ނާވައިދޫ ބަނދަރުގެ މަޝްރޫޢުއާއި ރަށްގިރުމުގެ މައްސަލައާއި ގުޅޭގޮތުން އިމާރާތް ކުރުމާއި ބިނާރާބެހޭ ވުޒާރާ އިން ނައިވާދޫ ކައުންސިލާއިއެކު މަޝްވަރާކޮށްފިއެވެ.
އިމާރާތް ކުރުމާއި ބިނާރާބެހޭ ވުޒާރާ އިން ބުނީ، އެ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ޔޫސުފް ޞިދްޤީ ހިމެނޭހެން އެ ވުޒާރާގެ ޓެކްނިކަލް ޓީމުން ނައިވާދޫ ކައުންސިލާއި އެކު އެރަށުގެ ބަނދަރުގެ މަޝްރޫޢުއާއި ރަށްގިރުމުގެ މައްސަލައާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.
މި ބައްދަލުވުމުގައި ނައިވާދޫ ކައުންސިލްގެ ފަރާތުން އިސްކޮށް ތިއްބެވީ ޢަލީ ރަޝީދާއި، ނައިބު ރައީސް އަހްމަދު ފާއިޒް އެވެ.
މި ބައްދަލުވުމުގައި ރަށްގިރުމުގެ މައްސަލައަކީ މިވަގުތު ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއްކަން ނާވައިދޫ ކައުންސިލުން ފާހަގަކޮށްފައިވާއިރު، އަދި ރަށުގެ ބަނދަރު ހެދުމުގެ މަޝްރޫޢު މެދުކެނޑިފައި އޮންނަ އޮތުން ވެސް ކައުންސިލުންވަނީ ވުޒާރާގެ ސަމާލުކަމަށް ގެނެސްފައެވެ.
މީގެ އިތުރުން ނައިވާދޫގެ ތަރައްޤީއަށް ރޭވިފައި ހުރި އިތުރު އުމްރާނީ މަޝްރޫޢުތަކާއި ގުޅޭގޮތުން ވެސް ދެ އިދާރާގެ މެދުގައި ޚިޔާލު ބަދަލުކުރެވުނުކަމަށް އިމާރާތް ކުރުމާއި ބިނާރާބެހޭ ވުޒާރާ އިން ބުންޏެވެ.
ނާވައިދޫ ބަނދަރުގެ މަސައްކަތާއި ރައްގިރުމުގެ މައްސަލައަށް އަވަސް ހައްލެއް ލިބިގެން ދިއުމަކީ ރަށުގެ އެންމެހާ ކުދިބޮޑު ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!