މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
ހަނިމާދޫ އިން ފަތުރުވެރިކަމަށް ދޫކުރާ ބިންތަކުގެ ތެރެއިން އެޑްވާސް ދެއްކި ހަތަރު ބިން ހަވާލުކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ އިން ފަތުރުވެރިކަމަށް ދޫކުރާ ބިންތަކުގެ ތެރެއިން އެޑްވާސް ދެއްކި ހަތަރު ބިން ހަވާލުކޮށްފި

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫއިން ފަތުރުވެރިކަމުގެ ވިޔަވާރި ކުރުމަށް ދޫކުރާ ބިންތަކުގެ ތެރެއިން އެޑްވާންސް ފައިސާ ދެއްކި ހަތަރު ކުންފުންޏަށް ހަނިމާދޫ ކައުންސިލުން ބިން ހަވާލުކޮށްފިއެވެ. މިދިޔަ ބުރާސްފަތި ދުވަހު ހަނިމާދޫ ކައުންސިލުގައި ބިންތައް ހަވާލުކުރުމަށް ބޭއްވި ހާއްސަ ބައްދަލުވުމުގައި ހަތަރު ބިން ހަވާލުކޮށްފައި ވަނީ ތިން ކުންފުންޏަކަށެވެ. ބްރޯކް އެންޑް ބިޒީ ޕްރައިވެޓް ލިމިޓެޑް އަށް ދެ ބިން، އަދި ޔޫރެކާ ހޯލްޑިންގް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން މިންޓް ޕްރައިވެޓް ލިމިޓެޑް، މި ކޮންމެ ކުންފުނ...

އިބްރާހިމް ޚަލީލް
މެޑިކަލް ކުނި މެނޭޖްކުރެވޭ ރާއްޖޭގެ ފުރަތަމަ ފެސިލިޓީ ބާރަށުގައި ގާއިމުކޮށްފި 📍 ހއ. ބާރަށް

މެޑިކަލް ކުނި މެނޭޖްކުރެވޭ ރާއްޖޭގެ ފުރަތަމަ ފެސިލިޓީ ބާރަށުގައި ގާއިމުކޮށްފި

ހއ. ބާރަށު ޞިއްޙީ މަރުކަޒުގައި މެޑިކަލް ކުނި މެނޭޖްކުރުމަށް ހާއްސަ ތަނެއް ގާއިމުކޮށް، ނެޝަނަލް ހެލްތު ލެބޯރެޓަރީގެ މަސައްކަތް ހަރުދަނާ ކުރުމަށް ހެވީމެޓަލްސް ޓެސްޓު ކުރެވޭ އައި.ސީ.ޕީ އެމް.އެސް މެޝިނެއް އެ މަރުކަޒަށް ފޯރުކުށްދިނުމުގެ އެއްބަސްވުމުގެ ސޮއިކޮށްފިއެވެ. ބާރަށުގައި ގާއިމު ކުރެވުނު ފެސިލިޓީ އަކީ ސިއްޚީ މަރުކަޒެއްގައި ސިއްޙީ ކުނި މެނޭޖުކުރުމަށް ދިވެހިރާއްޖޭގައި ގާއިމުކުރެވުނު ފުރަތަމަ ފެސިލިޓީއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ...

ޔުމްނާ ޢަލީ
ނެއްލައިދޫގައި ވެސް ވިލެޖް ވީވަރ އާލާކުރަނީ 📍 ހދ. ނެއްލައިދޫ

ނެއްލައިދޫގައި ވެސް ވިލެޖް ވީވަރ އާލާކުރަނީ

ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫގައި ވެސް ވިލެޖް ވީވަރ އާލާ ކުރުމުގެ މަސައްކަތް އެ ރަށު ސިއްހީ މަރުކަޒު ރިކްރިއޭޝަން ކްލަބުން އިސްނަގައިގެން ފަށައިފިއެވެ. ނެއްލައިދޫގެ ގުދުރަތީ މާހައުލަށް އިތުރު ފުރިހަމަކަމެއް ގެނެސް ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމުގެ މަގުސަދުގައި މި ދޫނި އެ ރަށުގައި އާލާކުރުމުގެ މަސައްކަތް ކުރަނީ ރަށުގައި ހުރި ހުރިހާ މުއައްސަސާތަކެއްގެ އެއްބާރުލުމާއި ވެސް އެކުގައެވެ. އަދި ރަށް ޕްރޮމޯޓް ކުރުމަށް ހަދާފައިވާ “ވިޒިޓް ނެއްލައިދޫ” ފޭސްބުކް ޕޭޖުން ވެސް އަންނަނީ މިކަމ...

އިބްރާހިމް ޚަލީލް
134 ބައިވެރީންނާއެކު ތިލައުތުރު ރަންތާޖު ޤުރްއާން މުބާރާތް ފަށައިފި

134 ބައިވެރީންނާއެކު ތިލައުތުރު ރަންތާޖު ޤުރްއާން މުބާރާތް ފަށައިފި

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ތިލައުތުރު ރަންތާޖު ޤުރުއާން މުބާރާތް 2024” ފަށައިފިއެވެ. ހއ.އަތޮޅުގެ ރަށުކައުންސިލްތަކަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތް މިއަދު މެންދުރު އެ އަތޮޅު އުތީމުގައި ފަށާފައިވާއިރު، މުބާރާތުގައި އަތޮޅުގެ 13 ރަށަކުން 134 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގެ ކިޔެވުން ކުރިއަށް ދަނީ އުތީމުގައި ހުންނަ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައެވެ. މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާފައި ވަނީ އެ އަތޮޅ...

އިބްރާހިމް ޚަލީލް
ފެންސާ މޯލްޑިވްސްއާއި ކުޅުދުއްފުށީ ސިޓީ ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި 📍 ހދ. ކުޅުދުއްފުށި

ފެންސާ މޯލްޑިވްސްއާއި ކުޅުދުއްފުށީ ސިޓީ ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ސާފު ފެނާއި ނަރުދަމާގެ ދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއް ކަމަށްވާ ފްރެޝްވޯޓަރ އެކްޝަން ނެޓްވޯކް ސައުތު އޭޝިއާ (ފެންސާ) މޯލްޑިވްސްއާއި ކުޅުދުއްފުށީ ސިޓީ ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް (އެސްޑީޖީ) ހާސިލްކުރުމަށާއި، މުޅި ސިޓީއަށް އަމާޒުކޮށްގެން ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމުގެ މަޤްސަދުގައި ސޮއިކުރެވުނު މި އެއްބަސްވުމަށްފަހު، ފެންސާ މޯލްޑިވްސްގެ ފަރާތުން ކުޅުދުއްފުށީ ސިޓީ ކައުން...

އިބްރާހިމް އަސްވާޤް
ނޮޅިވަރަންފަރު ހައުސިން މައްސަލަ: އުޞޫލު އިޞްލާހުކޮށް އަލުން އިޢްލާން ކުރުމަށް އެޗްއާރްސީއެމުން އަންގައިފި 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ހައުސިން މައްސަލަ: އުޞޫލު އިޞްލާހުކޮށް އަލުން އިޢްލާން ކުރުމަށް އެޗްއާރްސީއެމުން އަންގައިފި

ސަރުކާރުގެ ބާހިޔާވަހިކަމާއި ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން، އަމިއްލަ ގެދޮރު ނެތް ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިންގާ ބާހިޔާވަހިކަމުގެ ޕޮރޮގްރާމުގެ ތެރެއިން، ހދ. ނޮޅިވަރަންފަރުގައި އިމާރާތްކުރެވޭ ހައުސިންގ ޔުނިޓުތައް ދޫކުރުމުގެ އުސޫލު އިސްލާހުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް ) އިން އަންގައިފި އެވެ. މިމައްސަލަ އެޗްއާރުސީއެމް އިން ބަލައްފެށީ އެރަށުގައި އިމާރާތްކުރެވޭ 100 ހައުސިންގ ޔުނިޓް ދޫކުރުމަށް އެކުލަވާލާފައިވާ އުސޫލާ ގުޅިގެން ރަށުގެ 279 ރައްޔިތުން ސޮއިކޮށ...

އިބްރާހިމް އަސްވާޤް
ހަނިމާދޫގައި އިސްލާމިކް ބޭންކްގެ އޭޓީއެމްއެއް ބަހައްޓަން މަޝްވަރާކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި އިސްލާމިކް ބޭންކްގެ އޭޓީއެމްއެއް ބަހައްޓަން މަޝްވަރާކޮށްފި

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އޭޓީއެމްއެއް ބެހެއްޓުމުގެ މަޝްވަރާތައް އެ ބޭންކާއިއެކު ހަނިމާދޫ ކައުންސިލުން ކޮށްފިއެވެ. ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާގު މުހައްމަދު ސޯޝްލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ހަނިމާދޫގައި އެމްއައިބީގެ ހިދުމަތްތައް ފުޅާކުރުމަށްޓަކައި އެ ބޭންކްގެ އޭޓީއެމްއެއް ހަނިމާދޫގައި ބަހައްޓައި ދިނުމަށް ކުރިން ވެސް އެދިފައިވާނެ ކަމަށާއި، މި ހަފްތާތެރޭ އެ ބޭންކާއިއެކު ކުރިއަށް ގެންދެވުނު ބައްދަލުވުމުގައި އުންމީދީ ޖަވާބެއ...

އިބްރާހިމް ޚަލީލް
މާޗް މަހުގެ ނިޔަލަށް ހދ.އަތޮޅަށް 4000 އެނދު ގެންނަން މަސައްކަތްކުރަނީ

މާޗް މަހުގެ ނިޔަލަށް ހދ.އަތޮޅަށް 4000 އެނދު ގެންނަން މަސައްކަތްކުރަނީ

އަންނަ 2025 ވަނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ހދ.އަތޮޅަށް 4000 އެނދު ގެންނައުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމުގައި ޓޫރިޒަމް މިނިސްޓަރ އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން، ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސެން ޒިޔާދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ އަންނަ އަހަރު މާޗް މަހުގެ ނިޔަލަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ނިމެންވާއިރަށް އެ ސަރަހައްދަށް 4000 އެނދު ގެނައުމުގެ މަސައްކަތ...

އިބްރާހިމް ޚަލީލް
ހިރިމަރަދޫ މީހުން ބަދަލުކުރުން އަވަސްކޮށްދޭން އެދިއްޖެ 📍 ހދ. ހިރިމަރަދޫ

ހިރިމަރަދޫ މީހުން ބަދަލުކުރުން އަވަސްކޮށްދޭން އެދިއްޖެ

ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ރައްޔިތުން އެ ރަށުން އެހެން ރަށަކަށް ބަދަލުކޮށްދިނުމުގެ ކަންކަން އަވަސްކޮށްދިނުމަށް އެދިއްޖެއެވެ. ލޯކަލް ގަވަމެންޓް މިނިސްޓަރ އާދަމް ޝަރީފް އުމަރު އެކްސްގައި ރޭ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެހެން ރަށަކަށް ހިޖުރަ ކުރުމަށް ރައްޔިތުންގެ ގިނަބަޔަކު ބޭނުންވާ، ހިރިމަރަދޫގެ ނެރުތިލަވުމުގެ ސަބަބުން ވަރަށް ގިނަ ތަކުލީފްތައް ރައްޔިތުންނާއި އެ ރަށަށް ދަތުރުކުރާ ފަރާތްތަކަށް ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. މިކަން ސަމާލުކަމަށް ގެނައުމުގެ ގޮތުން އެ ރަށު ކައުންސިލްގެ ރައީސ...

އިބްރާހިމް ޚަލީލް
ހަނިމާދޫ އެއާޕޯޓު "އަންނަ އަހަރު" ނިންމެންވާއިރަށް، ބޮޑުތިލަދުންމަތީގައި އެނދުތައް އިތުރުކުރުމަށް އިސްކަމެއްދޭ: ވަޒީރު 📍 ހދ. ހަނިމާދޫ

ހަނިމާދޫ އެއާޕޯޓު "އަންނަ އަހަރު" ނިންމެންވާއިރަށް، ބޮޑުތިލަދުންމަތީގައި އެނދުތައް އިތުރުކުރުމަށް އިސްކަމެއްދޭ: ވަޒީރު

ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމުގެ މަސައްކަތް އަންނަ އަހަރު ނިންމެންވާއިރަށް، ބޮޑުތިލަދުންމަތީގައި އެނދުތައް އިތުރުކުރުމަށް ސަރުކާރުން ވަރަށް އިސްކަމެއްދެއްވާކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެ އެވެ. ވަޒީރު މިފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް އިންވެސްޓަރުންނަށް ފަހިވާގޮތަށް ތިލަދުންމަތީ އުތުރުބުރީ ބާރަށު އިކޯ ޓުއަރިޒަމް މަޝްރޫޢު ބައިނަލްއަޤްވާމީ ބީލަމަށް ހުޅުވާލުމަށް ބޭއްވި ރަސްމިއްޔާތުގައ...

އިބްރާހިމް އަސްވާޤް
މިލަންދޫ ޕޮލިހުން، އަލްޙާފިޡާ ޢިޝާ އަށް ހިތްވަރުދީ ހަނދާނީ ފިލައެއް 📍 ށ. މިލަންދޫ

މިލަންދޫ ޕޮލިހުން، އަލްޙާފިޡާ ޢިޝާ އަށް ހިތްވަރުދީ ހަނދާނީ ފިލައެއް

ޤުރްއާން ހިތުދަސްކޮށް، ހާފިޡުކަމުގެ ސަނަދު ހާސިލްކޮށްފައިވާ އަލްޙާފިޡާ ފާޠިމަތު ޢިޝާ، ނިޒާމް، ށ. މިލަންދޫ އަށް ށ. މިލަންދޫ ޕޮލިހުންގެ ފަރާތުން ހިތްވަރުދީ ހަނދާނީ ފިލައެއް ދީފިއެވެ. ށ. ޕޮލިހުން މިއަދު ބުނީ، ށ. މިލަންދޫއިން ޙާފިޡް ކަމުގެ ސަނަދު ޙާސިލް ކުރި ޢިޝާ އާއި ޢިޝާގެ އާއިލާއާއި މިލަންދޫ ޕޮލިސް ސްޓޭޝަނުން ބައްދަލުކޮށްފައިވާ ކަމަށެވެ. މިގޮތުން ޢިޝާ ޙާފިޡާކަމުގެ ސަނަދު ޙާޞީލްކޮށްފައިވާތީ އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާއެއް ދީފައިވާކަމަށް ށ. ޕޮލިހުން ބުންނެއެވެ. ”އަދި […]

ޔުމްނާ ޢަލީ
ބާރަށުގައި އިކޯ ޓުއަރިޒަމް ތަރައްޤީކުރަން ބައިނަލްއަޤްވާމީ ބީލަމަށް ހުޅުވާލައިފި 📍 ހއ. ބާރަށް

ބާރަށުގައި އިކޯ ޓުއަރިޒަމް ތަރައްޤީކުރަން ބައިނަލްއަޤްވާމީ ބީލަމަށް ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ބާރަށުގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކޮށް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން އިއުލާން ކޮށްފިއެވެ. އެ ހޮޓާ ތަރައްގީކުރަން ނިންމާފައި ވަނީ އެ ރަށުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ކަނޑައަޅާފައިވާ 71,832 (ހަތްދިހަ އެއްހާސް އަށްސަތޭކަ ތިރީސް ދޭއް) އަކަފޫޓު ބިމުގައެވެ. މިނިސްޓްރީން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 28 ވަނަ ދުވަހު 10:00 ގައި ވާޗުއަލްކޮށް (ޒޫމް މެދުވެރިކޮށް) ބާއްވާ މައުލޫމާތު ބައްދަލުވުމުގައި ބައިވެރިވެ، މި އަހަރުގެ ޑިސެމްބަރ...

އިބްރާހިމް ޚަލީލް
ނައިވާދޫގައި "ވިލެޖް ވީވަރ" އާލާކުރުން، ވަރަށް ކާމިޔާބު! 📍 ހދ. ނައިވާދޫ

ނައިވާދޫގައި "ވިލެޖް ވީވަރ" އާލާކުރުން، ވަރަށް ކާމިޔާބު!

މި މަހުގެ ދެވަނަ ދުވަހު ފެނުނީ “ނައިވާދޫ” ފޭސްބުކް ޕޭޖުގައި ޖަހާފައިވާ ޕޯސްޓެކެވެ. އެ ރަށުގައި “ވިލެޖް ވީވަރ” އާލާކުރުމުގެ މަސައްކަތް ޒުވާނުން އިސްނަގައިގެން ކުރަމުން އަންނަ ވާހަކައެވެ. ބައެއް ދޫނިތައް ރަށުތެރެއަށް ދޫކޮށްލި ވާހަކައާއި އެތަކެއްޗަށް ގޯނާނުކުރުމަށް ދީފައިވާ އިރުޝާދެވެ. ޖަހާލި ނޯޓިސްއަށް މާބޮޑު ސަމާލުކަމެއް ނުދެވުނު ނަމަވެސް މި މަހުގެ 8 ވަނަ ދުވަހު އެ ޕޭޖުގައި ހިއްސާކުރި ވީޑިއޯ ޝައުގުވެރިއެވެ. ދޫނިތައް މިނިވަންކަންމަތީ ގަސްތަކުގައި އުދުހި އުޅޭ މަންޒަރެވެ. މިނިވަންކަމާއިއެކު އެއްގޮފި...

އިބްރާހިމް ޚަލީލް
ދިފައުންޑޭޝަނުން ހއ.އަތޮޅު ތައުލީމީ މަރުކަޒުގައި ޒަމާނީ އައުޓްޑޯ ޕްލޭ ގްރައުންޑެއް ހަދަނީ 📍 ހއ. ދިއްދޫ

ދިފައުންޑޭޝަނުން ހއ.އަތޮޅު ތައުލީމީ މަރުކަޒުގައި ޒަމާނީ އައުޓްޑޯ ޕްލޭ ގްރައުންޑެއް ހަދަނީ

ހއ.ދިއްދޫ، ދިފައުންޑޭޝަނުން އިސްނަގައިގެން ހއ.އަތޮޅު ތައުލީމީ މަރުކަޒުގައި ޒަމާނީ އައުޓްޑޯ ޕްލޭ ގްރައުންޑެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ. ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ބިންގާ މިދިޔަ ބުރާސްފަތި ދުވަހު އަޅާފައި ވަނީ އެ ސްކޫލުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ޕްރޮޖެކްޓާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން ދިފައުންޑޭޝަންގެ ސެކްރެޓަރީ ޖެނެރަލް ނަޝްވާން އިބްރާހީމް ބުނީ އެ ސްކޫލުގެ ޕްލޭ ގްރައުންޑްގެ ގ...

އިބްރާހިމް ޚަލީލް
ފުނަދޫއިން ދޫކުރާ 2000 އަކަފޫޓުގެ 90 ގޯއްޗަށް ކުރިމަތިލާން ހުޅުވާލައިފި 📍 ށ. ފުނަދޫ

ފުނަދޫއިން ދޫކުރާ 2000 އަކަފޫޓުގެ 90 ގޯއްޗަށް ކުރިމަތިލާން ހުޅުވާލައިފި

ދިރިއުޅުމަށްޓަކައި ށ.ފުނަދޫއިން ދޫކުރާ 2000 އަކަފޫޓުގެ 90 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. އެ ރަށުގެ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް އެ ރަށުގައި ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމުގެ އުސޫލު ކައުންސިލުން ފާސްކޮށްފައިވަނީ މި އަހަރުގެ މާޗް 18 ވަނަ ދުވަހު ބޭއްވި އެ ކައުންސިލުގެ 136 ވަނަ އާންމު ޖަލްސާގައެވެ. އެއަށްފަހު ގެވަޅު ދޫކުރުމުގެ އުސޫލަށް ގެނެވުނު ބަދަލުތަކާއިއެކު އެ ރަށުން ދޫކުރާ 2000 އަކަފޫޓުގެ 90 ގެވަޅު ދޫކުރަން ނިންމާފައިވަނީ […]

އިބްރާހިމް ޚަލީލް