މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
ހޮނޑައިދޫ މީހުން ހަނިމާދޫއަށް ބަދަލުވިތާ 25 އަހަރުފުރުން ފާހަގަކޮށްފި 📍 ހދ. ހަނިމާދޫ

ހޮނޑައިދޫ މީހުން ހަނިމާދޫއަށް ބަދަލުވިތާ 25 އަހަރުފުރުން ފާހަގަކޮށްފި

ހދ.ހޮނޑައިދޫ މީހުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރިތާ 25 އަހަރު (ރިހިޔޫބިލް) ފުރުން ފާހަގަ ކުރުމަށް ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. ރައީސް އަލްއުސްތާޛު މައުމޫނު އަބްދުލްގައްޔޫމް ގެންގުޅުއްވި އާބާދީ އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން ހޮނޑައިދޫ މީހުން ހަނިމާދޫއަށް ބަދަލުކޮށްފައިވަނީ 1999 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ފަހުކޮޅެވެ. ހަނިމާދޫއަށް ބަދަލުވި ފުރަތަމަ މީހުން އައިސްފައި ވަނީ 26 ނޮވެމްބަރ ގައެވެ. އެންމެ ފަހު މީހުން އައިސްފައި ވަނީ 29 ނޮވެމްބަރ ގައެވެ. ރަސްމީގޮތެއްގައި އެ […]

އިބްރާހިމް ޚަލީލް
ހޯރަފުށީގައި ބާއްވާ ''ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖު''ގައި ބައިވެރިވާން ހުޅުވާލައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީގައި ބާއްވާ ''ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖު''ގައި ބައިވެރިވާން ހުޅުވާލައިފި

ހއ.ހޯރަފުށީ ހަހެތި ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ބާއްވާ “ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2024” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މުބާރާތަކީ 21 އަހަރުން ދަށުގެ ފަރާތްތަކަށް ހާއްސަ ކޮށްފައިވާ މުބާރާތެކެވެ. މި މުބާރާތުން ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ ޖުމްލަ ހަ ޓީމަށެވެ. އެއީ ހޯރަފުށިން ހަތަރު ޓީމަށާއި އެ އަތޮޅު ތެރެއިން ތިން ޓީމަކަށެވެ. މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ހޯރަފުށީގައި ފުޓްސަލް ކުޅޭ 21 އަހަރުން ދަށުގެ […]

އިބްރާހިމް ޚަލީލް
ބާރަށު ކައުންސިލް ވޮލީބޯޅަ މުބާރާތް ޑިސެމްބަރ 1 ވަނަ ދުވަހު ފަށަނީ 📍 ހއ. ބާރަށް

ބާރަށު ކައުންސިލް ވޮލީބޯޅަ މުބާރާތް ޑިސެމްބަރ 1 ވަނަ ދުވަހު ފަށަނީ

ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ ވޮލީބޯޅަ މުބާރާތް އަންނަ ޑިސެމްބަރ މަހުގެ އެއްވަނަ ދުވަހު ފަށަން ތާވަލުކޮށްފިއެވެ. ދެ ޖިންސަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ ފިރިހެން ޑިވިޝަންގައި ވަނީ ތިން ޓީމް ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ސޫރިޔާ ސްޕޯޓްސް، އޭލިއަންސް ސްޕޯޓްސް އަދި ވިއޯރާ ސްޕޯޓްސް ކްލަބެވެ. މި މުބާރާތުގެ އަންހެން ޑިވިޝަންގައި ހަތަރު ޓީމެއް ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ އައިރިސް، ވިއޯރާ ސްޕަރ ކްއީންސް، އޭލިއަންސް ކަނބަލުން އަދި […]

އިބްރާހިމް ޚަލީލް
“ބުސްތާން" ޑރ އާދަމް ޝަމީމް އާއެކު ނޮޅިވަރަމުގައި ޙާއްސަ ހަރަކާތްތަކެއް!

“ބުސްތާން" ޑރ އާދަމް ޝަމީމް އާއެކު ނޮޅިވަރަމުގައި ޙާއްސަ ހަރަކާތްތަކެއް!

ހދ. ނޮޅިވަރަމުގައި ދީނީ އިޖުތިމާއީ ހަރަކާތްތައް ހިންގާ ޖަމިއްޔަތުއްރިސާލާ އާއި ނޮޅިވަރަމް ކައުންސިލާ ގުޅިގެން އިންތިޒާމުކުރާ “ބުސްތާން” އިވެންޓް މި ހަފްތާބަންދުގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ. މި އިވެންޓްގައި ޑރ. އާދަމް ޝަމީމް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ޖަމިއްޔާއިން އިއުލާނުކޮށްފައިވެއެވެ. އިވެންޓްގެ ފުރަތަމަ ދުވަސް ކަމުގައިވާ ހުކުރު ދުވަހުގެ ހެނދުނު ޝައިޚާއެކު ނާސްތާ ބޭއްވުމަށްފަހު، ކުޑަކުދިންނަށް އަމާޒުކޮށްގެން ޑިސިޕްލިން އާއި ކުޅިވަރު ކުޅުމުގައި ގެންގުޅެންޖެހޭ އިސްލާމީ އުސޫލުތައް އު...

އިބްރާހިމް އަސްވާޤް
ކުޅިވަރު ކުރިއަރުވަން ހއ.އަތޮޅުގެ ކައުންސިލް ތަކުން ކުރާ މަސައްކަތަށް ޝުޖާއުގެ ޝުކުރު

ކުޅިވަރު ކުރިއަރުވަން ހއ.އަތޮޅުގެ ކައުންސިލް ތަކުން ކުރާ މަސައްކަތަށް ޝުޖާއުގެ ޝުކުރު

ކައުންސިލްތަކަށް ލިބޭ މަދު އާމްދަނީން ވެސް ހއ.އަތޮޅުގައި ކުޅިވަރު ކުރިއަރުވަން އެ އަތޮޅުގެ ކައުންސިލް ތަކުން ކުރާ މަސައްކަތް ފާހަގަކޮށް ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރަށްވަމުން ގެންދަވާ ޝުޖާއު މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން، ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު (ލަތީބެ) މަޖިލީހަށް ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނުށް އިޞްލާޙު ގެނައުމުގެ ބިލަށް ބަހުސް ކުރަށްވަމުންނެވެ. މި ބިލުގެ ބަހުސް...

ޔުމްނާ ޢަލީ
ހަނިމާދޫ އެއާޕޯޓްގައި ސީޕްލޭން ޓާމިނަލެއް ތަރައްގީކުރަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫ އެއާޕޯޓްގައި ސީޕްލޭން ޓާމިނަލެއް ތަރައްގީކުރަނީ

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ހަގީގީ ފައިދާ ލިބިގެންދާނީ އެ ސަރަހައްދުގައި ހުރި ފަތުރުވެރިކަމުގެ ހިދުމަތްދޭތަންތަނަށް ފަސޭހައިން އެ އެއާޕޯޓުން ދަތުރުކުރެވޭނޭ އިންތިޒާމް ހަމަޖެއްސިގެން ކަމަށްވާތީ، އެ އެއާޕޯޓުގައި ސީޕްލޭން ޓާމިނަލެއް ތަރައްގީކޮށް، ސީޕްލޭންގެ ހިދުމަތް ފަށަން ނިންމާފައިވާ ކަމުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ސްޓޭޓް އޯންޑް އެންޓަޕްރައ...

އިބްރާހިމް ޚަލީލް
ތިލައުތުރު އަންހެން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން މުރައިދޫއަށް 📍 ހއ. މުރައިދޫ

ތިލައުތުރު އަންހެން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން މުރައިދޫއަށް

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ހއ.އަތޮޅު ރަށްތަކަށް ހުޅުވާލައިގެން ބޭއްވި “ތިލައުތުރު އަންހެން ވޮލީ މުބާރާތް” ގެ ޗެމްޕިއަންކަން މުރައިދޫ ހޯދައިފިއެވެ. އިހަވަންދޫއާއި މުރައިދޫ ބައްދަލުކުރި ފައިނަލް މެޗު މިދިޔަ ހޮނިހިރު ދުވަހު ހަވީރު މުރައިދޫގައި ކުޅެފައިވާއިރު، ފައިނަލް މެޗު މުރައިދޫއިން ކާމިޔާބު ކޮށްފައި ވަނީ ސީދާ ތިން ސެޓުން އިހަވަންދޫ ބަލިކޮށްގެންނެވެ. މުރައިދޫއިން ސެޓްތައް ގެންދިޔައީ 25/19، 25/15، 25/20 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ މުރ...

އިބްރާހިމް ޚަލީލް
މުރައިދޫ ކުޑަކުދިންގެޕާކާއި ބޮނބިފަންނު ބީޗު ރަސްމީކޮށް ހުޅުވައިފި 📍 ހއ. މުރައިދޫ

މުރައިދޫ ކުޑަކުދިންގެޕާކާއި ބޮނބިފަންނު ބީޗު ރަސްމީކޮށް ހުޅުވައިފި

ހއ. މުރައިދޫ ކުޑަކުދިންގެޕާކާއި ބޮނބިފަންނު ބީޗު ރަސްމީކޮށް ހުޅުވައިއެވެ. ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މުރައިދޫ ކުޑަކުދިންގެޕާކާއި ބޮނބިފަންނު ބީޗު ރަސްމީކޮށް ހުޅުވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރެވެ. މުރައިދޫ ކުޑަކުދިންގެ ޕާކަކީ، ހއ. އަތޮޅު ކައުންސިލްގެ އެހީތެރިކަމާއެކު އެރަށު ރައްޔިތުން ތަރައްގީ ކުރި ޕާކެކެވެ. މި ކާޕް ތަރައްގީކުރުމަށް އަތޮޅު ކައުންސިލުން 1 ލައްކަ ރުފިޔާގެ މާލީ އެހީއެއް ދީފަވެއެވެ. މުރައިދޫ ކ...

ޔުމްނާ ޢަލީ
ހަތިފުށި ފަރުމައްޗަށް ފީނަން ފޭބި ޒުވާނަކު ގެއްލިގެން ހޯދަނިކޮށް ފެނިއްޖެ

ހަތިފުށި ފަރުމައްޗަށް ފީނަން ފޭބި ޒުވާނަކު ގެއްލިގެން ހޯދަނިކޮށް ފެނިއްޖެ

ހއ. ހަތިފުށި ފަރުމައްޗަށް ފީނަން ފޭބި އިހަވަންދޫ ޒުވާނަކު ގެއްލިގެން ހޯދަނިކޮށް ފެނިއްޖެއެވެ. ’މަސްވެރި އިހަވަންދޫ’ގައި ބުނެފައި ވަނީ، ފަރުމަށްޗަށް ފީނަން ފޭބި އިހަވަންދޫ ޒުވާނަކު ގެއްލިގެން ހޯދަމުންދަނިކޮން ފެނިފައިވާ ކަމަށެވެ. ގެއްލިގެން ހޯދަމުންދިޔަ ޒުވާާނާ ފީނަންފޭބީ އިތުރުބަޔަކާއެކު މިރޭ 6:45 ހާކަންހާއިރު ހއ ހަތިފުށީ ފަރުމައްޗައްކަމަށެވެ. ‘’ޒުވާނާފެނުނު އިރު ހާާލުރަނގަލުކަމަށް މައުލޫމާތުލިބޭ.’’ މަސްވެރި އިހަވަންދޫގައި ބުނެފަވެއެވެ. ގެއްލުނުޒުވާނާ ފެނިފައިވަނީ ހަބަރެއްނުވެގެން ގެއްލިގެން ހޯދ...

ޔުމްނާ ޢަލީ
ހޯރަފުށީގައި ވެލާބިސް ވަޅެއް ހިމާޔަތްކޮށްފި 📍 ހއ. ހޯރަފުށި

ހޯރަފުށީގައި ވެލާބިސް ވަޅެއް ހިމާޔަތްކޮށްފި

ހއ. ހޯރަފުށީގައި ވެލާބިސް ވަޅެއް ހިމާޔަތްކޮށްފިއެވެ. ހޯރަފުށީ ކައުންސިލުން ބުނީ، މި ވެލާބިސް ވަޅު ހިމާޔަތްކޮށްފައި ވަނީ އެ ކައުންސިލާއި، ހޯރަފުށީ ފުލުހުން ގުޅިގެން ކަމަށެވެ. ހިމާޔަތްކޮށްފައި ވަނީ ހޯރަފުށީ ރަށްވެހި ފަންނު ބީޗުން ފެނިފައިވާ ވެލާބިސްވަޅެކެވެ. ހޯރަފުށީ ކައުންސިލުން ބުނީ އެ ވެލާބިސްވަޅު ހިމާޔަތްކުރުމުގެ މަޤްޞަދަކީ ވެލާ އާލާ ކުރުމާއި، އަދި ވެލާ ހިމާޔަތް ކުރުން ކަމަށެވެ. ހޯރަފުށީ ކައުންސިލުން ވަނީ ފުލުހުންގެ އެހީތެރިކަމާއެކު ވެލާބިސް ވަޅު ވަށައިގެން ޓޭޕް ދަމައި، އެ ވަޅަކީ ހިމާޔަތްކޮށްފ...

ޔުމްނާ ޢަލީ
ނޮޅިވަރަމް ސިއްހީ މަރުކަޒަށް ތިން ވަނަ ސިޔާސީ ވެރިޔަކު ހަމަޖައްސައިފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ސިއްހީ މަރުކަޒަށް ތިން ވަނަ ސިޔާސީ ވެރިޔަކު ހަމަޖައްސައިފި

ހދ. ނޮޅިވަރަމް ސިއްހީ މަރުކަޒަށް އިތުރު ސިޔާސީ ވެރިޔަކު ހަމަޖައްސައިފިއެވެ. މިއީ ނޮޅިވަރަމް ސިއްހީ މަރުކަޒަށް މި ސަރުކާރުން ޢައްޔަނުކުރި ހަތަރު ވަނަ ސިޔާސީ ވެރިޔާއެވެ. އެ މަރުކަޒުގެ ޕޮލިޓިކަލް ޑިރެކްޓަރަކަށް މިފަހަރު ހަމަޖައްސާފައި ވަނީ އަޙްމަދު އާމިރެވެ. އާމިރަކީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދުގެ ކެމްޕޭންގައި ވަރަށް އިސްކޮށް މަސައްކަތްކުރެއްވި ބޭފުޅެކެވެ. ރަޝީދު މިނިވަން މެމްބަރެއްގެ ގޮތުގައި ގޮނޑި ކާމިޔާބު ކުރެއްވުމަށްފަހު ވަނީ ވެރިކަންކުރާ ޕީއެންސީއާއި ގުޅިވަޑައިގެންފައެވެ. މި...

ޔުމްނާ ޢަލީ
މުދާ ހިފައިގެން ދިޔަ ދޯންޏެއް ފިނޭ ނެރުމައްޗަށް އަރައިފި 📍 ހދ. ފިނޭ

މުދާ ހިފައިގެން ދިޔަ ދޯންޏެއް ފިނޭ ނެރުމައްޗަށް އަރައިފި

ހދ.ފިނެއަށް މުދާ ހިފައިގެން ދިޔަ ދޯންޏެއް އެ ރަށު ނެރުމައްޗަށް އަރައިފިއެވެ. މި ހާދިސާއާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން ފިނޭ ކައުންސިލްގެ ނައިބް ރައީސް ޖަވާޒާ ހުސެއިން ބުނީ އެ ރަށުގައި އަޅާ ކުނިކޮށްޓަށް ބޭނުންވާ ސާމާނު ހިފައިގެން، އައި މުދާ އުފުލާ ދޯންޏެއް އެ ރަށުގެ ނެރުމައްޗަށް އަރައި ބީހިފައިވާ ކަމަށެވެ. އޭނާ އިތުރަށް ބުނީ މި ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށާއި، ދޯނި ނެރުމައްޗަށް ބީހުނީ ހިކިދިޔައިގައި […]

އިބްރާހިމް ޚަލީލް
ކުޅުދުއްފުއްޓަކީ ބީޗް ހޭންޑްބޯލް ފަރިތަކުރުންތައް ބޭއްވުމަށް އެންމެ އެކަށީގެންވާ ތަން: މޭޔަރު އާތިފް

ކުޅުދުއްފުއްޓަކީ ބީޗް ހޭންޑްބޯލް ފަރިތަކުރުންތައް ބޭއްވުމަށް އެންމެ އެކަށީގެންވާ ތަން: މޭޔަރު އާތިފް

ދިވެހިރާއްޖޭގެ ބީޗް ހޭންޑްބޯލް ޤައުމީޓީމެއް އެކުލަވާލުމުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ކުޅުދުއްފުށި ސިޓީއަށްވުރެ ވަކި ރަނގަޅު އެހެންތަނެއް މިވަގުތުނެތް ކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ. މޭޔަރު އާތިފް މީސްމީޑިޔާގައި ހިއްސާކުރި މެސެޖެއްގައި ވިދާޅުވި ގޮތުގައި، ކުޅުދުއްފުށި ސިޓީއަކީ މި ފަރިތަކުރުންތައް ބޭއްވުމަށް އެންމެ އެކަށީގެންވާ އެތައް ސަބަބުތަކެއް ހުރިކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން، ކުޅުދުއްފުށީގައި ބައިނަލްއަޤްވާމީ ކޯޗުންނާއެކު ބީޗް ހޭނ...

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށީގައި މިސްކިތު ގާރީ ކުލާސް ފަށައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި މިސްކިތު ގާރީ ކުލާސް ފަށައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އިސްލާމީކަންތައްތަކާއި ބެހޭ ވުޒާރާ ގުޅިގެން ކުޅުދުއްފުށީގައި ކުރިއަށް ގެންދާ މިސްކިތު ގާރީ ކުލާހުގެ ކިޔެވުން ފަށައިފިއެވެ. މި ކުލާހުގައި ބައިވެރިވާން އެންމެ ފުރަތަމަ ހުށަހެޅި 30 ބައިވެރިންނާއިއެކު ކުލާސްތައް ފަށާފައިވާއިރު، މި ކުލާސްތައް ކުރިއަށް ގެންދަނީ އެ ރަށު އެންމެ ބޮޑު މިސްކިތްކަމުގައިވާ މަސްޖިދުލް ހަޟާރާތުގައެވެ. މިސްކިތު ގާރީ ކުލާސް ކުރިއަށް ގެންދިޔުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށްދިނުމ...

އިބްރާހިމް ޚަލީލް
އިންޑިއާގެ ހައިކޮމިޝަނަރ، ހަނިމާދޫ ކައުންސިލާއިއެކު ބައްދަލުވުމެއް 📍 ހދ. ހަނިމާދޫ

އިންޑިއާގެ ހައިކޮމިޝަނަރ، ހަނިމާދޫ ކައުންސިލާއިއެކު ބައްދަލުވުމެއް

އިންޑިއާއިން ރާއްޖެއައް ކަނޑައަޅުއްވާފައި ހުންނެވި ހައިކޮމިޝަނަރ މުނޫ މަހާވަރު ރަސްމީ ދަތުރުފުޅެއްގައި ހަނިމާދޫއަށް ވަޑައިގެން އެ ރަށު ކައުންސިލާއި ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ. އިންޑިއާގެ އެހީގައި ކުރިއަށް ގެންދާ ހަނިމާދޫ އެއާޕޯޓް ބޮޑުކުރުމުގެ މަސައްކަތުގެ ހާލަތު ބައްލަވާލެއްވުމަށް ކޮމިޝަނަރ ހަނިމާދޫއަށް ވަޑައިގެންފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެ ދަތުރުފުޅުގެ ތެރެއިން ކޮމިޝަނަރ ވަނީ ހަނިމާދޫ ކައުންސިލާއި ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައެވެ...

އިބްރާހިމް ޚަލީލް