މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
ފަސޭހަކަމާއިއެކު ނޮޅިވަރަންފަރު ބަލިކޮށް ކޮރަލްސް އިން ޗެމްޕިއަންކަން ހޯދައިފި 📍 ހދ. ނޮޅިވަރަންފަރު

ފަސޭހަކަމާއިއެކު ނޮޅިވަރަންފަރު ބަލިކޮށް ކޮރަލްސް އިން ޗެމްޕިއަންކަން ހޯދައިފި

ހދ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ ތިލަދެކުނު ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ފަސޭހަކަމާއިއެކު ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބް ބަލިކޮށް ކުޅުދުއްފުށީ ކްލަބް ކޮރަލްސް އިން ޗެމްޕިއަންކަން ހޯދައިފިއެވެ. އިއްޔެ ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގައި ނޮޅިވަރަންފަރުގެ މައްޗަށް ކޮރަލްސް އިން ކުރި ހޯދީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ހާފު ނިމުނީ ދެ ޓީމުންކުރެ […]

އިބްރާހިމް ޚަލީލް
އެނދުވިއްކާއިރު ރަށްރަށުގައި އުޅެންވީގޮތް ފަތުރުވެރިންނަށް ކިޔައިދޭންޖެހޭ: މަކުނުދޫ ކައުންސިލް 📍 ހދ. މަކުނުދޫ

އެނދުވިއްކާއިރު ރަށްރަށުގައި އުޅެންވީގޮތް ފަތުރުވެރިންނަށް ކިޔައިދޭންޖެހޭ: މަކުނުދޫ ކައުންސިލް

ގެސްޓްހައުސް އިޝްތިހާރު ކުރެވި ފަތުރުވެރިންނަށް އެނދުވިއްކޭއިރު ދެވޭ މައުލޫމާތުގައި ރަށްރަށުގައި ހުންނަ ގެސްޓް ހައުސްތަކަށް އައިސް، ފަތުރުވެރިން ރަށުތެރޭގައި އެޅޭއިރު ގެންގުޅެން ޖެހޭ މިންގަނޑުތައް ތަފްސީލުކޮށް ސާފުކޮށްދީ ހަންދާން ކޮށްދިނުމަށް މަކުނުދޫ ކައުންސިލުން ގޮވާލައިފިއެވެ. މި މަހު 17 ވަނަ ދުވަހު ފަތުރުވެރިކަމުގެ ވުޒާރާއިން ޓޫރިސްޓް ގެސްޓްހައުސް ހިންގާ ފަރާތްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައި ވަނީ ގެސްޓްހައުސް ފަތުރުވެރިކަމަކީ މީހުން ދިރިއުޅޭ ރަށްރަށަށް ބިނާކޮށް ބައްޓަންވެފައިވާ ފަތުރ...

އިބްރާހިމް ޚަލީލް
ހދ. އެފްސީއެސްސީ މުވައްޒަފުންނަށް ޤާނޫނުތަކާއި ގަވާއިދުތަކުގެ ތަމްރީނު ސެޝަންތަކެއް

ހދ. އެފްސީއެސްސީ މުވައްޒަފުންނަށް ޤާނޫނުތަކާއި ގަވާއިދުތަކުގެ ތަމްރީނު ސެޝަންތަކެއް

ހދ. ކުޅުދުއްފުށީ ސިޓީގައި ހުންނަ ހދ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ (އެފްސީއެސްސީ)ގެ މުވައްޒަފުންނަށް ޤާނޫނުތަކާއި ގަވާއިދުތަކުގެ ތަމްރީނު ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި ސެޝަންތައް ކުރިއަށް ގެންގޮސްފައި ވަނީ މިނިސްޓްރީ އޮފް ފެމިލީ އެންޑް ސޯޝިއަލް ޑިވެލޮޕްމަންޓުގެ ލީގަލް ޑިޕާޓްމަންޓްގެ ފަރާތުންނެވެ. މިނިސްޓްރީ އޮފް ފެމިލީ އެންޑް ސޯޝިއަލް ޑިވެލޮޕްމަންޓުގެ ޑެޕިއުޓީ މިނިސްޓަރު އަޝްރާ އަހްމަދު އިސްވެ ނަންގަވައިދެއްވި މި ސެޝަންތަކުގައި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު، ޢާއިލާއާ ބެ...

ޔުމްނާ ޢަލީ
އެމްޕީއެލްގެ އެހީގައި އިހަވަންދޫ ކައުންސިލަށް ކެރޭނެއް 📍 ހއ. އިހަވަންދޫ

އެމްޕީއެލްގެ އެހީގައި އިހަވަންދޫ ކައުންސިލަށް ކެރޭނެއް

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން ތިލަދުންމަތި އުތުރުބުރީ އިހަވަންދޫ ކައުންސިލަށް ކެރޭނެއް ހަދިޔާކޮށްފިއެވެ. މި ކެރޭން އިހަވަންދޫ ކައުންސިލާއި ރަސްމީކޮށް ހަވާލުކޮށްފައި ވަނީ އެކަމަށްޓަކައި އިއްޔެ އިހަވަންދޫ ބަނދަރު ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމެވެ. ކައުންސިލްގެ ފަރާތުން ކެރޭނާއި ހަވާލުވެލެއްވީ އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް އެވެ. އިހަވަންދޫ ކައުންސިލްގެ އެދުމުގެ މަތީން އެމްޕީއެލް އިން ހަދިޔާކޮށްފައި ވަ...

އިބްރާހިމް ޚަލީލް
"ހިރިމަރަދޫ ފޯވާޑް" ތިލަދުންމަތީގައި ހުރި އެންމެ މޮޅު އެއް ފޯވާޑް 📍 ހދ. ހިރިމަރަދޫ

"ހިރިމަރަދޫ ފޯވާޑް" ތިލަދުންމަތީގައި ހުރި އެންމެ މޮޅު އެއް ފޯވާޑް

“ހިރިމަރަދޫ ފޯވާޑް” މިހެން ބުނެފިނަމަ ތިލަދުންމަތީގެ ފުޓްބޯޅަ އާއިލާގައި އޭނާ ނުދަންނަ މީހަކު ނުހުންނާނޭ ބުނުން ދޮގަކަށް ނުވާނެއެވެ. ހދ.ހިރިމަރަދޫއަށް އުފަން މުހައްމަދު ނަޝީދު (ފޯވާޑް) އަކީ ފޯވާޑެއްގައިގައި ހުންނަން ކޯޗުން ބޭނުންވާ ވަރަށް ގިނަ ކަންކަން ފުރިހަމަވާ ކުޅުންތެރިއެކެވެ. ސްޕީޑް ބާރެވެ. ދެފައިނަ ބޯޅަ ޖެހުމުގެ ގާބިލްކަމާއި، ކޮއްޓާ ނެއްޓުމުގެ ހުނަރެވެ. ނަޝީދު ފާހަގަ ވަނީ ގޯލާއި ރައްޓެހިވެފައި ލިބޭ މަދު ފުރުސަތުތައް އެންމެ އެކަށީގެންވާ ގޮތުގައި ބޭނުން ހިފާ އިތުބާރު ފޯވާޑެއްގެ ގޮތުގައެވެ. ދ...

އިބްރާހިމް ޚަލީލް
އިންފިނިޓީ ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ނޮޅިވަރަންފަރަށް 📍 ހދ. ނޮޅިވަރަންފަރު

އިންފިނިޓީ ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ނޮޅިވަރަންފަރަށް

ހދ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ތިލަދެކުނު ފުޓްބޯޅަ މުބާރާތް 2024” ގެ ފައިނަލުގެ ފަހު ޖާގަ ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ. މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި އިއްޔެ ބައްދަލުކޮށްފައި ވަނީ އިންފިނިޓީ އެކަޑަމީއާއި ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބެވެ. މި މެޗު 3-2 ގެ ނަތީޖާއިން ކާމިޔާބުކޮށް ނޮޅިވަރަންފަރުން ވަނީ ފައިނަލުން ޖާގަ ހޯދާފައެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ނޮޅިވަރަންފަރުންނެވެ. މެޗުގެ 24 ވަނަ މިނެޓުގައި މި ލަނޑު […]

އިބްރާހިމް ޚަލީލް
އެމްޕީއެލް އިން އިހަވަންދޫގައި ޑޮކްޔާޑަކާއި ސްލިޕްވޭއެއް އަޅަނީ 📍 ހއ. އިހަވަންދޫ

އެމްޕީއެލް އިން އިހަވަންދޫގައި ޑޮކްޔާޑަކާއި ސްލިޕްވޭއެއް އަޅަނީ

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި ޑޮކްޔާޑަކާއި ސްލިޕްވޭއެއް އަޅުމަށް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި އިހަވަންދޫ ކައުންސިލާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިކަމަށްޓަކައި މިއަދު އިހަވަންދޫގައި ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހުއެވެ. އިހަވަންދޫ ކައުންސިލްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހުއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީއީއޯ ވަޖީހު ވިދާޅުވީ...

އިބްރާހިމް ޚަލީލް
ޕެނަލްޓީގައި ހިރަފުސް ކަޓުވާލައި ކޮރަލްސް ފައިނަލަށް

ޕެނަލްޓީގައި ހިރަފުސް ކަޓުވާލައި ކޮރަލްސް ފައިނަލަށް

ތިލަދެކުނު ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ހިރަފުސް ސްޕޯޓްސް ކްލަބް ބަލިކޮށް ކްލަބް ކޮރަލްސް އިން ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފިއެވެ. އިއްޔެ ކުޅުނު މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 2-2 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ކޮރަލްސް އިން ކުރި ހޯދީ (3-1) ގެ ނަތީޖާއިންނެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ކޮރަލްސް […]

އިބްރާހިމް ޚަލީލް
އުތުރުގައި ބަންކަރިން ފެށުން: ފުރަތަމަ އުޅަނދަށް ޚިދުމަތްދީފި

އުތުރުގައި ބަންކަރިން ފެށުން: ފުރަތަމަ އުޅަނދަށް ޚިދުމަތްދީފި

ރާއްޖޭގައި ފަށާ އިޤްތިޞާދީ އެންމެބޮޑު އެއް މަޝްރޫ، ބަންކަރިން ޚިދުމަތް މިއަދު ފަށައި ފުރަތަމަ އުޅަނދަށް ޚިދުމަތް ދީފިއެވެ. މި ޚިދުމަތް މިއަދު ހަވީރު ރަސްމީކޮށް ފަށާފައިވާއިރު، ފުރަތަމަ ޚިދުމަތް ފޯރުކޮށްދީފައި ވަނީ ލަންކާގެ ކޮޅުނބާއި ރާއްޖެއާއި ދެމެދު ދަތުރުކުރާ ބޯޓަކަށެވެ. މި ޚިދުމަތް ދިނުމުގައި އިސްވެ އޮންނާނީ ސަރުކާރުގެ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އެވެ. އަދި މިޚިދުމަތް ދިނުމުގައި އެސްޓީއޯގެ އެއްމެ މުހިންމު ބައިވެރިޔަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އެވ...

ޔުމްނާ ޢަލީ
ތިލަދުންމައްޗަށް ތާރީޚީ ދުވަހެއް، ރާއްޖޭގައި ފުރަތަމަ ފަހަރަށް ބަންކަރިންގެ ޚިދުމަތް ފަށައިފި

ތިލަދުންމައްޗަށް ތާރީޚީ ދުވަހެއް، ރާއްޖޭގައި ފުރަތަމަ ފަހަރަށް ބަންކަރިންގެ ޚިދުމަތް ފަށައިފި

ރާއްޖޭގައި ފަށާ އިޤްތިޞާދީ އެންމެބޮޑު އެއް މަޝްރޫ، ބަންކަރިން ޚިދުމަތް މިއަދު ފަށައިފިއެވެ. އުތުރުގެ އިހަވަންދިއްޕޮޅުގައި ފެށި މި މަޝްރޫޢު އިފްތިތާޙްކުރުން އޮތީ މިއަދު ހަވީރު ހއ. ހޯރަފުށީގައެވެ. ހޯރަފުށީގައި ކުރިއަށްދާ ރަސްމިއްޔާތުގައި މި މަޝްރޫޢު ފައްޓަވައިދެއްވީ ހއ. އަތޮޅަށް ނިސްބަތްވާ، ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ފަސް މަޖިލިސް މެންބަރުންނެވެ. މި ޚިދުމަތް އިފްތިތާޙްކުރުމާއެކު މި ޚިދުމަތާއިގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވަނީ ދައްކާފައެވެ. Officially launched bunkering se...

ޔުމްނާ ޢަލީ
ރައްޔިތުންގެ ބަހެއްނެތި ވަޒީރަށް ފެންނަ ޕްލޭންތަކުން މާޒީގައި އޮތީ ހިޔާނާތާއި ވައްކަން: ހއ.އަތޮޅު ކައުންސިލް

ރައްޔިތުންގެ ބަހެއްނެތި ވަޒީރަށް ފެންނަ ޕްލޭންތަކުން މާޒީގައި އޮތީ ހިޔާނާތާއި ވައްކަން: ހއ.އަތޮޅު ކައުންސިލް

ރައްޔިތުންގެ އެއްވެސް ބަހެއްނެތި ވަޒީރަށް ފެންނަ ޕްލޭންތަކުން ބޮޑެތި އިންވެސްޓްމެންޓްތަކާއި ތަރައްގީ ހޯދުމުގެ ނަމުގައި ހިންގާފައިވާ މަޝްރޫއުތަކުން ފެންނަން އޮތީ ހިޔާނާތާއި ވައްކަން ކަމުގައި ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން ބުނެފިއެވެ. އެ ކައުންސިލުން މިހެން ބުނެފައި ވަނީ، ބިނާވެށި ޕްލޭންކޮށް ހިންގުމަށް ބިލުގައި ކައުންސިލްތަކާއި ރާއްޖޭގެ ފަންނީ މާހިރުންނާއި އެހެނިހެން ޖަމިއްޔާ ޖަމާއަތްތަކުން ހުށަހަޅާފައިވާ ހިޔާލުތަކަށް އެއްވެސް މިންވަރަކަށް މަޖިލީހުން ރިއާޔަތް ނުކޮށް، އެ ބިލު ފާސްކޮށް،...

އިބްރާހިމް ޚަލީލް
ބަންކަރިންގެ ޚިދުމަތަށް ޤާއިމްކުރި 'އުތުރު އައިއެސްޕީއެސް ގޭޓް' ހުޅުވައިފި

ބަންކަރިންގެ ޚިދުމަތަށް ޤާއިމްކުރި 'އުތުރު އައިއެސްޕީއެސް ގޭޓް' ހުޅުވައިފި

ރާއްޖޭގައި ފަށާ އިޤްތިޞާދީ އެންމެބޮޑު އެއް މަޝްރޫ، އުތުރުގައި ބަންކަރިންގެ ޚިދުމަތް ދިނުމަށް ހއ. އުލިގަމުގައި ގާއިމުކޮށްފައިވާ ‘އުތުރު އައިއެސްޕީއެސް ގޭޓް’ މިރޭ ހުޅުވައިފިއެވެ. އުލިގަމުގައި މިކަމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި މިތަން ހުޅުވައިދެއްވީ އެރަށުގެ ކުރީގެ މެޖިސްޓްރޭޓް އިދްރީސް އާދަމެވެ. މި ރަސްމިއްޔާތުގައި މި ޚިދުމަތްދޭ ސަރުކާރުގެ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް އާއި މި ޚިދުމަތުގެ އެއް ބައިވެރިޔާ މޯލްޑިވްސް ޕޯޓްސް ލިމ...

ޔުމްނާ ޢަލީ
ވަށަފަރުގައި ހަދަންފެށި ސިޓީ ހޮޓާ ނުނިމި 10 އަހަރު، ތުހުމަތު މިނިސްޓްރީއަށް! 📍 ހއ. ވަށަފަރު

ވަށަފަރުގައި ހަދަންފެށި ސިޓީ ހޮޓާ ނުނިމި 10 އަހަރު، ތުހުމަތު މިނިސްޓްރީއަށް!

ތިލަދުންމަތީ އުތުރުބުރީގައި މީހުން ދިރިއުޅެމުން އަންނަ ރަށްތަކުގެ ތެރެއިން އެންމެ ރީތި އެއް ރަށަކީ ވަށަފަރެވެ. ރަށުގެ ދެކޮޅުގައި ޗާލު ދޮންވެލި ތުނޑި އޮތްއިރު ރަށުގެ އުތުފަރާތުގައި، އެއްކޮޅުން އަނެއްކޮޅަށް ދެމިފައިވާ ދޮންވެލި އަތިރިމައްޗާއި، އެ ރަށަށް ލިބިފައިވާ މާސިންގާ ނޫކުލައިގެ ބޮޑު ފަޅަކީ ބަލައި ފޫހިނުވާހާ ރީތި ތަންތަނެވެ. ތިލަދުންމަތީގެ އެންމެ ބޮޑަށް ލޯކަލް ޓްއަރިޒަމް ފުޅާވެފައިވާ އެއް ރަށަކީ ވަށަފަރު ކަމަށްވާއިރު، މިވަގުތު އެ ރަށުގައި 11 ގެސްޓް ހައުސް އަންނަނީ ހިންގަމުންނެވެ. އައު […]

އިބްރާހިމް ޚަލީލް
ގައުމަށް ރީތި ނަން ހޯދައިދިން ކުޅުދުއްފުށީ އެތުލީޓުންނަށް ސިޓީ ކައުންސިލްގެ މަރުހަބާ 📍 ހދ. ކުޅުދުއްފުށި

ގައުމަށް ރީތި ނަން ހޯދައިދިން ކުޅުދުއްފުށީ އެތުލީޓުންނަށް ސިޓީ ކައުންސިލްގެ މަރުހަބާ

ހަތަރުވަނަ ސައުތު އޭޝިއަން ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕް 2024 ގައި ރާއްޖެއަށް ރީތި ނަން ހޯދައިދިން އެތުލެޓިކްސް ޓީމުގައި ހިމެނުނު ކުޅުދުއްފުށީގެ އެތުލީޓުންނަށް، ކުޅުދުއްފުށި ސިޓީ ކައުންސިލުން މަރުހަބާ ދަންނަވައި ކާމިޔާބީ ފާހަގަ ކޮށްފިއެވެ. މި މަހު 11 އިން 13 އަށް އިންޑިއާގެ ޗެންނާއީގައި ކުރިއަށްދިޔަ ދެކުނު އޭޝިއާގެ ޖޫނިއަރ އެތުލެޓިކްސް މުބާރާތުގައި ރާއްޖެއިން 16 އެތުލީޓުން ވާދަކުރިއެވެ. އެއީ 8 އަންހެން އެތުލީޓުންނާއި 8 ފިރިހެން އެތުލީޓުންނެވެ. ހަތަރެއް ގުނަ 100 މީޓަރު ރިލޭ […]

އިބްރާހިމް ޚަލީލް
ޖޫރިމަނާ ފައިސާ ނުދެއްކުމުން، ނެއްލައިދޫ ބަލިވިކަމަށް ކަނޑައަޅައިފި 📍 ހދ. ނެއްލައިދޫ

ޖޫރިމަނާ ފައިސާ ނުދެއްކުމުން، ނެއްލައިދޫ ބަލިވިކަމަށް ކަނޑައަޅައިފި

ތިލަދެކުނު ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި މި މަހު 12 ވަނަ ދުވަހު ނެއްލައިދޫއާއި ކުޅުދުއްފުށީ ހިރަފުސް ސްޕޯޓސް ކްލަބް ބައްދަލުކުރި މެޗުގައި، ޓީމް ނެއްލައިދޫއިން މެޗު ފުރިހަމަނުކޮށް ދަނޑުން ފޭބުމުން، މުބާރާތުގެ ޑިސިޕްލިނަރީ ކޮމެޓީން އެ މައްސަލަ ބަލައި، މެޗުން ނެއްލައިދޫ ބަލިވި ކަމަށް ކަނޑައެޅުމަށް ފަހު ޖޫރިމަނާކޮށް އެ ފައިސާ ދައްކަން އަންގާފައި ވީ ނަމަވެސް ކަނޑައެޅިފައިވާ ތާރީހަށް އެ ފައިސާ ދައްކާފައި ނުވާތީ ގްރޫޕްގެ ފަހު މެޗު ކުޅުމުގެ ފުރުސަތު ނުދީ މެޗުން […]

އިބްރާހިމް ޚަލީލް