ އައިޑީކާޑާއި ޕާސްޕޯޓުގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ސަރުކާރުން މިހާރު ފަށާފައިވާ މަޝްރޫއުގެ ތެރެއިންނެވެ. މިގޮތުން ހދ.އަތޮޅު ކައުންސިލުގެ އިތުރުން މި ހިދުމަތް މިހާރު ހުޅުމާލެ ފޭސް 01 އަދި 02 ގެ އިތުރުން ވިލިމާލޭގައި ވެސް ވަނީ ފަށާފައެވެ. އަދި ގއ. އަތޮޅާއި، ދ އަތޮޅާއި ލ އަތޮޅުގައި ވެސް ސަރުކާރުން […]

އިބްރާހިމް ޚަލީލް
ޑްރޯން ބޭނުންކޮށްގެން ހިންގި އޮޕަރޭޝަނެއްގައި، ރާއްޖޭގެ އުތުރުން ބޯޓެއް އަތުލައިފި

ޑްރޯން ބޭނުންކޮށްގެން ހިންގި އޮޕަރޭޝަނެއްގައި، ރާއްޖޭގެ އުތުރުން ބޯޓެއް އަތުލައިފި

ޑްރޯން ބޭނުންކޮށްގެން ހިންގި އޮޕަރޭޝަނެއްގައި ބޯޓެއް އަތުލައިފި އެވެ. އެމްއެންޑީއެފް އިން ކުރި ޓުވީޓެއްގައި ވިދާޅުވީ، މި ބޯޓު އަތުލައިގަނެފައިވަނީ އެމްއެންޑީއެފް އެއަރ ކޯރގެ ޑްރޯން ބޭނުންކޮށްގެންނާއި އަދި އެމްއެންޑީއެފް ކޯސްޓްގާޑުން ގުޅިގެން ރާއްޖޭގެ އުތުރުގެ ސަރަހައްދު ބެލެހެއްޓުމަށް ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ކަމަށެވެ. “ޑްރޯނުން ވަނީ ބޭރު ޤައުމެއްގެ ބޯޓެއް، ޤާނޫނާ ޚިލާފަށް ރާއްޖޭގެ ސަރަޙައްދުގައި އުޅެނިކޮށް ލޮކޭޓްކޮށްފަ.” އެމްއެންޑީއެފްއިން ވިދާޅުވި އެވެ. ކޯސްޓްގާޑުން މި ބޯޓް އިންޓަރސެޕްޓް...

އަލީ އާދިލް
ހދ.ރައީސްގެ މަގާމު ހުސްވެފައިވާކަން އީސީއަށް އަންގައިފި

ހދ.ރައީސްގެ މަގާމު ހުސްވެފައިވާކަން އީސީއަށް އަންގައިފި

ތިލަދުންމަތީ ދެކުނުބުރީ (ހދ) އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ސިރާޖް އެ މަގާމުން ވަކިކުރުމަށް ކައުންސިލުން ފާސްކޮށްފައިވާތީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެކަން އިލެކްޝަން ކޮމިޝަން (އީސީ) އަށް އަންގައިފިއެވެ. 22 އޯގަސްޓް 2024 ގައި ބޭއްވި އަތޮޅު ކައުންސިލްގެ ބައްދަލުވުމުގައި ރައީސްކަމުން ސިރާޖު ވަކިކުރަން ހުށަހެޅުއްވީ ހިރިމަރަދޫ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދެވެ. ރައީސް ވިދިވިދިގެން ހަތް ޖަލްސާއަށް ހާޒިރުވެފައިނުވާތީ އޭނާ މަގާމުން ވަކިވެއްޖެކަމަށް ކ...

ޔުމްނާ ޢަލީ
ނޮޅިވަރަމް ޓާފު ދަނޑު ރަސްމީކޮށް ހުޅުވައި ކައުންސިލްކަޕް ފަށައިފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ޓާފު ދަނޑު ރަސްމީކޮށް ހުޅުވައި ކައުންސިލްކަޕް ފަށައިފި

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމްގައި ޓާފް އަޅައިގެން ތަރައްގީކުރި ބޮޑު ފުޓްބޯޅަ ދަނޑު ރަސްމީކޮށް ހުޅުވައި “ނޮޅިވަރަމް ކައުންސިލް ކަޕް 2024” ފުޓްބޯޅަ މުބާރާތް ފަށައިފިއެވެ. އިއްޔެ ހަވީރު މި މުބާރާތް ފެށުމުގެ ރަސްމިއްޔާތާއި ރަސްމީކޮށް އެ ދަނޑު ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައިވާއިރު، އެ ރަށަށް ވަޑައިގެން ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. ނޮޅިވަރަމްގައި އެ ދަނޑު ހެދުމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 2019 ވަނަ އަހަރުއެވެ. އެ މަސައްކަތް […]

އިބްރާހިމް ޚަލީލް
ވަޤްފު މަޝްރޫޢުގެ ދަށުން ނެއްލައިދޫގައި 10 އައުޓްލެޓްގެ ޢިމާރާތެއް 📍 ހދ. ނެއްލައިދޫ

ވަޤްފު މަޝްރޫޢުގެ ދަށުން ނެއްލައިދޫގައި 10 އައުޓްލެޓްގެ ޢިމާރާތެއް

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ވަޤްފު މަޝްރޫޢުގެ ދަށުން ހދ. ނެއްލައިދޫގައި 10 އައުޓްލެޓްގެ ޢިމާރާތެއް އެޅުމަށް، ވަޤްފު މަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މިއަދު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި، މި އެއްބަސްވުމުގައި އެ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި ނެއްލައިދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުޙައްމަދު އަލީފްއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ...

ޔުމްނާ ޢަލީ
ތިލައުތުރު އަންހެން ވޮލީމުބާރާތް ފަށައިފި

ތިލައުތުރު އަންހެން ވޮލީމުބާރާތް ފަށައިފި

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ ތިލައުތުރު އަންހެން ވޮލީބޯޅަ މުބާރާތް ފަށައިފިއެވެ. މި މުބާރާތުގެ ކުޅުން މިއަދު (ހުކުރު) މުރައިދޫގައި ފާށާފައިވާއިރު، ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލުކޮށްފައި ވަނީ މުރައިދޫއާއި އުތީމެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކުރީ މުރައިދޫ ޓީމެވެ. މެޗުގެ ސެޓްތައް ގެންދިޔައީ 25/11، 25/3، 25/11 އިންނެވެ. މުބާރާތުގެ ދެވަނަ މެޗު މިރޭ ކުޅެފައިވާއިރު، ދެވަނަ މެޗުގައި ބައްދަލުކުރީ އިހަވަންދޫއާއި […]

އިބްރާހިމް ޚަލީލް
ފުނަދޫ ދަށްފަޅުގައި ޓޫރިސްޓް ހޮޓަލަކާއި އީކޯ ޕާކެއް ތަރައްގީ ކުރުމަށް ސާވޭކޮށްދޭނެ ބަޔަކުހޯދަނީ 📍 ށ. ފުނަދޫ

ފުނަދޫ ދަށްފަޅުގައި ޓޫރިސްޓް ހޮޓަލަކާއި އީކޯ ޕާކެއް ތަރައްގީ ކުރުމަށް ސާވޭކޮށްދޭނެ ބަޔަކުހޯދަނީ

ށ.ފުނަދޫ ދައްފަޅުގައި ޓޫރިސްޓް ހޮޓަލަކާއި އަދި އެޓްރެކްޝަން ހިމެނޭގޮތުން އީކޯ ޕާކެއް ތަރައްގީ ކުރުމަށް ސާވޭކުރުމާއިއެކު ޑިޒައިން ކުރާނެ ފަރާތެއް ހޯދަން އެ ރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. ފުނަދޫގައި އޮންނަ ދައްފަޅަކީ ގުދުރަތީ ގޮތުން ވަރަށް ހާއްސަ މުއްސަނދިކަމެއް ލިބިފައިވާ ފަޅެކެވެ. ކޯރެއް ގޮތަށް އުފެދިފައިވާ އެ ފަޅަށް ފްލެމިންގޯ ފަދަ މޫސުމީ ދޫނިތައް ރާއްޖެއިން ބޭރުން ހިޖުރަކުރެއެވެ. އެ ފަޅަކީ ގިނަ އަދަދަކަށް “މަޑް ކްރެބް” އާލާވާ ތަނެކެވެ. އެތަނުގައި ޓޫރިސްޓް ހޮޓަލަކާއި އީކޯ […]

އިބްރާހިމް ޚަލީލް
މަސްވެރިންގެ ދުވަސް ފާހަގަ ކުރަން މަކުނުދޫގައި ބާއްވާ މަސްރޭހުގައި ބައިވެރިވާން ހުޅުވާލައިފި 📍 ހދ. މަކުނުދޫ

މަސްވެރިންގެ ދުވަސް ފާހަގަ ކުރަން މަކުނުދޫގައި ބާއްވާ މަސްރޭހުގައި ބައިވެރިވާން ހުޅުވާލައިފި

މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މަސްރޭސް ބޭއްވުމަށް ތާވަލުކޮށްފައި ވަނީ އަންނަ ޑިސެމްބަރ މަހުގެ 14 ވަނަ ދުވަހުއެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކަމަށް ހާއްސަ ކުރެވިފައިވާ އޮންލައިން ފޯމް ފުރިހަމަ ކުރުމަށް ފަހު މި މަހުގެ 21 ވަނަ ދުވަހުގެ 12:00 ގެ ކުރިން ސަބްމިޓް ކުރުމަށް އެ ކައުންސިލުން އެދެއެވެ. […]

އިބްރާހިމް ޚަލީލް
"15 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހަނިމާދޫގައި ފިއުލް ޖެޓީއެއް ހެދުމުގެ ބޭނުމެއް ނެތް"

"15 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހަނިމާދޫގައި ފިއުލް ޖެޓީއެއް ހެދުމުގެ ބޭނުމެއް ނެތް"

ހދ.ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއުގެ ތެރެއިން، 15 މިލިއަން ޑޮލަރު ހަރަދުކޮށްގެން އެތަނުގައި ފިއުލް ޖެޓީއެއް އެޅުމަކީ ބޭކާރު ކަމެއްކަމުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ. ތެޔޮ ބޯޓު ކަނޑުގައި ބާއްވައިގެން އެ އެއާޕޯޓްގައި ތަރައްގީކުރާ ފިއުލް ފާމަށް ތެޔޮ ފޯރުކޮށްދިނުމަށް ބޭނުންވާ ހޮޅިލައިން އެޅުމަށް އެ ރަށު ފަޅުގައި ފިއުލް ޖެޓީއެއް އެޅުމުގެ އަމަލީ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެއީ މިދިޔަ ސަރުކާރުން ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރ...

އިބްރާހިމް ޚަލީލް
ބަންކަރިން ޚިދުމަތަށް ތައްޔާރުކުރި ފެން ބާޖު ތިލަފުށި ޑޮކްޔާޑުން ބާލަައިފި

ބަންކަރިން ޚިދުމަތަށް ތައްޔާރުކުރި ފެން ބާޖު ތިލަފުށި ޑޮކްޔާޑުން ބާލަައިފި

ވޯޓަރ ބަންކަރިންގ ޚިދުމަތަށް މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) އިން ބަތް ފެން ބާޖު ތިލަފުށި ޑޮކްޔާޑުން މިއަދު ބާލަައިފިއެވެ. އެމްޕީއެލުން ބުނީ އެ ބާޖަކީ ޖުމްލަ 150 ޓަނުގެ ފެން ރައްކާކުރެވޭ ގާބިލުކަން ލިބިފައިވާ ބާޖެއް ކަމަށެވެ. އަދި މި ފެން ބާޖް ބޭނުންކުރާނީ އުތުރުގައި ވޯޓަރ ބަންކަރިން ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. ”މިއީ އުތުރުގައި މި ކުންފުނިން ފޯރުކޮށްދޭ މެރިޓައިމްގެ ޚިދުމަތަށް ލިބުނު އިތުރު ކުރިއެރުމެއް” އެމްޕީއެލުން ބުންޏެވެ. […]

ޔުމްނާ ޢަލީ
އަންނަ އަހަރު މަކުނުދޫ އެއާޕޯޓުގެ ރަންވޭ މަސައްކަތް ފެށިގެންދާނެ: އާދަމް 📍 ހދ. މަކުނުދޫ

އަންނަ އަހަރު މަކުނުދޫ އެއާޕޯޓުގެ ރަންވޭ މަސައްކަތް ފެށިގެންދާނެ: އާދަމް

އަންނަ 2025 ވަނަ އަހަރު ހދ. މަކުނުދޫ އެއާޕޯޓުގެ ރަންވޭގެ މަސައްކަތް ފެށިގެންދާނެކަމަށް އެ ދާއިރާގެ މެންބަރު އާދަމް ޝަފީޤް މިއަދު ވިދާޅުވެއްޖެއެވެ. 2025 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ބަހުސްގައި މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދެއްކެވި ވާހަކާގައި މެންބަރު އާދަމް ޝަފީޤް ވަނީ އޭނާ ތަމްސީލްކުރަށްވާ މަކުނުދޫ ދާއިރާގެ މަކުނުދޫ، ކުމުންދޫ އަދި ނޭކުރެންދޫގައި ކުރިއަށް ދާ މަޝްރޫޢޫތަކާއި، އެރަށްރަށުގައި ކުރުމަށް މި ސަރުކާރުން ވައުދުވެފައިވާ މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަ...

ޔުމްނާ ޢަލީ
ލައްކަ ރުފިޔާދޭ "މައިކަޕް" ބައިވެރިވުމުގެ ފުރުސަތު އުތުރުގެ ހުރިހާ ރަށަކަށް 📍 ހއ. އިހަވަންދޫ

ލައްކަ ރުފިޔާދޭ "މައިކަޕް" ބައިވެރިވުމުގެ ފުރުސަތު އުތުރުގެ ހުރިހާ ރަށަކަށް

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކްލަބް ޕޯލްސްޓާއިން އިންތިޒާމް ކޮށްގެން މާލެއިން އުތުރުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބާއްވާ “މައިކަޕް 2024” ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިމުބާރާތް ހުޅުވާލާފައިވަނީ އިހަވަންދޫގެ އެންމެހާ ޒުވާނުންނަށާއި އަދި އިހަވަންދޫ ފިޔަވައި ހއ.ހދ.ށ.ނ.ރ.ބ.ޅ އަތޮޅުތަކުގައި، އަތޮޅުގައި ހުރި ސަރުކާރު މުއައްސަސާތަކާއި، އެ އަތޮޅުތަކުގައި ހުރި ހިލޭސާބަހަށް މަސައްކަތްކުރާ ކުލަބު ޖަމިއްޔާތަކަށާއި، އެ އަތޮޅުތަކުގައި ހުރި ކުންފުނިތަކާއި، އެ އަތޮޅު...

އިބްރާހިމް ޚަލީލް
ތިލައުތުރު ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އިހަވަންދޫ އަށް 📍 ހއ. އިހަވަންދޫ

ތިލައުތުރު ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އިހަވަންދޫ އަށް

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބޭއްވި “ތިލައުތުރު ފުޓްސަލް މުބާރާތް 2024” ގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް އިހަވަންދޫއިން ހޯދައިފިއެވެ އުތީމާއި އިހަވަންދޫ ބައްދަލުކުރި މުބާރާތުގެ ފައިނަލް މެޗު އިއްޔެ ހަވީރު ކުޅެފައި ވަނީ ކެލާ ފުޓްސަލް ދަނޑުގައެވެ. ދެ ރަށުގެ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީ ކުޅުނު ފޯރިގަދަ މި މެޗު އިހަވަންދޫއިން ކާމިޔާބުކުރީ އުތީމުގެ މައްޗަށް 1-0 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ. މި މެޗުގައި […]

އިބްރާހިމް ޚަލީލް
މެރިކަލްޗަރގެ މަސައްކަތް ކުރަން ބޭނުންވާ ގަވާއިދުތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް

މެރިކަލްޗަރގެ މަސައްކަތް ކުރަން ބޭނުންވާ ގަވާއިދުތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް

ބޮޑުތިލަދުންމަތި ހިމެނޭހެން މެރިކަލްޗަރ ސިނާއަތް ތައްރައްގީ ކުރުމަށް ރާއްޖޭގެ ހަތަރު ސަރަހައްދެއް ކަނޑައަޅާފައިވާއިރު، މެރިކަލްޗަރގެ މަސައްކަތް ކުރަން ބޭނުންވާ ގަވާއިދުތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު، އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ރާއްޖޭގައި މެރިކަލްޗަރ ސިނާއަތް ތަރައްގީ ކުރުމަށް ވަޒީރުންގެ މަޖިލީހުން ކަނޑައަޅުއްވާފައިވާ ހަތަރު ސަރަހަދުގެ ތެރޭގައި ހިމެނެނީ ބޮޑުތިލަދުންމަތި، ރ.އަތޮޅު، މ.އަތޮޅުގެ އިތުރުން ތ.އަތޮޅެވެ. ވަޒީރުންގެ މަޖި...

އިބްރާހިމް ޚަލީލް
އުތީމާއި އިހަވަންދޫ ތިލައުތުރު ފުޓްސަލް މުބާރާތުގެ ފައިނަލަށް 📍 ހއ. އިހަވަންދޫ

އުތީމާއި އިހަވަންދޫ ތިލައުތުރު ފުޓްސަލް މުބާރާތުގެ ފައިނަލަށް

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ “ތިލައުތުރު ފުޓްސަލް މުބާރާތް 2024” ފައިނަލުން އުތީމާއި އިހަވަންދޫއިން ޖާގަ ހޯދައިފިއެވެ. މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ވާދަކުރީ ބާރަށާއި އުތީމެވެ. މި މެޗު 4-1 ގެ ނަތީޖާއިން ކާމިޔާބުކޮށް އުތީމުން ވަނީ ފައިނަލުން ޖާގަ ކަށަވަރުކޮށްފައެވެ. މި މެޗުގައި އުތީމަށް ލަނޑުތައް ޖަހައިދިނީ ކެޕްޓަން މުޙައްމަދު މަޒީން، މުހައްމަދު ނަބީލްގެ އިތުރުން އަލީ އިލްހާމެވެ. މަޒީން ވަނީ […]

އިބްރާހިމް ޚަލީލް