ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން އެ ޕާޓީގެ ކައުންސިލަރުންނަށް އަމާޒުކޮށްގެންބާއްވާ ކައުންސިލަރުންގެ ކޮންފަރެންސް ހދ. ކުޅުދުއްފުށީ ސިޓީގައި މިއަދު ފަށައިފިއެވެ.
''ލާމަރުކަޒީ ގުޅުން'' ނަމުގައި ބާއްވާ މި ކޮންފަރެންސްގައި އެންމެ އުތުރުގެ ތިން އަތޮޅު (ހއ. ހދ. އަދި ށ) ގައި ތިބި އެމްޑީޕީ ތަމްސީލްކުރާ ކައުންސިލުން ބައިވެރިވަމުން އަންނަކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
މީގެ އިތުރުން މި ތިން އަތޮޅުގައި ތިބި އެ ޕާޓީ ތަމްސީލްކުރާ އަންހެނުންގެ މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުން ވެސް މި ކޮންފަރެންސްގައި ބައިވެރިވެއެވެ.
ލާމަރުކަޒީ ގުޅުން - އެމްޑީޕީ ކައުންސިލަރުންގެ ކޮންފަރެންސް #LaamarukazeeGulhun pic.twitter.com/7OCuN9Xjt2
— MDP Secretariat (@MDPSecretariat) October 12, 2024
ކައުންސިލަރުންނާއި، އަންހެނުންގެ މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުންނާއެކު 80 ވަރަކަށް ފަރާތް މި ކޮންފަރެންސްގައި ބައިވެރިވެއެވެ.
މީގެ އިތުރުން އެމްޑީޕީއަށް ނިސްބަތްވާ މޭޔަރުން ވެސް މި ކޮންފަރެންސްގައި ބައިވެރިވެއެވެ. އެ މޭޔަރުންނަކީ ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފު، މާލޭ މެޔަރު އާދަމް އާޒިމް، އައްޑޫ މޭޔަރު އަލީ ނިޒާރު، ފުވައްމުލަކު މޭޔަރު އިސްމާއީލް ރަފީގު އަދި ތިނަދޫ މޭޔަރު ސައުދު އަލީ އެވެ. ރާއްޖޭގެ ހުރިހާ ސިޓީ ތަކެއްގެ ވެސް މޭޔަރުން ނަކީ އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅުންނެވެ.
މި ކޮންފަރެންސްގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިތުރުން އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި، މަޖިލިސް މެންބަރުން ވެސް އަންނަނީ ބައިވެރިވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!